ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާކަން ޕްރޮފެސަރ ހަސަން އުގެއިލް ހާމަކުރައްވައިފިއެެވެ.

އުގެއިލް ވަނީ މީގެ ކުރިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުންވާނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަހުން އެކަމާ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ނަމަވެސް މިއަދު އުގެއިލް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކުރިމަތިލައްވާ ރައީސް ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެދެނީ ކާމިޔާބަށް ކަމަށްވެސް ވިދާޅުވިއެވެ.

މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި، ރައީސް ސޯލިހްވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައެވެ. މީގެ އިތުުރުން މި އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން މާދަމާގެ ވަގުތެއްގައި ފޯމް ހުށަހަޅުއްވާނެ ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުއްވުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަގީގަތް

    އުގައިލް ތާއީދު ކުރިޔަސް މިތާރައްޔިތުން ނިންނާނީ ފަހުގެ ނިންމުން

    8
    2
  2. ކަންބަޅި

    ތިއީ ހެޔޮ ފާލެއް. މީނަ ތާއީދުކުރި އެއްވެސް މީހަކު މިހާތަނަށް އަދި ނުހޮވޭ.

    33
    4
  3. ޑައެލޯގް

    އުގެއިލްވެސް ގަނެލީދޯއެވެ. އުގެއިލެވެ. އުގެއިލުގެ އަގުތިވެއްޓުނީއެވެ. ދެން އަހަރުމެން ތިޔައުގެއިލްއެއް ބަލައެއްނުގަންނާނަމެވެ. ޕްރޮފެސަރުންނާއި ޝޭހުންނަކީ ވަރަށް ނަމޫނާބަޔަކަށްވާންޖެހެއެވެ. އަދި ޙާއްސަކޮށް އުގެއިލް ރާއްޖޭގެ ކަނޑުވިއްކާލިބަޔަކާ އެއްކޮޅަށް ކުޑަފައިސާކޮޅަކަށް ގައުމު ވިއްކާލީއެވެ. އެހެންތާވާނީ އުގެއިލަކީ ދިވެއްސެއްކަމަކު ރާއްޖެދޫކޮށް އިގިރޭސިވިލާތުގައި އުޅޭމީހެކެވެ. އެހެންވެ އުގެއިލަށް ވަރިހަމަވާނެއެވެ.

    19
    2
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އުގެއިލް ގެ ދަރިންގެ މަންމަ ކަމަށްވާ މުނާ ވަރަށް ތަފްސީލް ކޮށް އުގޭލް ގެ ނުބައިނުލަފާ ކަން ކިޔާ ދޭ. މުނާ އަކީ އިދިކޮޅު ޕާޓީ ގެ މެމްބަރެއް! "ޗޯރޭ" އައުޓް!

    31
    3
  5. ޢިމްރާން

    އުގައިލް؟ ކަލޭ ސޯލިޙްކޮޅަށް އެރިޔަސް ވޯޓެއްނުލާނަން ސޯލިހްއަކަށް

    30
    3
  6. ހަންޑިކުޑަ

    މޑޕ އަށް މިފަހަރު ކާމިޔާބުވުން ވަރަށް ދުރު.

    31
    4
  7. ޅިޔަނުބެ

    މީނާއަކީ މުޅި ޢމުރު އެހެން ޤައުމެއްގައި ދިރިއުޅެމުންދާ އަދި މި ޤައުމަށް އަގުހުރި އެއްވެސް ކޮށްދީފައިވާ މީހެއްނޫން. މިފަދަމީހެއްގެ ހިތުގައި ޤައުމީ ލޯތްބެއް އަދި މިނިވަންކަމާ ސިޔާދަތު އޮތުން މުހިއްމެއް ނުވާނެ. އެހެންވީމާ އިންޑިއާއަށް ހުރިހާކަމެއް ބަރޯސާ ކޮށްގެން ހުރި ވެރިއަކަށް ތާޢީދު ކުރުމަކީ ގޯހެއް ނޫން.

