(ށ. ކޮމަންޑޫ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ފައްޓަވާ ތާރީހީ ރިޔާސީ ކެމްޕެއިން ށ. އަތޮޅުން މިއަދު ފައްޓަވައިފިއެވެ.

"އުފާވެރި އަމާން ރާއްޖެ" މި ޝިއާރުގެ ދަށުން ރައީސް ސޯލިހް ފައްޓަވާ ރިޔާސީ ކެމްޕެއިންގައި ފުރަތަމަ ވަޑައިގަންނަވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫއަށެވެ. ކޮމަންޑޫ އަށް ފަހު އެމަނިކުފާނު މަރޮށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑާއިގަންނަވާނެއެވެ.

ފޯކައިދޫގައި ބޮޑު ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ރިޔާސީ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ފުރުން

ރައީސްގެ ދަތުރުފުޅު ތާރީހީވާ އެއް ސަބަބަކީ އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް ކެމްޕެއިން އަމާޒު ހިއްޕެވި މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެން އައި 2013 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވުމުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބިއާ ކުރިމަތިވެވަޑައިގަތެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުން ނާކާމިޔާބުވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ނުކުންނެވީ ވަރަށް ބޮޑު އުންމީދަކާއެކުގައެވެ.

ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީގެ އެންމެ ތާއީދު ބޮޑު އެއް ދާއިރާއެވެ. އަދި އެކިއެކި މަޝްރޫއުތައް އެންމެ ގިނަ އިން ނިމި، އަދި ހިނގަމުން އަންނަ އެއް ދާއިރާއަކީ ވެސް ކޮމަންޑޫ ދާއިރާއެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ރައީސް ވަނީ އެ ރަށުގައި ކެމްޕެއިން ކުރައްވައިފައެވެ. އެފަހަރު ރައީސް އެ ދާއިރާ އަށް ވަޑައިގެންނެވީ މަޖިލިސް އިންތިހާބުގެ ބައި އިލެކްޝަނާ ދިމާކޮށެވެ.

ރައީސް ރިޔާސީ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ފުރުން

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބާ މެދުގައި ރައީސް ސޯލިހް ހުންނެވީ ވަރަށް ޔަގީންކަމާއެކުގައެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ނުކުންނަވަނީ 77،700 މެމްބަރުންނާ އެކުގައި ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ކެމްޕޭން މޯޓިވޭޝަނަލް ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއީ ރިޔާސީ އިންތިހާބަށް ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމަނައިގެންނެވެ.

"މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނަނީ ކޯލިޝަނެއްގެ ތެރެއިން. މިތަނުގައި ތިއްބަވާނެ ކޯލިޝަން ބޭފުޅުން. މިއީ މިހާތަނަށް ރާއްޖޭގައި ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން. އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އެއްކޮށްލީމަ 77،700 މެމްބަރުން އެބަތިބި،" ރައީސް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާ އެކުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ ވަނީ ކޯލިޝަން ހަދައިފައެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވައިފައެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދަން ދައުވަތު ދިން ނަމަވެސް ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ރިޔާސީ އިންތިހާބުގައި ވަކި ގޮތެއް ނުނިންމައެވެ.

ރިޔާސީ އިންތިހާބަށް ބޯމަތިވެފައި ވަނިކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވާން ފަށާފައިވާ އިރު، އިންތިހާބުގައި ވާދަކުރައްވާ ޕާޓީތަކުން އަންނަނީ މާލެ އާއި ރަށްރަށުގައި ކެމްޕެއިން ކުރަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނެއެވެ. ޖޭޕީގެ ފަރާތުން އިންތިހާބަށް ނުކުންނަވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެމްއެންޕީގެ ފަރާތުން ނުކުންނަވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

ޕީޕީއެމުން ބުނަމުން އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް އޮތް ކަމުގައި ވިޔަސް، އެ ޕާޓީން ޓިކެޓު ދީފައިވާ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ މި ބޭފުޅުންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޮލް

    އިބުރާހިމަކީ މިގައުމުގައި ފާހިޝްކަންތައްތައް އާލާކޮށް ލާދީނީމީހުންނަށް ހިމާޔަތްދީ ހެޔޮލަފާ މުސްލިމުންނަށް އަނިޔާވެރިވި މީހެއް. އިބުރާހިމަށް ދޭނެ ވޯޓެއް މަގޭ އަތަކުނެތް.

