ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުވަތަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ އެޑްވައިޒަރ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ މި ދެ ސިޔާސީ ބޭފުޅުންގެ ކެރިއަރަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ރައިސް ނަޝީދު ނުވަތަ ރައިސް ޔާމީންގެ ސިޔާސީ ހަޔާތު ނިމިގެން ދާނެ ކަމަށެވެ.

އިލްހާމް ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދެވުނު ސާވޭ ތަކުން ދައްކާގޮތުން އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވަނީ ތިން ޕާޓީއަކުންނެވެ. އެއީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒު ކަމަށް އިލްހާމް ވިދާޅުވިއެވެ.

"މިތިން ބޭފުޅުންވެސް ވަރަށް ކައިރި ކައިރީގައި ވާދަކުރައްވާނެ." އިލްހާމް ވިދާޅުވިއެވެ.

ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: އިލްހާމް

ސާވޭތަކުން ދައްކާ ގޮތުން ވޯޓު ހައްޤުވާ 40 އިންސައްތަ މީހުން އަދި ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރައްވަން ނުނިންމައެވެ. އެހެންކަމުުން ޖޭޕީ ކެނޑިޑޭޓް ގާސިމަށް ފުރުސަތު ބޮޑު ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި އެމްޑީޕީ މެންބަރުންގެ އަދަދުތައް އެއްކޮށްލުމުން ވޯޓުލެވޭ މީހުންގެ އަދަދު 80،000 އަށް އަރާއިރު، ބާކީ ގާތްގަނޑަކަަށް 145،000 ވަރަަކަށް މީހުން ތިއްބެވި ކަމަށެވެ.

މީގެއިތުރުން ޕީޕީއެމްކޯލިޝަންގެ ކެނޑިޑޭޓަކީ ޑރ.މުއިއްޒު ކަމަށްވިޔަސް ޕީޕީއެމް މެންބަރުންގެ ތާއީދު އަދިވެސް އޮތީ ރައީސް ޔާމީނަށެވެ. އެހެންކަމުން ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ޕީޕީއެމް މެންބަރުންގެ ތާއީދު ލިބުމަކީ ނާދިރު ކަމެއް ކަމަަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް މެންބަރުން ރައީސް ޔާމީން ފިޔަވާ އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރައްވާނޭ އަޅުގަނޑު ނުދަންނަވާނަން." އިލްހާމް ވިދާޅުވިއެވެ.

ކަންމިހެން ހުރުމާއެކު ޕީއެންސީގެ ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެ ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެ ހަމަނުޖެހުުން އުފެދި ޕާޓީ ބައިބައިވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މަހުރޫމް

    ް
    ގާސިމުގެ ސިޔާސީ ހަޔާތް މި ސަލާމަތްވަނީ ކިހިނެއްތޯ. ކޯލިސަން ހައްދައިގެންތޯ. ވިދާޅެވޭ.

  2. މަހުރޫމް

    ް
    ގާސިމުގެ ސިޔާސީ ހަޔާތް މި ސަލާމަތްވަނީ ކިހިނެއްތޯ. ކޯލިސަން ހައްދައިގެންތޯ. ވިދާޅެވޭ. އިލްހާމް

    • ނާދިރާތަ

      މިވެސް ބުއްދި ލުހިފަ ހުރި ދޮޅުރޯނާއެއް

  3. ޢަހިމަދު

    ކަލޯ ކަލޭތަ ސިއްކަ ޖަހާ މީހަކީ ތިވެސް އޮޑިން ފުންމާލާ ފިލިގޮލައެއް

  4. ރެކިފުތާ

    ކަލޯމެންނަށް ތިހެން ވުން މާގާތް..

