ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަށް ބިން ހިއްކުމުގެ މަޝްރޫއު ހިންގަނީ އެމްޓީސީސީ ކުއްޔަށް ހިފި ބެލްޖިއަމްގެ ކުންފުންފުންޏެއްގެ އުޅަނދެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ޑްރެޖަރު އެހީގައެވެ. މި ޑްރެޖަރަކީ ދުވާލަކު ހެކްޓަރެއް ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. އެ ޑްރެޖަރު ވަނީ ކުޑަދުވަސްކޮޅެއް ތެރޭގައި ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ފުރިހަމަކޮށްފައެވެ.

"ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޑްރެޖަރު މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ މިދިޔަ އަހަރު ބޭއްވި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި އިލެކްޝަންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި މަޝްރޫއެކެވެ. އަދި އާންމުންގެ ގިނަ ބައެއްގެ މަގްބޫލް ކަން ވެސް މި މަޝްރޫއަށް ލިބިފައިވެއެވެ.

އާޒިމް ވިދާޅުވީ އިންތިހާބެއް ދިމާ ނުވާނެ ގޮތަކަށް ރާއްޖޭގައި މަޝްރޫއެއް ނުފެށޭނެ ކަމަށާއި ރާއްޖެއަކީ އަބަދުވެސް އިންތިހާބުތައް ހިނގަ ހިނގާ ހުންނާނެ ގައުމެއް ކަމަށެވެ. އެކަމަކު، އިންތިހާބަކާ ދިމާކޮށް މި ސަރުކާރުން މަޝްރޫއެއް ނުފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަކި ސަރުކާރެއްގެ ނަން ފާހަގަ ނުކުރައްވައި އާޒިމް ވިދާޅުވީ ކުރީ ސަރުކާރަކުން ކޮމަންޑޫގައި ޖަހާފައި އޮތް ރިވެޓްމަންޓެއްގެ ސަބަބުން ވީ ފައިދާއެއް ނެތް ކަމަށެވެ. އެ ރިވެޓްމަންޓް ޖެހުމަށް ވުރެ، ނުޖެހުން ވެސް މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަމަކަށް ކަމެއް ކޮށްލާފައި އޮތީ. އެކަމަކު. މިއަދު އަޅުގަނޑުމެން އޭތި ނަގައި އާ ޑިޒައިނަކަށް މިކަން ކުރަން ޖެހުނީ. އެ މަސައްކަތް ބާރަށް ކުރިއަށްދާ ތަން ރަށުގެ ރައްޔިތުންނަށް ފެންނާނެ. އެހެންވީމަ އިންތިހާބަކަށް ގޮސް ކަޑަ ޖަހާލާފައި އައީއެއް ނޫން. މަސައްކަތް ހިނގަމުން ދާނެ،" އާޒިމް ވިދާޅުވިއެވެ.

"ޖުލައި މަސް ނިމުމުގެ ކުރިން މަތި ކޮމަންޑޫ ހިއްކައި ނިމޭނެ،"

އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ދުވަހަކު ވެސް ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމެވެ. ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި މަސް ތެރޭގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

"އީއައިއޭ ނުނިމިގެން ލަސްވެގެން ދިޔައީ. އީއައިއޭ ނިމުމާ އެކު މޮބިލައިޒް ކުރާނަން. މަސައްކަތް ފެށިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީގެ "މަހާޖައްރާފް" ބޭނުންކޮށްގެން ފެށިއެވެ. ނަމަވެސް، އެ ޑްރެޖަރުގައި މައްސަލަތަކެއް ދިމާވެ، މަސައްކަތް މަޑުޖެހުނު ކަމަށްވެއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫން ބިން ހިއްކުމާއެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮއްޓެއް ގާއިމް ކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެއެވެ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ގުޅާލަނީ ކޮންކްރީޓް ފާލަމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޮލް

    އެހެންތަ؟ މިހާދުވަސް ވީއިރުވެސް ދެކޮމަންޑޫ ގުޅާނުލާތަ؟ އަޅެ، މަހީކުރީ ރާޑޯ އިންތިޚާބުވީ ދެކޮމަންޑޫ ގުޅާލިފަހުން ކަމަށް. ނޭނގޭނެއެއްނު، މަޖިލިސް ބައިއިލެކްސަނަށް ރާޑޯގެ ކެމްޕޭނު ފެށީ ޑްރެޖަރާއި، ބުލްޑޯޒަރުތަކާއި، ހައިމާކުތައް ދެކޮމަންޑޫ ދޭތެރޭގައި ބާއްވައިގެންވިއްޔާ. އެހެންވިޔަސް ރިޔާސީ އިންތިޚާބުގައި ގޮތްނިންމާނީ ދެކޮމަންޑޫގެ ރައްޔިތުން.