    12
    1
  8. އަހައްމަދު

    މުޅިގައުމު އިބޫ ނޫންގޮތަކަށް ގޮވަގޮވާ އޮއްވާ މިކަލޭގެ ކީކޭ މިކިޔަނީ. ގައުމީ ކުޅުމެއް އޮވެގެން އުޅޭމީހެއް ހެނެއް ހިއެއް ނުވޭ. ތި ކިޔާ އެއްޗަކުން.

    29
    3
    • ހާށިމް

      ހާސްނުވޭ މިއީކީ މިގައުމުގެ މީހެއްނޫނޭ.. ނޭންގެ ވޯޓްވެސް ލެވޭކަމެއް . ބުނާތީ އަދޫއެހިން މީނަތާއިދުކުރި ވެރިޔަކު ދުވަހަކުވެސް ހޮވިފައެއްނެތޯ؟

      6
      1
  9. ޓ

    މިއީ ފެއިލް ވެފައި ހުރި މީހެއް....

    30
    2
    • ހުސޭނުބޭ

      ނޫން! އުގައިލަކީ ވަރަށް ސައިންޓިފިކް ބޭކަލެއް! ވުމާއެކު ސައިންޓިފިކް ގޮތުން އެންމެ ކަރަޕްޓު އެންމެ އަޑިނުބައި އެންމެ ބޮޑެތި ރޭޕްކޭސްތައް ހިންދާލި ބޭފުޅަކަށް ތާޢިދުކުރައްވާނެ!

      13
      1
  10. ޙުސައިން މޫނާބޭ

    ތިއީ ސިޔާސީ ގޮތުން ހައްޕުންޑު ކަލޭބުނެގެން 30 މޫހުން ވޯޓުދިނަސް ރަގަޅު! ރާއްޖޭން ބޭރުގައި ފޮތްލިޔަން މަޑުކޮށްލާ ﷲ އިރާދަފުޅާއެކު ސީލިހު ބޮޑުބައްޔަކުން ބަލިވެ މިގައުމު އިންޑިޔާގެ އަޅުވެތިކަމުން މިފަހަރު ސަލާމަތްވާނެ!

    10
    1
  11. ރާގޭ ބަންޓަނާ ބިން ޖިންނާ

    އިލްމީ މީހައް އެކަމުން ރާއްޖޭގެ ޕޮލިޓިކުސް އިން ހަމަސުމައް ސިޔާސީ ދާއިރާއިން ބޮލެރޯދައް

    10
    1
  12. އަލީ

    މީހުންގެ މާބޮޑު ތާއީދެއް ނުލިގެން ބަޔަކު އެކަން ޕުރޮމޯޓް ކުރަން އުޅުނު އެކަމަކު އެކަން ދިޔައީ ބޮނޑު ނަގުލައް ބަޔަކުނުވީ އެވާހަކަ އަޑުއަހާނެ އެހެންވީ މަވެސް އެވާހަކަ ދެއްކިން ބަޔަކު އަޑެއްނޭހި

    6
    1
  13. ފާނީތު

    ޢުޤައިލް އަކީ ބަރާބަރު މީހެއް. މިޤައުމަށް ޚިދުމަތް ކޮށްދޭނަމަ އަދި ވަރަށް ރަނގަޅުވީސް.

