ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހިންގެ ހިތްތައް ފަތަހަ ކުރައްވާފައިވާ ކަމަށާއި ރާއްޖެ އުފާވެރި، އަމާން މުސްތަގްބަލަކަށް ގެންދިއުމަށް ތަޖުރިބާގެ ގޮތުންނާއި ގާބިލް ބޭފުޅަކު ކަނޑައަޅަން މިއަށް ވުރެ ފަސޭހަ ރިޔާސީ އިންތިހާބެއް ނެތް ކަމަށް ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

މި މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު ޕާޓީ ގުޅިގެން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި މާރިޔާ ވިދާޅުވީ ތިމާއަށްވުރެ މޮޅު ދެވަނަ މީހަކު ނެތްކަމަށް ހެދިގެން، ބުރަދަނެއް ނެތް ސަޅިބައިސާ ކަނޑާ، އޮއްޓަރެއް ނެތް ސިޔާސީ ފޮނު އަރުވާ، އިދިކޮޅު ކެންޑިޑޭޓުން މިހާ ގިނަ ރިޔާސީ އިންތިހާބެއް ނެތް ކަމަށެވެ.

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ގުޅިގެން ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މާރިޔާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އެންމެ 8 ދުވަހަށް ވެފައިވާއިރު، ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހަޔާތުގެ އެންމެ ޅަފަތުން ފެށިގެން، ޖަޒީރާ ދިރިއުޅުމެއްގެ ތެރެއިން، ރައްޔިތުންގެ އުފަލާއި، ވޭނާއި، ދަތިތަކާއި ތަކުލީފްތައް އަމިއްލައަށް ތަޖުރިބާ ކުރައްވަމުން އުޅެ ބޮޑުވި، މިއަދު ރައްޔިތުންގެ އެ ތަކުލީފްތަކާއި ދަތިތަކަށް ބިނާ ކުރުވަނިވި އަދި ދެމެހެއްޓެނިވި ހައްލު ހޯއްދަވާ ދެއްވާ ހަރުދަނާ، ދުރުވިސްނޭ ރައްޔިތުންގެ ރައީސަކު ދިވެހިންނާ އެކީގައި ހުރީމަ ކަމަށެވެ.

"ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް، އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއް ނެތް. ހަމަ ހަގީގަތުގައި ވެސް ރައީސް ސޯލިހް އަޅުގަނޑުމެންގެ އެންމެންގެ ހިތްތައް ފަތަހަ ކުރައްވައިފި،" މާރިޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މާރިޔާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ މިންވަރާ ގާތަށްވެސް، ރައްޔިތުންގެ އިޙްސާސްތަކާއި، ކެކުޅުންތަކާއި، ބޭނުންވާ ކަންކަން މި އިންތިހާބުގައި ދެން ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އެނގިވަޑައި ނުގަންނަވާނެ ކަން އެއީ ހަގީގަތެކެވެ.

"ތާހިރު ދިރިއުޅުން، ޖަޒީރާ ރާއްޖެ، އުފާވެރި އަމާންރާއްޖެ، މިއީ ރައީސް ސޯލިހް ވޯޓު ހޯއްދަވަން ބޭނުންފުޅު ކުރައްވާ ސްލޯގަންތަކެއް ނޫން. އެއީ ހިތުގެ އަޑިން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އަސާސްތައް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވެރިކަމުގެ މިވީ ފަސް އަހަރު ތެރޭގައި ރައީސް ސޯލިހް ގެންދެވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދެއްވައި ގައުމުގެ މުސްތަގްބަލް ބިނާ ކުރައްވަމުން ކަމަށެވެ. ރައީސް ސޯލިހް ވިސްނުންފުޅު ގެންގުޅުއްވީ އުފަންވާ ރަށެއްގެ ގޮތުން ނުވަތަ ދިރިއުޅޭ ތަނެއްގެ ސަބަބުން ރައްޔިތު މީހާ އަށް ހައްގުވާ މިންވަރުގެ ތަފާތެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަރަށެއް، ބޮޑު ރަށެއް އަދި ކުޑަ އާބާދީއެއް ބޮޑު، އާބާދީއެއް ތަފާތު ނުކުރައްވާ ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފަސް އަހަރު ތެރޭ ޔަގީންކޮށް ދެއްވި ލިސްޓެއް މިރޭ ހާމަކުރެއްވިއެވެ.

