ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ދިއްދޫ ޑިމޮކްރަޓުންގެ ވެރިކަމެއްގައި ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ރައީސް ނަޝީދާއި ޑިމޮކްރެޓުންގެ އިސްވެރިން ދިއްދޫ އަށް ޒިޔާރަތް ކުރައްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ދިއްދޫ އަކީ ވަރަށްގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށާއި އެރަށުގެ އިގްތިސާދު އިތުރަށް ކުރިއެރުވުމަށް އާބާދީ އިތުރުކޮށް އާބަން ސެންޓަރެއް އަޅައި, ބިމުގެ ޖާގަ އިތުރުކޮށް މި ނިކުންނަނީ ދިއްދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކަމަށެވެ.
"މިރަށުގައި ދިރިއުޅެވޭނެ ގޮތްތައް ހޯދައި މިރަށަށް މީހުން އެޓްރެކްޓު ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިއްމު ކަމެއް. އެކަން ކުރުމަށް މިރަށުގެ ރައްޔިތުން އަބަދުވެސް އެދޭ. އަލިދުއްފަރު ފިނޮޅު މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން މިރަށު ރައްޔިތުން އެދޭ. މިރަށަށް މީހުން އިތުރުކޮށް މީހުން އެޓްރެކްޓު ކުރުމަށް އާބަން ސެންޓަރެއް ބިނާވެގެން އަންނައިރު މިރަށުގެ ރައްޔިތުންނާއި އެކީ މަޝްވަރާ ކުރާނަން. އެކަން ކުރަން މި އަންނަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ތިބޭފުޅުންނާއި އެކީ އެ މަސައްކަތް ހިންގުމަށް, އާ މަންޒިލްތަކަށް މި ދިއްދޫ ހެދުމަށް, ސިޓީ އަކަށް ހެދުމަށް, ސިޓީ އެއްގެ ދަރަޖަ އަށް ގެނައުމަށް ކުރަންޖެހޭ ބަދަލުތައް ގެނައުމަށް މި އަންނަނީ" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މިކަން ކުރުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް ނިކުމެ މިތިބީ އެ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކޮށް މަންޒިލަށް ވާސިލްވާން ކަމަށާއި ނިކުމެ މި ތިބީ އެ މަންޒިލަށް ދިއުމަށް އެގޮތުގައި ކަމަށެވެ. އެއްވެސް ހާލެއްގައި މިއުޅެނީ "ޖަމްޕެއް" ޖަހަން ނޫން ކަމަށާއި ކަނޑު ކިތަންމެ ގަދަވިޔަސް އަދި މަޑުވިޔަސް މަންޒިލަށް ވާސިލްވާނެ ކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެބޭފުޅާގެ ވާހަކާގައި ވަނީ މާލޭ ސަރަހައްދަށް ޖަމާވެފައިވާ އާބާދީ އެހެން ހިސާބުތަކަށް ބަދަލުކުރުމަކީ އެބޭފުޅުންގެ ސިޔާސަތެއް ކަމަށާއި މިގޮތުން ބޮޑުތިލަދުންމަތީގައި އާބަން ސެންޓަރުތަކެއް ހެދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާއިރު ދިއްދޫ އަކީ އޭގެ ތެރެއިން އެއް ރަށް ކަމަށާއި މި ޕްރޮގްރާމު ދިއްދޫގައި ހިންގާނެ ކަމަށެވެ.
