އެއްވެސް ސަރުކާރަކަށް ރައްޔިތުންނަށް މިނިވަން ފަނޑިޔާރުގެއެއް ބިނާކޮށްދެވިފައި ނުވާ ކަމަށް ރާއްޖޭގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"ހާސްކަނޑާލާ ހަމަޖެހޭނެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެއްވެސް ސަރުކާރަކަށް ރައްޔިތުންނަށް މިނިވަން ފަނޑިޔާރުގެއެއް ބިނާކޮށްދެވިފައި ނުވާކަމަށެވެ.

" އަބްދުﷲ ގާޒީ ހައްޔަރުކުރި ހިސާބުން ކޮންމެ ދުވަހަކު ގާޒީއެއް ގެންދާތަން ނުފެނުނަސް ފަނޑިޔާރުން ތިބީ ކަސްތަޅު އެޅިފައި. އެވާހަކަ ފަނޑިޔާރުގެއިން އެބަ ދައްކާ. ސްޕްރީމްކޯޓުންނާއި ހައިކޯޓުން ބުނިބަސްތައް ހެއްކަކަށް ފުދޭ. މިހިސާބަށް ދިޔައީމަ ވިސްނާލަންޖެހޭ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އަދުލުއިންސާފުގެ މަރުހަލާ އަވަސްކޮށްދޭނެ ކަމަށާއި، މީހަކުގެ ސިޔާސީ ފިކުރަކުން އެމީހަކަށް ލިބެންޖެހޭ ހައްޤުތައް ނިގުޅާނުގަންނާނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން އެވައުދުތައް ނުފުއްދާ ކަން އަލީ ވަހީދު ފާހަނގަކުރެއްވިއެވެ.

ވޭތުވެދިޔަ 15 އަހަރު ވެރިކަންކުރި ސަރުކާރުތަކުގައި ހުރި ބޮޑެތި މައްސަލަތައް އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ވާހަކައަކީ އަދުގެ ސަރުކާރުގެ ވައުދެއް ކަމަށާއި ދައުރު ނިމުނުއިރުގައިވެސް ޖޭއެސްސީ އިސްލާހު ނުކުރާކަން އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު މަޖިލީހަށް ހުށައެޅިނަމަވެސް މި ބިލު ހުށައެޅިފަހުން ސަރުކާރުން ވަނީ މަޖިލީހުގައި "މަރުތަޅު އަޅުވާފަ"އެވެ.

އަދި ހަމައެއާއެކު ބަދަލު ދިނުމުގެ ނަމުގައި މިސަރުކާރުން ޝަރީއަތަކާއި ނުލައި ބިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރު ހިއްސާވާ ބޮޑުންނަށް ބަހާލައިފިކަމަށް އަލީ ތުހުމަތުކުރެއްވިއެވެ.

ގައުމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުން ގައުމުގެ ހާލަތު ބަދަލުކުރެވޭނެ ހަމައެކަނި މާލިމީއަކީ ގައުމީ ކެންޑިޑޭޓް ގާސިމް ކަމަށާއި ގާސިމްގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާއި ހިލާފަށް ފަނޑިޔާރުގެއަށް އަތް ނުބޭނޭނެ ގޮތަށް އުސޫލުތައް ތަންފީޒުކުރާނެ ކަމަށާއި ވާނުވާ ނޭނގި ޝަރީއަތް ލަސްވެ ޖަލުތަކުގައި ތިބި ރައްޔިތުންނަށް ހައްލު ހޯދަވައިދެއްވާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވަދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    ގާނޫނުތަކާކީ ނިކަމެތި ރައްޔިތުންގެ ހައްގުގަ ހަދާ އެއްޗެއް ނޫނޭ. އެއީ ތިކަހަލަ މަހުޖަނުންގެ ފައިދާއަށް ހަދާ އެއްޗެއް. ޖުޑިޝަރީއާއި މަޖިލީހަށް އަތް ބާނައިގެން ބައިތުލްމާލުން ތިކުރަނީ ވައްކަން.
    ހޯނޑެއްދޫގަ މަސް ފެކްޓަރީއެއް އަޅަން ގާސިމް ދިން 13 ހެކްޓަރުގެ ބިމުގަ މަސައްކަތް ލަސްވާތީ އެ މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީގަ ހުދު ގާސިމު އެބަ އިނދޭ. ދެން ކޮބާ އިންސާފު؟
    މިފަހަރު ހަމަ އެއްބުރުން މުއިއްޒު.

    • ބާރުހޯދަންޖެހޭނެ

      މިއީ1970 ނޫން ކައުންސިލްތައް އެކުލަވާފަނީ ކައުސިލްތަކައް ބާރުލިބިދޭގޮތައް ތިޔަބުނާބިން އޮތީ ހޯޑެއްދޫގަ ކަމައްވާނަމަ ކައުންސިލުން ނިންމަންވީނޫންތޯ މަސައްކަތް ކުރިޔައްނުދާތީ ބިންއަތުލަން ފާސްކުރަން

  2. ޢަބްދުއްލަޠީފު

    ފަނޑިޔާރުން ބޭނުން ނޫން މިނިވަންކަމެއް. ކަޓުނަގާހިތުން އެތިބެނީ. ދެންތިބެނީ ކަޓުދޭހިތުން ތިބޭމީހުން. ޖުޑިޝަރީ މިހާރުވެސް މިނިވަން. ކަޓައްމަގުފަހި ކޮށްފަ އޮތުން ފަނޑިޔާރުން ނިންމާލީމަ ނިމުނީ. މައްސަލަތައް ނުނިންމާ ދިގު ދަންމަނީ ކަޓުހޯދަން ވެގެން. އަސްލުވެގެން އުޅޭގޮތް މިބުނީ. ﷲ އަށް ބިރުވެތި ނުވާ މީހުން ފަނޑިޔާރުންގެ ގޮތުގައި އެތިބެނީ. ދެންކިހިނެއް ފަނޑިޔާރުގެ މިނިވަން ކުރާނީ ؟ ؟ ؟

