ހއ. އިހަވަންދޫން 50 އަށް ވުރެ ގިނަ ޒުވާނުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީން ބުނީ އިހަވަންދޫގެ 50 އަށްވުރެ ގިނަ ޒުވާނުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްއަށް ތާއީދުކުރުމަށް ނިންމައި އެ ޕާޓީއާ އިއްޔެ ގުޅިފައިވާ ކަމަށެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމްއެވެ. އިންތިހާބުގެ ކެމްޕޭނަށް ނާޒިމް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ. އެ ޕާޓީގެ މެނިފެސްޓޯގައި ބޯހިޔާވެހިކަމަށާއި ޒުވާނުންނަށް ގިނަ ކަންތައްތަކެއްއް ކޮށްދިނުމަށް ވަނީ ވައުދުވެފައެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވައިފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލްކުރައްވާފައިވާ ޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕިސްޕިސް

    ވަރަށް ބަރާބަރު . . . ލާރިކޮޅެއް ހަދާލާ ލިބުނު ފުރުސަތުގަ . . . އެކަމަކު ވޯޓު ދޭނީ އެމްޑީ ޕީ އަށް އޯކޭ . . . އިހަވަން ދިއްޕޮޅު ތަރަށްގީ ކުރަން ހިފާފަ ހުރީ އިބޫ ސޯލިހު

    1
    1
  2. އިބްރާހިމް

    50 ފޯމަކީ ލައްކަ ފައިސާ އެމްއެންޕީއްށް.

  3. ހެހެ

    ނާޒިމަށް އަސްލު ވޯޓުލާނީ ކިތަށް މީހުންބާ؟ އުމަރު ވެސް ވާހަކަ ދައްކާއިރު ހީވާނެ ލައްކައެކޭ. 2008 ގަ ލިބުނީ 1%

    • ލޮލް

      ކަލޭމެންވެސް ޢުމަރަށް ވޯޓުދޭނަމަ ލައްކައެއް ހަމަވާނެ. ޢުމަރަށް ވޯޓު ނުދީ ތިހެން ފޮނު އެރުވިޔަސް ކަމަކުނުދާނެ. ޢުމަރު ވާހަކަ ދައްކާނީ ކަންއޮތްގޮތަށް ހަގީގަތަށް، އެޔަކު އެއްވެސް އޮޅުވާލުމެއް ދޮގެއް ހެދުމެއް ނޯންނާނެ. އަނެއްކާ ޢުމަރު ޖަހާ ހިސާބު މަދުފަހަރަކު މެނުވީ ދިމާނުވެ ނުދާނެ.

  4. ެެުުުުްއަހްމަދު ޒަމީރު

    ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދެން އޮތީ ނާޒިމް ފަދަ ދުރުވިސްނޭ ވެރިއެއް ހޮވައިގެން. ނާޒިމްއަކީ ދިވެހިން ބޭނުންވާ ފަދަ ހިންގުންތެރި ވެރިއެއް، މެގޭ ވޯޓް ނާޒިމްއަށް!

  5. ހަސަން ސަމީރް

    ހަވާލުވާ އެއްވެސް ކަމަކުން ފެއިލްވެފައި ނުވާ ވެރިއެއް ނާޒިމް ނޫނީ ނެތް. ސާބަހޭ