ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރާއްޖޭގެ ކޯޓުތަކުގައި ކުރިއަށް ޝަރީއަތުގެ މަރުހަލާތަކުގެ ތެރެއަށް ނުަވަދެވެނޭ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާބްކުރަން ރާއްޖެ ވަޑައިގެން އުޅުއްވާ ޓީމުގެ ޗީފް އޮބްޒާވަރު ޚޯސޭ އިގްނާސިއޯ ސަންޗޭޒް އަމޯރު ވިދާޅުވެއްޖެއެވެ.

އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފްދުގެ އަރިހުން ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ވަނީ އެދިވަޑައިގެންފި lއެވެ.

އެެެހެންވެ އީޔޫގެ އޮބްޒާވާ މިޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ވަނި ސުވާލުކޮށްފައެވެ.

އީޔޫގެ މިޝަންައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ވަގުތު އިމޭޖާސް

އެ ސުވާލަށް ޖަވާބު ދެއްވައި ޗީފް އޮބްޒާވަރު ޚޯސޭ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ނެތް ކަމަށެވެ.

ހަމަ އެހެންމެ އިލެކްޝަން އޮބްޒާވަރުންގެ ގޮތުގައި ތިބެ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލެކްޝަންގެ ހަގީގީ މަންޒަރު އަދި ނުފެންނަ ކަމަށެވެ. އެހެންކަމުން އިންތިހާބު ނިމި 11 ސެޕްޓެމްބަރުގެ ކުރިން އެ އޮބްޒާވާ މިޝަންއިން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން އޮބްޒާވްކުރާނީ. ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަނީކީ ނޫން. އެހެންވެ ސެޕްޓެމްބަރު 11އިގެ ކުރިން އެއްޗެއް ބުނެވޭކަށް ނެތް.". ޚޯސޭ ވިދާޅުވިއެވެ.

މުޅި އިންތިހާބުގެ މަރުހަލާއަށް ބިނާކޮށް އިޔޫއިން ގާއިމްކޮށްފައިވާ މެތޮޑޮލަޖީއާ އެއްގޮތަށް ތަޖުރިބާކާރުން ހިމެނޭ ކޯ ޓީމް 31 ޖުލައިގައި ރާއްޖެއަށް އައިސްފައިވާ އިރު ދިގު މުއްދަތުގެ އޮބްޒާވަރުން 13 އޮގަސްޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެއެވެ.

މި މިޝަންއަކީ ދިވެހި ދައުލަތުން ދިން ދައުވަތަކަށް ޔޫރަޕިއަން ޔޫނިއަންއިން އިންތިހާބު އޮބްޒާވްކުރުމަށް ފޮނުވި ހާއްސަ ވަފުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޓިނު އަދުރޭ

    "އަޅުގަނޑުމެން އޮބްޒާވްކުރާނީ. ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަނީކީ ނޫން. އެހެންވެ ސެޕްޓެމްބަރު 11އިގެ ކުރިން އެއްޗެއް ބުނެވޭކަށް ނެތް.". ދެރައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ގޮތުގައި ހުރި ގަމާރަށް މިވަރުވެސް ނުވިސްނުނުކަން.

    17
    4
  2. ކޮބަޑި

    ދައުލަތުން ހަރަދުކޮށްގެން ގެނައީމަ އެއޮތީ ރިސްވަތު އީޔޫއިން ބޮއެފަ ދެން ބުނާނެއެއްޗެއްނެތް އިންތިހާބުވެސް އެއްބުރުން ޗޯރޭ ވަގުވޯޓުން ކާމިޔާބުކޮށް ވޯޓުތަށްވެސް މިފަހަރު އަންދާލާ ގަންގާކޯރަށް އަޅަން އިންޑިއާއަށް ގެންދާނެ.

    16
    4
  3. ވިސްނާށޭ

    އަންނި ކޮބާ ގުޑް ގަވަނަންސާއި، ޑިމޮކްރޮސީއާއި، އިންސާފު އެބަ ދަސްވޭތަ؟ ކަލޭކަހަލަ ނަހަ.ސ ނުފޫޒު ބޭނުންކޮށްގެން ބޭނުންކަންތައްތައްވާނީ ކޮރަޕްޓް ކެމެރަން ކާރީގައި އެކަނި. ހެހެހެ. ދެން ލަލަލަލާ

    14
    1
  4. އަލީ

    ދައުލަތުން ޚަރަދުކޮއްގެން ގެނެސް ރިޝްވަތުދީފަތިބިބައެއް އެމީހުން އެއްޗެއްބުންޏަސް ބުނާނީ އެމީހުން އެކަމުގަ މަޝްވަރާކުރަން ބޭނުން ބަޔަކާ މަޝްވަރާކޮއްފަ ޙަގީގަތަކީ ރައީސް ޔާމީންއާ އަވަލައިގެންއުޅެނީ ދުނިޔޭގެ ބާރުގަދަ ގައުމެއްކަން އެމީހުނާ ދެކޮޅަކައް އެކައްޗެއްވެސް ތިޔަމީހުން ނުބުނާނެ

