ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން ވަގުތުގައި އެ ރަށުގެ ގެތަކުގެ ދޮރުތައްވެސް ހުޅުވުން މަނާކުރި ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ވަގުތަށް" ވިދާޅުވީ އެ ރަށަށް ރައީސް ވަޑައިގަތުމުން ރަށުގެ ބޮޑުބައެއް ބަންދުކުރި ކަމަށެވެ. އަދި ގޭގެއިން ރައްޔިތުން ނުނިކުތުމަށް އެންގި ކަމަށެވެ.
"ރައީސް މަޑަވެއްޔަށް ވަޑައިގެންނެވީ ވަރަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ގޮވައިގެން. ބޮޑު ސަރަހައްދެއް ބަންދުކޮށް ކޮންމެ ގެއެއްގެ ކައިރީގައި ސިފައިންނާިއ ފުލުހުން ބައިތިއްބާފައި ހުރީ. ރަށްޔިތުންނަށް ގޭގެ ދޮރުތައް ހުޅުވައި ނިކުމެ އުޅުން ވެސް މަނާކޮށްފައި އޮތީ." ފިޔާޒް ވިދާޅުވިއެވެ.
ފިޔާޒް ވިދާޅުވީ ރައީސް މަޑަވެއްޔަށް ވަޑައިގެންނެވީ މިއަދު ހެނދުނު 8:00 ގައި ކަމަށެވެ. އަދި އެ ރަށުން ފުރާވަޑައިގެންނެވީ 11:00 ގައި ކަމަށެވެ. އެ ވަގުތު ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.
ރައީސް ވަޑައިގެން މަޑަވެލީގެ ފެނުގެ ނިޒާމް ނިންމުން ފާހަގަކޮށްދެއްވިކަން ފާހަގަކުރައްވަން ފިޔާޒް ވިދާޅުވީ އެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ވެސް އަދި ނުނިމޭ ކަމަށެވެ.
ރައީސް ގދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފެއްޓެވީ މިއަދުއެވެ. އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކަށްވީ ވެސް މަޑަވެއްޔެވެ. އެރަށުގައި ޖަލްސާ ބޭއްވުމަށް ހެދި ތަނުގައި ބަޔަކު ރޭ އަލިފާން ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފައެވެ.
އެނގިފައިވާ ގޮތުގައި އެ ތަން ތައްޔާރުކޮށް އެއްކޮށް ނިމުނީ ވެސް ރޭ 10 ޖަހާކަން ހާއިރެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްކަމަށް އެނގިފައިވެއެވެ. އެތަން ރޯކޮށްލީ ޕީޕީއެމް ސަޕޯޓަރުން ކަމަށް އެ ރަށުގެ އެމްޑީޕީ އެކްޓިވިސްޓުން ތުހުމަތުކުރެއެވެ.
އާންމު ރައިޔަތުން ނަ ބިރަކަށް ވެއްޖެ ، އިބޫ ރަށަކަށް އަރާކަމަށް ވަންޏާ.
ފައްކާ ސަރުކާރެއް ބޮޑުތަނުބަލިކޮށް ވަގު އިބްރާހީމް ޖަލަންލާނަކަޔަގީނެވެ.
ކުށްކުރާމީހުންނަށް ހަރުކަށި އަދަބުދޭން ގާނޫނު ބަދަލުކުރަން ވޯޓު ދެނީ،،
މަޑަވެލި ރައްޔިތުން ތިކަލޭގެއައް ރަނގަޅައް ވެލިކާންދޭތި ވޯޓްގަ މިފަހަރު
ތިވަރު މީހަކު ތިވެރިކަމއް ކުރިމަތިލީ ..
ކައުންސިލް ތޯ ރުނޑިއައު ނިކެ
ބޮޑެތިއެއްވެސް ރަށަކުން އިބޫއަށް ތާއިދުނެތްކަން މިހާރު އެދަނީ ހާމަވަމުންނެވެ. ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ޕީޕީއެމްގެ ދިދަތައްނަގައިގެން މާލެއިން އެތަންތަނަށްގެންދާ ބައިވަރުމީހުންނާއެކު ފޮޓޯނެގުން އޮތީކަމަކަށް! ފަރުދާގެ އަނެއްފަރާތުގައި އޮތީ އިބޫއަށް ނޫނެކޭބުނެ މުޒާހަރާކުރާތަނެވެ.
އެހެންވީމާ ތިޔަ މަޢުލޫމާތު ދެއްވި ސޮރަކީ ޕީޕީއެމްގެ އެކްޓްވިސްޓެއް ދެން އެސޮރު މަޢުލޫމާތު ދޭނެގޮތް އެނގެއެއްނު. ތިމީހުންގެ ނާތަހުޒީބުކަން އެނގެއެއްނު އެތަނުގަ ހުޅުޖަހާ އަންދާލުމުންވެސް.
