ފްރާންސްގެ ސަބްމެރިން ކޭބަލްއެއް ރާއްޖެއާ ގުޅާލުމުން އިންޓަނެޓް އިތުރަށް އަގުހެޔޮވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ވ. ރަކީދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖެ މިހާރު އޮތް ގޮތުން ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުގެ ހިދުމަތްތައް މިހާރު ޑިޖިޓަލައިޒް ވެސް ކުރަމުންދާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ބޭނުމަކީ ފަސޭހައިން އެ މީހަކު ހުރި ތަނަކުން ހިދުމަތް ލިބޭނެ ގޮތް ހޯދުން ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރުވީ ވައުދާ އެއްގޮތަށް އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކޮށްފައިވާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް އެ ހިސާބުން އެކަން ނިންމާލީ ނޫން ކަމަށާއި އަދި މަސައްކަތް ކުރަމުންދަނީ އަދިވެސް ހަލުވިކޮށް އަދި އަގުހެޔޮކޮށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު އަންނަ މަހުގެ މެދުތެރެއިން ފްރާންސުން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލްއެއް ރާއްޖެއަށް ގުޅާލަން މިހާރު އޮތީ ހަމަޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކަށް ވާނީ މިހާރު އަޅުގަނޑުމެންނަށް ލިބޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮވެ ހަލުވި ވެގެން ދިއުން. ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ކޮންމެހެން އިންޓަނެޓްގެ ހިދުމަތަށް ވަންނާކަށް ނޫން،. މޮބައިލް ފޯނުގެ ހިދުމަތް ދޭކަން ނޫން،. މިހާރުވެސް އެ ހިދުމަތް ދޭ ފަރާތްތަކާ އަލުން އޭގެން ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން ފަސޭހައިން ދުނިޔެއާ އަގުހެޔޮކޮށް ގުޅުވާލާ ނިޒާމް މި ތައާރަފްކުރަނީ" ރައީސް ވިދާޅުވިއެވެ.
އިންޓަނެޓް އަގޮހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ފުއްދީ 2021 ވަނަ އަހަރުގެ މެދު ތެރޭގައެވެ. އަދި އިންޓަނެޓްގެ ސްޕީޑުވެސް ހަލުވި ކުރިއެވެ.
އެގޮތުން އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅި އެވެ. އަދި 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭ ގޮތަށް ހެދިއެވެ.
ކެމްޕެއިންގަ ހެޔޮ ވާނެ. ހޮވުނީވަ ބޮޑުވޭ. އެންމެ ފަހުންވެސް ވީ ހަމަ އެގޮތަށް. ލަދެެއްނުގަނޭތަ؟
ޑޮމެސްޓިކު ފުލައިޓު ތަކުގެ ޓިކެޓާއި ކަރަންޓުގެ އަގުހެޔޮކޮށްދޭނަމޭ ބުނެ ބޯޅަދަނޑުގަ ވެރިކަންލިބުނު ދުވަހު އުފަލުން ދެއްކި ވާހަކަ އެހުރީ ފެންނަން ދެންކިހިނެއް ނެޓު އަގުހެޔޮކުރެވޭނީ އިންތިހާބަށް ދަޅަނުދެއްކުމަށް ގޮވާލަން.
ތަކެތީގެ އަގު އިންތިހާއަށް ބޮޑުވީމަވެސް ބޭބެބުނީ ތަކެތީގެ އަގެއްބޮޑެއްނުވޭ ދެންބޭބެއަށް މިހާރުގެ އަގުބޮޑުވާނެތޯ ބޭބެ ދަށްކާވާހަކައިގަ އޮށްޓަރެއްނުހުރޭ ބޭބެ ތިއުޅުއްވަނީ ވެރިކަން ދެވަނަދައުރެއް ހޯދުމަށް ކެތްމަދުވެގެން ތިކަމެއްނުވާނެ ރާއްޖޭގެ ބޮޑުއާބާދީ ބޭބެއަށް ނޯ ބުނަނީ ކަމެއްވެގެން.
ހުސްދޮގު
މަސްވެރިންނަށް ހަދާލި ގޮތް ހަދާންކޮލަބަލަ އިބްރާމް.20ރ އިން 14ރ 17ރ 9ރ އަގު ދަށްލީ.އަދިވެސް މިއުޅެނި އެ.އެޑިގަޑުގަ. ސޮރީ އިބޫ
އަހަންނަށް ހެޔޮ ކަލޭ ނެގިނެފައި ޖެހުނަކަސް. ނުދޭނަން ވޯޓެއް!
ފޯރާ ފަށުގައި އަތް ދިވެހިންނަށް ހޯދޭނެ ގޮތުން ހުރިހާ ޚިދުމަތް
އޯގާތެރި ސަރުކާރެއް ދުށުމަށް ވޯޓުން މި އިބޫފައިސަލް ހޮވަމާ
އިބޫ 2018
ތިޔައީ ޔާމީނުގެ ވިސްނުމެއް
މުޅިވެސް ކޮޕީ ކުރުމުގައި