ޑިގްރީ ފެންވަރަށް ކިޔަވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ އެހީ ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ލިބުނު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ފުވައްމުލަކުގައި ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމާ އެކުގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން ބޭއްވެވި ޖޭޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ރޮނގު ރޮނގުން ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް ތައުލީމީ ރޮނގުން ގާސިމް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފުވައްމުލައް ސިޓީގެ ގިނަ ބަޔަކު ވެސް ގާސިމްގެ އެހީގައި ތައުލީމް ހާސިލްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖޭޕީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން. --- ފޮޓޯ: ޖޭޕީ

ވަހީދު ވިދާޅުވި ގޮތުގައި ހަމައެކަނި ޕީއެޗްޑީ ފެންވަރަށް ކިޔަވަން ގާސިމްގެ އެހީ ސާޅީހަކަށް މީހުންނަށް ލިބުނެވެ. ޔުނިވަސިޓީ ޑިގްރީ ނެގުމުގައި ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް އެހީތެރިވެފައި އެބަހުރި ކަމަށް ވަހީދު ވިދާޅުވިއެވެ.

"މިވަރުގެ ބޮޑު އެހީތެރިކަމެއް ތައުލީމީ ރޮނގުން ކުރައްވާފައި ހުރި ބޭފުޅަކު އަޅުގަނޑު ގައިމުވެސް ނުދަންނަން ރާއްޖެއަކުން." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ ފިޔަވައި ދެން ރާއްޖޭގައި ހުރި އެންމެ ބޮޑު ކޮލެޖަކީ ވިލާ ކޮލެޖް ކަމަށެވެ. އެކަމަކު، އެއީ ޔުނިވަސިޓީއެއް ކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވީ އެ ތަން ހިންގަމުން ދަނީ ގާސިމްގެ މާލީ އެހީތެރިކަމާއި އިރުޝާދުގެ ދަށުންނެވެ. ވިލާ ކޮލެޖްގައި އެކަނި ވެސް އެތައް ހާސް ކުދިންނެއް ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލަކުން ގާސިމަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ޖޭޕީ

"މިގޮތަށް ދަންނަވަން ވެއްޖެއްޔާ ކޮންމެ ދާއިރާއެއްގައި އެބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތް އެއީ ލާމަސީލް މިސާލެއް." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސިއްހީ ރޮނގުން ބެލިޔަސް އެތައް ހާސް މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ. ވިލާ ޝިޕިން އަށް ބެލިޔަސް، އެއީ ރާއްޖޭގައި އެންމެ ވަރުގަދަ އެއް ޝިޕިން ކުންފުނި ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެއާލައިނަށް ބެލިޔަސް، ފްލައިމީގެ ނަމުގައި ރާއްޖޭގެ ބައެއް ކަންކޮޅުތަކަށް ފްލައިޓުތައް ބާއްވަމުންދާ ކަން ފާހަގަކުރެއްވިއެވެ.

"މިގޮތަށް ހުރިހާ ރޮނގަކަށް ބެލިޔަސް އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފައި." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ހުރިހާ ދާއިރާއަކުން މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއް ގާސިމް ފިޔަވައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    އެއް އަތުން ދިނިއްޔާ އަނެއް އަތުން ނެގުން ކަމަކު ނުދޭ. އެހީ ދިނިއްޔާ، ކިތައް ކުދިންނަށް ހިދުމަތާ ނުބައްދަލު ބޮޑު އަގުގަ ވިލާގެ ކިޔަވައިދޭ. މި 5 އަހަރު ބައިތުލްމާލުން ނެގިހާ ފައިސާއާއި، ނެގި ފަޅުތަކުގެ އަގު ކޮބާ؟
    މުއިއްޒު 13 ބިލިއަންގެ ޕްރޮޖެކްޓު ހިންގި އިރު އެންމެ ރުފިޔާއެއްގަވެސް ނުޖެހޭ. މިފަހަރު ހަމަ މުއިއްޒު

    • ޝާން

      ކޮންތަނަކުންތޯ ނަގާފައޮތީ. ޚަރަދު ކުރަނީ ގާސިމްގެ ވިޔަފާރިން ލިބޭ އާމްދަނީއިން.

