އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފިނަމަ ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ސިޔާސީ ގޮތުން ފޮހެވިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީ އިން ގެނެސްދޭ 'ގާސިމް މެނިފެސްޓޯ 2023' މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާވެއްޖެ ނަމަ އެއީ ރައީސް ޔާމީންގެ ނަންފުޅު ސިޔާސީ މަސްރަހުން ފޮހެވިގެންދާނެ ބޮޑު އެއް ސަބަބު ކަމަށެވެ.

އޭގެއިތުރުންވެސް އިލްހާމް ވިދާޅުވީ މިކަން ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ހުރިހާ ފަރާތްތަކުންވެސް ޤަބޫލު ކުރާނެކަމަށެވެ.އަދި އިދިކޮޅު ޕާޓީ ޕީޕީއެމްގެ މާޒީ އަކީ އެހާ ރީތި މާޒީއެއް ނޫން ކަމަށް ވެސް އިލްހާމް ވަނީ ފާހަގަ ކުރައްވާފައެވެ.

“ރައީސް މައުމޫންގެ ޕާޓީއެއް ޕީޕީއެމަކީ. އެ ޕާޓީ އެންމެ ފަހުންވެގެންދިޔައީ ރައީސް ޔާމީންގެ ޕާޓީއަކަށް. ދެވަނައަށް މިދިޔައީ މި ރާއްޖޭގެ އެންމެ ބޮޑު ކިންގެކޭ އަޅުގަނޑު ދަންނަވާލާނީ. ވަރަށް ވަރުގަދަ ފަހުލަވާނެއް ރައީސް ނަޝީދަކީ. އެ ވަރުގަދަ ބޭފުޅާވެސް މަޑުމަޑުން ހުންނެވި ބޭފުޅަކަށް އެ ޕާޓީ ހަވާލުކުރެއްވުން އެމްޑީޕީ ޖައްސަވައިގެން އުދުހިގެން ވަޑައިގެންފި. ދެން މިއޮތީ ޕީޕީއެމް މިހާލަތާއި ވަރަށް ގާތުގަ." އިލްހާމްގެ ނަޒަރިއްޔާތުން ޕީޕީއެމް ގެ މާޒީ ވަނީ ކިޔާދެއްވާފައެވެ.

މީގެ އިތުރުންވެސް އިލްހާމް ވިދާޅުވީ މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ޕީޕިއެމް ވެގެންދާނީ އޭނާގެ އަމިއްލަ ޕާޓީއަކަށް ކަމަށާއި ރައީސް ޔާމީން މުޅި އުމުރުގަ ކުރެއްވި އުންމީދުތަކާއި ބުރަ މަސައްކަތް ވެއްޔާއި މޮޑެވި ފެނަށް ވެގެންދާނެ ކަމަށެވެ.

ސިޔާސީ ވާހަކަތައް ދައްކަވާނީ އޭނާ ފޮރުވިގެން ހުރެ ނޫން ކަމަށާއި ޕީޕީއެމަށް ސަޕޯޓުކުރާ ފަރާތްތަކަށް މި ވާހަކަތައް އަޑުއަހަން އުނދަގޫވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.ވެރިކަން އަދި ނުލިބެނީސް މި މަންޒަރުތައް އިދިކޮޅު ޕާޓީން ފެންނަން ފަށާފައިވާ ކަމަށް ވެސް އިލްހާމް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު މިދަންނަވާ ވާހަކަތައް ޕީޕީއެމްގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުނދަގޫވާނެ. އުނދަގޫވިޔަސް މިދަންނަވަނީ މިހާރުވެސް ތިބޭފުޅުންގެ ސްޓްރެޓީޖިސް ބަދަލުކޮށް ރައީސް ޔާމީންގެ ބޭބޭފުޅުން އެއްފަރާތައް ޖައްސަވަން ފައްްޓަވައިިފި. ތި ފެށުނީ ކުޅިވަރު. މިކުޅިވަރު ނިމޭއިރު ރައީސް ޔާމީންގެ ސަޕޯޓަރުން ވޯޓު ދެއްވާނީ ގާސިމް އިބްރާހީމަށް." އިދިކޮޅު ޕާޓީގެ ކަންކަން ހުރި ގޮތުން އެ ޕާޓީގެ ސަޕޯޓަރުން ވޯޓް ދެއްވާނީ ޤާސިމަށްކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވާނީ ގާސިމް އިބްރާހީމަށް ވޯޓު ދެއްވީމަކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ ރައީސް ޔާމީންވެސް މިވާހަކަތައް ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ގޮސްފިކަމަށްވާނަމަ ޕީޕީއެމް އަދި އެމްޑީޕީ ފަހަތަށް ޖުމްހޫރީ ޕާޓީ ނާރާނެ ކަމަށް ތަކުރާރުކޮށް އިލްހާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    Dr.މުއިއްޒު ރައީސުކަމަށް ހޮވުނިއްޔާ ރައީސް ޔާމީންގެ ނަންފުޅު ފޮހެވިގެންދިޔައަސް މިފަހަރު ރ.ޔާމީނަށް ތާއީދުކުރާ ހުރިހާރައްޔިތުންވެސް ވޯޓުދޭނީ ޑރ.މުއިއްޒަށެވ. ޑރ.މުއިއްޒަށް އޮތްތާހީދުފެނިފަ ތަމެން ހަޖަމުނުވެގެން ކިތައްމެ ފިތުނައެއްހަދާފަ ރައްޔިތުންބޮލަށް ޗިޕުޖަހަން މަސައްކަތްކުރިޔަސް ތަމެން ބޭނުންވެގެންއުޅޭ ތިޔަމަގުސަދެއް ޙާސިލު ނުވާނެ، އިންޝާﷲ.

