ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިރޭ ރިޔާސީ ކެމްޕޭން ހަރަކާތަކަށް ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެން، ޑރ.މުހައްމަދު މުއިއްޒުގެ މްޕޭންގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފިއެވެ. ނަމަވެސް އެކަމަނާގެ ހަނދާނަށް އައީ ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ ރައީސް ޔާމީން ތަހައްމަލް ކުރައްވަމުން ގެންދަވާ އަނިޔާ އެވެ. އެއާއިއެކު ފާތުންގެ ލޮލުން ކަރުނަހިލި ކީރިތި ކުރެވެން ފެއްޓެވުނެވެ.

ފާތުން ކީރިތި ކުރައްވަން ފެއްޓެވުމުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި އަދި އެހެން އަންހެން ބޭކަނބަލުން ވެސް ފާތުންއަށް ހިތްވަރު ދެއްވެވިއެވެ.

ޕީޕީއެމްގެ ޖަގަހައަށް ފާތުން ވަޑައިގެން ބޭއްވި ހަރަކާތުގައި އެކަމަނާ ވާހަކަފުޅު ދައްކަވާ ގޮތައް ކުރިން ވެސް ހަމަޖެހިފައެއް ނެތެވެ. ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވީ ކެމްޕޭން މެނޭޖަރު އަމީންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

ފާތުން މުއިއްޒުގެ ކެމްޕޭން އިވެންޓްގައި - ފޮޓޯ: މިހާރު / ނިޝާން އަލީ
ފާތުން މުއިއްޒުގެ ކެމްޕޭން އިވެންޓްގައި - ފޮޓޯ: މިހާރު / ނިޝާން އަލީ

ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސެމްބެ ވިދާޅުވީ މެޑަމް ފާތުން އާއި އާއިލާއަށް މިއީ ފަސޭހަ ވަގުތެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް "އަޅުގަނޑުމެންނަށް ހިތްވަރު ދެއްވުމުގެ ގޮތުނާއި، އަދި އެންމެ މުހިއްމީ އަޅުގަނޑުމެންގެ ގައުމު، ދިވެހީންގެ ދިވެހިރާއްޖެ ކަމަށް ވާތީ" ކެމްޕޭން ހަރަކާތުގައި މެޑަމް ފާތުން ބައިވެރިވުމަކީ ދިވެހި ކަނބަލުން ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

ސެމްބެ ވިދާޅުވީ ރައީސް ޔާމީނަށް ސަރުކާރުން ދެމުން އަންނަ އަނިޔާތަކަށް ކެތްތެރިވެގެން މިތިބީ އެކެތްތެރިކަމުގެ ނިމުން އަންނާނީ އުފަލާއިއެކީގައިކަން ގަބޫލު ކޮށްގެންނެވެ.

ޖަގަހައަށް ވަޑައިގަތުމަށްފަހު ފާތުން އެނބުރި ގެއަށް ވަޑައިގެންނެވީ ވެސް ހިންގަވާފައެވެ. ދޮންމަނިކް ސްކައިވިއު ރެސްޓޯރެންޓުން ފެށިން ރައީސް ޔާމީންގެ ގެކޮޅާއި ހަމައަށް ޕީޕީއެމްގެ ސަޕޯޓަރުން ސަފު ހަދާފައި އޮތެވެ. ފާތުން ގެއަށް ވަޑައިގެންނެވީ ހުރިހާ ބޭފުޅުންނާއި ސަލާމް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަގުމަތިން ފާތުން އާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު 1023 ދުވަސް ވެއްޖެއެވެ. މިދިޔަ މަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސިއްހީ ހާލަތު އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ވާން ޖެހޭ ހިސާބުގައެވެ. ނަމަވެސް އެކަން ނުކުރައްވާ މަޑުކުރައްވަނީ އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބޭނެތީ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސެކުބެ

    ިފިރިކަލުންނަށް ހުކުމްކުރިތާ 12 ގަޑިއިރުވެސް ހަމަ ނުވަނީސް ފިރިކަލުންގެ ބާރު ކަޑާލައި ޕީޕީއެމު އަދި ޕީއެންސީ މީހުން އެމަނިކުފާނު މޫނުގަ ކޮޅުފައިން ޖެހީ. ޢަދުރޭމެން ހަރާމްކޯރުވެ މުއިއްޒުއަށް ބައިއަތު ހިފީމާ އަސަރުކުރާނެދޯ! ޢެކަމަނާގެ ހިތެއް ހަމަޔަގީނުންވެސް ތިބައިގަޑާދޭތެރޭ ސާފެެއްނުވާނެ

