ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސައިގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމާއެކު ކުރި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިިފިއެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 28 ގައެވެ.

އެ މުއްދަތު ހަމަވިއިރު، އެ ފައިސާ ދައްކަވާފައެއް ނުވެއެވެ.

އޭޖީ އޮފީހުން ރޭ ވިދާޅުވީ، ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި ހުކުމުގެ ދަށުން ދައްކަންޖެހޭ ފަސްމިލިއަން ޑޮލަރު ޙުކުމުގައި ބުނާ މުއްދަތުގައި ދައްކާފައި ނުވާ ކަމަށެވެ.

އަދި މީރާއިންއެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާއެއްގޮތަށްވެސް އެމަނިކުފާނު ފައިސާ ދައްކާފައިނުވާ ކަަމަށްވެސް ވިދާޅުވިއެވެ.

އެެހެންވެ، ކްރިމިނަލް ކޯޓުގެ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އޭޖީގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. އެހެންވެ، އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ ޔާމީންގެ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި، އެހެންކަމުން އިންތިހާބަށް ކުރިމަތިނުލެއްވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙސހސ

    މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެކަން ދަންނާތި. ޢިންޝާ ﷲ ޖޫރިމަނާ ފައިސާ އަދި ބޮޑުކޮށްް ނަގާނެ ދުވަސް ވަރަށް ކައިރި.

    24
    1
  2. Anonymous

    ރ.ޔާމީންދެކެ ދައުލަތް ހާދަހައި ރުޅިއެކޭ މިއަންނަނީ. ލޮލް

    26
    2
  3. އިންތިޚާބް

    ރ. ޔާމީންދެކެ ދައުލަތް ހާދަހައި ރުޅިއެކޭ މިއަންނަނީ

    23
    2
  4. Anonymous

    ޜައީސް ޔާމީން އަށް ހެދުނު ގޯހަކީ ބައިތުލްމާލު ހިފައިގެން ނުފިލިކަން ކާރީގަ އުޅޭ ސަނާ ކިޔާމީހުންގެ ބަސް އެހިކަން

    13
    1
  5. އަބޫ

    ސާބިތު ދަރަނި މިހާރު ވަރަށްބޮޑަށް އޮޅޭގޮތްވެއްޖެ. މިހާރު މިކިޔާގޮތުންނަމަ ލައިސަންސް ނެތި ސައިކަލްދުއްވައިގެން ޓްރެފިކް ޕޮލިހުން މަގުމަތިންކުރާ ޖުރުމާނާވެސް ވާނީ ސާބިތު ދަރަންޏަށްބާ!

    18
    • އައްޔަ

      މި ސަރުކާރުގައި އަމަލްގިރި ކިޔާ ސޮރަކަށް ދިން ލާރިއަކީ ސާބިތު ދަރަންޏެއްކަމަށް ވީފަހުން ވީ ގޮތެއް ތިއީ

  6. އއ

    މީހަކު ބޮޑު ގޯހެއް ހަދައިފިއްޔާ އޭގެ ނަތީޖާ އެމީހަކުދެކޭނެ.! އަދީބު ނައިބުރައީސަކައް ގެންނަން މޑޕ އައް ރިޝްވަތު ދީ އެ 37 މިލިއަން އިބޫ އުފުލާ އެބަހާ މުޅި ސިޔާސީ ދާއިރާ ކުރީގަ އޮތްވަރައްވުރެއެތައްގުނައެއް ތަޢައްޔަރު ކޮއް ނަޖިސް ކުރުމަކީ އާދައިގެ ކުށެއްނޫން.

    10
    2
  7. ޖަނާ

    ދެން ކުރާ ޙުކުމަކުން ސާބިތު ދަރަންޏަކަށް ވެދާނެ. 7 ފަނޑިޔާރުނޭ ކިޔާފަ އެތިބީ އުޑެއްބުޑެއް ދަންނަ ބައެއް ނޫން. ނުވަތަ އެނގި ތިބެ ގަސްތުގަ އަދުލުއިންސާފު ވެއްޔާ މޮޑެލީ.

    20
    1
  8. ާދޮނާ

    ހާދަ ފޯރިއެއް ،،،،،،

  9. އިސްޢާފް ސަލީމް

    ކުރީފަހަރުވެސް ތިޔަގަނޑެއްގަތެއްނު؟ ސްޕްރީމްކޯޓުން ބާޠިލްކުރި! ނިހާއީ ޙުކުމެއް ނާންނަނިސް ތި ނާތުލެވޭނެ ސަރުކާރު ހުސްވެފައި އޮތަސް! ކެނޑިޑެންސީ ބަލައިނުގަތީ ސާބިތު ދަރަންނެއް އޮތީމައޭ ބުންޏަސް ދުލުން ބުނާހާއެއްޗެއް ތެދެއްނުވާނެ! ޖިނާއީ ދަޢުވާއަކުން ކުރާ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ވާނީ އެންމެ މަތީކޯޓުން އެ ފައިސާދެއްކުމަށް ތާއީދުކުރުމުން. އަދި މަތީ މަރުޙަލާތައްހުރީ! އެހެންވީމާ ޔާމީންގެ ކެނޑިޑެންސީ ބަޠިލްކުރީ ޞާލިޙްއަށް ޔާމީންއާ ވާދަކުރުމުގެ ޤާބިލްކަމެއް ނެތްކަން ފަނޑިޔާރުންނަށް ކަށަވަރުވާތީ ޞާލިޙަށް އެފުރުޞަތު ދިނުމަށް! ހައިކޯޓުގައި އިސްތިޢުނާފްކުރި މައްސަލަ ޕާކްކޮށްފައި ބާއްވައިގެން ތިޔަ ގަނޑެއް ތިޔަގަތީ! މާތްﷲ އީ މޮޅަށް ދެނެވޮޑިގެންވާ އިލާހް!

  10. ހުސޭނުބޭ

    ސަން ޝިޔާމުގެ ދަރަންޏަށްވާ 38 މިލިއަން ޑޮލަރު ދައުލަތުން ދެއްކި ގޮތަށް ތި ލާރިކޮޅުވެސް ދައުލަތުން ދެއްކިއްޔާ ވާނީ ކީއް! ކޮންމެ ރަށަކަށް އަރައި ސޯލިބޭ އަޑުގެ ކޮޅަށް އެބަ ގޮވާ ތިމަންނާ އެކަންޏޯ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެނީ! އެހައި އަދުުވެރިވީމާ ހަދާންކޮށްލަދިނީ މި!

  11. އަރީ

    ސާބަހޭ ކުރިން ބުނިއެތި ކެންސަލް ...ވާ

  12. ބީޓޭ

    ދައުލަތް ތެރޭ ތިބިބޮޑެތިވަގުން ތައްއަތުންނާއި ބެންކުތަކުން ބޮޑެތިލޯނުތައްނަގާ އެފައިސާ ނުދައްކާތިބި މީހުންއަތުން ފަިއސާނުހޯދާ ރ ޔާމީން
    ފަހާދުވުން މިއީ އަރަތެއް.