    56
    3
    • ކަމަނަ

      މިއޮއްފެންނަ ބްރިޖާ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ފޭސް2 ނެތިގެންދާ ދުވަހަކުން ތިޔާވާހަކަ ދައްކާ🤣🤣🤣🤣🤣🤣🤣🤣🤣

      17
      5
  2. އިބްރާ

    ކަލޯ ތީ މެނިފެސްޓޯއަކީ ވަރަށް ވެދުން އެހެން މިހެން ކިޔައިގެން ވެސް ސޭޓަށް ވޯޓެއް ލިބޭތޯ ބަކަ ތަޅަނީ މިފަހަރު ސޭޓުގެ ސިޔާސީ ހަޔާތް ސިއްކަ ޖެހިގެން ދާތަން ފެނިގެން ދާނެ ވަރަށް ސަލާމް

    41
    1
  3. އަޙުމަދު

    އަޅުގަނޑުމެން މިތިބީ މަންޒަރު ބަލަން، ޕީޕީއެމް އަދި އެމްޑީޕީ ދެވަނަބުރުގައި ވާދަ ކުރާ ޙާލަތުގައި ، ޖޭޕީން ، ޕީޕީއެމް އަށް ތާޢީދު ނުކުރާނެ ކަން ޔަޤީން، ނަމަވެސް އެމްޑީޕީ އަށް ޖެހޭނީ ސަޕޯޓް ކުރަން އެނޫންގޮތެއް ޖޭޕީ އަކަށް ނޯންނާނެއެވެ. މަންޒަރު ވަރަށް ސާފުކޮށް ފެންނަން މި އޮތީ ޚުދު މަނިކުފާނު ވެސް ޤަބޫލު ކުރައްވާ ޖޭޕީ ދެވަނަ ބުރަށް ނުދާނެ ކަން ބާކީ އޮތީ 10 ދުވަސް ވޯޓު ލުމާއި ދޭތެރޭ ނުދެވި ހުރި އަތޮޅު ތަކާއި ދެވުނު އަތޮޅު ތަކުގެ ތަފާސް ހިސާބު މިހާރު އެހުރީ ފެންނަން، ޖޭޕީ އަށް ލައްވާލާނެ ހިސާބު އޮނަރަބަލް ޤާސިމް އަށް އޮޅުވާ ނުލައްވާ.

    31
    1
  4. ވިސްނާލުމަށް އެދެމޭ

    ނުދޭނަން ވޯޓެ ގާސިމަށް...މުއިއްޒުހޮވަން މިތިބީ އިންޝާﷲ ...އިލްހާމުތިދެކޭ ހުވަފެން ދުވަހަކުވެސް ތެދުނުވާނެ އިންޝާﷲ..ފިތުނަ އުފައްދައިގެން ތިމާމެން މޮޅުވާން ހީކުރާނީ ހާދަބޮޑު މޮޔައިންނޭ..ރޔާމީން ޖަލުގަބޭއްވުމަށް ޖޕ މަސައްކަތްކުރިކަން އެގެނީ ތިދައްކާ ފިތުނަވާހަކައިން..މިއީ ޕޕމގެ ފަހަރު އިންޝާﷲ..

