އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ހުރިހާ ލީޑަރުން އެއްގަލަކަށް އަރައި ބީޖޭޕީއާ ދެކޮޅަށް އިއްތިހާދެއް އެކުލަވާލައިފިއެވެ.
އިދިކޮޅު 26 ޕާޓީއަކުން މޯދީއާ ދެކޮޅަށް ތެދުވުމަށް ނިންމާފައިވާ އިރު، މި އިއްތިހާދަށް ކިޔަން ނިންމާފައި ވަނީ އިންޑިއަން ނެޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސްއެވެ.
މި ޕާޓީތަކުން އިއްތިހާދު ހެދިކަން އިއުލާންކުރީ، ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރުގައި ބޭއްވި ދެ ދުވަހުގެ ބައްދަލަވުމަށްފަހުގައެވެ.
އަންނަ އަހަރު ބާއްވާ އިންޑިއާގެ އާންމު އިންތިހާބު ބީޖޭޕީއަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި އިދިކޮޅުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްތިހާދުގެ ލީޑަރުންނާއެކު މިހާރު އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
އާންމު އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ކުރިން އިދިކޮޅުންދަނީ އިއްތިހާދުގެ މަޝްވަރާތަކާއެކު ކެމްޕެއިން ހަރަކާތްތައް ރާވާ ހިންގާނެ ގޮތުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން "އިންޑިއާ" ގެ 3 ވަނަ ބައްދަވުމުން މިމަހު 18 ވަނަ ދުވަހު ބޭއްވީ އެ ގައުމުގެ މުމްބާއީ ސިޓީގައެވެ. އެ ބައްދަލުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިކަން އިއުލާންކުރުމާއެކު އިންޑިއާ ސަރުކާރާ ދެކޮޅު ލީޑަރު މައި ދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންމެން ގުޅިގެން ކުރިޔަށް އޮތް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި މޯދީ ބަލި ކުރާނެ ކަމަށެވެ.
އިންޑިއާގެ އާންމު އިންތިހާބު ނުވަތަ ޕާލަމެންޓް އިންތިހާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް އަދި މެއިމަހުއެވެ. އެހެންކަމުން ބީޖޭޕީންވެސް ވަނީ ކެމްޕެއިން ހަރަކާތް ފަށާފައެވެ.
އިންޑިއާގެ ދެކުނުގައި މޯދީގެ ބީޖޭޕީން ވެރިކަން ކުރަމުންދިޔަ ހަމައެކަނި ސްޓޭޓް ކަމަށްވާ ކަރްނާޓަކާގައި މެއިމަހު ބޭއްވި އިންތިޚާބު އިދިކޮޅު ކޮންގްރެސްއިން ކާމިޔާބުކޮށް، ބީޖޭޕީ އެ ސްޓޭޓުން ވަނީ ބޭރުކޮށްލާފައެވެ. އަދި މިދިޔަ ޑިސެމްބަރުމަހު އުތުރުގެ ހިމަޗަލް ސްޓޭޓް އިންތިޚާބުގައިވެސް ކޮންގްރެސް ޕާޓީވަނީ ބީޖޭޕީ ބަލިކޮށް ސްޓޭޓްގެ ވެރިކަން ކާމިޔާބު ކޮށްފައެވެ.
ވެރިކަން ކުރާ ބީޖޭޕީ ބަލިކުރަން ބޮޑު އިއްތިހާދެއް ހެދި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދި ވެސް އޮތީ އެ ޕާޓީއަކަށެވެ.
2019 ގައި ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން 300 ގޮނޑި ތަމްސީލުކުރަނީ ހަރުކަށި ހިންދޫން ހިމެނޭ ބީޖޭޕީންނެވެ.
މިދިވެހި ރާއްޖޭގައިވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިގާއުމުގެ ރައްޔިތުން މޯދީގެ އަޅުވެތިކަމުން މިގައުމު ސަލާމަތް ކުރުމަށް ދޭ ވޯޓެއް. މިއިންއެނގޭ ކަމަކީ ބީޖޭޕީއަކީ އަދި މޯދީ އަކީ އިންޑިޔާއަށާ މިސަރަޙައްދަށްވެސް ގެއްލުން ހުރި ނުބައި ނުލަފާ ޚާއިނެއްކަން. އަމިއްލައެދުމަށް މަސަްކަތްކުރާ ލާއިންސާނީ ޖައްބާރެއްކަން.ﷲތަޢާލާ އޅަމެންނަށް ކާމިޔާބާއި ނަސްރުދެއްވާށި.އާމީން
ޕީ ޕީ އިންމެވެސް ގުޅެންވީނު
ހުރިހާ ދިވެހިން ދުއާކުރަންވީ ނުބައި ނުލަފާ ޖާހިލު މޯދީ ބަލިކޮށް ކޮންގްރެސް ޕާޓީ އަށް ކާމިޔާބު މިންވަރު ކުރައްވާތޯ ، މޯދީ އަކީ މުސްލިމުންގެ އަދުއްވެއް
ރާއްޖޭގައި ވެސް އެންމެން ގުޅިގެން ރައީސް ޔާމީން ނެރެބަލަ. އިބުރޭ ހުތުރުގޮތަކަށް ބަލިވެ ސޭކުު އަނގަ ޗޭވާނެ
الحمدلله.
މުސްލިމުންގެ އަދުއްވުން ބަލިކުރައްވާށި.
ހަމަ ވަރަށް ރަނގަޅު ތިކަން
މިގައުމުގަ ހުރި ކުޑަމޯދީވެސް ބާލަން އެއްގަލަކަށް އެންމެން އަރާބަލަ .