  2. އ މ ރ ބ

    ސާބަހޭ ކޭކަލަ ގޮވާ ބައިގަނޑު

  3. ގުދޯ ގުދޯ

    އަބަދު ކަލަ ގޮވަނީ. ދެރަ ކަމެއްނު މި ދެން.

  4. ނާނު

    ކާޅު ކިޔަނީކަމެއް ނުވެނޫންކަންމިހާރު ވާރައްސާފު ކާޅުއުޅޭނީ އަބަދުވެސް އެއްޗިހިތައް ޖަހައިގައްނަން އެކަންނުވިއްޔާ ދެންއުދުއްސައިގަނެ ޢާޢާއްސޭ ކިޔާހޭރޭނެ ޕޕމ ޓީކެޓުނުލިބުނީމަ ކާލައްވާހެން ތިވަނީ ޕާޕާއްސޭކިޔާ ހުރގެން ހަމަފެލެނީ މަހީކުރީ ކިޔަވައިގެން ހުރީމަވަރައް ޕުރޮފެޝަނަލް ވާނެކަމައް މިސާލަކީ ކާޅުގެމިސާލު ނެތްތަފާތެއް ޢިލްމާހިލްމު އެއީ ދޭއްޗެއް އިލްމުއެބަހުރި ހިލްމެއްނެތް ހަމަހުރެގެން މޮޅުވާހަކަ އެބަދެއްކާ ކުޑަކުޑަ ޕާޓީއަކުން ބޮޑުޕާޓީއެއްގެ ޓިކެޓުވަގައް ނަގައިފިއޯ ހެހެހެ މީނާޓެސްހަދަން އެބަޖެހޭހަމަތޯބަލަން ވަގައްނެގީމަތަ މުޅިޕާޓީ އެއްކޮއް ތާއީދުކޮއް ފަހަތުންއެދުވަނީ އަންތަރީސް ވެއްޖެ އަސްލުގަތީވަރައް މީހުން ރެސްޕެއްކްޓު ކުރިމީހެއް އަމިއްލަޔައް ހަލާކުތިވީ ކާޅުވާނީ ހަމަކާޅައް ވަހީދު ކަމްޢެންޑު ވަހީދު ގޯ މިލަވަރީތިތަ؟ ވައްޑޭ..!

    • ޝަފީގު

      ވަހީދު އަކީ ހަމަ ގަދަ ލީޑަރެއް.. އަދި ގައުމަށް ވަފާތެރި އިޚްލާސްތެރި އުނދަގޫ މަސައްކަތްތަކެއް ކޮއްދެއްވާފަ ހުންނެވި ބޭފުޅެއް. ރައީސް ވަހީދު ގައުމަށް އަދި ދައުލަތަށް ކޮއްދެއްވާފަވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަކީ ދަތިކަމެއް. ރައީސް ވަހީދު އަކީ ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ބޭފުޅާ. މިއީ ދިވެހިންނަކީވެސް އެފަދަ މަތީދަރަޖައިގެ ތައުލީމު ހާސިލު ކުރެވިދާނެ ފެންވަރުހުރި ބަޔެއްކަން ދުނިޔެއަށް އަނގާދެއްވައި އެކަން ހާސިލްކޮއް ދިވެހި ގައުމަށް ފަޚުރު ހޯދަދެއްވި ބޭފުޅެއް. މިއަދު ބަޔަކު ރައީސް ވަހީދުގެ ލެގަސީއަށް ގެއްލުންދޭން ކިތަންމެ ބޭއަދަބީ ވާހަކައެއް ދެއްކިޔަސް ތާރީޚް މިކަމަށް ހެކިދޭ. ރައީސް ވަހީދުއަކީ ހަގީގީ ގައުމީ ވަތަނީ ބޭފުޅެއް.. އެެއްވެސް ދަޅައެއް އެމަނިކުފާނު ދައްކަވާކަށެއް ނުޖެހޭ އެެކަން އެއޮތީ ޚިދުމަތުން ސާބިތުކޮއްދެއްވާފަ. ދިވެހިންނަށް ހަގީގީ ހެޔޮއެދޭ ލީޑަރުން ވަކި
      ކުރަން ނޭގެންޏާ އެއީ ގައުމަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް.