  5. މުރާސިލް

    އިލްޙާމެވެ. ހަމަޖެހޭ ވާހަކަ ދައްކާށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުންނަގޮތަކުން، ސިޔާސީ ޙަޔާތުގައި ސިއްކަޖެހުމުގެ ފުރުސަތު އެންމެ ބޮޑީ މަނިކުފާނުގެ ކެނޑިޑޭޓް ޤާސިމް އިބުރާހިމްގެއެވެ. ނަޝީދާއި ޔާމީނުވެސް ރިޔާސީ އިންތިާބުގައި ވާދަކޮށް އެއިން ކޮންމެ ބޭފުޅަކުވެސް ވަނީ އެއްފަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އެއްވެސް ރިޔާސީ އިންތިޚާބަކުން ކާމިޔާބު ނުލިބި މިހާތަނަށް ފެއިލްވެފައިވަނީ ޤާސިމެވެ. މިއީ ޤާސިމް އިބުރާހިމް ވާދަކުރައްވާ 3 ވަނަ އިންތިޚާބެވެ. މިފަހަރު ޔާމީނެއްވެސް އަދި ނަޝީދެއްވެސް އިންތިޚާބުގައި ވާދައެއް ނުކުރައްވައެވެ. އެހެންވީމާ މިއިންތިޚާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޔާސީ ޙަޔާތުގައި ސިއްކަ ޖެހުމުގެ ފުރުސަތު ހުރިހާ ގޮތަކުންވެސް އެންމެ ބޮޑީ ޤާސިމް އިބުރާހިމް ގެއެވެ. ޤާސިމަށް ސިޔާސީގޮތުން ކާމިޔާބެއް ނުލިބެނީ ތިޔަކަހަލަ ކޮސް ވާހަކަ ދައްކާ ކަނޑުކޮހުން އެޑުވައިޒަރުންނަށް ލައިގެން އުޅޭތީއެވެ.

  6. އާމިރު މޫސާ

    ދެން ގާސިމްގެ ހަޔާތުގައި ސިއްކަ ނުޖެހޭނެތަ؟؟

  7. ލަކީ

    ޙެހެ އެޑުވޭޒަރު ދައްކާވާހަކަ ހަމަ ނުޖެހޭ ހެހެ ނަތީޖާ ނަތީޖާ ނިކުންނަ ގޮތަކުން ތި އެޑުވޭޒަރުގެ ވެސް ސިޔާސީ ހަޔާތް ނިމޭނެ ހެހެ އެކަން އެންގޭތޯ

  8. ސަލް

    ބްރަދަރ ކައިރީ އިން މަކިޓާ ބުރުމާވެސް ތި ލިސްޓްގަ އެބައިނެންނު

  9. ޗަކޮއެ

    އެމްއެމްޕީއާރުސީ ލާރިގަނޑު ހިފައިގެން ފާރިސް އަތުން ރިޝްވަތު ނަގައިގެން ސިއްކަޖަހަން ބެންކޮކަށް ދިއައީ ކާކު؟ އެކަކުވެސް ނުކިޔާ އިލްހާމެކޭ ދޯ

    • ޢަޒްރާ

      އިންތިޚާބް އޮތީ ވަގައް ނަގަން ތައްޔާރު ކޮއްފަ މޯދީގެ އައުވާނން އެތިބީ ޑޮލަރު ބަހާލަ ބަހާލާ

  10. އަހްމަދު

    ރިއާސީ އިންތިހާބު ނިމޭގޮތަކުން ސިޔާސީހަޔާތް ހަރާބުވާ މީހުންނާ އައިސީޔޫގައި ފަރުވާދޭންޖެހޭމީހުން އެނގޭނީ ސެޕްޓެމްބަރ 10ގެފަހުން އޭގެކުރިން އެވާހަކަ ނުދައްކައި ތިބެމާހިނގާ

  11. ޝާޟ

    ވަޓް އަބައުޓް ގާސިމް

  12. ކޮއްކޮ

    ޤާސިމް ވާވައްދައިގެން ޤާސިމް ފެލައިގެން ކައިގެން ބޮއިގެން އުޅޭ ގްރޫޕުގެ މީހެއް ތިޔަ އިލްހާމަކީ. ޔާމީނުގެ ތާއީދު މުއިއްޒަށް އޮތްކަން މިރޭ މެޑަމް ފާތުން އެ ހާމަކޮށްދެއްވީ. ޔާމީނަށް ތާއީދުކުރާ އެންމެން މުއިއްޒަށް ވޯޓު ދޭނެ. ޤާސިމަށް އިންތިޚާބު ކާމިޔާބުވާނެ އެއްވެސް ފޯމިއުލާއެއް އޮތްކަމަކަށް ނުބެލެވޭ. ޤާސިމް އަތުން ލާރިގަނޑު މަޅާލަން އޭނާގެ ބޮލަށް އެރިގެން އުޅޭ ތިޔަ ބައިގަނޑެއް ތިޔައީ.

