ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި އިއްޔެ ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަބްދުﷲ ގާޒީ ވަގަށްނެގި މައްސަލައިގައި އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ދައުލަތުން (ޕްރޮސެކިއުޓަރ ޖެނެރަލް) 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގައި އެދުނުކަން ގާނޫނީ ވަކީލުން ފާހަގަކޮށްފިއެވެ.

ބައެއް ވަކީލުން މީސް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުއިރު ވެސް ރާއްޖޭގައި އަމަލު ކުރަމުން އައީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

ނަމަވެސް ހައިކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް މިހާރު ރާއްޖޭގެ ނިޒާމުގައި ނެތް ކަމަށެވެ.

ކުރިން ޔާމީންގެ މައްޗަށް ސާބިތުވި، ނަމަވެސް ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގިއިރު، އޭރު ކޮށްފައިވާ ޖޫރިމަނާގެ އަދަބު ސުޕްރީމް ކޯޓުން ފަސްކޮށްފައިވޭ ނޫންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އޭރު އަމުރެއް ނެރުނަސް، އެ ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގެ އިބާރާތް އޮތްގޮތުން ޖޫރިމަނާގެ ހުކުމް މިހާރު ފަސް ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމުގައި ޖޫރިމަނާގެ އަދަބު ފަސް ކުރެވިދާނެ ކަމަށް އޮވޭ ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. ނަމަވެސް ދައުލަތުން ބުނީ އެގޮތަށް އެ މައްސަލާގައި ނިންމާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އިއްޔެ ހައިކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ބޭނުންވާ ގޮތަކަށް މާނަ ކުރަމުންދާ ކަމަށެވެ. ނަޝީދު ޖަލަށްލާން ކޮށްފައިވާ ހުކުމް ފަސްކުރަން 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކަމަށާއި އެ ނިންމުމަށް އެ ކޯޓުން މިހާތަނަށް ބަދަލު ގެނެސްފައިނުވާކަން ޖަމީލް ވެސް ފާހަގަ ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ އަމުރެއް ނުނެރުނަސް ދައުލަތުން އަމިއްލައަށް ބައެއް މީހުން ގޭ ބަންދަށް ބަދަލުކުރާ ކަމަށެވެ.

ޔާމީންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ މައްސަލައިގައި އާދީއްތަ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ހައިކޯޓުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސެން.

    އެއީ މިތުރަކަށް ވީމަ، ޔާމީން އަކީ ހަތުރެއް، މިއީ ރާއްޖޭގެ އަދުލުގެ އިންސާފު އޮންނަ ގޮތަކީ. އަމުރުލިޔެދެނީ ރައީސް އަކަށް ހުންނަ މީހަކުފާސް ކުރާ ގޮތަށް ، ނަމެއްގަ ތިބޭފަނޑިޔާރުން، ދެރަމީހާއާއި ސަރުކާރުން ނުރުހޭ މީހާ އަށް ނިކަމެތިގޮތް ' ލޯމަތީގަ ފެންނަމުން ދާމަންޒަރު ތަށް މިއީ.

    84
    1
  2. Anonymous

    އެތަނެއްގައި ފަސާދަ ޢާްއްމު ވެއްޖެނަމަ އެތަނެއް ނެތި ދިއުމަކީ ގާތްކަމެއް.

    71
  3. Anonymous

    ހާދަހާވާ ހެޔޮ ވެރިކަމެކޭމީ. ބަލާބަލަ. އަދިވެސް މިހާރުގެ ހުރި އަނިޔާވެރި ވެރިމީހާ ހޮވާށޯ. އޭނަހާ ރަނގަޅު މީހަކު ނެތޯ. އަޅެފަހެ މީހަކު އަޖައިބެއް ނުވާނެ.

    65
    3
    • Anonymous

      2018 ގައި އިބޫ ސޯލިހް ހޮވުމާއި އެކު ނަޝީދު ދޫކޮށްލެއްވީތޯ !

  4. ކާސިންބެ

    ޔާމިނު ތިޔަ މަސައްކަތް ކުރަނީ ދައުލަތަކާ ދެކޮޅަށް މިނިވަން ވާން
    ދައުލަތުން ބޭނުން ވީމަ ކަންކަން ވާނެ
    އަދީބުގެ މައްސަލަ
    ނަސީދިގެ މައްސަލަ
    ޔާމިނުގެ މައްސަލަ
    އަލީވަހީދުގެ މައްސަލަ
    މަހުލޫފުގެ މައްސަލަ
    މި މައްސަލަތައް ގޮސްފައިވާ ގޮތުން ދައުލަތުގެ ބާރު ފެނޭ ދެއްތޯ
    އެކަމުންވެސް މީ 3ބާރު ވަކިން ހިންގާ ދައުލަތެއް

    56
    2
  5. ނަނާ

    ވަކި މީހަކަށް ވަކި ގޮތެއް އޮންނަ ސިސްޓަމެއް މިހާރު މިއޮންނަނީ. މީހަކާމެދު ޒާތީވިޔަސް މީދެން ފުކެއް ބޮޑުވަރު.

