ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމުގެ ސަބަބުން މިސަރުކާރު މަތިން ރައްޔިތުން ފޫހިވެއްޖެ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ރ.ދުވާފަރަށް ވަޑައިގެން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން މި ސަރުކާރު މަތިން ފޫހިވެއްޖެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި މަލާމާތްކޮށްފައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިޔާ ސިފައިން ޤާއިމުކުރީމާ ރައްޔިތުންގެ ލޭ ކެކިއްޖެ.". އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ތިބި އިންޑިޔާ ސިފައިންގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ދެވަނަ ދަރަޖައިގެ މީހުންނަށް ވެއްޖެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ ކުރިމަތީގައި އިންޑިޔާ ސިފައިން އެއްވެސް ޖެހިލުމެއްނުވެ މިނިވަންކަމާއެކު އެނބުރޭތަން ފެންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުމެއް ނުވޭ އަޅުވެތި ކަމަކަށް، ރާއްޖޭގެ ރައްޔިތުން ބޭނުމެއްނުވޭ ދެވަނަ ދަރަޖައިގެ މީހުންނަށް ވާކަށް މިޤައުމުގައި. ރާއްޖޭޣެ ސިފައިންނާއި ފުލުހުން އެ ޔުނީފޯމް ލީ މީހުންގެ ކުރިމަތީގައި ޑީ ބޯޑު ޖަހައިގެން އެބަނޑޭރި ގެޔަކަށް ބޭރު މީހުން ވަންނާކަށް ރާއްޖެ މީހުން ނޭދޭ." އަލީ ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން މިޤައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ގާސިމަށް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެމްޑީޕީ ދެ ސަރުކާރުވެސް ނެތިވެގެން ދިޔައީ ހެދި މިސްޓޭކުގެ ސަބަބުން ކަމަށެވެ. އެންމެ ފުރަތަމަ ސަރުކާރު ހަލާކުވެގެން ދިޔައީ މިހާރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސަބަބުން ކަމަށާއި މިސަރުކާރުގައި އެކަމަނާ ޤައުމު ވިއްކާލި ކަމަށް އަލީ ވަހީދު ވަނީ ތުހުމަތުކޮށްފައެވެ.

ރ. ދުވާފަރުގައި ގާސިމްގެ ޓީމުން ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޖޭޕީ

"ދިވެހިރާއްޖޭގައި އުފެދިގެން މިއައި ދެ އެމްޑީޕީ ސަރުކާރުވެސް ހަލާކުވެގެން ދިޔައީ ހެދި މިސްޓޭކުގެ ސަބަބުން. އޭގެތެރޭގައި އެންމެ ފުރަތަމަ ސަރުކާރު ހަލާކުވެގެން ދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރ، ހަމަ އެކަމަނާ ހުންނަވައިގެން ހިތާހިތުގެ ގުޅުމަކަށް މުޅި ސަރުކާރު ހަރާބުކޮށް ސަރުކާރު ދޫކޮށްލީ. އަނެއްކާވެސް ހަމަ އެކަމަނާ ހުންނަވައިގެން ބިރިޔާނީ ތެއްޔަކަށް މުޅި ޤައުމު ވިއްކާލީ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލިކޮށް ގާސިމް ކުރި ހޯއްދަވާނެ ކަމަށާއި މި ސަރުކާރުން ނުޖަހާ ހިސާބު އެދުވަހުން ތެދުވެގެން ދާނެ ކަމަށެވެ.

"މި ސެޕްޓެމްބަރުގައި ސަރުކާރުން ނުޖަހާ ހިސާބުތައް ތެދުވެގެން ދާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަބަލުންބުނީ

    އަލީވަހީދުމަތިން ޓުވަރިޒަމް މިނިސްޓްރީގަ އުޅޭ ކަނބަލުން ފޫހިވެއްޖެ

    12
  2. އަބްދޫ

    އަލީ ވަހިދާއި ގާސިމަކީ ވެސް އިންޑިޔާ ސިފައިން ދިވެހުރާއްޖެއަށް އެރުވުމުގެ ބައިވެރި ސަރުކާރު ކޯލިސަނުގެ ޖޭޕީ ގެ 2 ބައިވެރިން އަދި އިންޑިޔާ ސިފައިންއެރުވިއިރު ޓޫރިޒަމް މިނިސްޓަރު އޭރަކު ނުބުނޭ އިންޑިޔާ ސިފައިންނާރުވާށޭ،

    14
  3. އަޙުމަދު

    ސެޕްޓެމްބަރ މަހުގައި ވޯޓު ގެ ކުރިން ބޭރު ގައުމެއްގެ ސިފައިން ގިނަ ޢަދަދަކަށް ދިވެހިރާއްޖެއަށް ގެނެސްފިނަމަ ދެންވާނީ ކިހިނެއްބާ،؟ ނޫނީ ދެވަނަބުރުގައި ވޯޓު އަޅާ ވަގުތު ހަމަ ނުޖެހުން ހިންގަފާނެ ކަމަށް ބުނެ ބަހަނާ އެއް ތައްޔާރު ކޮށްގެން ބޭރުގެ ސިފައިން ގެންނަނީ ދިވެހިރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރުމަށް ތޯ ނުވަތަ ވޯޓަށް ނުފޫޒު ފޯރުމުގެ ބޭނުމުގައި އެފަދަ ކަމެއް ކޮށްފާނެތޯ؟

  4. މުއިއްޒު 4 ޕްރެސިޑެންޓް

    ގާސިމަކީ އިންޑިޔާގެ އޭޖެންޓެއް ނޫންނަމަ، ވެރިކަމަށް ކުރިމަތިލުމުގެ ކުރިން އިންޑިޔާ އެމްބަސީގައި އިންޑިޔާގެ ސަފީރުގެ ފައިބުޑަށް ވެއްޓެން ދިޔައީ ކީއްވެ؟

  5. ކަދުރޭ

    އޭއި އައްޔާ ކަލޭ އަގަނާރުވާހުޜޭ.ކަލޭތީ ރޭޕިސްޓު ތުހުމަތު ކުރެވޭ މީހެއް. ކަލޭމީންޔެރެއައް ނިކުމެ އުޅުމަކީ އެހެންމީހުންނައް ހުރިނުރައްކަލި