ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރާއްޖޭގައި ބޭރު ސިފައިންގެ ބާރެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ކަނޑު ވިއްކާލައިފައިވާ ކަމަށާއި ކަނޑު ވިއްކާލައިފައިވަނީ ސިއްރު މެސެޖެއް ފޮނުވައިގެން ކަމަށެވެ.

"ރާއްޖޭގެ ކަނޑު ވިއްކާލީ ސިއްރު މެސެޖެއް ފޮނުވައިގެން. ރައީސުލް ޖުމްހޫރިއްޔާ ކޯޓަށް ސިއްރުން ވަޑައިގަތް." އިލްޔާސް ވިދާޅުވިއެވެ.

މި ގައުމުގައި ތިބި އެކްސްޓްރީމިސްޓުންގެ މައްސަލަ އާއި ޑްރަގް މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން ހިއުމަން ޓްރެފިކިން މިހާރު މި ގައުމުގައި އާންމުވެފައިވާ ކަމަށާއި އޭނާގެ ސަރުކާރުގައި މިހާރު ހައްދުފަހަނަ އަޅާފައި މި އޮތް ކަންތައްތައް ހައްލުކޮށް ނައްތާލާނެ ކަމަށް ވިދާޅުވިއެވެ.

ބޭރު ސިފައިން ރާއްޖޭގައި ވަޒަންވެރި ވަމުން އައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރެއްގައި 2009 ވަނަ އަހަރު ނޫންތޯއާއި އޭރު އެކަން ހައްލު ނުކޮށް މިހާރު އެވާހަކަ ދައްކަވަނީ ކީއްވެ ތޯ ސުވާލު ކުރެއްވުމުން އިލްޔާސް ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ނަޝީދު މަސައްކަތް ކުރެއްވީ އަވައްޓެރި ގަޢުމުތަކާއި އޮންނަ ގުޅުން ބަދަހިކޮށް ގުޅުން ދަމަހެއްޓުމަށް ކަމަށެވެ. އޭރު ސިފައިން ތިބީ ތަމްރީނު ތަކުގައިކަމަށްވެސް އިލްޔާސް ވިދާޅުވެފައި ވެއެވެ.

"2009 އަކުން ފެށިގެން ރައީސް ނަޝީދު މަސައްކަތް ކުރީ އަވައްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރަން. ގުޅުން ދަމަހައްޓަން. އެގްރިމެންޓް ސިއްރުކޮށްގެނެއް ނޫން،". އިލްޔާސް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި އަވައްޓެރި ގައުމުތަކާއި ވެފައިވާ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރެއްވުމަށް އަބަދުވެސް އަންގަވާފައިވާނެ ކަމަށާއި، އެފަދަ ކަންކަން ސިއްރުކޮށްފައި ބޭއްވުމާއި ދެކޮޅުވެރިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިލްޔާސް އިތުރަސް ވިދާޅުވީ، ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމެއްވިޔަސް ތަނަވަސް ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ މޫސުމާ ބެގޭ ކަންކަމުގައި އެންމެ ކުރީގައި އޮންނަ ގައުމެއް ކަމަށާއި، މޫސުމާބެހޭ ކަންކަމުގައި އިތުރަށް ކުރިއަށް އޮތްތަނުގައި ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

އިލްޔާސް ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖްސް: ނަހްޒާން އަހްމަދު

"ރާއްޖެއަކީ ތަނަވަސް ގައުމެއް. ފޮރިން ޕޮލިސީ ގާއިމްކުރާނީ ފަރުދީ ތަނަވަސްކަން އިތުރުކޮށްގެން." އިލްޔާސް ވިދާޅުވިއެވެ

ޗައިނާއާއި އޮންނަ ގުޅުން ބާއްވާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ހުރިހާ ގައުމަކާވެސް ގުޅުން އޮންނާނެ ކަމަށާއި އޭނާގެ ސަރުކާރެއްގައި ކުރިއައްދާނީ ޗައިނާއާއި އޮންނަ ގުޅުންވެސް ބަދަހިކޮށްގެން ކަމަށެވެ.

"އާދެ އަޅުގަނޑުމެން ޗައިނާޔާވެސް ގުޅުން ބާއްވާނަން. އެއްވެސް ގައުމަކާ ދެކޮޅުވެރިކަމެއް ނޯންނާނެ.". އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ޗާގޮސް މައްސަލަ ހައްލުކޮށް ރައީސް ސޯލިހްގެ ސަރުކާރުން ވިއްކާލި ކަނޑު އަބުރާ ގެނެސްދެއްވާނެ ކަމަށެވެ.

"ޗާގޮސް މައްސަލަ ގެނެސްދޭނަން. ވިއްކާލި ކަނޑު އަނބުރާ ގެންނާނަން.". އިލްޔާސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ދަނޑި ޕާޓީ އޢި އެމްޑީޕީ އަކަށް އިންޑިޔާ ސިފައިން މިގައުމުން ނުބޭލޭނެ. 2 ހެލިކޮޕްޓަރާއެކު އިންޑިޔާސިފައިން މިގައުމަށް ފުރަތަމަ އެރުވި މީހަކީ ނަސީދު .2008 ގައައި ވެރިކަމުގަ ނަސީދު މިކަނކޮށްފަ އޮއްވާ 2013 ގެފަހުން މުއްދަތުހަމަވީމަ ފައިބއިގެންދާން ބުނީމަވެސް ނުގޮސް ތިއްބާ 2018 ގެ ވެރިކަނ ްއެމްޑީޕީ އަށް ލިބުނީމަ އެގްރީމެންޓް ގަ އަލުން ސޮއިކުރީވެސް ނަސީދު ގެ ބާރުވެރިކަމުގަ އުތުރު ތިލަފަޅު އެއްބަސްވުމާއި ހަނިމާދޫގެ އެއްބަސް ވުމުގާވެސް ބޮޑުރޯލް ކުޅުނީ ނަސީދު .ވިލިމާލެ ބްރިޖް އެޅުން ޗައިނަގެ ކުންފުނި އަތުންއަތުލާ އިންޑިޔާގެ ކުންފުންޏަށް ދިނުމުގެ އިސްރޯލް ކުޅިނީ ވެސް ނަސީދު. ވީމާ ނަސީދު ގެ ޕަޕެޓަކަށް އިންޑިޔާ ސިފައިން މިގައުމަކުން ނުބޭލޭނެ. ފިޔަވަޅެއްވެސް ނޭޅޭނެ.

  2. އަބްދޫ

    ދަނޑި ޕާޓީ އަކީ ރާއްޖެ އަޅުވެތިކުރުމުގެ މުހިންމު ރޯލް ކުޅުނު މީހުން ތިބި ޕާޓީ

  3. ސަފަރުކަތްދަ

    ކަލޭ އިއްޔެ މެންދުރާ ހަމައަށްވެސް މި ސަރުކާރުގަ ހުރެފަ، ޕްރައިމަރީ އަކުން ބަލިވި ނަޝީދު ބުނެގެން އޭނައަށްޓަކައި ނުކުމެ، ނަޝީދު ކަލޭ ހައްދައިގެން ކެމްޕެއިނަށް ނެރެގެން ކަލޭ ޗޮކުން ދާތަން ބަލަން ހުރޭ،އަދި ބުނެފިއެއްނު ހުވާ ކުރާނަމޭ ކަލެއާ ނަޝީދު އަދި ތި ޕަރޓީ އަކީވެސް ދިވެހިންނަށް ބޮޑު ޖޯކެއް.