(ގއ. ކޮލަމާފުށި) ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މި ރަށުގެ ބިން ހިއްކައި ސިއްހީ މަރުކަޒު މިނީ ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮލަމާފުށި ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ކޮލަމާފުއްޓަށް ކުރައްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ.

ރައީސް މިއަދު ގއ. ކޮލަމާފުށީގައި. --- ފޮޓޯ: އެމްޑީޕީ

ފުރަތަމަ ކަމަކަށް ރައީސް ސޯލިހް ފާހަގަ ކުރެއްވީ ކޮލަމާފުށީގައި ހައުސިން ޔުނިޓްތަކެއް އަޅުއްވާނެ ކަމުގެ ވައުދެވެ. އަދި ރަށުގެ ހުޅަނގު ފަރާތުން އުދަ އަރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖަހައި އެ ތަން ރަނގަޅަށް ރައްކާތެރި ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިއަދު ގއ. ކޮލަމާފުށީގައި. --- ފޮޓޯ: އެމްޑީޕީ

މީގެއިތުރުން އައިސް ޕްލާންޓް ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށް ދެއްވާނެ ކަމަށާއި ހެލްތު ސެންޓަރު އަޕްގްރޭޑްކޮށް މިނީ ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރުން ރައްޔިތުން ބޭނުންވާ ފުރިހަމަ ސިއްހީ ހިދުމަތްތައް ގާތުން ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯޅިލް ވަނީ ކޮލަމާފުށި ރައްޔިތުން ވެސް އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދެވަނަ ދައުރެއް ފައްޓަވާނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސުލޯލިހު

    ވޯޓު ބޯމަތިވީމަ ކިޔާނޭ ކޮލަމާފުށީގަ ދުބާއިއަކާ ސިންގަޕޫރެއްވެސް އަޅައިދޭނަމޭ. އަސްލު ކަމެއް ކޮށްދިން މީހަކީ މުއިއްޒު. އެކަން ވޯޓުން ދައްކާނަން އިންޝާﷲ

    14
  2. މިނީ

    ކްލިނިކު މިނީ ހޮސްޕިޓަލަކަށް
    ބޮއްކުރާ މިނީ ދޯންޏަކަށް
    އެދުރުގެ މިނީ ޔުނިވަރސިޓީއަކަށް

    15
  3. އއ

    ކަނޑުކޮސް ކަންތައް ކުރާވާހަކަ ނުދައްކާ !!!!ދުނިޔޭގެ އެއްވެސްކަމެއް ކުރާޚަރަދާ ވާފައިދާ ދެކޮޅުނުޖެހި ދިގުމުއްދަތަކައް ނުހިގާ!! އަދި ކުދި ވިލެޖު ތައްދަނީ އުޅޭނެ މީހަކު ނެތި ފަޅުވަމުން !!! ކުދިރައްތައް އުވާލުމުގެ ސިޔާސަތު އޮންނަންވީ.!!!! ބޭކާރު ފަޅުތަކާ ހޮސްޕިޓަލްތަކާ ދަނޑުތައް ކުޅޭނެ މީހުންނާ އަޅާނެ އޮޑިދޯނނެތި ދައްކާނެ ބަލިމީހުންނެތި ދަރަނި ނަގައިގެން ކޮން މޮޔަ ކަންތައްގަނޑެއް. ؟؟؟؟؟

    11
  4. ގާފޫރު

    މިނީ ހޮސްޕިޓަލް = މަރުކަޒު

    10
  5. Anonymous

    ތި ދެން އެހާވަރުގެ ކަމެއްތަ. ތިތަނުގެ ބޯޑުގަ "މިނީ ހޮސްޕިޓަލް" ޖަހާލަބަލަ.

    11
  6. ޟަނޓޭ

    ތިތަނުގެ ނަންބޯޑް ފެންފޯއް މާމުތުގެ ނަމައް ބަދަލުކޮއްލަބަލަ ޕްލީސް

  7. Anonymous

    އިއްޔެ ރައީސް ޔާމީނަށް މަލާމަތް ކުރީ ކުޅުދުއްފުށީ އެއަރޕޯޓު ހުޅުވަން ވަޑައިގެން ވާރެއާ ތެމިގެން ހުރުމުން.
    މިއަދު ސޯލިހު ގެމަނަފުށީގައި މިހުރީ ވާރޭގަ. އޭނާ ކޯޓުލައިގެން ހުރިއިރު ކުދިދަރިންތައް އެތިބީ ވާރޭގަ.
    ނިކަން ދެކެބަލަ ކަންކަން ހިނގަމުންދާގޮތް

  8. ޑައެލޯގް

    ﷲ އިރާދަފުޅުން މިނުލަފާ ކިނބޫ މިފަހަރު ކޯރަށް އެއްލާލާނަމެވެ. އިންތިހާބަށް ކުރިމަތިލީމީހުންގެ ތެރެއިން ތައުލީމީގޮތުންނާއި ހިލްމީގޮތުނާއި ހިންގުމުގެ ގޮތުންނާއި ދީނީގޮތުންނާއި ހުރިހައިގޮތަކުން ބެލިއަސް އެންމެ ދަށީ އިބޫއެވެ.

  9. ޅޮލޮ

    😂 އެެބުނާހެން ބޯޑު ބަދަލުކޮއްލަނިކޮއް. އެކަން އެނިމުނީ.