ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތި ކޮމަންޑޫގެ ބިން ހިއްކާ ނިމިއްޖެ ކަމަށެވެ. މާދަމާ އުކުޅަސްގެ ބިން ހިއްކުން ފެށޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ އިންތިހާބަށް ކަނޑަ ޖަހާ ސަރުކާރެއް ނޫންކަން އެންމެ ރައްޔިތުން ގަބޫލް ކުރަނީ އެ ގޮތަށް ޕްރޮޖެކްޓްތައް އިތުބާރާއެކު ފަށަމުން ނިންމަވަނުން ދާތީ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޕްލޭނިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެރަށުގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކޮަމަންޑޫގައި 1960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮަމަންޑޫގައި ގާއިމް ކުރުން ހިމެނެވެ.

އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އީލޮން މަސްކް

    ޓުވިޓާ ބަދަލު ވެއްޖެކަން މިރާއްޖޭގެ ނޫސްވެރިންނަށް އަދިވެސް ނޭނގެނީތަ؟މިހާރު އެކްސް ގަ ޕޯސްޓް ކުރާނީ. ޓުވީޓެއް ނުކުރާނެ.

    • އަހްމަދު

      އީލޮން މަސްކުގެ ނަމުގައި ކޮމެންޓްކުރިމޮޔަޔާ. ޓްވިޓާ ބަދަލުވިއަސް. ޓްވީޓް ބަދަލެއްނުވޭ. އެކްސްގައިވެސް ކުރަނީ ޓްވީޓް. އެކްސްގައި ކުރާނީ އެކްސް ކަމަށްތަ ހީކުރަނީ.

  2. ދަވާލާ

    ކަނޑައެއް ނުޖަހާ ، ސަލާމަތްނުވެވޭ ވަރުގެ ބޮޑެތި ދަރަނި ފުނި ފުނި ޖަހަނީ ، 5 އަހަރު ދައުރު ނިމެން 72 ގަޑިއިރަށްވީމަ ބޮޑު އަގުދީފައި ބޭރުން ކޮންނަ ބޯއްޓެއް ގެނެސްގެން އިތުރަށް ދިވެހިން ދަރަނިވެރި ކުރުވަނީ ، ތީ ގައުމު ތަރައްގީ ކުރަނީކީނޫން ދެވަނަ ދައުރެއް ބޭނުން ވެގެން ގައުމު ދަވާލަނީ ސޯލިބޭ އަކީ ހިޔާނާތްތެރިއެއް

    2
    2