މާރިޔާ ފާހަގަ ކުރެއްވި ކަންކަން:

- ސާފު ބޯފެނާއި ނަރުދަމާ
- ފެންވަރު ރަނގަޅު 24 ގަޑިއިރުގެ ކަރަންޓު.
- ރައްޔިތުންގެ ޖީބަށް ލުއި ދަތުރުފަތުރުގެ ނިޒާމެއް.
- ހިތްހަމަޖެހިލައިގެން ލަފާފުރޭނެ ތަނަވަސް ބަނދަރު.
- މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ޔަގީންކަން.
- 18،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ހިލޭ ފަސްޓް ޑިގްރީގެ ފުރުސަތު.
- ސްކޫލްތަކާއި، ލެބޯޓްރީތަކާއި، މަލްޓީޕާޕަސް ހޯލްތަކާއި ކުޅިވަރު ކުޅޭނެ ތަންތަން.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މާރިޔާ ވިދާޅުވި ގޮތުގައި ސިޔާސީ ވެރިން ހައްޔަރުކޮށް، ވާދަވެރިންގެ އަޑު ކަނޑުވާލުމުގެ ބަދަލުގައި އެންމެންނަށް ވެސް ފުރިހަމަ ސިޔާސީ މިނިވަންކަން ދެއްވި ކަމަށެވެ. އަދި އެ ހާލަތުގައި ވެސް ރައީސް ސޯލިހް އިސް ކުރެއްވީ ކެތްތެރިކަމާއި އޯގާތެރިކަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ފަހިކޮށްދެއްވީ، އެކެއް އަނެކާ އަށް އިހްތިރާމާއި ގަދަރު ކުރާ މުޖުތަމައުއެއް ބިނާ ކުރުމަށް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުގައި ރައްޔިތުންނަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ހުދުމުހުތާރުކަމާއި އަނިޔާވެރިކަމާއި ވޯޓަށް އިހްތިރާމް ނުކުރާ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަން ގެއްލުވާލައި، މަޖިލިސް ބަންދުކޮށް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެމްބަރު ކަން ގެއްލުވާލައި، އެތައް ހާސް ރައްޔިތެއްގެ އަޑު ކަނޑުވާލައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ރައްޔިތުންގެ މައްޗަށް ވެރިވެގަންނާނެ ވެރިއެއް ކަނޑައެޅުންތޯ ސުވާލު ކުރެއްވިއެވެ.

އަދި ދެވަނަ ގޮތަކީ ހުލްގު ހެޔޮ، އޯގާތެރި، ހިތްހެޔޮ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ، ރައްޔިތުންގެ ތަކުލީފްތަކަށް ތަސައްލީ ގެނުވާނެ ވެރިއެއްތޯ ސުވާލު ކުރެއްވިއެވެ.

"ޗޮއިސް ވަރަށް ސާފު. ހަމަޔަޤީން، އަޅުގަނޑުމެން އެންމެވެސް ބޭނުންވާނީ އޯގާތެރި ހެޔޮވެރިކަމެއް." މާރިޔާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    މާރިޔާ ވިދާޅުވީ، އާނ އާނ........ އަޅައިގަނެގެން ނުނެއްޓިހުރި ހިންދޫ ރީނދޫ ގުޅިއެއް. ފާދިރީ ކަލޭގެ ކޮބައިތަ؟

    54
    1
    • އައްޔަ

      ދެވަނަ ދައުރަކަށް ހޮވުމުން އިސްލާމް އިގިރޭސި ބަހުން ކިޔަވާސޭބް އަންނަ ގޮތަށް ހިގައްޖެ.

      38
      2
    • Anonymous

      މާލޭގަ އޮތް ޖަލްސާއައް އަތޮޅު ތެރޭންނާއި ސަރުކާރު ކުންފުނިތަކާ އަދި ގުރޫޕުތަކަށް ލާރި ދީގެން މީހުން ގެނައީ.

      33
    • ހަސަން

      ވަހީދު ވެސް އުޅުނު ތިހެން ކިހިނެއް ވެގެން ދިޔައީ

      25
    • ލޮޖުކް

      އަޅޫގަނޑަށް ސިފަވަނީ 1988 3 ނޮވެމްބަރު 19 ދިވެހިން ޝަހީދުކޮއްލި ބާގީން މަތިން މިގައުމަށް ދިންވޓެރަިސްޓް ހަމަލާ ބާގީން ގެ ސިފަ އޑޕ އަށް ދެވޭ ކޯޓަކީ ކުލީސިފައިން މިތަނުގަ ތިބުމަށް އިންޑިޔާގެ ނުފޫޒު ފީޯރުވުމަށް
      ދެވޭ ވޯޓޭއް ވޯޓް ދޭ ކޮންމެ ދިވެއްސަކީ ޕޮލްޓ ޖަމާއަތުގެ ބާގީއެއް ހަނދާންކުރާތި މޑޕ އަށް ވޯޓްދީފަ މިގައުމު އަދަވަޅަކަށް ވާޓީލި ބާގީން އެދުވަހު ތިަމްނަމެން ނޫނޭ ނުބުނާތި މީ ހަގީގަތް އޑޕ އަކީ ފަނާކުރަނިވި ޖަމާއަތެއް