    36
    4
  2. އަލީ

    ދެ ކޮމަންޑޫ ގުޅާލާން ތޯ މި ދިޔައީ ! ކޮމަންޑޫ މީހުންނަކީ ހާދަ ހެދޭ ބަޔެކޭ ! ލޮލް

    13
    2
  3. ނަމަސްތޭ

    ލޮލް . . . ހަޖަމް ކޮށްބަލަ . . ތީ ޒާތީ ޕީޕީ އެމް ފިކުރު . . .

    1
    10
  4. ހުސޭނުބޭ

    ފްލައިޓުގައި ހާދަ ވަގުން ގިނައޭ!

    12
    2
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އަހަރުމެންގެ ޖީބުން މި ހުރިހާ އެންމެންގެ ޓިކެޓް، ކޮއްތު! މިއީ އިބޫ ނުކުރާން ބުނި ކަންތައްތައް. ދީނީ ގޮތުން ބެއްޔަސް މިއީ ޙަރާން ކަންތައްތައް. އަހަރުމެންގެ ޖީބުން ލާރި ނަގައިގެން ކެމްޕޭނު ކުރުމުގެ ޙައްޤެއް އިބޫ އަކަށް ނޯންނާނެ. އެހެން ވެރިން ވެސް އެކަން ކުރާތީ، އެކަން ނުކުރާން އިބޫ ވަޢުދުވީމާ އިބޫ އަށް ވޯޓު-ލީ. މަތިންދާ ބޯޓު ގައި ތިބޭ އިރު، ހަނދާން ކޮށްލާ، އަހަރުމެންގެ ލާރީގަ ތިޔަ ކެމްޕޭނު ކުރަނީ!

    15
    • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް

      ކޮތަޅު ވިއްކައިގެން "ޗޯރު އިބުރޭ" ލާރި އެއްކުރީ ކެމްޕޭނަށް. ދެން އައްނަ އަހަރަކުން އެނގޭނީ މި ދަތުރު ތަކަށް "ޗޯރު އިބުރޭ" ފައިސާ ނުދައްކާ ހުރިކަން. ބޮޑު ޗޯރު!

  6. ސަނާ

    ކޮމަންޑޫމީހުން މިފަހަރުވެސް ޅޮސްއުދޯއްޔަށް ލެވޭނެތަ؟ އިންތިޚާބަށް ރާސްލަފައި މަސައްކަތްފެށިޔަސް ހޮވުނަސް އިންތިޚާބުގެ ފަހުން މަސައްކަތް ހުއްޓޭނެ! ވިސްނާ ތިބޭތި!!!!

    14
  7. އީކްއަލިޓީ އެންޑް ޖަސްޓިސް

    ސޭ ނޯ ވޯޓް ފޮރ އަ ރޭސިސްޓް!

  8. އަބްދުﷲ އަލީ

    ރައީސް ޔާމިން ޖަލުގައި ބާއްވައިގެން ، އިބުރޭ ކެންޕެއިންނަށް އަތޮޅު ތެރެއަށް ނާންނާތި ލިބޭނެ ސަޕޯޓެއް ނެތް - ރަށްރަށަށް އަރަން އޮތީ 500 ސިފައިން ގޮވައިގެން އެނޫން އެއްވެސް ގޮތެއް ނެތް ....
    އިބްރާހިމް މުޙައްމަދު ސާލިޙް
    މާރިޔާ އަޙްމަދު ދީދީ
    އަބްދުﷲ ޝާހިދު
    މުހައްމަދު ޙަމީދު
    އިމްރާން އަބްދުﷲ

    މީ ވެރިކަން ނުލިބިއްޖެނަމަ ފިލައިގެން ރާއްޖެއިން ބޭރަށް ދާނެ މީހުން 16 އޮކްޓޯބަރަށް ޓިކެޓް ނަގަން ބުނެފައި އިނީ ، އެދުވަހު އިންޑިޔާ ސިފައިގެން އެހީގައި ނަމަވެސް ރާއްްޖެއިން ފިލައިގެންދާނެ ، އިނގިރޭސި ވިލާތުން ހިމާޔަތް ހޯދާފަ އޮތީ

    12
  9. ފާސް

    ކެންޑިޑޭޓުން އިއުލާން ނުކުރަނީސް ރިޔާސީ އިންތިޚާބުގެ ކެންޕެއެއިން ކުރުން ގާނޫނާއި ޚިލާފު.

  10. ފާސް

    ކެންޑިޑޭޓުން އިއުލާން ނުކުރަނީސް ރިޔާސީ އިންތިޚާބުގެ ކެންޕެއެއިން ކުރުން ގާނޫނާއި ޚިލާފު...