  3. Anonymous

    ދިވެހިރާއްޖޭގެ ފަޑިޔާރުގެޔަކީ ސިޔާސީ ވިޔާރިވެރިން މޮޑެން ގެންގުޅޭ ފުއްގަޑެއް ނުންތޯ ؟

  4. ހުސޭނުބޭ

    މިނިވަން ފަނޑިޔާރުގެޔެއް ޤާއިމްނުކޮށްދެވުމަކީ ކަލޭފަދަ ކިއްލިތަޅައިގެން މުއްސަދިވީ މީހުންނަށް ހުރި އުފާވެރިކަމެއް! އަދި ޓެކްސްނުދައްކާ ޤަނޫނުން ލާޒިމްކުރާ މުއައްޒަފުންގެ ސާވިސްޗާޖު ކާލައިގެންތިބޭ ސޭޓުންނަށްވެސް ހުރި އުފާވެރިކަމެއް! އެފަދަ ފަނޑިޔާރުގެޔެއް ހުރިނަމަ ކަރާ ޢަލީވަހީދު މިއަދު އޮންނާނީ ޖަލުގައި.

  5. އަބްދޫ

    2008 ގެ ކުރިން އޮތީ މިނިވަން ފަނޑިޔާރު ގެ އެއް . އެކަންނައްތާލަން 2008 ގަ އައި ގާސިމް ބައިވެރިވެ ގެނައިސާރުކާރުން ކުރިމަސައްކަތް ނާކާމިޔާބު ވެފާ ވަނިކޮށް މިހާރު 2018 ގަ ގާސިމްގެ ޖޭޕީގެ ބޮޑުހިއްސާ އޮތް ސަރުކާރުންވަނީ ގައުމުގެ ފަނޑިޔާރުގޭގެ މިނިވަންކަމާއި ފަނޑިޔާރުންގެ މިނިވަންކަމާއި ބިރުވެރިަމެއްނެތި ފަނޑިޔާރުން ސަރީއަތް ހިންގުންވެސް ނެތިކޮށްލާފަ. ފަނޑިޠަރުގެ ވަށައިގެ އަބަދުވެސް ސުލޫކީ އުޅެންޖެހޭގޮތަހަދާފަ. މިކަމުގެ އެންމެ ބޮޑުބައިވެރިޔަކީ ޖޭޕީ އަދި ގާސިމަ.

  6. ޢަލީއާޖެހުމުންވެސްކޯޓްވިކުނީ

    ކިހެނެތްތޯ ގެންނާނީ. ޢަލީ މައްސަލަވެސް ކޯޓް ތެރޭގައި ހިނގާދިޔަ އަހަރަމެން ދެކުނިން

  7. Anonymous

    ބުރާއަކީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް ފަނޑިޔާރުގެއަށް އެންމެގިނައިން އަތްބޭނި މީހާ! ފެބުރުއަރީ1މިސާލު، ސުޕުރީމް ކޯޓުގެ އަމުރުއާ ގުޅޭގޮތުން ގާސިމު ދެއްކިވާހަކައިގެ އޯޑިއޯ

  8. ހަސަން

    ކިސަޑުޑައިމަންޑައް ވެރިކަން ލިބުނަސް ވާނީހަނމަ އެވަރު އޭރައް ތިބޭނީ ކަރާފަނދިޔާރު ދޮންކެޔޮފަނޑިޔާރު ތެޔޮފަނޑިޔާރު މިއިކީ އަދިވަފާތެރި ވާނެބައެއް ނޫނޭ އެއްމެފަހުން ދާނީ ބުރުމާގެކަށި ކަޓުވާލައިގެން ދެރައީ ގޮތްބަލާކައް ވެސް ޑައިމަންޑަކައް ރައްޔިތުން ވެރިކަން ނުދޭނެތީ އެކަމަކުބުނަން ލާރިޔާ މުދަލާ އުފަންދަރިންއެބަތިބި ލޯބިލޯބި އަނބިން އެބަތިބި ކޯޗެއް ނުލިބިގެން ތިތެޅިބާލަނީ އުމުރުން ދުވަސްވެ މުސްކުޅިފުޅު ވެއްޖެ ދެންރެޑީ ވާންވިވަގުތު މީ އާޚިރަތައްޓަކާ ނަމާދުކޮއް ހެޔޮޢަމަލު ކުރުން ގިނަކުރޭ ތިކުޅިގަނޑު ހުއްޓާލާ ވ ސަލާމ1

  9. ސާމް

    އެމްޑީޕީއާއި ޕީޕީއެމް ސަރުކާރުތަށްވަނީ ފެއިލްވެފަ. ރައްޔިތުން މިއަދު އެދެނީ އަދި ގައުމު އެދެނީ ދަރަނިން އަރައިގަންނާނެ ގޮތް ދައްކާނެ ތިންވަނަ ވިސްނުމެއް. އެއީ ޖުމްހޫރީ ޕާޓީގެ އޮނަރަބަލް ގާސިމް އިބްރާހިމްގެ ހިކުމަތްތެރި ހަރުދަނާ މާލީ ވިސްނުން.