ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ އެކި ޕްރޮޖެކްތަކުން ކޮންޓްރެޓަރުންނަށް މިލިއަނުން ފައިސާ ނުދޭ ކަމަށް ބުނެފިއެވެ.

ސަމާ ބީޗްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ މިހާތަނަށް ނުދައްކާ 300 މިލިއަން ރުފިޔާއަށް ވުރެ ކަމަށް ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ކޮންޓްރެޓަރަކު ވިދާޅުވީ، ހަތް ކުންފުންޏަކަށް ލިބެން ޖެހޭ ފައިސާގެ އަދަދު 158 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. މީގެ ތެރެއިން ބައެއް ކުންފުނި ތަކުގެ ބިލް ނުދައްކާތާ ތިން އަހަރާއި ފަސް އަހަރާ ދޭތެރޭ އުޅޭ ކަމަށްވެސް ކޮންޓްރެޓަރަކު ވިދާޅުވިއެވެ.

ފެނަކަގެ އެކި ޕްރޮޖެކްތަކުން ފައިސާ ނުލިބޭ ކޮންޓްރެޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުޙައްމަދު އަލީފް

މިގޮތުން ކޮންޓްރެޓަރުން ފާހަގަކުރައްްވާ ގޮތުގައި 27 މިލިއަން ރުފިޔާގެ ބިލެއް ފައިސާ ނުދައްކާތާ ގާއްގަޑަކަށް 500 ދުވަސް ވެގެން ދެއެވެ.

"ދޭން ޖެހޭ ޕޭމެންޓްގެ އެތިކޮޅެއް ވެސް ނުދީ ހިފަހައްޓާ ބައެއް ކުންފުނިތައްވެސް އުޅޭ". ކޮންޓްރެޓަރަކު ވިދާޅުވިއެވެ.

އަދި ހަމަ އެއާއެކު ހުރިހާ ކޮންޓްރެކްޓަރުން އެކައްޗެއް ކިޔައިގެން އެއް ގަލަކައް އަރައިފިނަމަ ރާއްޖޭގެ މުޅި އިގްދިސޯދައް ވަރަށް ބޯޑު ލޮޅުމެއް އަންނާނެ ކަމަށްވެސް ކޮންޓްރެޓަރަކު ވިދާޅުވިއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުންފުނި ތަކުގެ ނަން ހާމަ ކުރަން ބޭނުން ނުވެއެވެ.

ވަކި ވަކި ކުންފުނި ތަކުގެ ނަން ހާމަ ކުރައްވާނަމަ 200 އަށް ވުރެއް ގިނަ ކުންފުނި ތަކުގެ ނަން ހާމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފެނަކަގެ އެކި ޕްރޮޖެކްތަކުން ފައިސާ ނުލިބޭ ކޮންޓްރެޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުޙައްމަދު އަލީފް

ފެނަކައިން ކުންފުނިތަކަށް ދައްކަަން ޖެހޭ ފައިސާ ނުދެއްކުމުން ކުންފުނި ތަކުގެ މުވައްޒަފުންނަށް ދެވޭ މުސާރަ ލަސްވުމާ، މުވައްޒަފުން ކުންފުނި ތަކައް ދައުވާ ކުރާ ހާލައްތައްވެސް ދާ ކަަމަށްވެސް ބައެއް ކޮންޓްރެޓުން ވަނީ ފާހަގަކުރައްވާފައެވެ.

"ސަބަބަކީ ގިނަ ކުންފުނި ތަކުން މުސާރަ ދޭނީ ޕްރޮޖެކްޓްތައް ހިންގައިގެން އެ ޕްރޮޖެކްޓްތަކުން ލިބޭ ފައިސާއިން ކަމަށް ވާތީ. މި ހާލަތައް ދާން ޖެހެނީ ފެނަކަ ކޯޕަރޭޝަންއިން އެހެން ކުންފުނި ތަކައް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކޭތީ."،،

ކޮންޓްރެޓަރުން ވިދާޅުވާގޮތުން ނަމަ މި މައްސަލަ ހައްލު ކުރުމަށް ފެނަކައާ އެތައް ގޮތަކަށް ވަނީ ވާހަކަދެކެވިފައެވެ. އޭގޮތުން ފެނަކަ އާ ވާހަކަދެއްކުމަށް ސިޓީ އާއި މެއިލްވެސް ކުރެވުނު ނަމަވެސް އެހެން ނަމަވެސް މިހާތަނަށް އެއްވެސް ކަހަލަ ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަގީގަތް

    ފެނަކަ މުއަޒިފުން މުޅިންވެސް އުޅެނީ ރައީސް މީހާއައް ކެމްޕެއިން ކޮއްދޭން

    20
  2. ހުދުބޯ އިބްުރާހީމް

    ސުބްހާނަﷲ ބިލްތަކަށް ދައްކަން ހުރި ފައިސާގަ ބިލްތައް ނުދައްކާ ކެމްޕޭން ކުރަނީ

    16
  3. ހުސޭނުބޭ

    ގައިމު ފެނަކައަކީ އައިއެސްއޯ ސްޓޭންޑަޑަށް ހިންގާ ކުންފުންޏެކޯ! ތިވާނީ އޮޅުމަކަށް. ލޮލް

    16
  4. އަޙުމަދު

    2023 ރައީސް އިބްރާހިމް ކުރިމަތި ލެއްވި ރައްޔިތުންނަށް ޚިދުމަތް ކުރަން ކިހާ ރީތިތޯ. ތިޔަވަރު ގެ ޚިދުމަތް ލިބެން ތޯ ރައްޔިތުން ބޭނުންވަނީ. ތިޔައީ ހާދަ ބޮޑު އަނިޔާއެކެވެ މީހަކު ލައްވާ އުޖޫރައަކަށް މަސައްކަތް ކުރުވައިފި ނަމަ މަސައްކަތް ކުރިމީހާގެ ގައިން ދާހިކުމުގެ ކުރިން އުޖޫރަ ދޭންޖެހެއެވެ. އެފަދަ މީހުން ގެ ބަދު ދުޢާއިން ސަލާމަތް ވާންޖެހެއެވެ.

    14
  5. ޙިންނަބެ

    އަދި މަޑުކޮއްލާ ލާރިކޮޅު ލިބޭނީ ވެރިކަން ލިބިގެން އިންޑިޔާއިން ލޯނެއް ލިބިގެން. ފެނަކަ ހާއްސަ ކުރަނީ ކީއްވެތަ ހަމަ ތިޔަ ކަހަލަ އެހެން ކުންފުނިތައް ނުކިޔަނީ ކީއްވެ ބިރުހީވަނީތާ

  6. ދަލައިކަ

    ކުރާ ބޮޑެތިވައްކަންތައް މިހާ ވަރަށް ދިޔައިމާ އިބުރާ ވައްޓާލައި އާމީހަކަށް ވޯޓްދޭންވީ