ސާބިތު ދަރަންޏެއް އޮތުމުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

އެ މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ސުއޫދުގެ ރައުޔުގައި ވިދާޅުވީ ސްޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައިވަނީ ކޯޓެއްގެ ހުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމްވާ ފައިސާއަށް ކަމަށެވެ.

އެ ފައިސާއަކީ ދަރިންގެ ހަރަދުކަމުގައި ވިޔަސް އަނބިމީހާއަށް ކުރަންޖެހޭ ހަރަދު ކަމުގައި ވިޔަސް މައިންބަފައިން ބެލުމުގެ ހަރަދުކަމުގައި ވިޔަސް ދޯންޏެއް މަރާމާތުކުރުމުގެ ހަރަދެއް ކަމުގައި ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް މީހަކު އެހެން މީހަކަށް ދައްކަން ކޯޓުން އަމުރުކުރާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކޯޓިގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތުވުމަކުން ކޯޓު ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ޖޫރިމަނާގެ އުގޫބާތް ކަނޑައަޅާފައިވާ މައްސަލަ މަތީ މަރުހަލާގައި އިސްތިއުނާފުކުރުމަކީ އެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އެހެނީ ޖިނާއީ އިޖުރާތުގައި 108 ވަނަ މާއްދާގައި ސަރީހަ ނައްސުގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމީހާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ކޯޓުގެ ނިންމުމަކުން ކަމަށްވާއިރު ކޯޓުގެ ނިންމުމަށް ތަބާވުމަކީ ލާޒިރު ކަމެއް ކަމަށް ވިދާޅުވިއެވެ.

"ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލު ކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފުކުރުމުގެ ބާރުންނާއި މުސްތަގީލު މަގާމުތަކުގައި ތިބި މީހުންނާ ދައުލަތުގެ މަގާމުތަކާއި ހަވާލުވެގެން ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އަމަލު ކުރުން ލާޒިމް ނިންމުމެއް." ސޫއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހުކުމް ކުރެވުނު ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކަމަށްވާއިރު އެ ގަޟިއްޔާއިން ދެއްކުމަށް އަމުރުކުރި ފައިސާގެ ހުކުމް ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ނެތުމުން އިންތިހާބަށް ކުރިމަތިލުމަށް އީސީއަށް ފޯމު ހުށަހެޅިއިރު ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަނި އޮތްކަން ސާފުކޮށް އެނގޭ ކަމަށެވެ.

އެ ސަބަބަށްޓަކައި ޔާމީން ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ގަބޫލްކުރެވެން ނެތް ކަމަށް އީސީއިން ނިންމާފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫރިމަނާގެ ތަފްސިލްތައް އެނގިނުވާ ކަމަށް ބުނުމާއި ޖޫރިމަނާ ކަނޑައަޅާފައިވާ ކްރިމިނަލް ކޯޓިގެ ހުކުން އިސްތިއުފާނުކޮށްފައި އޮތްކަމަށް ބުނުމަކީ އެ ޖޫރިމަނާއަކީ ސާބިތުދަރަންޏެއް ނޫން ކަމަށް ބެލުމުގެ ބުރަދަނެއް ދެވިވާނެ ސަބަބެއް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަހްމަދު

    ސޫދު، ޢަލީ ރަޝީދު، އަޒްމަރަލްޑާ ގެ ނިންމުން ވަރަށް ސާފް! އެމީހުން ޔަމީނަށް ރަނގަޅު ގޮތަކަށް އެދޭނެ ހެނެއް ހީއެއްނުވޭ! ސޫދުއަކީ ކުރިން ސިޔާސީ ގިތުން ޔާމިނުގެ އަދުއްވެއް! އަލީ ރަޝީދަކީ ދަށު ކޯޓެއްގައި ޔާމީނާ ޙުކުކޮށްގެ ޕްރޮމޯޓްވީމީހެއް! ދެންހުރި މީހާ ހީހީފައި ކުރީގެ އަޑުއެހުމުގައި ސުވާލު ކުރިގޮތުން އެނާގެ ވިސްނުން ހާމަވޭ!

