ގދ. މާވަރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް އިތުރަށް ތަރައްްގީކޮށް، އެ އަތޮޅު ގައްދޫއާ ބްރިޖަކުން ގުޅާލާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ގައްދޫގައު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި މާވަރުލު އެއަރޕޯޓްއަށް ޖައްސާ ފްލައިޓްގެ އަދަދު އިތުރު ކުރާނެ ކަމަށެވެ. އަދި އެތަނުގައި ސިޓީ ހޮޓަލެއް އެޅުއްވުމުގެ އިތުރުން މާވަރުލު އެއަރޕޯޓާއި ގައްދޫ ކޯޒްވޭ ބްރިޖަކުން ގުޅާލައްވާނެ ކަމަށް ނާޒިމް ވަޢުދުވެ ވަޑައިގެންނެވިއެވެ.

އަދި އިތުރަށް ބިން ހިއްކާ އެރަށުގެ އާބަން ސެންޓަރަށް އަންނަ މީހުންނަށް ބިން ދޫކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވެރިކަމަށް އަންނަތާ 100 ދުވަސްތެރޭގައި ގަމަކީ ދަނޑުވެރިކަން ކުރުމަށް ގައްދޫ ރައްޔިތުންގެ އިހްސޯސްގެ ތެރޭ ހިމެނޭނެ ތަނެއްގެ ގޮތުގައި ހައްދަވާދެއްވުމަށްވެސް ވަޢުދުވެ ވަޑައިގެންނެވިއެވެ.

ނާޒިމް ވިދާޅުވީ އޭނާ ވެރިކަމަކަށް އަންނާނީ ޤައުމަށް އިޤްތިޞާދީ ބޮޑު ބަދަލެއް ގެންނަން ކަމަށާއި މިހާރު ރާއްޖެ ތަރައްޤީ ވަމުން މި އަންނަ ގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާ ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނާޒިމްގެ ވިސްނުމަކީ "ގއ، ގދ، ޏ އަދި ސ" އަތޮޅުގެ އިތުރުން ގައްދޫ އާއި ވާދޫ ހިމެނޭގޮތަށް ގުޅިލާމެހިގެން ތަރައްޤީއެއް ގެނައުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ގދ އަތޮޅުގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭނާގެ ތަރައްޤީގެ ތަސައްވުރު ފެނިވަޑައިގެން ގޮސްފައިވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިހާރު ރާއްޖެ ތަރައްޤީ ކުރެވެމުން ދާގޮތަކީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރައްވަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަކިވަކި ރަށްތައް ތަރައްޤީ ކުރީމައި މުޅި ސަރަހައްދަށް ލިބޭ މަންފާ އޭގަ ކުޑަ. އެހަންވީމައި ގއ، ގދ، ޏ، އަދި ސ އަތޮޅު ގުޅިގެން ލާމެހިގެން ތަރައްޤީ ގެނައުން. އެގޮތުން މިރާ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ގދ. އަށް މި ތަރައްޤީ ގެނައުމުގައި ގައްދުއާއި އަދި ވާދޫ ހިމެނޭ ގޮތައް ދެކެވުނު ބައި."، ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ފޮޓޯ: އެމްއެންޕީ

ގައްދޫގެ ރައްޔިތުންނަކީ އަބަދުވެސް އަމިއްލަ ހުވަފެނެއް ގެންގުޅުއްވާ ބައެއް ކަމަށާއި ގައްދޫގެ ރައްޔިތުން އެމީހުންގެ އެހުވަފެންތައް ހާސިލްކުރުމައްޓަކައި ވަރަށް ދިގު މުއްދަތެއް އިންތިޒާރުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ގައްދޫގެ ރައްޔިތުންނަކީ މަސްވެރި އަދި ދަނޑުވެރި ބައެއް ކަމަށާއި ނަމަވެސް އެ ރައްޔިތުން އެދޭ، އެމީހުންގެ ހުވަފެން އަދި މިހާތަނަށް ދިޔައިރު ހާސިލްވެފައި ނުވާކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ. އެހެންކަމުން އޭނާ އަންނަނީ އެ ރައްޔިތުންނާއި މަޝްވަރާކޮށް އެބޭފުޅުން އެދިލައްވައިގެންތިއްބެވި މަންޒިލްއާއި ހަމައަށް ގެންގޮސްދިނުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލްކުރާގޮތުގައި ގައްދޫގެ ރައްޔިތުންނަކީ އަބަދުވެސް އެމީހުންގެ ހުވަފެނެއް ގެންގުޅޭ ބައެއް. އެމީހުން އެމީހުންގެ ހުވަފެން ހާސިލްކުރުމަށްޓަކައި ވަރަށް ގިނަ ދުވަހެއްގެ ދިގު އިންތިޒާރުތަކެއް ކޮށްފި. އެމީހުންނަކީ މަސްވެރި ބައެއް. އެމީހުންނަކީ ދަނޑުވެރިބައެއް. އެހެން ނަމަވެސް އެމީހުން އެ އެދޭ އެމީހުންގެ ހުވަފެން އަދި މިހާތަނަށް ދިޔައިރު ހާސިލެއްނުވޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަންނަނީ ތިބޭފުޅުންނާއި އެކީ މަޝްވަރާކޮށް ތިބޭފުޅުން ތި އެދޭ މަންޒިލާއި ހަމައަށް ގެންދިއުމަށްޓަކައި." ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    އުމްރާނީ ތަރައްގީ ބޭނުމެއްނޫނޭ ކިޔާފަ އައި މިހުން މިހާރު މުއިއްޒަށް އޮތް ތާއީދު ފެނިފަ، ހަމަ މުއިއްޒު ކޮއްދީފަ ހުރި ކަންކަން ވައުދުވާނީ.
    މުއިއްޒަކީ ތަރައްގީ އަމަލީގޮތުން ދައްކާފައިވާ މީހެއް. މިފަހަރު ހަމަ މުއިއްޒު

  2. Anonymous

    ބްރިޖް އިޒް އޯލްޑް ސްޓޯރީ

    • ސޮލަންބޯ

      މި ސަރުކާރަށް އެވަރުވެސް ނުވި. ބްރިޖް އަޅަން ގެނައި ޕްލެޓްފޯމު އެރީ ފަަރަށް

      • ހުސޭނުބޭ

        ފަހުޓެކްނޮލޮޖީ އަދި އެ އުޅެނީ ފަށައިނުގަނެ! ބަލަންތިބެ ދޮލަނގު ޓެކްނޮލޮޖީގައި މަސްދުވަހުން ބުރިޖު އަޅައި ނިންމާދުވަސް.