ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަގު ބަންދުވެއްޖެނަމަ ޕާޓީ އޮޔާދާން އޮތުމަށްވުރެ، އިތުރު ކެންޑިޑޭޓަކު ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ގިނަބަޔަކު ދެކެވަޑައިގަންނަވާ ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝައިހް އަބްދުﷲ ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ބަލާއިރު އިންތިހާބުގައި ވާދަ ކުރާނެ ކަމުގައި މިވަގުތު ފެެންނާން މިތިބީ އެމްޑީޕީ, ޖޭޕީ، އެމްއެންޕީ އަދި ޕީޕީއެމް ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިިޑެންސީ ރައީސް އަބްދުﷲ ޔާމީނަށް ބަންދުވުމާއި ނުވުމާއި މެދު ގޮތެއް ސާފުނާ ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނަށް ކުރިމަތިލެވޭން އޮތް ހާލަތެއްގައި އެމަނިކުފާނު އެއީ ކެންޑިޑޭޓު ކަަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް އެމަގު ބަންދުވެއްޖެނަމަ ޕާޓީ އޮޔާދާން އޮތުމަށްވުރެ ރަނގަޅުކަމުގައި ގިނަ ބަޔަކު ދެކެނީ އިތުރު ކެންޑިޑޭޓަކު ދެއްކުން. އަދި އެއީ ރައީސް ވަހީދު ކަމުގައިވުމަކީ ފައިދާ ބޮޑުގޮތް ކަމުގައި". އޭނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިމަހު ފަހުކޮޅު ހުޅުވާލާނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކަށް ވާނީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު އިތުރު ޝަރީއަތެއް އެ ކޯޓުގައި އެބަ ހިނގައެވެ.

އަދި 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލައިގެ އިސްތިއުނާފްގެ ޝަރީއަށް ހައިކޯޓުގައި ފެށި ނަމަވެސް، އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އިމަޖެންސީ ޗުއްޓީއެއް ނަންގަވާފައެވެ.

ފަނޑިޔާރު ހުޒައިފާ ޗުއްޓީއަށް ފަހު އަންނަ ހަފްތާގައި މަސައްކަތައް ނިކުންނަވަން ތާވަލްކޮށްފައި އޮތްނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް މިހަފްތާގައި ޗުއްޓީއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލެއް ނުކުރެވޭނެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ސަލީމް ދިހަ ދުވަހުގެ ޗުއްޓީއަކަށް ފަހު އެނބުރި މަސައްކަތައް ނިކުންނަވާނީ މިމަހުގެ ފަހުކޮޅުއެވެ.

ހައިކޯޓުގައި ކުރިއަށްދާ ޔާމީންގެ މައްސަލަތަކަކީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލަތަކެއްް ކަމަށް ވާތީ އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނީ ތިން ފަނޑިޔާރުން ހާޒިރުވެ ތިއްބަވައިގެންނެވެ.

ހައިކޯޓުގައި އޮތް މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން އަދި މަދުވެގެން ދެއަޑުއެހުން ބާއްވަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން އިތުރު ހުރަހެއް ކުރިމަތިވެފައި ވާއިރު އިންތިހާބުގައި ވާދަކުރުމަށް އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ޔާމީންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ނުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސަރަފަކައްދަ

    ދިނީ އިލްމްވެރިން ސިޔާސީ ވެގެން މިއުލެނީ ހަމަ އެވެރިންގެ ޖީބުތަކަށް ބަރުވާނެގޮތެއް ނުފެނިގެންބާ!

    23
    51
    • Anonymous

      އޭ ސަފަރުކަތްދާ. ދީނާއި ސިޔާސަތަކީ ދޭތިކަމަށް ކަލެއަށް ހީވެއްޖެނަމަ ރަނގަޅަށް ދީން އޮޅުންފިލުވާ. ކަލޮއަށް ވުރެން ބޮޑަށް ސިޔާސަތު ދެނެވަޑައިގަންނަވާނީ ދީނީ ދަންނަބޭކަލުން.

      33
      8
    • ގޯޔާ

      ސިޔާސީ ކަންކަން އޮންނަންޖެހޭނީ ދީނުގެ ދަށުގަ.

      16
      1
    • ދަގަ

      ބަލަގަ ސަފަރުކައްދާއެވ. ދީނީ އިލްމުވެރިންނަކީ ވެސް ދިވެހީންނެވެ. މީހުންނެވެ. އިންސަނުންނެވެ. ދިވެހި ރައްޔިތުންނެވެ. ސަފަރުކައްދައަށް ލިބޭ ހުރިހާ ހައްގެއް ދީނީ އިލްމުވެރިންނަށް ވެސް ލިބޭނެއެވެ. އަދިކިއެއްތަ. މާބޮޑަށްވެސް ލިބޭނެއެވެ.