    38
    4
    • ޢަހުމަދު

      ސޫއޫދު 2018 ގަހުރީކޮންތަނެއްގަތޯ ކޮންޕާޓީއެއްގެ ކެންޕެއިންދަތުރުތަކެއްގަތޯ އޭރުވެއްޓުނީ ކާކުގެވެރިކަމެއްތޯ މިހާރުހައްގު ތައްގެއްލިގެންއުޅެނީ ކޮންބޭފުޅެއްތޯ ބެލީމަސާފުވޭ މިއަދު އެމަގާމުގަހުއްޓސް އެބޭފުޅާއަކީ އެމްޑީޕީ ތަމްސީލުކޮއްސިޔާސީހަރަކާއްތަކުގެ އުޅޭއުޅުނު މީހެއް ވީމަވަރައްސާފް އޭނައަކީ އެކްޓިވެސް ޓެއްކަން އެމްޑީޕީގެ

      11
  2. އަހުމަދު

    އެހެންވިއްޔާ ބޭނުމީ ހަމަ މުއިއްޒު. މުއިއްޒު ނޫނީ ދެން ކާކު؟ މުއިއްޒު ކައިރިން ބަލިވި އާދަމް ޝަރީފްތަ؟ ނޫނީ 5% ލިބުނު ވަހީދުތަ؟ ނޫނީ ވެރިކަމުގެ ތަޖުރިބާ ނެތް ޝިޔާމްތަ؟ ނޫނީ ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރަމުންދާ ޝަހީމްތަ؟ ޝައްކެއް ނެތް. ހަމައެކަނި ޗޮއިސްއަކީ މުއިއްޒު!!!

    28
    4
    • ލޮލް

      ވޯޓުދޭންވީ ޢުމަރަށް! ގައުމުގެ ޙައްޤުގައި އެހެންމީހުންނަށް ނިންމަން ނުކެރޭ ބޮޑެތި ނިންމުންތައް ނިންމަންކެރޭނީ ޢުމަރަށް. ޢުމަރު ތެދުވެރިވާނެ. އަމާނާތްތެރިވާނެ. ޢަދުލުވެރިވާނެ. ރިވެތިއަޚުލާޤު ހުންނާނެ.

      2
      2
    • ޙައްލަކީ ޢުމަރު

      ވޯޓުދޭންވީ ޢުމަރަށް! ގައުމުގެ ޙައްޤުގައި އެހެންމީހުންނަށް ނިންމަން ނުކެރޭ ބޮޑެތި ނިންމުންތައް ނިންމަންކެރޭނީ ޢުމަރަށް. ޢުމަރު ތެދުވެރިވާނެ. އަމާނާތްތެރިވާނެ. ޢަދުލުވެރިވާނެ. ރިވެތިއަޚުލާޤު ހުންނާނެ.

      2
      2
  3. ޙެހެހ

    ޔަޤީނެއްނު ، ޕީޕީއެމްއަަށް ސަލާން ، ޑރ.މުއިއްޒު ނުނެރެންޏަަ މަގޭވޯޓެއް ނެތް ލިބޭކަށް

    15
    10
  4. ޅިޔަނު

    ޙަހަަހަހަހަހަަ

    11
  5. Anonymous

    ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަ ނުވާކަމަށް ސުޢޫދު ވިދާޅުވެއްޖެ

    11
    6
  6. Anonymous

    ޕީޕީއެމް ގޮތް ދޫކޮށް މުޢިއްޒު ޝަހީމް ނެރެން ވެއްޖެއެއްނު މިހާރު

    21
    3
    • Anonymous

      މުއިއްޒުއަކީ ޔަާމީނާއި އިދިކޮޅު މީހެކޯ

  7. Anonymous

    ޔާމީންގެ ޝަރުތު ފުރިހަމަ ނުވާމަށް ފަނޑިޔާރުން އިއްތިފާޤު ވެއްޖެ

    8
    3
  8. ދެންކީކޭ

    ހެޔޮނުވާނެ ވަހީދު ނޫން މީހަކު ބޭނުންވަނީ. ވަހީދަކަށް ވޯޓެއް ނުދޭނޭ ދިވެހީން. އެހެން މީހަކު ނެރެމެލަ ހެޔޮނުވާނެ

    15
    2
  9. ބެއްޔާ

    އަލީ ރަޝީދު: އަޅުގަނޑު ތާއީދު.
    އަޒްމިރަލްޑާ: އަޅުގަނޑު ތާއީދު.
    ހުކުމް. އެހެންކަމުން އީސީގެ ކަނޑައެޅުމަށް ތާއީދު ލިބި ޔާމީނަށް ބައިވެރި ނުވެވޭނެކަމަށް ނިންމާ ހުކުމްކޮށްފިން.