"މިރަށުގައި މި މަސައްކަތުގެ ޕްރޮގްރާމު އަޅުގަނޑުމެން ހިންގާނަން މިރަށުގަ އާބާދީގެ މަސައްކަތާއި ވަޒީފާތައް އިތުރުކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލު ގެންނާނަން. މާލޭގެ މިނިސްޓްރީތަކުގައި ހުރި ވަޒީފާތައް މި ސަރަހައްދަށް ބަދަލުވާން ޖެހޭ. މީހުންނާ އެކީ ބަދަލުވާން ޖެހޭ. އެ މީހުން ބަދަލުވުމަށްޓަކައި އެމީހުނަށް ގެދޮރު އިމާރާތް ކޮށްދީ ދިރިއުޅެވޭނެ ތަންތަން ހޯދައިދޭން ޖެހޭ. އެތަންތަން ބިނާކޮށް އެމީހުން މިތަނަށް ބަދަލުކޮށް އެމީހުން މިތަނުގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އަޅުގަނޑުމެން މި އަންނަނީ"
އިލްޔާސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ދިއްދޫ އާއި އެނޫންވެސް ރަށްރަށުގެ އާމްދަނީ އެރަށްތަކަށް ލިބެން ޖެހޭ ކަމަށާއި ދިއްދޫގެ ފިހާރަތަކުން ނަގާ ޖީއެސްޓީ ރަށު ކައުންސިލަށް ލިބެންޖެހޭ ކަމަށާއި އަތޮޅުގެ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސް އަތޮޅު ކައުންސިލަށް ލިބެން ޖެހޭ ކަމަށާއި މި ބަދަލުތައް ގެނައުމަށް ބޮޑުތިލަދުންމަތީގެ ބައިވެރިވުން ނުހަނު ބޮޑު ކަމަށެވެ. މިގޮތުން އެބޭފުޅުންގެ ސަރުކާރެއްގައި ބޮޑުތިލަދުންމަތީގެ ހަތަރު ކެބިނެޓު މިނިސްޓަރުން ވެސް ތިއްބަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ދިއްދޫ އާއި ބޮޑު ތިލަދުންމަތީގެ ގިނަ ވާހަކަތަކެއް އިލްޔާސް ދެއްކެވިއިރު އެބޭފުޅާ ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ކުޅުދުއްފުށީ ރީޖަނަލް ބަނދަރުވެސް އިތުރަށް ވަރުގަދަ ކުރެވި ބަނދަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފެން ޖެހޭކަމަށް ވިދާޅުވެފައެވެ.
"ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެބައަޅާ. މިއާއިއެކު މިތަނަށް އިގްތިސާދީ އިތުރު ހަރަކާތްތައް އަންނަން ޖެހޭ. އެހެންނަމަވެސް އެ ބަނދަރު ފުރިހަމަ ގޮތުގަ ބޭނުމެއް ނުކުރެވޭ. އެއާޕޯޓާއި އެކީ މި ބަނދަރުގެ މަސައްކަތް ކުރިއަށް ދާންޖެހޭ. އަޅުގަނޑުމެން ސަރުކާރާއި ފުރަތަމަ ހަވާލުވާ ހިސާބުން މި ސީޕޯޓުގެ މަސައްކަތް ފަށާނަން. މި ދިއްދޫ ރައްޔިތުންނަކީ އެންމެ ގިނައިން އެ ބަނދަރަށް މުދާ ގެނެސްގެން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިން ތިިބިރަށް"
މިކަންކަމުގެ އިތުރަށް އިލްޔާސް ވަނީ އެ ސަރަހައްދުގެ އިގްތިސާދު ވަރުގަދަ ކުރުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެ ބޮޑުތިލަދުންމައްޗާއި ދިއްދޫގެ ތަރައްގީ އާއި އިގްތިސާދާއި ބެހޭ ގިނަ ވާހަކަތަކެއް ދައްކަވައި ވައުދުތަކެއް ވެވަޑައިގެންފައިކަން ފާހަގަކޮށްލެވެއެވެ.
ދިއްދޫ ސިޓީއަކަށް ހަދައި، ހަތަރެސްފަރާތުން ލާރި އޮހޭނެ ގޮތުގެ ހުވަފެން ތި ދައްކަނީ. ސުވާލަކީ ވެރިކަމާއި، މަޖިލީހާއި، ކޯޓުތަކާއި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް މުށުތެރޭ އޮވެގެން މިދިޔަ 5 އަހަރު އޭގެން އެއްވެސް ކަމެއް ނުކުރީ ކީއްވެގެން ތޯ؟
ނޫނޭ އަހަރެމެން ތެޅި މިފޮޅެނީ ސިޓީއެއް ނެހެދިގެން.