ކަލޭ އާ ގޮތަކަށް ކެމްޕޭންކުރަނީތަ މީހުން ގެ ދެއަތާއި ދެފައި ބުރިކުރަންވެސް އަންގާނެ
ރައީސް ވާހަކަ ދައްކަން ތައްޔާރުކުރި ތަނެއްގަ ތިރަށުމީހުން ހުޅުޖެހީމާ ސެކިއުރިޓީ ވަރުގަދަކުރުމަ އަދި ތިރަށުމީހުން ބިރުވެރިކަމެއްތެރެ ތިބެން ޖެހުނީ ؟ ތިދެން ޖޯކެއް
ޗޯރު ތިއޮތީ ހޮވިފަ ދެންއަތްޖަހާ.
ކާފިއު ހިންގައިގެން ފުށެތިކާލުން އަރާގޮތަށަް ރަށްރަށަށް ތިޔައަރަނީ ތިޔައީ ހަމަޗޯރު.
ސެެކިއުރިޓީ ފޭލް...ސޯލިހު ވެސް ފޭލު
މަޑަވެއްޔަށް ހިންނަވަރު ހިޓްލަރުތަ އަރާ އެއުޅެނީ!
ދިވެހި ތާރީޚަށް ވެސް ހުތުރު ކެމްޕޭނެއްމީ
މީނަ ޔާމީނޭ ކިޔާވަރުވޭތަ
ރައްޔިތަކަށް ފެނިދާނެ ތީވެސް ބިރުގަނަނޭ އަދި އިދި ކޮޅުގެ ބެނާ ފެނުނަސް ބިރުގަނޭ މިވަރު މީހަކު ހޮވަން ވާނެތޯ
ހުޅުޖަހާ ބަޔަކު އުޅޭ ރަށެއްވީމަ ސަމާލުވާން ޖެހޭ.
ހީހީހީހީ ހަލާކުވެއްޖެ.. ކައުންސިލް އިން ވަރަށް ސާފުކޮށް ތިކަމެއް ކޮއްފައި މުޅި ރައްޔިތުންގެ ކުރިމަގާއި ހުވެފެންތަކުގައި ތި ހުޅުޖެހީ. ކަންކަމާއި ކުރިމަތިލާން ނުކެރޭ ފިނޑި ކައުންސިލެއް ..
ޚޮން ކަމަކާ ބިރުން ތިބެންވީ. ޢާރޓް ބޮޑުކުރިއަސް ތީ ބޮޑުވަރު. ތިރަށުގެ މީހުންނަށް އަލަށް ދޯ ސިފައިން ފެނިގެން ތިއުޅެނީ. ޔާމީންގެ ވެރިކަމުގައި އަދި މާ ކަންތައް ބޮޑުކޮށް ދަނީ. ތިކަހަލަ ކައްޕަޅި ރައްރަށުގެ މީހުންގެ ގަމާރުކަން ވަރަށް ބޮޑުވާނެ
ތިރަށު ރައްޔިތުންނާ ގަހެެއްގަ ދޮޑުގަ ބައްދަލު ކުރީ ބިޑި އަޅުވާފަ ގޭގަ ތިބެގެންތަ؟. ފޭކު ކައުންސިލެއް އޮންނަ ރަށެއް ހުވާ މި ބުނީ. ސަރުކާރުގެ laari ކައިގެން ތިބެ ދޮގު ހަދާ ބައެއް. ޢެހެންނޫނަސް ތި ހުވަދު އަތޮޅު އައްޑު އަތޮޅުގެ މީހުން ނުވާނެ ރަނގަޅެއް.
ކަލޭމެން ޝުކުރުކޮށްބަލަ ތިކަހަލަ ކައުންސިލެއް އޮވެގެން ތިވަރުވެސް ސަރުކާރަށް ކޮަށްދެވޭކަން ވެސް. ޙަމަ ޔަގީން ތި ކައުންސިލުގެ ބަލާ ބޮޑުވެގެން ކަމެއް ނުކުރެވެންޏާ ނުކުރޭނީ. ތަޅު ހުޅުވުން މަނާ ކޮށްފައޭ ބުނި އިރު ތިރަށުގެ މީހަކު ކައިރީގަ އިނދެގެން މި ކޮމެންޓް ކުރަނީ. ޢޭނަ ރަށައް ގުޅައިގެން. ޜައީސްއާ ބައްދަލު ކުރި މީހުންވެސް އެބަތިބި.. ﷲ އަށް ބިރުވެތިވޭ ކައުންސިލްގަ ހުއްޓަސް މާދަންވެސް މަރުވީމަ އޮންނަން ޖެހޭނީ އެކަނި ﷲ ގެ ހަޒްރަތުގައި ޖަވާބު ދޭންވަންދެން. ކަލޯ ކައުންސިލަރު ވިޔަސް ޖަވާބު ދޭން ޖެހޭނެ.