    2
    5
  14. އަލީ

    މިހާރު އެބުނީ އެހާރަނަގަޅު ވާހަކައެއްނޫން ވިސްނާނުލާ ބުނާވާހަކަ

  15. ފެންނާ

    ތިޔަހެންވިއްޔާ ތިޔަހަރޭ މިހާރު ހޮވިފަ ލަނޑަޔާވާނީހަމަ ލަނޑަޔާއޭ މުސްކުޅިން ބުނަނީ ރަނގަޅައް

  16. ނަން

    ތައުލީމޭ އިލްމޭ ޕްރޮފެސަރުކަމޭ ކިޔައިގެން އުޅުނު ކަލޭގެ އެންމެ ފަހުން މި ތާއީދުކުރީ މި އިންތިހާބުގަ ވާދަކުރާ އެންމެ އިލްމެއް ތައުލީމެއް ނެތް ނުކިޔަވާތިބި ދެ ޖާހިލުންނަށް. ޙިންނަވަރު އިބުރޭ އާޢި އައްޑޫ އަސްލަމަކީ ނުކިޔަވާ ތިބި ދެ ކަނޑުކޮހުން. އިލްމީ ޒުވާން ޖީލެއް އޮތް ގައުމެއްގަ މި ކަހަލަ ދެ މީހުންނަށް ތާއީދުކުރީމަ މި އުގޭލުގެ އަގަލެއް ނެތްކަން ސާފުވެއްޖެ..

    7
    1
  17. Anonymous

    އޭނ އަނެކާ މީކޮންތާކުން ފާޅުވި ބޭކަލެއް.
    މީނައަށް މިޤައުމުގެ ޙާލަތު އެނގޭތޭ. ވޯޓްލާން ކައިރިވީމަތަ ދިވެހިރާއްޖޭ ހަނދާން ވީ. ޕްރޮފެސަރުގެ މޮޅުކަމުން ނިކަން މިޤައުމުގައި އިންޑިޔާ ސިފައިން ތިބިވަރު ހާމަކޮށްލާބަލަ. ބޭރުތަންތަނުގެ ސިފައިން ބައިތިއްބައިގެން ނޫނީ ވެރިކަން ނުކުރެވޭ ފެންވަރު މީހުން ހޮވުމަކީ ޤައުމަށް ކިހާ ފައިދާ ހުރި ކަމެއްބާ. ތަކެތީގެ އަގު އަތްފޯރާފަށަށް ދިޔައިރު ޕޮރޮފެސަރ ކޮބައިބާ. މުސްލިމު ޤައުމެއްގައި ބަނގުރަލާއި މަސްތުވާތަކެތިން ޅަދަރިން ހަލާކު ވަމުންދާ އިރު މިކަލޭގެ ނުދެނެ ހުރިބާ . އަލާމްގިރިކުޅުނީމަ އަދަބު ދިންގޮތް ދެނެހުރިބާ. މަސާޖް ކުރާތަންތަން ހަދާ ނުބައި ފާހިޝް އަމަލުތައް ކޮށް އަދަބު ނުދީ ކުށްތައް އިތުރުވަމުންދާ އިރު މީނަ ކޮބައިބާ.

  18. ާދަލޭކް

    އުގައިލަކީ ދިވެހި ރާއްޖެއަށް ބީރަށްޓެއްސެއް ހަމައެކަނި ދިވެހި ދަރިއެކަން ދިވެހި ޤައުމަށް ޚިދުމަތެއް ކުރިމީހެއްނޫން އަމިއްލަ އެދުމަކަށް ނޫނީ ދިވެހިރާއްޖެ އަންނަމީހެއްވެސްނޫން

  19. ގަދަ

    މީ ކާކު؟

  20. ޢަލީ

    އެހެންވީމާ އުގައިލުވެސް ތާއީދުކުރަނީ ރާއްޖެ އަޅުވެތި ކުރުމަށާއި ކަނޑުވިއްކުުން އޯކޭކަމަށްތާ. އަދުލު އިންސާފު ސަދޫމަށް ހެދުމަށާއި ކޮރަޕްޝަނާއި ފަސާދަ މެކުހަށް ޖެހުމަށްދޯ އެއްޖިންސުން ގުޅުން ހިންގުން ނާސިގެ އޯކޭކަމަށްދޯ. ޙަސްބުނައްލާހު ވަނިއުމަލް ވަކީލު