    6
    1
  5. ބިންބި

    އަންނިއަކީ ޖިންނި އާއިލާއިން އައިސްހުރި ބިތާއެއްތަ؟ އެވަރު ނުވިސްނިގެން އެއުޅެނީ. ކޮބާތަ މިހާރު އެ އަނގަފުޅާކޮށްފަ ކަރުފުއްޕާފަ ފެލޭ އިންތި މިކަމާ އެއްޗެއް ނުބުނޭތަ. އަހަރެން ހާދަ އެކަލޭގެ ވާހަކަ އަޑު އަހާ ހިތްވޭ.

    5
    1
  6. ބޯހަލާކު

    ޥޯޓު އޮބުޒާރވު ކުރަން،( ރާއްޖޭގެ ކަރަޕުޓު ދަށްކަން) ސަރުކާރުން ގެނައި ބަޔަކު ކިހިނެތް ގައުމުގެ ދާހިލީ ކަންތަކަށް އަތްދިގު ކުރެވޭނީ، ރާއްޖޭގެ ރިސޯޓެއް ގައި ޗުށްޓީ ހޭދަކޮށްފަ ރައިޔިތުންގެ ފައިސާއިން އަރާމު ކޮށްފަ ދިޔާމަނިމުނީ ، ބޯހަލާކު

  7. ކޮއްކޮ

    އެ ލުއްޗާއިން އަންނިގެ ޝަރީޢަތުގެ ތެރެއަށް ކުރިން ބޭނިގަތީ ކޮނ ހަމަަަކުންބާ؟

    7
    1
  8. Anonymous

    ރ. ޔާމީނު އަދި އެމަނިކުފާނުގެ ޓީމުންވެސް "އީޔޫ" އަކަށް އަދި އެހެން ޖަމްއިއްޔާއަކަށްވެސް މަޝްވަރާ ކޮށްފައއނުވޭ އެމަނިކުފާނު ޖަލުގައި ތަަންފީޒިކުރަމުންދާ ހުކުމާއިބެހޭ އެއްވެސް މުއާމަލާތެއް، އެބަޔަކާއިކުރި މުއާމަލާތެއްކުރީ މިގައުމުގެ ރޯނުއެދުރު ރ.އަންނީ ރ.ޔާމީނަށް ޖެއްސުމާއި ފުރައްސާރަ ކުރުމުުގެގޮތުން ޖެއްސި ސްޓެންޓެެއްކަން މުޅިގައުމުވެސް ދަންނާނެ، ވީއިރު "އީޔޫ" ތިފަދަ ނެގެޓިއު ކޮމެންޓެއް ނެރުމަކީ ރ.ޔާމީނު އަދި އެމަނިކުފާނުންގެ ޓީމާއި އާއިލާވެސް އެއްވެސް ހިތާމައެއްކުރާކަމެއްނޫން!!##

    5
    1
  9. 123

    ދެން އދ އަށް ލެޔޭ !

  10. ަސދަސދ

    އޮބްޒާވަރުންގެ ކެއުމާއި ބުއިމާއި އެކޮމޮޑޭޝަން ހަމަޖައްސަނީ ކޮންފަރާތަކުން ތޯ އެހިނަމަ ޖަވާބު ހޯދަން ތަންކޮޅޭއް ފަސޭހަވީސް.

  11. ވިކިލީކްސް

    ރާއްޖޭގެ އިންތިޚާބު އޮބްޒާވް ކުރުމަށް ނޯވޭ، ސްވިޒަލޭންޑު އަދި ކެނެޑާ ފަދަ ޣައިރު ދީންތަކުގެ ސަރުކާރުން ވަފުދުތައް މިއަންނަނީ ކީއްވެބާ؟ ދިވެހިންގެ ވެރިކަމެއް މިއީ. ކާފަރުންގެ ވެރިކަމެއް ނޫންކަންނޭނގެ....

  12. ގަލަން

    އީޔޫ އެމެރިކާ އަކީ އަބަދުވެސް ގައުމުތަކުގެ ދާހިލީ ކަންތަކާ ބެހުމުން ދާބައެއް މިސަރުކާން އިޔޫ ބުނާގޮތް ހަދާނެ ރ ޔާމީނު އީޔޫބުނާ ކަންތައްތަކެއް ނުކުރާނެ އެހެންވެގެން ޔާމީނަކަށް އެއްބާރުލުމެއް ނުދޭނެ. މީތި ވަރައްސާފު