  5. ކިއަވާ ކުއްޖެއް

    ރަގަޅު ވާހަކަފުޅެއް

  6. Anonymous

    ވަހީދު ވިދާޅު ނުވީ ކީއްވެތޯ ދަވްލަތުންގެރެންޓީ ދީގެން ގާސިމްއަށް ކިތައްލޯނު ހޯދާދިންކަން ކޮންމެ ލޯނެއްގަ ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސްރުއު ހިމަނަފަ ހުރި ކަން ކިތައް ދަރިވރުންނަށް ސްކޯލާސިޕް ދޭންހިމަނާފަ ހުރިކަން. ތިޔަކިޔާނީ ގާސިމްގެ އަމިއްލަ ހަރަދުގަ ކުރި ކަނަކަމެއްނޫން. އޮޅުވާލަންނޫޅޭ. ހަމަ ގައިމުވެސް ސަންއައިލޭންޑް ހެދުމުގެ ނަމުގަ ދަވްލަތުން ދިންގެރެންޓީ ޕްރޮޕޯސަލްގަ މިހުރިހާކަމެއް ހިމަނާ އެއަށް ލޯން ހޯދާފަ ހުރި 35 މިލިއން ޑޮލަރުތެރޭ އެފައިސާ ވެސް ހިމެނޭ،

    • ފަޝާން

      ދައުލަތުން ދުވަހަކު ލޯނު ނުދޭދުވަހުވެސް ގާސިމް ދިޔައީ އަމިއްލަ ޚަރަދުގައި އެކިއެކި ބޭނުންޖެހިފަ ތިބިފަރާތްތަކަށް އެހީވަމުން އަދި ކުދިންނަށް ކިޔެވުނުގެ ފުރުސަތު ހޯދާދެމުން. އަދި އެފުރުސްތުތަށް ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާ ނިޒާމަކަށް ފައްތަމުން. ރާއްޖޭގަ ލޯނު ނަގާ އުޅޭ އެހެން މަހުޖަނުންވެސް އެބަތިބި. އެކަމަކު ގާސިމް ކޮއްދެއްވާ ޚިދުމަތާއި އެހީގެ ކިތައް ޕަސަންޓުތޯ އެފަރާތްތަކުން ދީފައިވަނީ. ގާސިމްގެ އެހީ އާއި ޚިދުމަތުގެ އަގު ވަޒަންކުރަން ނޭނގިގެން އުޅެނީ ގާސިމްގެ ދީލަތިކަމާއިމެދު ހަސަދަވެރިވާ ބަޔަކު.

  7. ނަރުގިސް

    އަބަދު ކަލަ ގޮވަނީ ދަރުމަ ވެރިންނަކީ ކަލާ ގޮވާ ބައެއްނޫން/ އަދި ކުރާ ހޭދައިން ބަދަލު އެދޭ ބަ އެއްނޫން