    8
    11
    • ނާ

      ތިދެންނެވި ދެބޭފުޅުން އެކަނިތޯ ތިއްބެވީ ބެންޗް ގަ؟ ވަކިކަމަކަށް އެދިގެން ބަލާނަމަ ވިސްނާނީވެސް ހަނި ގޮތަކަށް. އޭގަ ސުއޫދު ގެ ރައުޔު ފިޔަވާ އިތުރު 6 މީހުން ޕެނަލްގަ ތިއްބަވައިގެން ނިންމުމެއް މިނިންމެވީ. އެއްވެސް ޕާޓީ އަކަށް ނުވާ ޤާނޫނު ކިޔަވައިގެން ހުރި މީހެއްގެ ހައިސިއްޔަތުން މި ނިންމުން އެއީ ވަރަށް ރަނގަޅު ނިންމުމެއް އެހެންނޫންނަމަ ޤާނޫނުގަވާ އެއްޗަކާމެދު ހިތްހަމަނުޖެހޭ ކޮންމެ ހާލަތެއްގައި އެ ބަދަލުކުރުމަށް އެދި ސުޕްރީމްކޯޓަށް ދިއުމުގެ މަގު ހުޅުވާދެވޭނެ.

      4
      8
  10. ދެބޯގެރި

    މައްސަލަބެލި އިސްފަނޑިޔާރާ އުއްތަމަ ފަނޑިޔާރާކީކޮބައިކަން އޮޅިއްޖެ 7 ފަނޑިޔާޜުން ބެންޗްގަ ތިބުމުގެ ބޭނުމަކީކޮބައިކަމާމެދުވެސް ސުވާލު އުފެދިއްޖެ އުއްތަމަ ފަނޑިޔާރު އަދި މައްސަލަ ބައްލަވާ އިސް ފަނޑިޔާރު މަންމަންވެ ހުސްނުސޫދު އިސްވެ ތާއީދު ތާއީދު ކީމާ މިވަނީ އަތްނަގައިގެން ވޯޓުދޭ އުސޫލަށް މިވަރުގެ ހައްސާސީ މައްސަލައެއްގަ ބެންޗްގެ ކޮންމެ ފަނޑިޔާރަކުވެސް އެފަނޑިޔާރެއްގެ ރައުޔު ކުރުކޮށްނަމަވެސް ހާމަކުރަންޖެހޭ އެންމެފުރަތަމަ ހާމަކުރަންޖެހޭނީ އިސް ފަނޑިޔާޜުގެ ރަޢުޔު ނަމަވެސް މުޅި މައްސަލަ ބެއްލެވީ ހުސްނުއްސޫދުކަމަށް މި އެނގިގެންދަނީ ވަރަށްކަޑަ

    14
    1
  11. މީތާ

    ގާސިމް ،ގެ ދަރަނި ހުރި ތޯ ބަލާތި... މީރާ އަށް

    16
  12. އިމާ

    ސުއޫދަކީ އެމުޑީޕީ އުފެއްދުމެގެ ބާނީއެއް ދެން ކިހިެއް ވާނީ

    14
  13. އަހްމަދު

    ޔާމީން އެބުނާ ލާރިއެއް ދައްކާ ފިއްޔާ ދެންވާނީ ކިހިނެއްތޯ!!