    37
    3
  5. ޔީހާ

    ގާސިމްގެ ނަން އެކަމަކު ކުލަ ގަދަކޮށް ލިޔެވެމުން ދަނީ. ފީބޯމެން ފަދަ ބޮޑެތި ކޮމީޑިއަނުންގެ ލިސްޓުގެ މަތީ ވަނަތަކަށް އަރަމުން ދަނީ. ލޮލް

    29
    2
  6. ވިޝާމާ

    އެއައް ވުރެ މާކުރިން 10 ވަނަ ދުވަހު ޤާސިމް އަށް ވިސްނޭނެ ވެރިކަމަކީ އޭނައަށް އޮތް ކަމެއް ނޫން ކަން. އޭނަ އަށް އޮތީ މީހުނާއިނދެ ދަރިންހެދުމާ އެދަރިންގެ ބޮލަށް ލޯނު ޖެހުން.
    ފުރަތަމަ ވެސް ކީއްވާނީ 50 ހަކަށް މީހުނާ އިނދެ ކޮންމެ މީހަކަށް 5 ކުދިން ދިން ނަމަ. ވޯޓް ދޭނެ ބޯ ތަކެއް ތިބޭނެ

    25
    1
  7. މްހާލްއި

    މިހާރު ތިޔަ އުޅެނީ މާ ރައީސް ޔާމީނަށް ހެޔޮއެދޭ ކަމަށް ދައްކައިގެން ޕޕމ ގެ ވޯޓު ގާސިމަށް ލިބޭނެ ގޮތެއް ހޯދާކަށެއްނު؟ ތި ކަމެއް ނުވާނެ! ޑރ މުއިއްޒު އާ އިބޫ އެއީ އެކަކެއް ނޫން!

    31
    1
  8. ސަނާ

    ކަލޭމެންނަށް ތާއީދު ނެތީމާތަ ހުރިހާ އެންމެންވެގެން ޔާމީން ޔާމީން ޔާމީން ޔާމީން އޭ ތިޔަ ގޮވަނީ ކޮންމެ ދެބަހެއްދެމެދުގައި؟ ތިޔަހެން ޖަހާ ރޮކެޓަކުން ޕީޕީއެމް ޕީއެންސީ ބައިބައި ނުކުރެވޭނެ އިންޝާއަﷲ!
    " ޤަވްމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރި ވެދާށި
    އައުކަމާ ތާޒާކަމާ އެކުގައި އެނަން ދާއިމު ވެދާށި"
    ރައީސް ޔާމީންގެ ނަންފުޅު މި ދިވެހި ފަސްގަނޑުން ނުފިލާނެ އިންޝާއަﷲ

    28
    1
  9. Anonymous

    ކަލޭ ތި އުރެއްޕެއް ހުރި މީހެއް ނުން. ގޮތް ހުސްވެގެން ދައްކާނެ ވާހަކަ އެއް ނޭގިގެން ހޭބަލިވަނީ. މުއިޒް ހޮވިދާނެތީ ދައްކާ ވާހަކަ. ކޮއްމި އެއްޗެއް ކިޔަސް ޑރ. މުއިޒް ހޮވޭނެ. މިހާރު މިހާރު އޮތީ ހޮވިފަ.

    26
    2
  10. އަން

    ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ގޮސްފިކަމަށްވާނަމަ ޕީޕީއެމް އަދި އެމްޑީޕީ ފަހަތަށް ޖުމްހޫރީ ޕާޓީ ނާރާނެ ކަމަށް ތަކުރާރުކޮށް އިލްހާމް ވިދާޅުވިއެވެ.
    އެހެން ވެއްޖެއްޔާ ދެން ދޭ މަހަށް.

