ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިރޭ ލ.އަތޮޅަށް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ބައެއް ކަންކަން އިއުލާން ކުރައްވައިފިއެވެ. އެގޮތުން އެންމެ މުހިއްމު އެއް ވައުދެއްގެ ގޮތުގައި މުއިއްޒު ވެވަޑައިގެންނެވީ ވެރިކަން ލިބިވަޑައިގެންފިނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެ ކަމުގެ ވައުދެވެ.

އޭގެ އިތުރުން ލ.އަތޮޅުގެ ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކޮށް އެއީ އަމަލީ މައިދާނުގައި ތަޖުރިބާތައް ލިބޭ ހޮޓެލް ސްކޫލަކަށް ހައްދަވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލ.އަތޮޅު ބަރެސްދޫގައި އިއުލާން ކުރެއްވެވި އިންޓަގްރޭޓެޑް ޓްއަރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

ލ.އަތޮޅުގައި މުއިއްޒު ބޭއްވެވި ކެމްޕޭން ޖަލްސާ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް
ލ.އަތޮޅުގައި މުއިއްޒު ބޭއްވެވި ކެމްޕޭން ޖަލްސާ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ ހައްދުއްމައްޗަކީ އާބާދީ އެއްފަސްކޮށް ދިވެހިރާއްޖޭގެ މުސްތަގުބަލް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ އަތޮޅެކެވެ. "ރާއްޖެ ތަރައްގީ ކުރެވޭނީ އާބާދީ އާއި ތަރައްގީ އެއްފަސް ކުރެވިގެން. އެއީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫން. ކުރާނެ ކަމެއް ވެސް ނޫން. ނަމަވެސް އެވިސްނުމުގެ ދަށުން ކުރިއަށް ދާނަން. ހައްދުއްމަތިން އެމުސްތަގުބަލް ފެންނަން އެބައޮތް. ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އަތޮޅަކަށް ހައްދުއްމަތި ވާނެ. މިރަށުގައި (ލ.ފޮނަދޫގައި) ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން. އެއީ އާބާދީ އެއްފަސްކޮށް އިގުތިޞާދީ ނަފާ އިތުރު ކުރަން ކުރިއަށް ގެންދާނެ މަޝްރޫއެއް. ގެދޮރުވެރިކަމުގެ އެކަށީގެންވާ މަޝްރޫއެއް ކުރިއަށް ގެންދަން ޖެހޭނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ލޭންގްއޭޖް ސްކޫލެއް ގާއިމު ކުރާނަން ކަމަށާއި އޭގެތެރެއިން އެއް ސްކޫލް ހުންނާނީ ލ.އަތޮޅު ފޮނަދޫގައި ކަމަށެވެ.

އޭގެ އިތުރުން ފޮނަދޫގެ ސަރުކާރު އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ބޮޑު އޮފީސް ކޮޕްލެކްސްއެއް އަޅަން ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

ހައްދުއްމައްޗަކީ ބިން ބޮޑު އަތޮޅެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކޮންވެންޝަންތައް ބޭއްވުމަށް ކޮންވެންޝަން ސެންޓަރެއް ހައްދުއްމަތީގައި ގާއިމު ކުރާނަން ކަމަށެވެ. އަދި އޭގެ އިތުރުން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރައްވާނަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ލ.އަތޮޅުގައި މުއިއްޒު ބޭއްވެވި ކެމްޕޭން ޖަލްސާ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް
ލ.އަތޮޅުގައި މުއިއްޒު ބޭއްވެވި ކެމްޕޭން ޖަލްސާ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށާއި ލ.އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގަމާއި ފޮނަދޫގެ ހުރިހާ މަގެއްގެ ތާރު އަޅަން މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

މުއިއްޒު ވިދާޅުވީ މިހާތަނަށް އޭނާއަށް މަރުހަބާ ކިޔުމަށް އެންމެ ގިނަ ޒުވާނުން ނިކުތް އެއް އަތޮޅަކީ ހައްދުއްމައްޗެވެ. "މިހައި ގިނަ ޒުވާނުން ނިކުތްތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ އިސްކަން ދޭނީ ޒުވާނުންނަށް. ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރާނަން. ރަނގަޅު ފެންވަރުގެ ސްޕޯޓް ކޮމްޕްލެކްސް އެއް ގަމާއި ފޮނަދޫގައި ގާއިމު ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތައް ފަށާފައި އޮތް އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން ކަމަށާއި ނަމަވެސް ރައްޔިތުންނަށް ފައިދާވާ ގޮތައް އެމަޝްރޫއެއް ކުރިއަށް ގެންދަން ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ހަފްތާ ބަންދާއި އެހެން ދުވަސްތައް ކަނޑާފައެއް ނޫން. ފަށަން ޖެހެނީ ސުމަކުންނެއް ނޫން. މިގައުމު މިއޮތީ މައިނަސްގައި." މުއިއްޒު ވިދާޅުވިއެވެ.

ހައްދުއްމަތީ ފޮނަދޫގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕޭން ޖަލްސާ ބޯ ވިއްސާރައިގެ ސަބަބުން ފެށުން ވަރަށް ބޮޑަށް ލަސްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޮނގުދޯ

    ރައީސް އިބޫ ވާ ވައުދަކީ އެއީ ކަނޑުގައި އަޅާލާ ރޮނގުތަކޭ އެއީ އެއްގޮތަކަށް ވެސް އިތުބާރު ކުރަން ހެޔޮވާ ވަރުގެ ވައުދު ތަކެއް ނޫނޭ އޭނާ ގާތު އަހާބަލަ މިދިޔަ ހަފްތާގައި އޭނާވި ވައުދު ތައް ކިޔާލަ ބަލާށޭ އޭނާ ހަނދާނެއް ނުހުންނާނެއޭ ތިޔާއީ ކަނޑުގައި އަޅާލާ ރޮނގު ތަކޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ ރޮނގޭ

    • ކަޓުހޮޚި

      ތިޔަ މުއިއްޒުގެ ވައުދަކީ ސީދާ ހޮޅި ވައުދު ވައިގެ ތެރޭގަ ކުރަަހާ މަންޒަރެއް.. މާލޭގެ މޭޔަރުކަން ހޯދަންވެސް އެކަހަލަ ކިތަންްމެ ހޮޅި ވަޢުދަކާ ކުރެހުންތަކެއް ދެއްކި.. ހަރާން އެއްކަމެއްވެސް ނުވޭ އިއުލާނެއް ބިޑެއް ނެތި މާލޭގެ މަގުތަކާ ކާނިވާ އަދި ބީޗުގެ ބިންތައް ވިއްކުައިގެން ކަޓު ނެގުން ފިޔަވާ..

  2. ސަރަފަކައްދަ

    ޗަކޮތާ! އަނެއްކާ ލ އަތުލޮގެ ރަށްތަކުގެ މަގުތަކުން ޕާރކިން ޒޯނު ހަދަން ސްލޮޓު ތައް ނުވިއްކައްޗޭ!