    40
    1
  6. ދެބޭފުޅުން ހިންގެވި ޖަރީމާ ވެސް ތަފާތު

    ރ. ނަޝީދު އުފުރާލެއްވީ އެންމެ ޤާޟީ އެކެވެ. ދައުލަތުގެ މާލިއްޔަތަށް ޚިޔާނާތްތެރިވެ ވަޑައެއް ނުގަންނަވައެވެ. ރިޝްވަތުގެ އެތަކެއް މިލިއަން ޑޮލަރެއް އަމިއްލަފުޅު އެކައުންޓަށް ޖަމައެއް ނުކުރައްވައެވެ. ### ރ. ޔާމީން އުފުރާލެއްވީ އުއްތަމަ ފަނޑިޔާރާއި، 12 މަޖްލިސް މެމްބަރުންނާއި، އިދިކޮޅު 3 ޕާރޓީގެ ސިޔާސީ ލީޑަރުންނާއި މިހެންގޮސް ނުބައިވެގެންވީ އެތައް ކަމެކެވެ. އެހެން ކަމުން އެދެބޭފުޅުން އަޅާ ނުކިޔޭނެއެވެ.

    7
    51
    • ޖަރީމާ އާ ގުޅޭ ކަމެއްނޫން

      މީ އުފުރާލި މީހުންނާ ގުޅޭ ކަމެއް ނޫން. ހުކުމް ފަސްކުރަން ގާނޫނީ ހަމައެއް އޮތްތޯ ނެތްތޯ އެބަލަނީ.

      38
      1
  7. މެސީ1

    ޕިޖީ މިހާރުން މިހާރަށް އިސްތިއުފާ ދީ، ޔާމިން އލަނިތަ ދޮގުހަދަނީ، ޕީޖީ ބުނީ ތީގާނޫނު ދަންނަކަމެއް ނޫނޭ، ވަކި މީހަކު އަމުރު ފަސް ކުރަންވީމަ ގާނޫނު ނުދަތަސް އެކަން ޕީޖީން އަމިއްލައަށް ކޯޓަށް ގެންދޭ، ވަޓް އަ ޖޯކް

    33
  8. Anonymous

    ޔާމީންވެސް ވެރިކަމުގައި ހުރިއިރު ހިތިހުރި ގޮތަކަށް ކަންތައްކުރީ..

    7
    33
  9. ޑައެލޯގް

    އަންނިއަށް ދަށުކޯޓަކުން ގާޒީވަގަށްނެގިކަމަށް ސާބިތުވެއެވެ. އަދި އަންނިވެސް އެކަމަށް ފޯޑިއަމްތަކުގައި އެއްބަސްވެފަވެއެވެ. އެހެންވެ އަންނި އިސްތިއުނާފުނުކޮށް ގައުމުންދިޔައީއެވެ. ޔާމީނަށް ހެކިންގެ ގޮތުގައި ނަގާފައިވަނީ ބާތިލްހެކިންނެވެ. އަދި ސްޕްރީމް ކޯޓުންވަނީ ފުރަތަމަ މައްސަލަވެސް ބާތިލް ކޮށްފައެވެ. ދެންހުރި މައްސަލަތައްވެސް ސާބިތެއްނުވާނެއެވެ. އެހެންވެ ސަރުކާރުން ޔާމީނުގެ މައްސަލަ ލަސްކުރަނީ އަދަބުދޭށެވެ. ވީމާ ހުކުން ޔާމީނަށް ލަސްކުރުން މާއައުލާކަންބޮޑެވެ. ސަބަބަކީ ސާބިތުވާވަރަށް ހެކިނެތުމާ، ޔާމީނުގެ މައްސަލަ ލަސްކުރަނީ ސަރުކާރުން އެދިގެން ކޯޓުތަކުންކަނުގައިވާތީއެވެ.

    36
  10. ﷲބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ރައީސް ޔާމިންއާއި ރައީސް ނަޝީދަކީ ތަފާތުދެވިސްނުން ދެފިކުރު އެހެންނަމަވެސް ވެރިކަމުގައި ގައުމާރަތްޔަތުންނައް ކޮށްދެއްވާފައިވާ ހިދުމަތައްބަލާއިރު ވެސްވަރަށްބޮޑުތަނުން އުޑާބިންހާތަފާތު ތަފްސީލަށްނުދިޔަސް އިންސާނުންގެ ހަމަސިކުނޑިންވިސްނާއިރު މިކަންފެނިދަނީ ބޭނުންކުރެވެމުން ރައީސްޔާމިންއަކީ މިގައުމުގެ އުމުރާނީ ވަސީލަތް ބިނާކޮށްދެއްވި ލީޑަރެއް ރައީސްނަޝީދުއަކީ އެމްޑީޕީގޮވައިގެންނުކުމެ މިގައުމުފަނާކުރަން މަސައްކަތްކުރި ރައީސެއް މިކަންފެނިއިހުސާސްނުކުރެވި ހަނދާންނެތިދުމަކީ ސިކުޑިއަށް ބަލިމަޑުކަމަކުން ދިމާވެފަހުރިކަމަކަށް ނޫނީނުވާނެ