    21
    1
  11. ޕީޕީއެމްގެ އާންމު މެމްބަރުން

    އަހަރެމެންނަށް އޮޅުވާ ނުލެވޭނެ ޔާމީނަށް އެހުރިހާ އަނިޔާއެއްދިނީ އަދުރޭ، މުއިއްޒު އަދި ޝައިނީ އާއި އަދީބު އަދިވެސް އޭގެ އިސްމީހުން ފައިސާއަށް ބޫތު ކައިގެން ކިރިޔާ މެޑަމް ސަލާމަތްވީދޯ ވީމާ ޔާމީނަށް ތާއީދުކުރާ އެކަކުވެސް މުއިއްޒުއަށް ވޯޓް ނުދޭނެ

    3
    29
  12. ޜައީ

    މޮޅު ވާހައެއް ދައްކައިގެން ވެސް ބޯކެވޭތޯ ބަލާތި . މިހާރު އެންމެ ގިނަ ބަޔަކަށް އެންމެ ރީތިކަމަށްވަނީ 4

    19
    1
  13. މާރިޔާ ބާރަށް

    ﷲ އިރާދަކުރެއްވިޔާ ޑރ މުއިއްޒު ސެޕްޓެންބަރު 9 ގަމިނަގާ ވޯޓް ކަމިޔާބު ކުރއެްވާނެ.އިންސާﷲ.

    20
    2
  14. ހަހަަހަހަ

    މީކާކުތޯ ރާއްޖޭގެ ތާރީޙު ލިޔަން؟

    16
    2
  15. 2023

    ޕީޕީ،އެމް..ރ.ޔާމީން

    17
    2
  16. އަބޫ

    އިތުރު އެހީތެރިކަމެއް ލިބިދާނެކަމަށްބަލާ ބޭކާރުވާހަކަ ނުދައްކާ. ނަންފޮހެވިގެންދާނެ މީހުން އެނގިގެންދާނެ. އިންތިޒާރުކޮއްލާ. ކަލޭމެން މީހަކު އޮޅުވާލައިގެން އޭނާގެއިތުގައި ހުރިފައިސާގެ ދަހިވެތިކަމުގައި އުޅޭއިރު މީހަކުމިހޮވަނީ ކޮންމަޤާމަކަށްކަން އެމީހާގެ ޒިންމާއަކީކޮބައިކަން ކަލޭމެންނަށްވެސް ނޭނގޭތީ އަޖައިބުވަން. ހަމަ އަމިއްލަނަފުސަށްތެދުވެރިކޮށްދޯތިތިބީ...

    8
    1
  17. އަހަންމަދު

    މީހާދަ ބޯގޯސް މީހެކޭ. ބަލަގަ ކަލޭ ތިޔައީ ގާސިމުގެ އެޑުވައިޒަރޭ. ގާސިމަށް އެޑުވައިސްކޮށްބަލަ ގާސިމު ހައްދައިގެން އޭނާވަށާލައިގެން ކަލޭހެން ތިއުޅޭ ބައިގަޑު މިފަހަރު ގާސިމު ދަވާލާ ނިކަމެތި ކޮށްލާނެ ވަރުން ގާސިމު ނަފުސާނީ ގޮތުން ބިރުވެތި ހާލަތަކަށް ވެއްޓިދާނެ!

    14
    1
  18. Anonymous

    އިލްހާމު ހީކުރަނީ ބުރުމާ އަބުރަމުންދާގޮތައް ރައްޔިތުން އަބުރައިގެން ގެންގުޅެވޭކަމައްތަ! ހަޔާތްކުޑަ ގޮތެއްނެތް އިންސާނެއްދޯ! ބުރުމާ ކައިހުސްުރަނީ!ބިރުގަންނާނި ކަމެއްނެތް މުއިއްޒު އެއްބުރުން ރައްޔިތުން ނަގާނެ! ކުނޫޒަށް ވެދެފިލާއޮވޭ!

    5
    1
  19. ނަމަ

    އިލްހާމް އަނެންކާ ރައީސް ޔާމީންގެ ނަންފުޅު ފަންސުރަކުން ލިޔެފަ ރަބަރަކުން ފޮހެލަން ހިޔާލައް އައީބާ

