މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ސިނަމާލެ ބްރިޖުގައި ރެނދު އަޅާ ހަލާކުވެފައިވާ ބުނެ ދައުރުކުރަމުން އަންނަ ފޮޓޯތަކަކީ އަވަށްޓެރި ގައުމެއްގައި އަޅާފައިވާ ބްރިޖެއްގެ ފޮޓޯތަކެއް ކަމަށް ހަައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓް ގައި ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމަށް ކުރާ މިކަހަލަ ކޮންމެ ކަމަކުން ވެސް ރަތްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ރައީސް ޔާމީން އަށް ދެވަނަ ދައުރެއް ދެއްވުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން ރެނދުލާފަވާ ކަމަށް ބުނެ މިއަދު މީސް މީޑިޔާގައި ފޮޓޯތަށް ދިޔައީ ދައުރު ކުރަމުންނެވެ. ނަމަވެސް ފޮޓޯތަކަ ށްބަލާލުމުން އެއީ ސިނަމާލެ ބްރިޖްގެ ފޮޓޯތަކެއް ނޫންކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.

ސިނަމާލެ ބްރިޖް ހުޅުވުމަށް އެންމެފަހުގެތައްޔާރީތަ ށްވަމުން އަންނަ އިރު މިހާރު ކުރަމުން އަންނަނީ ބްރިޖްގެ އެންމެ ފަހުގެ މަސައްކަތެވެ. އެގޮތުން ބްރިޖް އާއި ގުޅިފައިވާ މަގުތަކުގެ ބޮޑު ބައެއްގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައި ވާއިރު މިހާރު ބްރިޖްގައި ލައިޓްތައް ވެސް ވަނީ ހަރުކޮށް ނިމިފައެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުރި ޖު

  ހަލާކުވީ ބުރިޖެއްނޫން...ހަލާކުވީ އިދިކޮޅު މީހުންގެ ހިތް!

 2. ވަހީދާ

  އެބައިމީހިން ކޮއްފަ ބުކުރާނެ ކަމެއްނޯންނާނެ

 3. Anonymous

  ޜީނދޫ މީހުން ހަޖަމު.ކޮއްލާ.

 4. ނީހައު

  ބްރިޖް އެއީ ތަރައްޤީ. މިއަދު ހެނދުނު އަހަރެއް އެތަނަށް އެރިން. ހާދަ ރީއްޗޭ. ތރައްޤީ ހަޖަމް ނުވާބަޔަކަށް ހަޖމެއް ނުވާނެ. ބްރިޖް ހުޅުވުމުގެ ރަަސްމިއްޔާތު ވަރައް ފުރިހަމަވާނެ، ބަޔަކު އުފަލުން ރޮއްވާލާނެ އިން ސާ ﷲ. އަހަރެން ބޭނުންވަނީ ތަރައްޤީ އާއި ދެކޮޅުމީހުން އެތަނަށް އަރާފަ ލޮލުން ދެކެ، އެކަމަށް ޝުކުރު ކުރުން.

 5. ސަމާސާ

  މި ދުވަސް ކޮޅު ޔެލޯފީވަރ ކޮންޓްރޯލް ކުރަން ޑައިޖީން ބޭނުން ކުރަން ޖެހިދާނެ.