      21
  2. Anonymous

    މާރިޔާ މިރޭ ކިޔައިދިނީ ޑރ މުއިއްޒު ކޮށްދެއްވި ޚިދުމަތުގެ ވާހަކަ. ރަސްފަންނަކީ ނަޖިސްތަނެއްނޫން. ކަލޭގޮސް ނަޖިސް.ކޮށްފަ އެ ގައިގަ ހޭކުނީމަ ކަލެއަށް ނަޖިސްވީ. ބިރިޖު އަޅަން އުޅެ ނޭޅުނު ސަރުކާރެއް ޑެ މުއިއްޒު ބެލުމުގެ ދަށުން އެޅި ބުރިޖުގެ ވާހަކަ ދެއްކުމަކީވެސް މުއިއްޒަށް ލިބުމު ޝަރަފެއް. ހިޔާއަކީ ކަނޑު އަޑިން ދިން ގޯއްޗަށްވުރެ ދުރިހަމަ ތަނެއް.

    64
    1
  3. ޟމމމ

    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    31
    1
  4. މުއިއްޒު 4 ޕްރެސިޑެންޓް

    އިބޫއަކީ އާދައިގެ އާއިލާއެއްގެ ހިތްތިރި މީހެއް ނޫން. ޅ އަތޮޅުގެ އެންމެ މުއްސަނދި އާއިލާއިން އައިސް ނުކިޔަވާ ބަނގުރާ ވިއްކަން އުޅެގެން އަރުވާލި މީހެއް. ދެން ކައިވެނި ކުރީ ނޮވެންބަރު 3 ގެ ބާގީ ސިއްކަގެ ދަރި ފަޒުނާއާއި. މިހާރު ވެރިކަމަށް އާދެވުމުން ގައުމު 100 ބިލިއަނުން ދަރުވާލައި އެފައިސާއިން ކުރީ ވައްކަން.
    މިފަހަރު ބޭނުމީ ހެޔޮ ވެރިއެއް. އެއީ މުއިއްޒު

    77
    5
  5. ގިވްއިން

    އަދާއި ހަމައަށް އައިއިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ: 1 މުއިއްޒު 39 ހާސް 2. އިބޫ 38 ހާސް 3. ގާސިމް 37،900 4. އިލްޔާސް 7 ހާސް 5. ނާޒިމް 4 ހާސް 6. އުމަރު 2 ހާސް 7. ފާރިޝް 50 8 ޒަމީލް 5 ވޯޓް. މީ މިއަދާއި ހަމައަށް އައިއިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ ވަރަށް ބޮޑަށް ކުރިހޯދަމުން އަންނަނީ ގާސިމް އިބްރާހިމް އޭ މަޑުމަޑުންނޭ މުއިއްޒު ކުރިއަރަނީ އިބޫ ކުރިނާރައޭ ގާސިމް އިބޫ އާއި އަރާ ހަމަކުރާނެއޭ ކުރެވޭ ކެމްޕެއިން ވަރުގަދަ ވެއްޖެނަމަ ޖޭޕީ ދަނީ ވަރުގަދަ ވަމުންނޭ ޖޭޕީ ޖައްސާށޭ ކެމްޕެއިން ކުނޫޒު ކިއްލާ ގައި 24 ގަޑިއިރު ލައިވް ކޮށް ޒޫމް މީޓީން އަދި އެހެންވެސް މީޓިންގް ޕްލެޓް ފޯރ ތައް މެދުވެރިކޮށް މުޅި ރާއްޖެ އެއްކޮށް ގުޅުވާލާ އެއްފަހަރާ ރާއްޖޭގެ ހުރިހާ ރަށް ތަކެއްގައި ޒޫމް މެދުވެރިކޮށް ޖަލްސާ ތައް ބާއްވާ ޓެކްނޮލޮޖީ ގެ ބޭނުން އެންމެ ބޮޑަށް މިފަހަރު ކެމްޕެއިން ގައި ކުރަންވީއޭ މީއޭ އިހްސާސް އަކީ މީއޭ އިނޮވޭޓިވް ބައި ވާރކް އަކީ ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން ވީ ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް....