    6
    1
  20. ލަންބީ

    އިލްހާމެކޭ ފާޅުވި އިލިޔާސެކޭ ތަފާތެއްނެތް މިއޮތްހުރިހާދުވަހު ގައުމުދަރުވާލި ސަރުކާރަށް ސަނާކިޔަމުންގޮސް ގައުމުދަރާ ހުރިހާކަމެއް ނިމުނީމާގާސިމަށް ވޯޓުހޯދަން ރ ޔާމީންގެ ނަން ބޭނުންކުރުމަކީ ޖޭޕީގެ ހުދުމުހުތާރު ކަމުގެ މިސާލެއް މިހާރުވެސް ރ ނަޝީދަށް ތާއިދު އެމްޑީޕީގެ ތެރޭގަ ބޮޑުވާނެ ހަމަމިމޭރުމުން ރ ޔާމީނާއި ރ އަޝީދު އަޅާކިރުމަކީ މިދިވެހިރާއްޖޭގެ އެއްވެސްރަށްޔިތަކު ބަލައިގަންނާނެ ކަމެއްނޫން ޕީޕީއެމްއަކީ ރ ޔާމީންއަދި މުއިއްޒު އެއީ އެއްހަށިގަނޑެއް ޖޭޕީއިން ފިތުނަފަސާދަ ނޫފެއްދުމަށް ހަރުކަށި އިބާރާތުން ގޮވާލަން ޖެޕީއަކީ ވެރިކަމަށް ކުފޫހަމަވާނެ ޕާޓީއެއްނޫން .

    6
    1
  21. ހުސޭނުބޭ

    ކަލޭގެ ނަން ވަނީ ފުހެވިފައި. ރައީސް ޔާމީނުގެ އަސަރު ފެނޭނެ. ކެނޑީޑޭޓެއް ދައްކާލުމުން މީހުންގަނޑު ލުހިގެން އެ އަންނަނީ.

    6
    1
  22. އެޑްމުންޑޯ

    ކަލޯ މޮޔަނޮގުވާ ، ޕީޕީ އެމް ފަހުލަވާނުންނަކީ ތިކަހަލަ ދެފުއްކެހެރި މީހަކު ދައްކާ ހާ ވާހަޔަކަށް ހެއްލޭނެ ބައެއްނޫން ، ޕީޕީއެމް މިފަހަރު އޮތީ މުއިއްޒު ހޮވަން އެކަތިގަނޑަކަށް ވެފައި ، ޕީޕީ ބައިކުރަން ކުރެވޭ މަސައްކަތް ދާނީ ފަންފުލުން

    7
    2
  23. ެސަންބޯ

    ރ ޔާމީންގެނަން ގައުމުގަ މިހާރުވެސް ގުގުމަމުން އެހެރަދަނީ ފަތުއަޑު ކިޔާފަ އެއްބުރުން ޑޮކުޓަރު މުއިއްޒު މިގައުމުން ވެރިކަމަށް ގެނެސް ފީއިލޮށިތަށް ހޮވާ ގައުމުއިސްލާހުކޮށް ގައުމު ހަމަމަގަށް އަޅުވާނެވެރިޔަކީ ޑޮކުޓަރ މުއިއްޑު ރ ޔާމީންގެނަށް މިގައުމުން ދުވަހަކުވެސް ފޮހެވިގެންނުދާނެ އެއީ ވެރިއަކީ އެއީ މީހަކީ އެއީ މިގައުމު ތަރަށްގީގެނުވި ބާނީއަކީ އެބާނީގެ އުއްމީދުގެ ތަރި މެދު އުޑުގަ އެހެރަ ފިޔަޖަމުންދަނީ ރ ޔާމީނަށްޓަކާ ދެންކަލޭ އިލިޔާސުހެން ފާޅުވީ ކޮންމަގުސަދެއްގަބާ،؟؟؟؟؟

    5
    1
  24. ނުރަ

    ކަލޭ ތީ ގާސިމުގެ ތައްޕާހުން އުޅޭ މީހެއް މުސްކުޅިވީމަވެސް އަނބިމީހާ ބުރުގާއެޅުވިއްޔާ މާ ތާހިރުވާނެ

  25. ައާދަމް ޒާހިރު

    މިއީ ވަރަށް ނުރައްކާ އިންޒާރެއް. މީނައާމެދު ވިސްނަންޖެހޭ.