  8. އަންހެނާ

    ގާސިމް ކިޔަވައިދިނީ ގާސިމްއށް ފައިދާ ވާނެ މީހުންނށް

    • ްަޒީޒް

      ކޮބާތޯ ފައިދާ ވެފަ. އެތިބި ކުރީގެ މިނިސްޓަރުން އިމްރާން އަބްދުއްލޯ، ޝަހީމް އަލީ ސައީދު، މުހަންމަދު ސައީދު... މިއީ ހުސް ގާސިމްގެ ދީލަތިއެހީގައި މަތީތައުލީމު ހޯދި މީހުން. އެމީހުން އެތިބީ ގާސިމް ގާތުގަތޯ ފައިދާ ހޯދައިދޭން. އެކަމަކު އެއީ އެއްނޫން ބޭނުމަކީ. ބޭނުމަކީ އެމީހުންގެ ކިބައިން އެމީހުންނަށާއި ގައުމަށް ފައިދާހޯދަދިނުން. މިކަން ގަބޫލު ނުކުރެވިގެން އުޅެނީ ގާސިމްގެ ދީލަތިކަމާއި ހަސަދަވެރިވާބަޔަކު ކަމުގައި ބެލެވެނީ.

  9. ެއއއއ

    މިވަރުގެ ބަނޑައްޖެހިފަހުރި ދައްމީހަކު ނުދެކެން !!!!. ޑަކްޓަރ މީހާދަ ދައްބަޔަކައް ލިބިގެން އުޅޭ ލަގަބެކޭ. !!!

  10. ޗޯރު އިބޫ

    ގާސިމްގެ ކައިރީ އުޅޭ މީހުންލައްވާ މިހާރު ކަލަގޮވަނީ

  11. ޝާން

    ގާސިމްގެ އަމިއްލަ ޚަރަދުގައި އެތަކެ ބޭސްވަރުވާއެއް ކޮއްފަ ތިބި އާއިލާތަކާއި ފަރުދުން ގާތު ކޮއްދެއްވި ކަންކަން އަހާބަލާށެވެ. ގާސިމްގެ ދީލަތި އެހީގައި ކިޔަވާގެން އައިސްތިބި ކުދިންނާއި މިނިސްޓަރުކަން ކޮއްފަތިބި މީހުންގާތު އަހާށެވެ. އެތަކެއް ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓު ހޯދައިދީފަ ތިބި މީހުން ގާތުނއަހާށެވެ. ގެދޮރުނޭޅިފއިތިބި އެތަކެއް ބަޔަކަށް ގެދޮރު އަޅާދީފަ ތިބި މީހުން ގާތު އަހާށެވެ. ރައްޔިތުންގެ މަޖިލީހުގައި ގާނޫނު އަސާސީ އިސްލާހު ކުރި އިރު އެތާ ތިބި މީހުން ގާތު އަހާށެވެ. މައުމޫނުގެ ޒަމާނުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުރި އިރު ކޮއްދެއްވި ޚިދުމަތުގެވާހަކަ އަހާށެވެ. ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށް ކުރި މަސައްކަތުގައި އުޅުނު މީހުންނަށް ދިން އެހީތަކުގެ ވާހަކަ އެމީހުން ގާތުން އަހާށެވެ. ސިޔާސީ އެތަށް މާހައުލެއްގައި ސުލްހަ ގާއިމް ކުރުމަށް ގާސިމް ބައިވެރިވި މަޝްވަރާތަކުގައި އުޅުނު މީހުން ގާތުންއަހާށެވެ. ދެން ތިބި ކެންޑިޑޭޓުންނަށް މިވަރުގެ ޓުރެކް ރެކޯޑެއް ދެއްކޭނެތޯ ؟