    19
    3
  6. މެޔޮނައިސް

    ޠީ އެމް.ޕީ.އެލް..އާރުޑީސީ..ވެމްކޯ..ސްޓެލްކޯ..އެމް.ޓީ.ސީ.ސީ..އެސް.ޓީ.އޯ..ޕްލަސް ކައިރި ރަށްރަށުން..ޕްލަސް. ލާރި ދީގެން ގެންދިޔަ މީިހުން...ސްލޯބެ ނޫން ގޮތެއް...

    47
    2
    • Anonymous

      އެވެސް މީހަކަށް 3ހާސް ރުފިޔާ ދީގެން ގެންގޮއްސަ ޔޯ!

      12
  7. ހުސޭނުބޭ

    މުޅި ރާއްޖެތެރޭގައި އަތްފުނާއަޅައިގެން ހާދަ ކަމެއް ނުތްވޭ!

    51
    1
  8. މޮހަނާ

    އެހެންތަ؟މަމެން އަރަނީ ރުޅި ތިކަލޭގެޔަށް.

    44
    1
  9. ފްލެޓްގެނޭ

    ވޯޓް ގެ ކުރިން ފްލެޓް ދާއިމީ ލިސްޓް އިއުލާނުކޮށް، ލިޔުން ހަވާލުކޮށްދީ. ނޫނީ ވޯޓެއް ނުލިބޭނެ.

    36
    1
  10. Anonymous

    މާލޭގަ އޮތް ޖަލްސާއައް އަތޮޅު ތެރޭންނާއި ސަރުކާރު ކުންފުނިތަކާ އަދި ގުރޫޕުތަކަށް ލާރި ދީގެން މީހުން ގެނައީ.

    27
  11. ނާހަމަ ތެދެއް

    ޔާންޓެވެސް ތިޔައް ވުރެން ބޮޑު ޖަލްސާއެއް ބޭއްވި އެކަމަކު ވީ ކިހިނެއް

    18
  12. ޙެހެހ

    އެވެސް މުރުތައްދު ދިވެހިން

    14
  13. ނިމެނީނިމެނީ

    މިވެރިކަން މިއަންނަ ހަފްތާގެ އާދިއްތަ ދުވަހު އޮންނާނީ ނިމިފައޭ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ

    27
    • އޭނާ

      އިންޝާﷲ އާމީން

  14. ދަގޭގް

    މާރިޔާއަކަށް ނޭގުނު ކެމްޕޭނުކުރާކަށް މާދަށުދަރަޖައިގެ މީހުން ކުރާކަންކަން ތިކުރަނީ އަނެކާއަށްނުބަވައި ޤައުމު ސަލާމަތްކުރެވޭތޯ ބައްލަވާ

    28
  15. ހަސަން

    ކަމެއް ނުކޮއް 5 އަހަރު ހިތްތައް ފަތަހަ ކުރީ

    23
  16. މާޔާ

    ރާއްޖެ ދަރުވާލީމާ ރުޅިއަންނަނީ އިންޑިޔާ ސިފައިން ތިބީމާ ރުޅިއަންނަނީ އޮރެންޖު އަގުބޮޑުވީމާ ރުޅިއަންނަނީ ކޮތަޅޭ ނުކިޔައިބަލަ

    28
  17. އެނޮން

    ރާއްޖޭމީހުން ބޭނުމެއް ނުވޭ ތަރައްގީއެއް... ފިކުރު އެކަނި..ވަރަށް ދެރަ ތިވަރަށްވެސް ތާއީދު ކުރާތީ... އިބޫ އަށް 5 ޕަރސެންޓްވެސް ހައްގެއް ނޫން... އެހާ ރާއްޖެ ނިކަމެތި ކޮށްފި

    41
  18. މަ

    ޢެހެންކަމަކާ އުޅޭ

    23
  19. މަ

    ަެއެހެން ކަމަކާ އުޅޭ

    15
  20. އިކުރާމު

    މިހާރުވެސް ބޮޑެތި ބަލިތަކުގާ މީސް މީޑިޔާގަ ދިވެހިން ސަލާން ޖަހާއިރު ދައުލަތުގެ ފައިސާ ކެމުޕޭނަށް ތަޅާ ބުރުވަނީ

    31
  21. އަހަރެން

    ތިގޮތައް އުޅުނު ވަހީދު ވެސް އެކަމު ވީ އެހެން ގޮތެއް

    11
  22. ނިމެނީނިމެނީ

    ޢިންތިޚާބު ގެ ނަތީޖާ އިއުލާން ކުރުމާއި އެކު މިސަރުކާރުގެ ނިމުން އަންނާނެއޭ މިވެރިކަން ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނި.މެނީ ނިމެނީ