    • ތަރަ

      ދެން ތި ޕޕ ގުރޫޕު މަހައް ފުރާ އަވަހައް ދެން ލަލާ ލަލާ.. ބޮޑާ ކަމާއި ކިބުރުވެރި ކަމުން ތިހެން ތިދިމާވީ..ޔާމީނުގެ ސިޔާސީ ހަޔާތް ތިނިމުނީ...! ާ،،، ަ

  14. އިކުރާމު

    ހައްތާވެސް ތިބީ ޔާމީން ގެ ހަސަދަ ވެރިން

    14
  15. ަސދަދ

    ތިއީ އިންޑިއާއިން އިމްޕޯރޓް ކުރި ހުކުމެއް.

    19
  16. އަޖައިބެއް

    ގާސިމު ދައުލަތަށް ދައްކަންޖެހޭ 12މިލިއަންޑޮލަރު ނުދެއްކިގެން އުޅޭވާހަކަ އިހައްދުވަހުވެސް ޓީވީގައިނދެ ވިދާޅުވި. ބަލަމާބަހީ ވާގޮތެއް.

    11
  17. މާލެ

    ކޮބާ ދަރަނި ކޯޓި ތަކުން ކަނޑަ އަޅާ ފަ ތިބި ކިތަން މީހުން އެބައުޅޭ. ހަމަ ބޭނުން ވީމަ ޖުރިމަނާ ދަރަންޏަކަށްބަދަލު ކުރީ. މިމީހުން އުމުރު ހޭދަ ކުރަނީ ވަކާލާތު ކުރުމުގަ އެކަމަކު ތިމާމެނަށް ނުވާނެ ކަމަށް ފެންން ކަންކަން ދޫކޮށްލާނަމަ މާރަނގަޅު ވާނެ.

  18. ޖުހާޖުހާ

    "ދަރަނި" މި ބަހުގެ މާނަ އޮޅިއްޖެ. ދިވެހިބަސް އަލުން ކިޔަވަންވީ. ޔާމީނަށް ފުރުސަތު ނުލިބުނަސް އަހަންނަށް ހެޔޮ. އެކަމަކު އޭނަޔާ އެ ކުޅެނީ ބަޔަކު އަންގާ ގޮތަށް. އެ ކަން ވަރަށް ސާފުކޮށް އެބަ ފެނޭ. އެއީ އެއްވެސް މީހަކާ މެދު ކަންތައް ކޮށްގެން ވާނެ ގޮތެއް ނޫން. ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީއަށް ދިޔަގޮތް ވަރަށް ސާފު. ޕީޖީގެ ގޭމް ސާފު.

  19. Anonymous

    މިވަގުތު އޮތް ހަމައެކަނި ހައްލަކީ މުޢިއްޒު. ޕީޕީއެމް މަގޭ ޢާއިލާ އާއި މަގޭ ވޯޓު މުޢިއްޒުއަށް އެކަނި ލިބޭނީ. މަގޭ ރައްޓެހިންވެސް ދޭނީ މުޢިއްޒުއަށް. ދެން ނެތް ކަމުދާ މީހެއް. ވަހީދު ކަމަކު ނުދޭ. ޝަހީމް މިހާރު ހުރީ ބާކީ ކޮށްލާފައި. ދެން ޝިޔާމް މެންނަކީ އެމަޤާމަށް ކުފޫ ހަމަވާ ބައެއްނޫން. އަދުރޭ އަކީ އެއްވެސް އުރައްޕެއްހުރިމީހެއްނޫން. ޣައްސާން އަކީ އަދި މާޅަ ކުއްޖެއް.

  20. ާދަލޭކް

    2000ރ އަށް އިސްތިއުނާފު އަށް ސިޓީއެއް ލިއުނު މީހެއް ސުއޫދުއަކީ މބުނީި 2001 ވަނަ އަހަރު ވަރަށް އަގުބޯޑު ލޯޔޜެއް.

  21. އަދުހަމު

    ތީ އެމުޑީޕީގެ އެކުޓިވިސްޓޭއް

  22. ނަމޭ

    އެހެންވިއްޔާ މީގެ ފަހުން ޖޫރިމަނާ ފައިސާވާނީ ސާބިތު ދަރަންޏަކަށްތާ ..... ސުޢޫދުވެސް ތިހާ ޖާހިލުވާނެކަމަކަށް ހީއެއް ނުކުރަން..