ގއ. ކޮލަމާފުށި އަދި ގދ. މަޑަވެލި ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިކެރްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

މިނިސްޓްރީއިން ބުނީ ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ހުޅަނދު ދެކުނު ފަރާތުން 9.16 ހެކަޓަރުގެ ބިން އިތުރުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 44،332،056 ރުފިޔާ ކަމަށް ސަރުކާރުން ބުނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 270 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

މިނިސްޓްރީއިން މަޑަވެލީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 8.85 ހެކްޓަރުގެ ބިން ކަމަށެވެ. އަދ،ި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 628 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއ،ި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަޝްރޫއުގެ އަގަކީ 77،905،569.31 ރުފިޔާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜަފިއްޔާ

    ކެމްޕެއިން ދުވަސްވަރު އާ މަޝްރޫއުތައް ފެށުމަކީ ސީދާ ކޮރަޕްޝަން .

  2. އެޑްމުންޑޯ

    މީިަމަރަގަޅަށްވެސް ވޯޓަށްޖަހާ ކަޑަ ތައް ، ދައުރު ނިމެން މަހަކަށް ގާތްވީ ، އރމްޓީސީސީ އެދަނީ ފުޑެމުން ، ތަންތަން ގިނަކަމުން ، ތިރައްރަށަެށް ހައިމާކު ދައްގަޑު ޖައްސާލެވޭނީވެސް މިއަންނަ އަހަރު މެދުތެރޭ

  3. ހުވަދޫ ކެޔޮޅު

    ތިޔަކަހަލަ ބޭކާރު ކަރަދު ކުރާތީ ސައުކާރު ގޯހޭ މިކިޔަނީ ނިކަން ބައްލަވާ ކޮލަމާފުށީ ގެ އާބާދީއަކީ 700 ވަރަކަށް މީހުން އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 250 ވަރަކަށް މީހުން ގުރޭޑު 1 ގައި މިދިޔަ އަހަރު ތިބީ ޖުމުލަ 10 ކުދިން މިރަށުގެ ބިން ހިއްކުމުން އޮތީ ކޮން ފައިދާއެއް ތޯ ؟ މި މަދު މީސްކޮޅު އެހެން ރަށަކަށް ބަދަލް ކުރީމާ ލިބޭ ފައިދާ ވަކިން ކުޑަތަ؟ މިކަހަލަ ކަންކަން ދުރު ވިސްނުމެއްނެތި ކުރާތީ ގޯހޭ މިކިޔަނީ