ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލާފައިވާއިރު، އެކުންފުނިން ބުނީ، މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއް ވެސް މިހާރު ސައިޓަށް ގެންދެވި އަންލޯޑް ވެސް ކުރެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކައި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 123 މިލިއަން ރުފިޔާ ހޭދަވެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ، އެ ކުންފުނިން ޗަރޓަރ ކޮށްފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލެޝީ" ށ. ކޮމަންޑޫގެ ބިން ހިއްކުމަށްޓަކައި މިއަދު މޮބިލައިޒްކުރެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.