  11. ﷲބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ރައީސް ޔާމިންއާއި ރައީސް ނަޝީދަކީ ތަފާތުދެވިސްނުން ދެފިކުރު އެހެންނަމަވެސް ވެރިކަމުގައި ގައުމާރަތްޔަތުންނައް ކޮށްދެއްވާފައިވާ ހިދުމަތައްބަލާއިރު ވެސްވަރަށްބޮޑުތަނުން އުޑާބިންހާތަފާތު ތަފްސީލަށްނުދިޔަސް އިންސާނުންގެ ހަމަސިކުނޑިންވިސްނާއިރު މިކަންފެނިދަނީ ބޭނުންކުރެވެމުން ރައީސްޔާމިންއަކީ މިގައުމުގެ އުމުރާނީ ވަސީލަތް ބިނާކޮށްދެއްވި ލީޑަރެއް ރައީސްނަޝީދުއަކީ އެމްޑީޕީގޮވައިގެންނުކުމެ މިގައުމުފަނާކުރަން މަސައްކަތްކުރި ރައީސެއް މިކަންފެނިއިހުސާސްނުކުރެވި ހަނދާންނެތިދުމަކީ ސިކުޑިއަށް ބަލިމަޑުކަމަކުން ދިމާވެފަހުރިކަމަކަށް ނޫނީނުވާނެ މ

    12
  12. ހަގީގަތް

    އެއީ އެމްޑީޕީގެ އިންސާފު އެމީހުންންނާ ގުޅޭ މީހުންނައް ނޯންނާނެ އެއްވެސް އަދަބެއް.
    އޭގެ ތޭގަ މަހުލޫފު، ސަން ޝިޔާމު، ރޯޔަލް ރޭޕް، ވެންޓިލޭޓަރ،، އަލީ ވަހީދު، އަލަމްގިރި ގުރޫޕް،

  13. ބޯހަލާކު

    ތަފާތު 2 ހުކުމް، އެކަކު ވަށްކަން ކުރި ހުކުމެއް އަނެކަކު ފުރޭމު ކުރީ🤔

    2
    8
  14. ހާދީ

    ރައީސު ޔާމީނު އޮތީ ފިލާވަޅު ނަގާ ދެއްވާފަ

    1
    4
  15. އޮޅުވާލި

    ހުރިހާ ކަމެއް ޖުމުލަ ކޮއްފަ ބުނެވެނީ، މިސަރުކާރަކީ ދިވެހި ތާރީހު ދުށް، އެންމެ އެންމެ އެންމެ ނުބައި ނުލަފާ ޖައްބާރު އަނިޔާވެރި ހިޔާނާތްތެރި ރައްޔަތުންނަށާ ގައުމަށް ގައްދާރުވި.ސަރުކާރުކަމަށް.

    14
    1
  16. ތުއްތުނާ

    ރަސްކަމަކާ ވައްކަމަކާވެސް ތަފާތުދޯ ؟

  17. ފަނޑިޔާރު

    ހައްގަށް ނަސްރުދެއްވާށި ﷲ އަިރާދަކުރެެއްވިއްޔާ މިދުނިޔެމަތީގައި ނުބައި ހުކުމް ކުރާމީހުންނަށް ދެދުނިޔޭގެ އަޒާބު ދެއްވާށި އާމީން.

    10
  18. ގޯލިވާ

    އޭގެ ސަބަބު ހަމަ ނޭނގެނީތަ؟ ތިޔަ ދެބައިގަނޑު ހަދާ ޑީލް ތަކުގެ ތަފާތު އެ ފެންނަނީ. އަހަރެމެން ރައްޔިތުންނަށް ނޭނގުނަސް ހާދަ ކުޅިއެއް ކުޅެޔޭ މި ބައިގަނޑުތައް.

  19. މުއިއްޒު

    ތިޔަ މައްސަލަ އަކީ ކޮންއިރަކު ހިނގާފައި އޮތް މައްސަލައެއް. އެއިރު ގާނޫނު އުގޫބާތު އަމަލު ކުރަން ފަށައިފިތި. ޖިނާއީ އިޖުރާއާތު އަމަލު ކުރަން ފަށައިފިތަ. ގާނޫނު ތަކަށް ބަދަލު ގެނެސް މީހުން ހައްޔަރު ކުރުމުގެ އަމުރު ކުރީ ކޮންއިރަކުތަ؟