    14
  23. ޚާލިދު

    ދިވެހިންގެ ހިތްތައް ފަތަހަ ކުރީ
    ހިންގުންތެރި އަމާނާތެރި މޮޅު ޑ މުއިއްޒު

    22
  24. އެނޮން

    މާރިޔާ ފާހަގަ ކުރެއްވި ކަންކަން މިހެންޖަހާފަ މާރިޔާ ބުނެފަ ހުރިކަންކަން ކިޔާލީމަވެސް އެބަ ފެނޭ، މި މީހުނަށް 5 އަހަރުން ދެއްކޭނެ އެއްޗެއްނެތްކަން… މެގަ އެންމެ ޕރޮޖެކްޓެއްވެސް ނެތް…. ރައްޔަތުން ނިކުމެ މި ނާގާބިލް ސަރުކާރު ބަލި ކުރަން އެބަ ޖެހޭ

    18
  25. އއ

    ޢެއީި ތެދެއް. ހިތްތައް ފަތަޙަކުރީ ހިތްތައް ކަތިލައިގެން. ބިރުގަންނަވައި ހިތުގަޖައްސައިގެން.

    13
  26. ނަނަނަ

    އަނހާނ… ފިނދަނަ…

  27. ނަމަ

    މާރިޔާ އާއި އިންޑިޔާ މީހުންގެ ހިތް ތަކެއްނޫންތަ

  28. ޢެމް

    މާރިޔާ މިސަރުކާރުން ކުރެއްވި ކަމަށް އެދެއްކި ކަންތައްތަކަކީ ހުރިހާ ވެރިކަމެއްގައި ވެސް ކުރަމުން އަންނަ ކަންތައް ތައް އިތުރު އާކެއް ނުކުރުވޭތާގައި އެކުރަމުން އަންނަ އެއްކަމެއްވެސް ކޮށްނިމުނީއެއް ނޫން ވޯޓަށްޓަކައި ކަންތަކެއް އަދިކިރިޔާ ފަށައިގެން އުޅުނަސް އެއަކީ ކަމެއް ކުރުމެއް ނޫން! މިދިޔަ ސަރުކާރުން ކޮށްނިންމަވާފައިވާ ކަންތައްތައް ދިވެހި ކޮންމެ ރައްޔިތަކަށް އެއޮތީފެންނަން މީހަކު ކިތަންމެ ހާސަރުތަކެއް ދެމިއްސް ރަގަޅުގޮތް ވިސްނާ އެއްވެސް މީހެއް އިބޫއަކަށް ވޯޓެއް ނުދޭނެ ރައްޔިތުންނަށްޓަކައި އިބޫއަށް ކުރެވުނު އެއްވެސް ކަމެއް ހުރީއެއް ނޫން އަމިއްލަ އުފަލައްޓަކައި މުޅިބައިތުލްމާލް ހުސްކޮށްލީ! ބޮޑުފައުޖެއްގޮވައިގެން ދުނިޔޭގެ ހުރިހާ ގައުމެއް ބަލަން އުދުހުނީ ރައްޔިތުންގެ ފައިސާ މުޅިން ހުސްކޮށް އެތައްބިލިއްނުން ދަރުވާފައި އަދިވެސް އަދިވެސް އިތުރަށް އެދަރުވަނީ ވޯޓް ހޯދުމަށްޓަކައި މީހުނަށް ބަހަން ކިހާފައިސާއެއްތޯ الله ދެނެވޮޑިގެންވަނީ ވީމާ މުއީޒު ކަހަލަ ތެދުވެރި ވެރިއެއް ކޮންމެ ރައްޔިތަކުވެސް ހިޔާރު ކުރުމަކީ މިގައުމަށް އެންމެ ފައިދާ ހުރިގޮތް މިގައުމު ހަލާކުގެތެތެއަށް ވެެއްޓެން ބޭނުންވާނީ ކާކުތޯ މިހާރު މިވަނީ މިގައުމު ކިރިޔަކިރިޔާ އިންޑިއާ އަތްދަށުނުވެ ކަތި ފިޔަވަޅެއް އެޅިއްޖެނަމަ މިގައުމު ގެ ދުވަސް ދިޔައީ އެހެންކަމުން އަޅުގަޑުމެން އެއްމެން އެއްބާރެއްލާ މިގައުމުގެ ހައްގުގައިވެސް ޑރ މުއީޒް ހޮވަމާ ބަހީ