    12
    1
  2. ހުސޭނުބޭ

    މަޖިލިސް އިންތިޚާބުގައި ބުނީ ދެކޕމަންޑޫ ގުޅާލަނީ ބުރިޖަކުންނޭ! އެންމެ ފަހުން ތެޅިތެޅިފައި އެ ދެމެދު ހިއްކަން އެ ފެށީ! ތިހުރީ ހިންގިފައި! ލޮލް!

    11
    1
  3. ދެން

    ފަށަނީ، ފެށެނީ، ކުރަނީ. މުޅިންވެސް ވާނެ، ވަނީ ގަ ނުވެ ދައުރު ހަމަވަނީ މިޔޮއް

    10
  4. ކޮމަންޑޫ ރައްޔިތެއް

    ކޮމަންޑޫ އަކީ އަދަދުން ބަލާނަމަ އާބާދީ ބޮޑު ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ ނިސްބަތް މަދު ރަށެއް. ޜަށުގެ އާބާދީގެ 40% މިހާޜުވަނީ މާލެއަށް ހިޖުރަ ކޮށްފަ. ގިނައީ ތައުލީ ޓެކްނިކަލް މީހުން. ޢެހެންކަމުން ހިޔާ ފްލެޓާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކާއި އެހެނިހެން މުއައްސަސާތަކުގެ ފްލެޓްތަކުން 70 އަށްވުރެ ގިނަ އާއިލާތަކަށް ވަނީ ފްލެޓް ދިރިއުޅުން މާލެ ސަރަހައްދުގައި ހަމަޖެހިފަ.
    ކޮމަންޑީގައި އިޤްތިޞާދީ މަސައްކަތްތައް ދަނީ ހުއްޓެމުން. މަސްވެރިކަމަށް އެންމެ ގިނަ ދޯނިފަހަރު އޮތް ރަށުގެ ހުރިހާ ދޯނިތަކެއް ވަނީ ވިއްކާލާފަ.
    ދަންނަވަން މިއުޅެނީ އާބާދީ އާއި އިޤްތިޞާދީ މަސައްކަރްތައް ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާއިރު ރައްޔިތުންގެ ފައިސާއިން 250 މިލިއަން ކަނޑަށް އަޅާ ނުލާ އާބާދީ އާއި އިޤްތިޞާދު ކުރި އަރަމުން އަންނަ ބޮޑު ރަށެއްގައި 250 ފްލެޓް ނުވަތަ ގެ އަޅާ ކޮމަންޑޫ ގައި މިހާރު ދިރިއުޅޭ އާބާދީ ބަދަލު ކުރުން މާ ރަގަޅު ވާނެ.

    4
    1
  5. ޑައެލޯގް

    ކޮންމެ އިންތިހާބަކަށް ކޮމަންޑޫމީހުން ހައްދާފަ ބަހައްޓާށެވެ. އެއީ ހެދޭބަޔެކެވެ. އެކަމަކު އަހަރުމެނެއް ނުހެއްދޭނެއެވެ. މިހާރު ތިޔަކޮމަންޑޫ ގުޅުވަންއުޅޭތާ 2 އަހަރުވީއެވެ.

    2
    1
  6. އިބްރާހިމް

    ނުހިއްކިޔަސް އެއްޗެތި ދައްކާލީމާ ތިޔަމީހުންގެ މެޖޯރިޓީ ވޯޓްދޭނެ.

  7. ހަގީގަތް

    މިސަރުކާރުނޫނީ ނުހުންނާނެ އިންތިހާބާ ދިމާކޮއް ގިނަ ޕްރޮޖެކް ހިންގާ ސަރުކާރެއް. އަދި މަޖިލިސް ބައި އިލެކްޝަންނާ ދިމާކޮއް ހީވީ ދެންމެ ދެންމެ ނިއްމާލަ ފާނޭހެން މިހާރު ރިޔާސީ އިންތިހާބު ބޯމަތި ވީމަ ހީވަނީ އަނެއްކާ އާވައުދެއް ވީހެން

  8. ޗޯރު

    އެ މަހީކުރީ ގުޅާލާފި ކަމަށް

    2
    1
  9. އަވަށުމީހުން

    މީގެ 2 މަސްކުރިންވެސް ހަމަ މިހެޑްލައިން ދެކުނިން..

  10. އަދުހަމު

    ކިތައް އިންތިހާބައް ތިވައުދުވެއްޖެ