ކެރަފާ ނަޝީދު މަނީ ލޯންޑާ ކުރަން އެނެރިކާ އެމްބަސީ ހަދައިގެން އެތާގައި އޭނަގެ ތިމާގެ ކުއްޖަކު ބަހައްޓައިގެން ނަޝީދު ބަހަމުންދާ ފައިސާ ތިޔަބަހަނީ އިލިޔާސް މެންތާ ތިޔަގުރޫޕް ހަދައިގެން !
ސިޓީ ކީމަ ވަރަށް މޮޅުވީތަ އެ؟
އިލްޔާސް ލަބީބު އެ އުޅެނީ ބިޗޫ ވިހާހެން ވިހަން. އޭރުން ދޯ ސިޓީއަކަށް އަދަން އެވަރު އާބާދީއެއް އުފެއްދޭނީ!
މިހާރުވެސް ސިޓީ އެބަހުރި، ވާކަމެއް ނެތް، 🤣
މިވެސް ގައުމު ތަރަށްޤީ ކުރަން މާ މޮޅު އުކުޅެއް. ސިޓީ އެކޭ ކިޔާފަ ނަން ބަދަލުކޮށްލީމަ އެއޮއްގެން ތަރައްގީވީ. އަޅޭ ގަމާރުންނޭވެ. ސިޓީ ކީއްކުރަން ކޮންމެ ނަމެއް ކިޔަސް އެތަނެއްގެ ނަން ފަވާލެނެ އެތަނަކަށް އަންނަ ބަދަލުތަކަކުން. ކޮންމެހެން ވަކި ނަމެއް ކިޔާކަށް ނުޖެހޭ. ދިވެހި ގައުމުގެ ނަން ދިވެހި ގޮތުގަ ބާއްވާފަ ކުރާކަމެއް ކޮށްބަލަ. އެބުނާ ވަރުފެ ތަރަށްޤީއެއް އައީމަ ވަކި ނަމެއް ނުކިޔަސް އެންމެން އެކަން ދަންނާނެ.
ތަރައްގީ އަކީ ނަމަކުން ވާކަމެއްނަމަ އައްޑޫ އާއި ޏ.ފމުލަކާއި ކުޅުދުއްފުށި ވެސް އޮންނާކީ ވެފަ.
މިއީ ސިޔާސީން އެމީހުންގެ މަގުސަދު ހާސިލްކުރަން ހާވާ ހަޑިތަކޭ
ދިއްދޫ ސިޓީއަކަށް ހަދާފާ ރައްޔިތުންގެ އަޚުލާޤާއި އަޤީދާ ފާސިދުވެގެން ދިޔައަކަސް މައްސަލައެއް ނެތް ދޯ؟
ކޮންކަހަލަ ތަރައްޤީއެއް ގެނެސްދޭންތޯ މަނިކުފާނު ތިޔަ އުޅުއްވަނީ؟
އަދިއްޔޭ! އެވީ ސިޓީ އުރަޔަކަށް. ލަބީބު ބާއި ! ނަޝީދު ފަހަތުން ޕަޕެޓަކަށްވެގެން ދުވުން ހުއްޓާލަ. ނުވާނެ ތިކަމައް. ބޮޑު 2 ޕާޓީ ލަނގިރި ޖަހާނި. ދެން ތިބީ ހުސް ކުރޮޅި
ދިއްދޫއަށް ހަލުއި ތަރައްޤީ ގެނައުމަށް ނޭދޭ އެކަކު ހުރީ ކައުންސިލްގަ އޭނަހުރީ ތިޔާޕާރޓީގަ އިސްކޮށް