ކޮންމެ ހާލެއްގައިވެސް ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު އެކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ ޖަމްބޮރީގައި އުޅޭއިރު، އެ ގައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ޖަމްބޮރީގެ ގަވާއިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަމްބޮރީގެ ބައިވެރިންނަށް ތަޖުރިބާ ކުރަން ގިނަ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުސަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާއި ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް. ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް.". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރު ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނާ މުހައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސްއެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސީބާ

    إنتحاب ގާތްވި ވަރަކަށް ދީނީ ތާކިހާ ގިނަވާނެ . ދެން ލޮސްވެދާނެ.

    19
  2. ހުސޭނުބޭ

    އެހެންވެތަ މިފަހަރު ރައްޔިތުންގެ 50 ހައްޖު ކޯޓާއަށް ކަލޭގެ ރޮގާލިފަތި ދުނިޔޭގެ އެދުމައިގެން ހައްޖަށް ގެންދިޔައީ! އަދި ނުވިތާކަށް އެއިން ކޮންމެ ރޮގާއްޔަކަށް 30000 ރުފިޔާވެސް ދައުލަތުގެ މާލިއްޔާއިން ދިނީ! ލަދުކޮބައި؟

    12
  3. މުރަނގަ

    ފުރަތަމަ ކަލޭ ދީނި ކަންތަށްތަކަށާއި ދޮގުހެދުން ހުއްޓާލާ ކާކުގެ ވެރިކަމެއްގަ ލާދީނީ މީހުން ފުރައިގެން މިނިވަންކަމާއެކު ދިޔައީ ކަލޭވެރިކަމަށް އަރާ ކުރި ހުވަޔާވެސް ހިލާފުވެފަ ތިހުރީ ދެން އިންތިހާބު ކައިރިވީމަ ރަނުން ފެންވަރައިދޭނަމޭ ބުންޏަސް ގަބޫލުކުރާނެ މީހަކު މިގައުމަކުނެތް.

    12
  4. ލޮލް

    ރައްޔިތުން ހަނދާން ބަހައްޓާތި، މިމީހުން ދީނީ ވާޖިބޭ ބުނެފިއްޔާ ކުރިޔަށް އޮންނަ ލާ ސައިލެންޓް ވާނެ.

    18
  5. Anonymous

    ކަލޭ ލަދެއް ނުގަނޭތަ ދީނޭ ކިޔައިގެން ވާހަކަ ދައްކަން. އިސްލާމްދީނައް ފުރައްސާަ ކުރާ އެންމެން ކަިރިޔައް ލައިގެން ހިމާޔަތް ދީގެން ބޮޑު މުސާރަ ދީގެން މނޖ ކިޔަން. ލާދީނީ ބައެއް ކަލެޔާއި އެމްޑީޕީ އާއި ރެޓްސް އަކީ.

    12
  6. ޢަލީ

    މިއީ ސަތޭކަ ޕަސެންޓް މުސްލިމުން އުޅޭޤައުމެއް.ދީނަށް ބީރައްޓެހިކަންތައް ހުއްޓުވަން މަސައްކަތް ކުރުން ވެސް ކޮންމެ ޙާލަތެއްގައިވެސް ކުރަންއެބަޖެހޭ. ދީނާ ދަރިވަރުން ދުރުކޮށްލަން ރާއްޖޭގައި ހިންގާ ހުރިހާ ފާޙިޝްޢަމަލްތައް ދުވަހުން ދުވަހަށް އިތުރުވުން ހުއްޓުވަން މަސައްކަތް ކުރުމަކީވެސް ވެރިއެއްގެ ހައިސިއްޔަތުންކުރަންޖެހޭ އެއްމެ މުހިއްމުކަން. ކިތަންމެފަދަ ބޮޑު ޖަރީމާއެއްހިންގިޔަސް ގޮސް ނިމެނީ ސިޔާސީ ކަމަކަށް. މުޅި ޖީލެއް ހަލާކުވެގެން ނެތެމުން މިދަނީ.

  7. Anonymous

    ކީރިތި ޤުރުއާނަށް ނިކަމެތިކޮށް ހިތާ މީހުންނަށް އަދަބުދިނުމަކީ ދީނީ ވާޖިބެއް ނޫންތަ؟ ގައުމުގެ ވަލިއްޔުލްއަމްރު އެމީހުންނަށް އަދަބުނުދީ އެހުންނަނީ ކީއްވެބާ؟ ވަލިއްޔުލްއަމްރު އަދާނުކުރާ ދީނީ ވާޖިބެއް ރައްޔިތުން އަދާކުރާނެބާ؟ ކުދި ސޯބުތައް އެނބުރޭނީ މައި ސޯބު އެނބުރޭ ގޮތަކަށް ނޫންބާ؟

  8. ޑައެލޯގް

    އިބޫ ކަލޭ ކިހާދީންވެރިދޯ ކެސީނޯ ހުއްދަކުރަން މަޖިލިހަށް ވެއްދި ޖާބިރާއި ރާފުޅިއަށް ބޮސްދޭ ސަންޝިޔާމަކީ ވަރަށް ރަގަޅުމީހުންކަމަށް ކަލޭބުނެފައިވެއެވެ.