ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މި ފަސް އަހަރު ކުރެއްވި ހިތްވަރާއި ކެތްތެރި ކަމަކީ ހުރިހާ ކަނބަލުންނަށް ނަމޫނާއެއް ކަމާށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސެމްބެ ވިދާޅުވީ މި ސަރުކާރުން ނުހައްޤުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަނިޔާކުރަމުން ގެންދާ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅާމެދު ވިސްނާ ފިކުރުކޮށް އާއިލާއިން ހިތާމަ ފާޅުކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް މެޑަމް ފާތުން ކުރަމުންދާ ހިތްވަރާއި، އެ ކެތްތެރިކަމަކީ ކަނބަލުންނަށް ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

މެޑަމް ފާތުން ރޭ ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާއެކު - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނަށް މިޤައުމުގައި އޮތް ތާއީދާއި އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކީ މިޤައުމުގެ ފަސްގަނޑުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންތައްތަކެއް ނޫންކަމަށް ސެމްބެ ވިދާޅުވިއެވެ.

މެޑަމް ފާތުން ރޭ ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާއެކު - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތުގައި މެޑަމް ފާތުން ބައިވެރިވެވަޑައިގަތުން ސެމްބެ ވަނީ ވަރަށް އިޚުލާސް ތެރިކަމާއިއެކު މެޑަމަށް ޝުކުރު އަދާ ކުރައްވާފައެވެ. ސެމްބެ ވިދާޅުވީ މެޑަމް ފާތުންއަކީ އަންހެން ކަނބަލުންނަށް ނަމޫނާ ކަނބަލެއް ކަމަށެވެ.

ސެމްބެ ވިދާޅުވީ މިފަސް އަހަރަކީ ރައީސް ޔާމީންގެ އާއިލާއަށް ހިތްދަތި ކަޅު ދުވަސްތަކެއް ކަމަށެވެ. އަދި މިސަރުކާރުން ރައީސް ޔާމީންގެ ތާއީދު ކަނޑުވާލައި އެމަނިކުފާނު މިޤައުމަށް ގެނެސް ދެއްވި ޚިދުމަތް ފޮހެލަން ކިތަންމެ މަސައްކަތް ކުރިޔަސް އެއީ ވާނެ ކަމެއް ނޫންކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.

"ރައީސް ޔަމީންގެ ލެގަސީ މިސަރުކާރަށް ދުއްވާ ނުލެވޭނެ. އެމަނިކުފާނަކީ މިޤައުމުގެ ތަރައްޤީގެ ބާނީ. ކިތަންމެ އަނިޔާއެއް ދިނަސް، އެމަނިކުފާނު ފޮރުވައިގެން އުޅުނަސް އެމަނިކުފާނަށް އޮތް ތާއީދު ދުވަހަކުވެސް މިފަސްގަނޑުން ނުފޮހެވޭނެ. އެއީ އަޅުގަނޑުމެންގެ ގައިގައި ލޭ ހިނގާހާ ހިނދަކު ކުރަވޭނެ ކަމެއްނޫން." ސެމްބެ ވިދާޅުވިއެވެ.

މެޑަމް ފާތުން ރޭ ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާއެކު - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ސެމްބެ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ. އަދި އެކަން ކުރައްވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނުގެ ޢާއިލާގެ ހައްގުގައި ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ކަމަށް ސެމްބެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަގީ.

    އެމްޑީޕީ އަދި ޕީޕީއެމް ސަރުކާރުތަކުގެ އަޖުމަ ރައްޔިތުންވަނީ ބަލާފައެވެ. މި ދެޕާޓީއަކީ ވެރިކަން ދިނީމަ ޖަރީމާގެ މައްޗަށް ޖަރީމާ ހިންގާ ކޮންމެވެސް ގޮތަކުން ގައުމު ހަލަބޮލިކޮއް ނުވަތަ ގައުމުގެ ރައްޔިތުން ބިކަކޮއްލާ ބަޔެކެވެ. ވައްކަން ކުރާނެ ނޫނީ ކޮންމެވެސް ތަނެއް ބޭރު ބަޔަކަށް ވިއްކާލާނެ ނުވަތަ މިނިސްޓަރުންނޭ ކިޔާފަ ކަރަޕްޓުބަޔަކު ގެނެސްފާނެ ނުވަތަ ތާކުންތާކު ނުޖެހޭ ގާނޫނުތަކެއް ހަދާފާނެއެވެ. ވީމާ އެމްޑީޕީއަށް ނުވަތަ ޕީޕީއެމްއަށް ދެން އެއްވެސް ފުރުސަތެއް ރައްޔިތުން ދޭންޖެހޭ ސަބަބެއް ނެތެވެ. ގެއްލުންލިބެން ބޭނުންނޫނިއްޔާ މި ދެ ޖަރީމާ ޕާޓީގެ ނުރައްކަލުން ކުރިޔަށް އޮތް ފަސް އަހަރު ސަލާމަތްކޮއް އާ ފުށުމަކުން ދިވެހި ރިޔާސީ ހަޔާތަ އާރާސްތު ކުރަންޖެހޭ.

  2. Anonymous

    ޔާމީނުގެ ވެރިކަން ނިންމާލި މީހަކީ ފާތުމަ ވީމާ ފާތުމަ ނިކުމެ މުއިއްޒު ކަޓުވާލަންނޫޅޭ ފާތުމައަށް އަހަރެން ސަޕޯތް ނުކުރަން. ފާތުމއާއި އަދީބު

  3. 13ވގ

    ދިރިއުޅުމައްބޭނުމީ ފައިސާ އެހުރީ ޔާނު ހުސްނުވާވަރައްދީފަ ދެން ތިތިބީ ކަލޭމެން ހިންހަމަޖައްސަދޭން ވާހަކަކިޔަން