  2. ހުދު ފޮށާ

    ޢަޅޭ! ޑްރާމާ ކުޅޭނީ އެހެން ގަޑިޔެއްގަ! މޫވް އޮން ސިސް! ހަމަ ހިލާ ކަމެއް ނުކޮށެއް ނޫން ނަގައިން ގޮސް ޖަލައް ހޫރުވާފަ އެއޮތީ ކީޔެއް! އަނިޔާޔޯ! އައި ރޯލްސްް......

  3. ޜައްޔިތު މީހާ

    ﷲ ވޮޑިގެން ވަނީ ކެތްތެރިންނާ އެކުގައެވެ.

  4. ޜައްޔިތު މީހާ

    ﷲ ވޮޑިގެން ވަނީ ކެތްތެރިންނާ އެކުގައެވެ.*

  5. މަސްނޫނު

    މާތްﷲ ކީރިތި ގުރްއާން ގައި ވަހީކުރައްވާ އަންގަވާފައިވަނީ ކޮންމެދަތިއުނދަގޫ
    ކަމަކާއެކު ފައްސޭހަކަމެއްވެއެވެ އަދި ކޮންމެ ފައްސޭހަ ކަމަކާއެކު ދަތިއުނދަގޫ
    ކަމެއްވެއެވެ. މާތްﷲގެ ހެޔޮރަހްމަތާއި ވާގިފުޅާއެކު އިރާދަފުޅާމިންވަރުފުރުފުޅުން
    ރ ޔާމީންއަށާއާއިލާ އަށް ލިބެމުންދާ ހިތްދަތިކަމުން ސަލާމަތްކުރައްވާ ކެތްތެރިކަން
    މިންވަރުކުރައްވާށި. އާމީން.

  6. Anonymous

    މީނާ ވެސް ކީރިތިކުރައްވާ ރައީސް ކޮޕީކުރީ ދޯ. ކީރިތިކުރައްވަ މެޑަމް، ކީރިތިކުރައްވާ ރައީސް. ކީރިތިކުރައްވާ މީހުންނަށް ރައްޔިތުން ކޮށްދޭންވީ ކޮންކަމެއް؟ ކީރިތިކޮށްގެން ކަމެއް ހާސިލްވާނެނަމަ، މި ދެ މީހުންނަށް އެކަމެއް ހާސިލްވާނެ ދޯ. އަހަރެމެންވެސް ކީރިތިކުރަންވީ ދޯ. ކީރިތިކުރެއްވީމާ ތިމާ ބޭނުވާކަމެއް ވާނޭކަމަށް މިމީހުން ހީކުރަނީ ދޯ. އެހެންވިއްޔާ އެންމެން އެހެން ހީކޮށް ކީރިތިކުރައްވަންވީ ދޯ.

  7. Anonymous

    ސާޖިދާ ކީރިތިނުކުރައްވާތި. ކީރިތިކުރައްވާނީ ފިނޑިން. ރައްޔިތުން ބޭނުންވަނީ ސާޖިދާގެ ފިރިކަލުން ފަދަ ސާބިތު ހިތްވަރުގަދަ ކީރިތިނުކުރައްވާ އަޒުމު ވަރުގަދަ ވެރިއެއް. ރައްޔިތުން ބޭނުންވަނީ ސާޖިދާ ފަދަ ސާބިތު މެޑަމްއެއް. ރައްޔިތުން ބޭނުންވަނީ ރައީސަކަށް ޑރ. މުއިއްޒު. ފަސްޓްލޭޑީއަކަށް މެޑަމް ސާޖިދާ. މިފަހަރު މި ނޫން ގޮތެއް ނެތް.

    • ހިތްވަރު!!

      މިފަހަރު ފިޑިން ފެންނާނެ!!!

  8. ކަލޯބެ

    ޖޫޑިޝަރީ ތެރެއިން މެޑަލް ޖަހައިގެން ތިބި ގާޟީންނަށް އިރާދަ ކުރެއްވިއްޔާ މިދުނިޔެއިންވެސް އޭގެ ހިތި ފެންނާނެ!!