ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރޭ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާގައި އިލްޔާސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ އިންތިހާބު ޑިމޮކްރެޓްސްއިން ކާމިޔާބުކުރާތަން ބަލަން އެ ޕާޓީގެ މެމްބަރުން ތައްޔާރަށް ތިބިތޯއެވެ.

އެހެން ވިދާޅުވުމަށް ފަހު އިލްޔާސް ޔަގީންކަން ދެއްވީ އިންތިހާބު ކާމިޔާބު ކުރާނެ ކަމެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އިރާދަ ކުރެއްވިއްޔާ އޮކްޓޫބަރު މަހު ފަހުކޮޅާއި ނޮވެމްބަރު މަހުގެ ކުރީކޮޅު އަޅުގަނޑު ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާނަން. އިރާދަ ކުރެއްވިއްޔާ އެ ދައުވަތު ކާޑު ތިބޭފުޅުންނަށް ލިބިގެން ދާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،"، އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އެފަދައިން ވިދާޅުވުމާއެކު އެ ޖަލްސާ ހަޅޭކުކުގެ އަޑުން ވަރަށް ބާރަށް ގުގުމައިގެން ދިޔައެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަބުރުވެރި ހަޔާތެއް ދިވެހި ރައްޔިތުންނަށް ހޯދައިދީ، ފަސޭހަ ކަމާއެކު ވިޔަފާރިކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ،

އަދި އެކަމުގައި އެއްވެސް ރައްޔިތެއް ބާކީ ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މީހުން އޭނާއަށް ގުޅައި އަދި މެސެޖު ކުރަމުންދާ ކަމަށާއި އެ ކުދިން އުޅޭ ދަތި ހާލު ނޭނގޭ އެއްވެސް މީހަކު ރާއްޖޭގައި ނޫޅޭ ކަމަށެވެ.

"އެ ކުދިންގެ މިނިމަމް ވޭޖެއް ކަނޑައަޅާފައި އޮތަސް އޭގައި ހަމަހަމަ ކަމެއް ނެތް ކަން. އޭގައި އެކި ރިސޯޓުތަކުން އަމަލުކުރާ ގޮތުގައި ފަރަގު ހުރި ވާހަކަ. އަދި އެ ކުދިންގެ ސާވިސް ޗާޖު ހުރި ގޮތް. ރިސޯޓުތަކުގެ މުވައްޒަފުން ނައިޓަށް ދިއުމުގެ ކަންތައް ހުރި ގޮތް. ރިސޯޓު މުވައްޒަފުންނަށް ދިމާވެފައި ހުރި ދަތިތައް. ސިޔާސީ މީހުންނަށް ނޭނގިގެނެއް ނޫޅޭ،". އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އޭނާ ވެރިކަމެއް އަންނަނީ އެ ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ މައްސަލަ ހައްލުކޮށް އެ މީހުންނަށް އަބުރުވެރި ހަޔާތެއް ހޯދައިދޭން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެނެރީ

    ތި ޖަގަހާގައި އަނެއް ދިވެހިރާއްޖެ އުފައްދައި އެރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާ

    29
  2. މުއ

    ކަލޭމެން ގެނައި ސަރުކާރުގެ ދުއްޕާނުން ސަލާމަތް ނުވެގެން މިއުޅެނީ. ދެން ވޯޓު ނުދޭނަން. ތި ހިޔާލީ ރަސްމިއްޔާތު އަނެއް ދިވެހިރާއްޖޭގަ، ހިތުން ބޮޑުވަޒީރު މުހައްމަދު ނަޝީދުއާއެކު ކުރިއަށް ގެންދޭ. ރައްޔިތުން މިފަހަރު ހޮވާނީ މުއިއްޒު

    36
    2
  3. ހޮއްކޮބެ

    ކެނެރީގޭގެ ރައީސް ކަމައްތޯ ހުވާކުރަނީ

    28
  4. ފޯސީލު

    މިކަލޭގެވެސް މިހިރީ މުއިއްޒުއެކޭ އެއްފަދައިން ލަދުހަޔާތް ކެނޑިފަދީ!

    10
    24
    • ޢަބްދުއްލަޠީފު

      ވަގަ އިބިރިހިމާ މަހާ ޗޯރު ގެ ބޮޓުން. ތިބެނީ ބޮލެރޮދި ކެނޑިގޮސް

      14
      1
      • ކިއުންތެރިއެއް

        ރައީސް ނަށީދު ތަޢާރަފު ކުރާނީ،... ދިވެހިރާއްޖޭގެ ތިންވަނަ ހަލާކު،، އިބޫ ޖޫނީޔާ-އިއްލި.

  5. ޢަބްދުއްލަޠީފު

    ކޮންމެ އިންތިޚާބަކަށް ކަތިލާ ކަންބަޅިތަކެއް ރިސޯރޓް މުވައްޒަފުންނަކީ. ގާނޫނާ އެއްގޮތައް މިނިމަމް ވޭޖް ނުދޭ އެއްވެސްބަޔަކު. ސަރުކާރުންވެސް ހެދީ މަކަރު. މަޖިލިސް މެމްބަރުން ތިއްބެވީ ބީރު މަންމަނުންހެން. މިއަދު ކޮންމެސް އެހެންލަވައެއްކިޔާ. ތިޔަލަވަ އަޑުއަހާފޫހިވެއްޖެ.

  6. މީޒްލީ

    މަހުވައި މިޔަކީ ރޑށް ހެހެ، މިޔަށް ވޯޓް ދޭނީ ކާކު؟