ދޮގު އިލްޒާމު އަޅުވާ އަބުރު ކަތިލާ، އާންމުން އެއްކޮށްގެން ހަގީގާތާއި ހިލާފު ދޮގު ވާހަކަ ދެއްކެވި ކަމަށް ކުރީގެ ރައީސް ނަޝީދުގެ މައްޗައް ތުހުމަތުކޮށް، އަބުރުގެ ދައުވާ ކުރާނެ ކަމަށް ކުރީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަގައި ބިންވެރިޔާގެ ސްކީމުގެ ދަށުން ގުޅި ފަޅު ހިއްކައި ގޯތި ދޭން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިންގަވާ ޕޮންޒީ ސްކޭމަށް ވުރެ ނުބައި ސްކޭމެއް ކަމަށް ވިދާޅުވުމުން އެކަމާއި ގުޅިގެންނެވެ.

އަދި ބަދަލުގައި 3333 ބިޓްކޮއިން ހޯދާނެކަމަށްވެސް އަލްހާން އެ ޓްވީޓގައި ބުނެފައިވެއެވެ.

މީގެ އަހަރެއް ކުރިންވެސް އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގައި، އާއްމުންގެ އަތުން ނެގި ފައިސާ ލޯންޑަރ ކުރި ކަމަށް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.

ނަމަވެސް އެކަމާއި ގުޅިގެން އަލހާން ފަހުމީ ވިދާޅުވެފައިވަނީ މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގާ މަނީ ލޯންޑަރ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް ކަނޑައެޅިގެން އިންކާރު ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބްރާހީމް ކަރީމް

    ފުރަތަމަ ކަލޭ މީހުން އަތުން ނެގި ލާރީ ދީފައި އެހެންކަމެއް ކޮށްބެ، ތިޅާ މީހުންގެ ލާރި ގަނޑު ކާލައިގެން ސަރުކާރާއި ގުޅިގެން މިނިވަނެއް ގޮތުގައި އުޅެން ތި ގަސްދުކުރަންނީ.

    17
    3
  2. ޓައި

    ކަލޭ ނަޝީދު އާއި ނުގެޅި ހުރެބަލަ ކަލޭ ނުކުރާ ކަމެއްގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ، ނަޝީދު އެއްޗެއް ބުނާނީ އޭގައި ތެދު ހިމެނޭ ތީ ހަގީގަތެއް އޮތީމާ އެގިއްޖެތަ! އެހެންނޫނަސް ނަޝީދު ނޫޅޭ ބިރަކުން ކުރަންވީނުންތަ ތިބުނާ ދައުވާއެއް

    17
    7
  3. ޕޮންޒީ

    ނަޝީދު އެއީ މިހާރު މިރާއްޖޭގައި ހުރި އެންމެ ކެރިސްމެޓިކް ލީޑަރު .ވާހަކަދައްކަންވެސް އެނގޭނެ ޕާޓީވަންތަކަން ހިތްތިރިކަންވެސް އެހާބޮޑު ދެން ދީނަށް ހަޖޫނުޖަހާ މައިތިރި ވެގެން ހުރިނަމަ އެވަރުގެ މަގުބޫލު ލީޑަރަކު ނުހުންނާނެ މިރާއްޖެއަކު އަލްހާނުމެން އުޅޭގޮތުން އެންމެންވެސް އެއްޗެހި ކިޔާނެ ލަދެއްނުގަނޭތަ

    15
    7
    • ލޮލްް

      ކެރިޒްމެޓިކްގެ މާނަވެސް ނޭނގޭ ދޯ ލިޔާއިރު. އެއީ އެއްޒަމާނެއްގަ ކެރިޒްމެޓިކް މީހެއް، އެކަމަކު މިހާރު އެހެރީ ހިކިފަ ހުރި މިރުހެއްހެން ވީރާނާވެފަ. އޭނަގެ ބަސް ގަބޫލުކުރާނީ ތިކަހަލަ ދެމީހުނާ ފަޅި.

  4. Anonymous

    މީ ދޯ ބިޓްކޮއިން މެނޭޖަރޭކިޔާ ފޭކު އެކައުންޓް ހަދާ މޭސްތިރިއަކީ ކަލެއަށް އެކައްޗެއްވެސް ނެހެދޭނެ އަންނިއާ ނުބެހި މަޑުންހުރޭ

    13
    4
  5. އަންނި

    އޯކޭ 5000 ލިބޭނީ.. .

    10
    1
  6. Anonymous

    ފުރަތަމަ 3333 ބިޓްކޮއިންގައި ތެޔޮލަންޖެހޭނީ

    10
    2
  7. ޝެން

    ހަޔާތް ކުޑަ މީހުންވެސް އުޅޭ އެކަމަކު މިވަރުގެ މީހަކު ނުދެކެން. މީހުންގެ އަތުން ނެގި ލާރިތަށް އަނބުރާ ދައްކަބަލަ ފުރަތަމަ.

    9
    1
  8. ޢަބްދުއްލަޠީފު

    ބަލަ ގަޅިންނޭ؟ ފޮރެކްސް ޓްރޭޑިންގ އަކީ ޕޮންޒީއެއްނޫން. ނަޝީދު ވަރައް ބިރުގަނޭ އަލްހާނު އަތައް ފައިސާ ފޮއްޗެއް އަރާފާނެތީ. އެޅާ އަޑީގަ ހުރެގެން ޕޮންޒީ އޭ ކިޔައިގެން އަލްހާނު ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވީ.

    3
    10
  9. ދިވެހި ޒުވާނުން

    އަލްހާނޫ ނިކަން ތިހުރިހާ ކެންޑިޑޭޓުން ގަނެލަ ބަލަ އަދިވެރިކަންވެސް އެހާ ފައިސާ އެބައޮތެއް ނޫން