      18
      2
  2. ޕިސްޕިސް

    ހެލޯ . . ހޫ ރ ޔޫ ބުރޯ . . ކަލޭމެން ދެން ސިޔާސީ ކަންތަށްގަނޑު ތެރެއަށް ވަދެގެން ކިހާބޮޑު ދުއްޕާނެއް . . ޕީ ޕީ އެމްފަހަތުަހަ ސަލަފޭމެން . . ދެން ތިބި ބަޔަކު އެމްޑީޕީ ފަހަދުގަ . . ކަލޭމެން ދީނީމީހުން ސިޔާސީ ވާން ބޭނުމިއްޔާ ސިޔާސީ ޕާޓިީއެއް އަމިއްލަޔަށް ހަދާބަލަ . . އެހެންނޫނަސް ޕީ ޕީ އެމްއަކާ ކަލޭމެންނާ ކޮންކަމެއް ގޮތްކިޔާކަށް

    19
    34
  3. ބުރުގާ

    ދެން ތުނބުޅި ޖަމާއަތުން ޕީޕީއެމްގެ ހިންގުމުގެ ޒައާމަތާ ހަވާލުވާންވީނު....

    17
    30
  4. ޔާމީން

    ޕޕމ އިން ނެރޭނެ މީހެއް ކަލޭމެންނަކަށް ނޭނގޭނެ..

    20
    32
  5. ހެޔޮނުވާނެ

    ޕީޕީއެމޭ ޕާޓީއޭ ނުކިޔާ އިންތިޚާބުގައި ވާދަކުރާނެކަމަށް އިއުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެކެންޑިޑޭޓެއްގެ ފަރާތުން ގައުމަށް އެންމެ ފައިދާވާނެ ކެންޑިޑޭޓަކީ މިއޭ ކިޔާފައި ޖަމިއްޔަތުއްސަލަފުން ކެންޑިޑޭޓެއް ދައްކަބަލަ. ބައެއްފަހަރު އެބަ ހީވޭ ތިޔައީ ޕީޕީއެމްގެ ގޮތްޕެއް ހެންވެސް. ނޫނީ އެމްޑީޕީގައި ޢަދާލަތު ޕާޓީ އަދާކުރާ ރޯލު އަދާކުރަން ޕީޕީއެމުން ކުއްޔަށް ހިފާފައިވާ ޖަމިއްޔާއެއްހެންވެސް. އެހެންނުހައްދަވާ ޕާޓީތަކުގެ އެތެރޭގެ ކަންކަމާ ނޫޅުއްވާ ގައުމަށް ހެޔޮގޮތް ބުނެދެއްވާ.

    23
    18
  6. ޑައެލޯގް

    ސަލަފުގެ ނަސޭހަތް ރަގަޅެވެ. ގައުމު އިސްލާމްދީނުގެ މަގަށްއެޅުވޭނީ ޕީޕީއެމަށްކަން އެގެއެވެ. ވީމާ އިސްލާމްދީން ނެގެހެއްޓުމުގެ ނިޔަތުގައި ކުރާކަމެއްގައި ހަދާންކޮށްދިނުމަކީ އޮތްކަމެކެވެ. ގުރުއާނުގައި ދީނަށްނަސްރުލިބޭކަންކަމުގައި ހަދާންކޮށްދިނުން އޮވެއެވެ.

    28
    7
    • އަހުމަދު

      އެހެންވެތާ ދޯ ބުނީ ގެޔަށް ވައްދަނީ ހަރާމް ފައިސާތޯ ހަލާލު ފައިސާތޯ އަނބިމީހާވެސް ނުބަލާނެޔޭ. ބެންކޮކުން އަންހެނުން ހޯދަނީ ލާރި ދީގެންނޭ ހިލެޔެއް ނޫނޭ. މިހުންނަނީ ދީން ހިމާޔަތް ކުރަން ކުރަންޖެހޭ ކަންތައް ހަމަ

      5
      10
  7. ސސސ

    ކަލޭމެނަށް ގޮނޑިއެއް ނުލިބިގެން ތިއުލެނީ ތިހެން ވެގެނޭ..2023.ރ.ޔާމީން،،އިންޝާﷲ

    20
    4
  8. އަލީ

    މިމީހުން ބޭނުންވެގެން މިއުޅެނީ މުއިއްޒު ނެރެންހެން ހާދަ ހީވެޔޭ.

    12
    8
    • Anonymous

      އާނ ރަގަޅަށް ތިހީވީ... ޢާއިލާއާ ގުޅުން އޮންނަ މީހެއް

      6
      2
      • ކައްގަނޑު

        ކައްގަނޑަށް ބާރު ތުނބުޅި ޖަމިއްޔާއިން ހާދަ ވަރެކޭ ތިޔަ އަރުވާލަނީ އަހަރުމެންގެ ރައީސް ޔާމިން ބޭރުކުރަން.

