ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވެ، އެރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެރަށު މަރުކަޒުގައި ވަރަށް ގިނަ ކުދިން އެޑްމިޓްކޮށްފައި ތިބިއިރު، އޭގެ ތެެރެއިން ތިން ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

"ސިޓުއޭޝަން މީހުންނަށް ނޯޓިސް ވިއިރު، ތިން ކުއްޖެއްގެ ގަޔަށޯ އައިވީ ދެވިފައި ވަނީ، އެއީ އުމުރުން 4 އަހަރުގެ ކުއްޖަކާއި ދެ އަހަރުން ދަށުގެ ކުއްޖެއްގެ އިތުރުން، ދެ އަހަރު ނުވާ ކުއްޖެއް".

މި ކުދިންނަށް ދީފައި ވަނީ މިދިޔަ މަހު މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކަމަށް އޭނާ ކިޔާދިނެވެ.

"މިިކަންތައް މައިންބަފައިންނަށް އެނގިގެން ހެލްތް ސެންޓަރާއި ހަވާލުވެ ހުންނެވި ބޭފުޅާ ބުނުއްވީ މި ރަށު މަރުކަޒުގައި ނުހުންނާނެއޭ އެކްސްޕަޔާ ވެފައި ހުންނަ އެއްޗެސް،".

އޭނާ ބުނިގޮތުގައި، ތިން ކުދިންނަށް ދިނުމުގެ އިތުރުން، ގްރޭޑް 2 ގައި އުޅޭ ކުއްޖަކަށްވެސް ދެ އައިވީއެއް ދީފައި ތިން ވަނަ އައިވީ ދޭން އުޅެނިކޮށް ނަރުހަކަށް އެކަން އެނގިގެން އޭތީ ނައްޓާފައި ޑަސްޓްބިނަށްވެސް ލިއެވެ.

"ދެން މިހާރު އެއްވެސް ބިންއަކުންވެސް އެ މީހުން ބޭނުން ކުރި އެއްވެސް އައިވީއެއް ފެންނަކަށް، ސްޓޮކްގައި ހުރި އެއްޗެހިވެސް ފޮރުވާލާފައި.".

މި މައްސަލާގައި ރަށުގެ މަސަރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އެރަށުގައި މުޒާހަރާ ކުރަމުންދާއިރު، އެރަށު މަރުކަޒުގެ ދޮރުތައްވެސް ވަނީ ބަންދު ކޮށްފައެވެ. އަދި އެތަނުގެ އެތެރެއަށް އެއްވެސް މީހަކު ވަދެ ނުދިނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެެވެ.

"މަޣްރިބް ނަމާކަށް ބަންގި ގޮވީއްސުރެ އަދިވެސް.،، މަރުކަޒު ބޭރުގައި ފުލުހުންނާއި ރައްޔިތުންގެ ބަޔަކު ތަޅައިގެންވެސްފި މީގެ އިރުކޮޅެއް ކުރިން.".

މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ހެލްތް މިނިސްޓްރީންވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމީރު

    އޭތް ޗޯރޭ /

    22
  2. ހަސަނު

    ﷲއަކުބަރު..މާތްﷲއާ ވަކީލު. .ވ.ދެރަކަންކަމެވެ...ތަންކޮޅެއް ފަރުވާތެރި ވުން ރަނގަޅުވާނެ ނަރުހުންވެސް..
    އަމާ ބުނީތީ ފަރަށްދާއުސޫލުން ކަންކުރީމަ ކަމަކުނުދާނެ.

    28
    1
  3. Anonymous

    ހެލްތު މިނިސްޓަރ ކޮބާތޯ
    ސްޓޮކް ބަލަހައްޓަން ޙަވާލުވެ ހުރި ބޭފުޅާ މިޤައުމުގައިތޯ

    16
    • ހުސޭނުބޭ

      ތި ބުނަނީ އަމިއްލަ ހާލައިގެންވެސް ނޫޅެވޭ އަބަހައްދަވެފައި ހުރި މުސްކުޅިއެއްގެ ވާހަކަ!

      10
    • ކސބ

      އެހެންތާވާނީ،އަސާސީ ތަޢުލީމު ލެވެލް މީހުން ކަންކަމުގެ ވެރިންނަށް އިސްކުރީމަ 🤦🏻

  4. ގޯހެއްނޫން

    އަހަރެމެން ކަނީމި އެކްސްޕަޔަރ ވެފަ ހުންނަ އެއްޗެހި. ޑޭޓު ބަދަލު ކޮށްފަ ވިއްކަނީ. ކޮވިޑު ވެކްސިން ތައްވެސް ޖެހީ އެކްސްޕަޔަރ ވެފަ ހުއްޓާ. އެކަހަލަ ކަމެއް މީ ކަމަކީ.

    16
  5. ޙަޅި

    މުއްދަތު ހަމަވާ ދުވަސް ކައިރިވާ އެއްޗެހި މުޅިންވެސް ވިއްކަނީ. އޭޑީކޭ ފާމަސީން ގަތް ނޭފަތައް އަޅާ ބޭސްފުޅިއެއް ގަތީ އެޕްރިލް ގަ 3 މަސް ނުވާ ކުއްޖަކަށް. 2 މަސް ފަހުން ރޯގާ ޖެހިގެން އެޅީމަވެސް ރަނގަޅުނުވެގެން ބެލިއިރަށް މުއްދަތު ހަމަވެފަ. ފަހުން ގަތް އެތިވެސް ހަމަ އެހެން.