  12. ނާޒް

    ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެބޮޑު މުސީބާތަކީ ދިވެހިންނަށް ރަނގަޅު ލީޑަރުން ނާއި ރަނގަޅު ނޫން ލީޑަރުން ވަކިކުރަން ނޭނގޭކަމެވެ. މިކަމުގެ ފަހަތުގައި އޮތީ ދިވެހި އާބާދީގެ ފީކަޅާ ތައުލީމީ ފެންވަރާއި އެޑިއުކޭޝަންްގެ ނިޒާމެވެެ. މިތާގަ އާންމު ރައްޔިތުންގެ ޖެނެރަލް ނޮލެޖު އެހާ ދަށެވެ. ޖީޑީޕީއޭ ބުނީމަ އެއީ ކިހިނެތް ކޮންގޮތަކުން މުހިންމުވާ އެއްޗެއްކަންގިނަ ޒުވާނުންނާއި ސުކޫލް ކުދިންނަށް އިތުބާރާއި އެކު ކިޔާދޭކަށެއް ނޭނގެއެވެ. އެކަމަކު އިމްތިޚާނުތަކުން ހާހުސް އެބަ ފާސްވެއެވެ. ޕީއެޗްޑީ ހަދައިގެން އަންނަ މީހުންގެ ފަރާތުންވެސް ޖެނެރެލް ނޮލެޖް ހުންނަކަން ފެންނަނީ ނިކަން މަދު މިންވަރަކަށެވެ. މިއި ވޭތުވެދިތަ ހަތަރު ވެރިކަމުގަވެސް ފޭލިޔާއެވެ.

  13. ަައަހްމަދު

    ޑރ ވަހީދު ތިޔަވިދާޅުވި ކަންކަމަކީ ރައްޔިތުންނައް އެނގިހުރިކަންކަން އެކަމު އެކަންކަމާ ވޯޓާއޮތީ ކޮންގުޅުމެއްތޯ ރައްޔިތުންގަބޫލުކުރޭ ގާސިމް ރައްޔިތުންނައް އެހީވާކަން ވޯޓާ އެކަމަކާ ގުޅުމެއްނެތް ވޯޓަކީ ތިކަންކަމާ ގުޅުންހުރިކަމެއްނޫން އެކަމު ކަމެއްކޮށްދެއްވާފަ އެކަމުގެކަލަގޮވުމަކީ ކޮންކަހަލަކަމެއްތޯ އުސްތާޒް މޫސާނިޒާރު ކައިރިން އޮޅުންފިލުވާލެއްވުމަކީ ވަރަށް މުހިންމުކަމެއްކަމައް ދެކެން