  13. ޕޮގުބާ

    ރިޔާސީ އިންތިހާބު ނަތީޖާ ނިކުންނަ ގޮތަކުން ޖޭޕީ އަދި އެމްޑީޕީ ގެ ސިޔާސީ ހަޔާތް ނިމިދާނެ ގާސިމަށް މިގައުމުން ތާއީދެއްނެތް 40 ފަހަރު ގާސިމް ރިޔާސީ އިންތިހާބަށް ކުރިމަތި ލައިފ ބޮކުން ދިޔައީ ހީވަނީ ބޮޑެތި ވައުދުތަށް ވެވޭތީ ވޯޓް ލާނެހެން ނުލާނަމެ މުއިއްޒު އަށް ވޯޓްލާނީ

    • Anonymous
  14. Anonymous

    ސިއްކަ ޖެހިގެން ދާނީ ގާސިމް ގެ

  15. ޢަޒްރާ

    އިންތިޚާބް އޮތީ ވަގައް ނަގަން ތައްޔާރު ކޮއްފަ މޯދީގެ އައުވާނން އެތިބީ ޑޮލަރު ބަހާލަ ބަހާލާ

    • Anonymous

      ސިންނު ޢަޖޫޒުގައި އުޅުއްވަނީ Richmond. ޞިއްޙީގޮތުން ތައިރޮޑުގެ ސަބަބުން ރިއެކްޓް ނުކުރައްވާ އެހެންވެ ނޭނގެ ބައެއްފަހަރު ދެކެވޭ ވާހަކައެއް.
      ޤައުމަށް އެންމެ ވަފާތެރި ހަމަ 4

  16. Anonymous

    ބަލަމާ ސިއްކަ ޖެހެނީ ކޯޗެއްގަތޯ.

  17. ހަސަނާ

    ކޮމަންޓް ކުރާމީހުން ހާސްނުވޭ އިލްހާމު ބުނަމުން އެދަނީވީވެސް ނުސީދާކޮށް ގާސިމުގެ ސިއްކަޖެހޭވާހަކަ!

  18. އަންނި

    އިންތިޚާބްގެ ނަތީޖާ ނިކުންނަ ގޮތަކުން ގާސިމް 4ބަލިވާނެ. މީގެ ތެރޭން 3ބަލިވަނީ ތިޔަ އެޑްވައިޒަރު އިލްހާމްގެ އެޑްވައިޒަރު ކަމުގާ.

  19. ހިރިމާ

    އިލްހާމަކީ ނަހަލާލު ފައިސާ އަބަދުވެސް ކައިގެން ބޮއެގެން އުޅޭމީހެއް.

  20. ޖޭޕީ މެންބަރ

    އިލްހާމޫ ތިކަން ހުއްޓލާ ތީ ކުރަމުން ދަނީ ވަރަށް ދެރަވަރު ކަމެއް ސޭޓަކީ ހިތުގެ މައްސަލަވެސް ހުންނަ މީހއެްކަން އެނގިހުރެ ހާސްކަނޑާލާ ހޮވޭނޭ ކިޔައިގެން ސޭޓް ރިޔާސީ ރޭހައް ކޮންމެ ފަހަރަކު ތިނެރެނީ އިލްހާމަށް ވެސް ހަމަ ރަނގަލށް ސޭޓް އަށް ތާއިދު ނެއްކަން އެގިހުރެ ސޭޓް ކާރިގަ ތިއުޅޭ ބައިގަނޑު އިލްހާމު އިސްވެހުރެ ސޭޓްގެ މުޅި ހަޔާތް ހަލާކުރުމުގެ ނުބައި ނިޔަތުގަ ސޭޓަށް ނުބައި މަންޒަރެއް ދައްކައިގެން ސެޓް ފެލުން ނޫން އިތުރު އެއްވެސް ކަމެއް އިލްހާމުމެން ނުކުރެ...09 ސެޕްޓެމްބަރ ވޯޓަށް ފަހު ސޭޓް އެޑްމިޓް ވުން އޮތީ އެންމެ ކާރީގަ ެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ވެސް އިލްހާމް އާއި ސެޓް ހައްދައިގެން ބޮޑު މުސާރަ ނަގާ ތިބައިގަނޑު
    އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތި އެޑުވޭޒަރުގެ ވެސް ސިޔާސީ ހަޔާތް ނިމޭނެ އެކަން ވެސް މިއޮތީ ވަރަށް ކާރިވެފަ އެހެންވީމަ ގަދަ ބަސް ނުބުނެ ތިކަން ހުއްޓާލުމަށް އެދެން