        2
        8
    • ޔާމީނޫ

      މުއިޒު ދެން ވެރިކަން ވެސް ކުރާނީ .ކަލޭ އަސަރެއް ކުރާނީ

  9. ނުވޭސް

    މިވެސް ސިޔާސީމީހުންތަ

    2
    6
  10. އައްދުބެ

    ޕީޕީއެމްގަ ޑރ.މުއިއްޒު، އާދަމް ޝަރީފު، ޑރ.ޝަހީމް، ޑރ.ވަޙީދު ފަދަ ޤާބިލް މީހުން އެބަތިބި. އެއިން ދެ މީހަކު ނެރުނީމާ އެނިމުނީ. ޔާމިން މިނިވަނެއް ނުވާނެ. މިހާރު މަންޒަރުފެންނަގޮތުގަ ކުރިކުރިޒާ ވެސް ސަންސިޔާމު ކުންފުނިވެސް ދައުވާއިން ނެއްޓޭނެ. ހަމައެކަނި ޔާމިނަށް ހުކުމްކުރާނީ.

    8
    1
    • ފަގުޑި

      ސުވާލަކީޕާޓީއޮޔާދަނީއޭކިޔާޕީޕީއެމުންކަންކުރަންވީގޮތްބުނެދޭންސަލަފުމީކޮންބައެއްހޭ

  11. ހެޔޮއެދޭ

    ޣައްސާނޫ ދަރިފުޅާ ދޫންޏާ މިއޮތީ ވަގުތު ޖެހިފައި. ނުކުންނަށްވީ. ޔާމީން ވެސް މިކަމާ އެއްބަސްވެ ޣައްސާނު (ރަންގަނޑު) ނެރެންވީ. ފަހުން މިނިވަން ވީމަ ޔާމީން ބޭނުންފުޅުވާ ގޮތަކަށް ހައްދަވަން ފުރުޞަތު ލިބޭނެ. ސަޕޯޓަރުންގެ ހިތްވަރު ދެރަވެ މާޔޫސްވާ ގޮތަށް ނަހައްދަވާ. ބޮޑުތަނުން ސލ ފުލައްލެވޭނެ. ދެން މިޓީމް ގުޅެންވީ ޢުމަރު (ޙައްލު )

    3
    6
  12. ާަމަރީ.

    މައުމޫނު ހޮއްވާފައި ސޯސް ފުޅިއެއްދޭންވީ.

    6
    3
  13. މަގޮލާ

    ރައީސް ވަހީދޭތޯ!!!! އެއީ އަންނިނަގާފަ ދީނާއެންމެދުރުމީޙާ ..

    2
    2
  14. އައްޑޫ ތަކުރު

    ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަގު ބަންދުވެއްޖެނަމަ ރައީސް ޔާމީންގެ ބަދަލުގައި ދެން އެންމެ ރަނގަޅު ޒުވާނުންނާގުޅޭ، ޢިލްމުވެރި ސިޔާސީގޮތުން ބާރުވެރި ފަރާތަކީ ޢައްސާން މައުމޫން! ޢައްސާން ނެރެފިނަމަ އެހެންޏާ ޕީ.ޕީ.އެމް އަށް ނުލިބޭނެ އެތައް ހާސް ވޯޓު ލިބޭނެކަމީ ޝައްކެއްނެތް ކަމެއް!!

    މައުމޫނު، އަންނި، ގާސިމް، ނާޒިމް، އުމަރު އަދި ޑރ.މުނައްވަރުވެސް ޢައްސާން ފަހަތަށް އަރާނެ! އަދި އެކަންކުރުމުގެ ސިޔާސީ މޭސްތިރިން އެމަނިކުފާނަށް ތާއީދުކުރޭ!

    2
    1
  15. އަބްދޫ

    ޔާމީނު އަންހނުން ނިކުމެ ޕިޕީއެމް ހަލާކުކުރުމުން 2018 ގަ ޔާމީނަށް ވެރިކަމަށް ނާދެވުނީ މިހާރު އެއުޅެނީ ޕިޕީއެމުން ކެންޑިޑޭޓަކު ނުނެރެ ޕީޕީއެމްގަ ތިބި މެމްބަރުން ޖޭޕީއަށާއި އެމްއެންޕީ އަށް އެކްސްޕޯޓް ކޮށް ހުސްކަށްލަންތަ؟ ވެރިކަމުގަ ހުންނަ މީހާ ދެވަނަ ބުރަށް ނުހޮވޭނީ އެމީހާގެ ގާބިލްކަންނެތުމުން ދެންޖެހޭނީ ޕާޓީ ދެވަނަ ބަލި ނުކޮށް އެހެން މީހަކަށް ފުރުސަތު ދީފަ ތިމާމީހާ ދުރަށް ޖެހިލަން އޭރުން ޕާޓީ ގެ މެމްބަރުންމާޔޫސް ނުވެ މަސައްކަތް ކުރާނެ. ޕާޓީ ވެރިކަމަށް އައމުގެ ފުރުސަތު ބޮޑުވާނެ . 2023 ގަ ޕީޕީއެމް ވެރިކަމަށް ގެނައުމަކީ މުހިންމުކަމެއް. މުހިންމީ މީހެއްނޫން މުހިންމީ ޕާޓީ . މީހާއަކީ އެންމެ މީހެއް ޕާޓީ އަކީ އެތައްބައެއް.

    5
    1