މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައިގައި ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފު ގޭގައި މަޑު ކުރަން އަންގައިފިއެވެ.

އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެރަށު މަރުކަޒުގައި ވަރަށް ގިނަ ކުދިން އެޑްމިޓްކޮށްފައި ތިބިއިރު، އޭގެ ތެެރެއިން ތިން ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އެ މައްސަލައިގައި މީގެ އިރުކޮޅެއް ކުރިން ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އައިމިނަތު ޝަތުފާ ވިދާޅުވީ، ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމެންދެން އެކަމުގައި ހިމެނޭ ހަތަރު މުވައްޒަފަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށްވެސް ޝަތުފާ ވިދާޅުވިއެވެ.

މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ހޫނުވެއްޖެ

"ރައްކާތެރި ފިޔަވަޅުތަކާއި އިސްލާހީ ފިޔަވަޅުތައް އަޅަމުން ގެންދާނެ.". ޝަތުފާ ވިދާޅުވިއެވެ.

އެރަށުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލައިގައި މުޒާހަރާވެސް ކުރިއެވެ. އަދި އެ މުޒާހަރާ ހޫނުވެ ފުލުހުންނާއި ރައްޔިތުންނާއި މެދު ކުރިމަތިލުންތައްެވެސް ހިނގިއެވެ. އެންމެ ފަހުން ފުލުުހުން އެ ސިއްހީ މަރުކަޒު ބަންދު ކުރާ ހިސާބަށްވެސް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަބުޅިބާދަލާ

    އެކަމަކު އިބްރާހިމް ރައީސް އެބަ ބުނޭ ސިއްޙީދާއިރާ އެންމެ ކުރިއަރާފައިވަނީ އޭނާގެ ދައުރުގަޔޭ.އަސްލިހަގިގަތަކޫ ގައުމުގެ ހުރިހާކަމެއް ބޮއްސުންލާފަ އޮތޫ މިފަސްއަހަރުތެރޭކާން އެންމެން ދަނޭ. ވަޒީފާގެ ބޭނުމުގައި އިބްރާހިމްގެ ފަހަތުން ދުވާ ދެފުއްކެހިރިންތަކެއް އުޅެނޫ. ދެންހެލްތިމިނިސްޓްރީން މޮޅުބާޔާނެއްނެރެލާނެ. އެތާހުންނަށް ކޮލިޓި ކޮމިޝަނަރަކީ ކީއްކުރާމީހެއް. އަބަދުވެސް އެހެންމީހުން ކުށްހޯދަމުންދު ވާމީހެއްއެވެސް. ވާކަމެއްހަރާން.ދެންވަރަށް ތެޅިބާލާނެ.ޒިއްމާއަދާކުރާކަން ދައްކަން.

  2. ޢަލިފްަަަ

    ކެރަފާ އިސްތިއުފާ...މާ ލަސްވެއްޖެ...އެތައްކަމެއް ހިނގައިފި