މި އަހަރުގެ ރިޔަސީ އިންތިހާބުގެ ވޯޓާސް ލިސްތުގައި ސޮއި ކުރަން ކެންޑިޑޭޓުންނަށް ދީފައިވާ ވަގުތު ހަމަވިއިރު، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އުމަރު ނަސީރު ނޫން އެންމެން އެ ލިސްޓުގައި ސޮއި ކުރައްވާފައިވާ އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 282،395 އަށް އަރާއިރު، އަލަށް ވޯޓު ލެވޭ މީހުންގެ އަދަދު 27،006 އަށް އަރައެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، ލިސްޓުތަކުގައި، ރޭ 10:00 އާ ހަމަޔަށް ރިޔާސީ ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާ ކަމަށވެ.

އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ،

އޭގެ އިތުރުން ‏މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް، ސޮއިކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔ

    ހާދަދެރަޔޭ. އަޅުގަނޑު އަދިމިހުރީއުމަރުނަސީރަށްވޯޓްދޭންވެގެން. އުމަރުނަސީރުނޫނީރަނގަޅުވާހަކައެއްދެއްކި އެއްވެސްކެނޑިޑޭޓަކުނެތް. ދެންއެއްވެސްމީހަކަށްވޯޓެއްނުދޭނަން.

    • ލޮލް

      ވޯޓާސް ލިސްޓުގައި އެބަތިބި މިސަރުކާރުން ދިވެހި އައިޑީ ހައްދާދީފައި ހުރި އިންޑިޔާ ރައްޔިތުންވެސް. ވޯޓާސް ލިސްޓަކަށް އިތުބާރެއްނެތް. އެހެންވިޔަސް ވޯޓުލާން ދާނަން.