ރައްޔިތުންގެ ފަރާތުންް ޑިމޮކްރެޓްސްއަށް އޮތް ލޯބި ފެނި, ކާމިޔާބުވާނެ ކަމުގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ޑިމޮކްރެޓްސްގެ ކެމްޕޭންގެ ސްޕޯކްސްޕާސަން, އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ޑިމޮކްރަޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންތި ވިދާޅު,ވީ މި މަހު 15 ގައި ޑިމޮކްރެޓްސްގެ މަނިފެސްޓޯ ލޯންޗް ކުރުމަށް ހަމަ ޖެހިފައިވާ ކަމަށާއި 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ އަދި ހދ އަތޮޅައް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސެން އަމްރު ބ. އަތޮޅައް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ, މިހާރުވެސް މެނިފެސްޓޯގެ އެކި ބައިބައި ލޯންޗް ކޮއްފައިވާ ކަމަށާއި ނަމަވެސް މުޅި މެނިފެސްޓޯ އެކީގަ ރައްރިތުންނަށް އަންގައިދޭން ހަމަޖެހިފައި ވަނީ މި މަހު 15 ވަނަ ދުވަހު ކަމަށެވެ.

އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށާއި ޑިމޮކްރެޓްސްއިން ކެންޕޭން ކުރަމުން ގެންދާއިރު އެ ޕާޓީއަށް އޮތް ސަޕޯޓާއި ރައްޔިތުންގެ ލޯބި ފެނިވަޑައިގަތުމުން ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވަނީ ސަރުކާރުގެ ފައިސާ ބޭނުން ކޮށްގެން އެމްޑީޕީން ކެންޕޭން ކުރުމާއި އަދި ދައުލަތުގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ވަޒީފާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި މިއަދާ ހަމައައް ވެސް ސަރުކާރަށް މި ސުވާލުތަކައް ޖަވާބު ދެވިފައި ނުވާކަމަށް އިންތި ވިދާޅުވިއެވެ.

“ރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީން އަޅުގަނޑުމެން ނިކުމެގެން ޑިމޮކްރެޓްސް ޕާޓީ އުފައްދަން ޖެހުން މައިގަނޑު ސަބަބަކީވެސް ކޮރަޕްޝަންއާއި ދެކޮޅު ބަޔަކައް އަޅުގަނޑުމެން ވާތީ“ އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޗވ

    ޕީޕީ އެމުން މިމީހުންނާއި ދޭތެރޭ ވިސްނައިގެން ތިބުމައް ރައީސް ޔާމިނުވެސް ބުނިކަމައް ޖަމީލުބުނި

    21
    1
  2. މުއިއްޒު 2023

    ތިހެންކި އެތެރޭގެ އިންތިހާބުވެސް. ވީ ފެއިލް. ބަރުލަމާނީ ގެންނަށް ސަޮއެ ކުރަން ފެށި ޕެޓިޝަންގަ 50000 މީހުން ސޮއެ ކުރިޔޭވެސް ކި. ތިބަޔަކުވީ އަނެއް ދިވެހިރާއްޖެ ތޯއްޗެއް

    23
    1
  3. ފަރޭ

    ކޯޗެއްތޯ ލދނ މީހުންގެ ސަޕޯޓް އޮވެދާނެ.. ކެސިނޯއަޅަން ބޭނުންވާ މީހުންނާއި ޑްރަގުއާންމުކުރަން ބޭނުންވާ މީހުން. ޚާއްސަކޮށް މޯ ކުޅީގެ މީހުން

    24
    2
  4. ޙާލު

    ޕާޓީ އަށް އޮތް ލޯބެއް ކިޔާއިރު ތިމާމެން ހެއްދެވި ފަރާތްމަތިން ހަނދުމްވޭތޯ؟ތިޔަވެރިންނަށް ޕާޓީނަގާ ކޮނޑަށްލެވެނިކޮށް ނިމުނީ.

    22
  5. އެސް ޒެޑް

    ހަހަހަހަހަހަހަހަހަހަ މަހަމަ ހެވެނީ ހެވެނީ އެއީ ކޮންތަނަކުން ތި އިންތިއަށް ފެނުނު ތާއީދެއްތަ؟ ބަލަ ދަނޑި ޕާރޓީގެ ކަމަކީ ޕީޕީއެމް ކުދިންކޮޅު ހައްލަންވެގެން އެމީހުންގެ އެކި އިވެންޓްތަކުގައި ބައިވެރިވުން އެމީހުންގެ ޖަގަހަތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުން، އެތަންތާ ތެރޭގައި ދަނޑިޕާރޓީގެ އެއްމެން އެއްތަނެއްގައި ތިބެފައި ފޮޓޯއެއްނަގާ ޖަހާލީމާ ހީވާނެއެއްނުން އެއީ ދަނޑި ޕާރޓީއަށް އޮތް ތާއީދުހެން އެއީ ދަނޑިޕާރޓީގެ މެމްބަރުންހެން، އެކަމަކު އެތާނގަ އެތިބެނީ ޕީޕީއެމާއި ދަނޑިޕާރޓީގެމީހުން، މީ އަހަރަމެން ލޮލުންފެނިފަވާ ކަންތައްތައް

    4
    1
  6. އުފާ ފަހުމީ

    މަ އަދި
    މަރެއް ނުވޭ އަންކަލް .ލޮލް

  7. ޣހހޖޖޖޖ

    ޑަނޑި ޕާޓީ!!! 😅🤣🤮

    5
    1
  8. ޒައިދު

    ޕީޕީ އެމްކުދިން ދަމާކައް ނުޖެހޭނެ

  9. ވިކިލީކްސް

    ނާޒިމް ސައްތާރު ކަހަލަ ފިރިހެންކުޅި ކުޅޭ މީހުންގެ ވޯޓު ލިބިދާނެ!