މީހުން މަރައިގެން ދައުވާކޮށްފައިވާ މީހުންނަށް ވެސް ވަޒީފާ ދޭތީ ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފާޑު ވިދާޅުވެއްޖެ އެވެ.

އިންތި އެގޮތަށް ފާޑު ވިދާޅުވީ 2017 ވަނަ އަހަރު ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހުންނަށް ފެނަކައިން ވަޒީފާ ދީފައިވާ ކަން ހާމަވުމާ ގުޅިގެން ކުރެއްވި އެކްސް އެއްގަ އެވެ.

އެހެންވެ ސަރުކާާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިންތި ވިދާޅުވީ މީހުން ކަތިލައި މެރުމުގެ ދައުވާ އުފުލިފައި ވިޔަސް ފެނަކަ އިން ވަޒީފާ ކަށަވަރުވާން ޖެހޭ ކަން މިހާރު އެނގިގޮސްފައިވާ ކަމަށެވެ.

އިންތިގެ ވާހަކަ ދެން ގުޅުވާލެއްވީ ރައީސް ސޯލިހުގެ ސިޔާސަތުތަކާ ދެކޮޅު އެމްޑީޕީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރި މައްސަލަ އަށެެވެ.

"މީހުން މަރާ މީހުންނަށް ފެނަކައިން ވަޒީފާ ކަށަވަރު ވިޔަސް އެމްޑީޕީ ވެރިކަަމަށް ގެނައުމަށް ގުރުބާންވި މީހެއް ކަމަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް ލައިކްނުވާ ނަމަ ވަގުތުން އެމީހަކު ވަޒީފަާއިން ވަކި ކުރަންވާނެ" އިންތި ވިދާޅުވި އެވެ.

މަރުގެ ދައުވާ ލިބޭ ދެ މީހަކަށް ފެނަކައިން ވަޒީފާ ދިން ކަން ހާމަވީ އިއްޔެ ހައިކޯޓުގައި ކުރިއަަށް ދިޔަ ނަދީމްގެ އިސްތިއުނާފްގެ ޝަރީއަތުގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދު އެކަން ފާހަގަ ކުރެއްވުމުން ނެވެ.

ފެނަކައިން ވަޒީފާ ދިނީ ނަދީމް މަރާލިކަމުގެ ދައުވާ އުފުލި ހުސައިން ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށެވެ. އެއީ ސީނިއާ އޮފިސަރުންގެ މަގާމެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ޝާމީންއާއި ކަރަމްގެ އިތުުރުން މަރުގެ ދައުވާ އުފުލީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމްގެ މައްޗަށެވެ.

މިދިޔަ އަހަރު ކްރިމިނިލް ކޯޓުން ވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ދައުލަތުން ގިނަ ހެކިތަކާ އެކު ހައިކޯޓުގައި އެ މައްސަަލަ އިސްތިއުނާފްކުރުމުން އަދިވެސް މައްސަަލަ ދަނީ ހިނގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީޙް

    ހަހަ މަރުތަކުގެ ރަޢީސް. އަދިވެސް ތިޔަ މަރުތައް ރަޢީސް ޔާމީންގެ ބޮލުގައި އަޅުވައިގެން ސިޔާސީ މަންފާ ޙާސިލްކުރެވޭތޯ ބަލާ. ތިތިބީ ވެރިކަމަށް އާދެވިފަ. ކޮބާ ޢިމްރާނު އަތުގަ ހުރި ހެކިތައް. ސާބިތު ކޮށްދީބަލަ އިމުރާނޫ....

  2. ާޕްރެސިޑެންޓް

    އާ ދަނޑި ދެމިޔަސް އޯކޭ

    2
    2