    5
    1
  26. އަބްދޫ

    ފޮހެވޭ ނުފޮހެވޭ ކިޔަން ތީނަޔަކަށް ނޭގޭނެ

  27. އަގުޅިބެ

    ހެޔޮނުވާނެ ރިއަލިޓީ އެފަކީރައްތިޔަވަރަށް އޮޅުވާލަން ކަލޭމެން ލައްޓިރިޔާޒުމެން ފިލާނެ އެފަކީރު ބިކަކޮށްލާފަ

  28. އެއްކަލަ މީހާ

    ބްރޯ ހާދަވަރަކަށް ޔާމީނާ އަޅައިގަނެގެން ތިއުޅެނީ އޭނަ އިނީޖަލުގަ. ބްރޯ ގާސިމްކާރީހުރެގެން އަދިވެސް ޔާމީންތަ ޕްރޮމޯޓުކުރަނީ މިހާރު މިހުންގެ ތާއީދު ގާސިމަށް ނެތީމަ ބްރޯމެނަށްވެސް އަތުންފައިން ގޯސްހެދެންފެށީދޯ.

  29. ވަހީދު

    މަށަކީ ސިޔާސީ ކަންތައް ދެކެ ވަރަށް ފޫހިވާ މީހެއް ނަމަވެސް ހިތަށްއަރަނީހާދަދަވަރެއްގެބަޔެކޭ ބަޔެއް ސިޔާސީ މީހުންނަކީ. ޢެކެއް އަނެކެއްގެ މަސްކެއުމާ ފިތުނަ އުފެއްދުން ނޫން ކަމެއް އަޅެ މި މީހުން އެބަ ކުރޭތަ. ސިޔާސީ މައިދާނުން ޕީ.ޕީ.އެމް/ޕީ.އެން.ސީ ރައީސްޔާމީން ނަންފުޅުނުފޮހެވޭނެ ކަމުގެ ހެއްކެއް ކުދިރަށްރަށާ ބޮޑެތި ރަށްރަށުން ހަރު މީހުންނާ ޒުވާނުންގެ ޝުޢޫރު ތައް ފާޅުކުރަމުން ކަރުނައަޅަ ރޮމުން އެކިޔަނީ އަވަސް ފުރުސަތެއްގާ އެމަނިކުފާނު ސަލާމަތްވުމަށް. ބުރިޖް. ދަރުމަވަންތަ ހޮސްޕިޓަލް. ރަސްފަންނު. ހުޅުމާލެ ފޭސް 2 ހިއްކާފައިވާ ބިޔަ ބޮޑު މަޝްރޫޢު. ހިޔާޓަވަރ ތައް. އައި.ޖީ.އެމް.އެޗް. ޒަމާނީ ފެންވަރުގެ ކާރޑިއޯލޮޖީސެންޓަރ މިހެން ގޮސް އެތައް ތަނަކާއި ކަމެއް.

  30. ދަރަނި ދަންތުރަ

    އިލްހާމޫ ކަލޭ މަހަށްދާންޖެހޭނީ ރައީސް ޔާމީނުގެ ތަރައްގީ ފަސްއަޅާ ފޮރުވާނުލެވޭނެ ބޯގޯސް ވާހަކަ ނުދައްކާ ބުރާންޗާ

  31. ޜަނާ

    މަކާރިއަށް މިހާރުވެސް ހިނި އަންނަނީ ތިޔަ ގާސިމް ދެވަނަ ބުރުގަ އިބޫ ފަހަތަށް އަރާތަން އަރާނެކަން ހިތަށް އަރާފަ. ޢިލްހާމޫ ގާސިމް ކިތައްމެ އެހީއެއްވިޔަސް ރާއްޖޭގެ ރައްޔިތުންނަށް އެގޭ ގާސިމަކީ ވެރިކަމަށް އެކަށީގެންވާ މީހެއް ނޫންކަން.

  32. 123&5678

    މަތޯފުހެލެވެނީ 4 ނަމްބަރު ފަހާދުވުނަސް ހީއެއްނުވޭ އަތުވާނެހެނެއް ހީއެއްނުވޭ ފުއްލާއެއްފަހާދުވިމިނިކާވަގަށްވެސްފުއްލާއަތެއްނުވި ކަމެއްހާސިލުކުރެވޭނެފޯމިއުލާއަކީބޮޑުފަޅި މިއީރިއަލެޓީ އަކީވިސްނަންވަގުތުއެބައޮތް ވިސްނާލާ

  33. ވަޙީދުބެ

    ރިއަލިޓީ ފެންނަންފެށީމަ ހީކަރުވަނީތަ ރިއަލިޓީ. ޤާސިމް އިބްރާހީމްގެ މުއްސަނދިކަން ލޫޓުވައިގެން އުޅޭތާ ހާދަދުވަހެއް ވެއްޖެޔޭ ރިއަލިޓީ