    • ބާތަލާ

      އަދި ތިޔަ ވިސްނަނީ ނިކަން ހަނި ކޮއް. ގާސިމް ކޮއްދެއްވާފަ ހުންނަ ކަންކަމާއި ވޯޓާއި ގުޅެނީ ދެ ގޮތަކުންނެވެ. އެއީ އަބަދުވެސް އަންނަ ވެރިން ކެމްޕޭނުތަކުގަ ކުރާ ވައުދުތަށް ނުފުއްދާ ވާހަކަ އާންމުކޮއް އަޑު މިއިވެނީ. އަދި އޭގެ އިތުރުން ވެރިކަމަށް އަންނަމީހުންނަށް ރައްޔިތުންގެ ހަގީގީ ހާލަތާއި ހިތާމަތަށް ނޭނގޭވާހަކަ ރައްޔިތުންގެ ތުންތުންމަތިން ދައުރު ކުރަނީ. ކަންމިހެން އޮތްއިރު ވެރިކަމަށް ކުރިމަތި ލައްވާއިރު ގާސިން އިބްރާހިމް އެހުންނެވީ ރައްޔިތުންގެ ތެރެއިންވެސް ދަތިހާލުގަޔާއި އަދި އެކި ހިތާމަތަށް ކުރިމަތިވެފައިވާ އެތައްހާސް ބަޔަކަށް ފަރުދީގޮތުން އަމިއްލަ ޚަރަދުގައި އެހީތެރިކަން ފޯރުކޮއްދީ ހާލުބެލުމުގައި 30 ހަށްވުރެ ގިނަ އަހަރު ހޭދަކޮއްފައެވެ. މިކަމުން ރައްޔިތުންނަށް މިއޮތީ ރައްޔިތުންގެ ހާލަތު ވެރިކަން ނުލިބެނީސް ބަލައި އެކަމަށް އެހީ ފޯރުކޮއްދިން ކެންޑިޑޭޓަކު ހެއްކާއި އެކު ފެނިފައެވެ އެފަދަ ބޭފުޅަކީ އެއީ ދަޅައެއް ނޫންކަމާއި އަދި އެފަދަ ބޭފުޅެއްގެ ކިބާގައި ރައްޔިތުންނަށް ހެޔޮ އެދޭ ސިފަ އިތުރު ޓެސްޓެއްނެތި އެއޮތީ އެނގިފައެވެ. މިއީ ނޫންތޯ ވޯޓުލައިގެން ތިމަންނާމެން ބޭނުންވާފަދަ ލީޑަރަކީ ރައްޔިތުން. މިއީ ވޯޓާއި ގުޅޭ ފުރަތަމަ ސަބަބެވެ. ދެވަނަ ސަބަބަކީ، ގާސިމް އިބްރާހިމް އެވަރުގެ އެހީއާއި ޚަރަދުކުރަމުން ވިޔަފާރި ކުރިއަރުވަމުން ގެންދިޔައީ ނިކަން ބޮޑެތި އުނދަގޫތަކާއި ވެސް އެކުގައެވެ. އެކަމަކުވެސް އެހުންނެވީ މާލީ ކަންކަން ބެލެހެއްޓުމުގައި ކާމިޔާބު ހޯއްދަވައިފައެވެ. މިއަދު ދިވެހިންނައް ކުރިމަތިވެފައި އޮތް އެންމެބޮޑު ގައުމީ މައްސަލައަކީ ބޭރުގެ ދަރަނީގެ މައްސަލައަށްވާއިރު، ރާއްޖޭގެ ވެރިކަން ހަވާލުކުރުން އެންމެ އައުލާކަންބޮޑީ ފައިސާ ގެންގުޅުމާއި ކުރިއެރުވުމުގެ ތަޖުރިބާ ސާބިތުކޮއްފައިވާ މީހެކެވެ. ދެން ތިބި ހުރިހާ ކެންޑިޑޭޓުންގެ މާލީކަންކަން ހިންގުމުގެ ތަޖުރިބާ ޖަމާކޮއް އެއްކޮއްލިޔަސް ގާސިމް އިބްރާހިމްގެ ސާބިތު ތަޖުރިބާއާއި އެއްހަމަ ނުކުރެވެއެވެ. މިގެން އިނގެނީ ކީއްވެކަން ގާސިމްގެ ފަރުދީ ޚިދުމަތާއި ވޯޓާއި ގުޅެންޖެހެނީ. ސާފުވެއްޖެކަމުގައި އުންމީދުކުރަން.

  14. އއ

    ލިބުނުވާހަކަ ނުގޮވާ، ދޭވާހަކަ އަބަދު ގޮވަނީ ކީއްވެގެންތަ؟ މީހުންނަށް އެހީތެރިވާނަންކަމަށާއި އިންސާނީ ވަޞީލަތް ޤާއިމްކުރާނެކަމަށްބުނެ ދިވެހި ސަރުކާރު މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭންބޭރުގެ އެއްވެސް ބޭންކަކުން ލޯނެއްގެ މިންވަރުވެސް ނުނަގާތޯ ތިޔަހުރިހާ ޚަރަދެއްކުރީ؟

  15. Anonymous

    ޯއޯމޭ. ދެން އެހިދިން 1000 ދެންވީނު. ނުލިބޭ އެތައްލައްކަ މީހުންނަށް ކޮންކަމެއް. ގާސިމް ކާރިއުޅޭ މީހުން އެމީހުންނަށް ފެންނަ ބަޔަކަށް ދޭ އެއްޗެއް ތި. ތިޔަ އެހީއެއް ލިބޭތޯ ގާމު އަޅުގަނޑު ވަރަށް އުޅުނިން. ނުލިބޭ. ދެން އެހެން ނުނަސް ފަރުދި އެހިއަކާ ގައުމު ހިންގުމާ ނުގުޅުވާ.