ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ބޮޑުތިލަދުންމައްޗަށް ހާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހއ ދިއްދޫގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މި ސަރަހައްދަށް ގެނެސްދޭ ތަރައްގީ ފުރިހަމަ ވެގެންދާނީ އެ ސަރަހައްދަށް ހާއްސަ ބޭންކެއް ގެނެވިގެން ކަމަށެވެ.

"ބޮޑު ތިލަދުންމަތީގެ ތަރައްގީ އެކޮށް ފުރިހަމަވާނީ ތަރައްގީގެ ބޭންކެއް އަތުވެގެން. އެ ތަރައްގީގެ ބޭންކަކީ ބޮޑުތިލަދުންމައްޗަށް ޚާއްސަ ބޭންކަކަށް ވެގެންދާނެ.". އަމްރު ވިދާޅުވިއެވެ.

މިގޮތުން އަމްރު ވިދާޅުވިގޮތުގައި އެ ބޭންކް ވެގެންދާނީ ބޮޑުތިލަދުންމައްޗަށް އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް ލޯނު ދޫކުރާ ބޭންކަކަށެވެ.

އަމްރުގެ ވާހަކައައިގައި އޭނާ ވަނީ ދައުލަތުން ލޯނުގެ ގެރެންޓީ ދޭން ޖެހެނީ ހަމައެކަނި މަހުޖަނުން ރިޒޯޓް ހަދަން ނޫން ކަންވެސް ފާހަގަކުރައްވާފައެވެ.

އެކަން ބަދަލު ކުރައްވާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ޕާޓީގެ ސަރުކާރެއްގައި ގެސްޓްހައުސް އެޅުމަށް ދައުލަތުން ގެރެންޓީ ދީގެން ލޯނު ދޫ ކުރާނެ ކަމަށެވެ.

އެ ޕާޓީގެ މައިގަނޑު އެއް ވައުދަކީ ފަރުދުންގެ ތަނަވަސް ކަން އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު 2023

    ރައްޔިތުންގެ ޖީބަށް ޑޮލަރާ ޕައުންޑު އަޅާނަމޭ ކިޔާފަ ކަލޭމެން މި ގަނައި ސަރުކާރުން މި 5 އަހަރު ގައުމު ފެލާލައިފި. ކޮންމެ ފަހަރަކު އާ ދޮގުތަކެއް. އެޖެންޑާ 19، ރައްވެހި ފަތިސް، ނޫ އިގްތިސާދު. ވީކަމެއް ހަރާން. މިފަހަރު ބޭނުމީ ބަދަލެއް. މިފަހަރު ހަމަ މުއިއްޒު

    • ޖސޖސ

      ކެނެީގޭގެ ގިފިލީގަތ؟ ބޭނުމެއްނޫން

  2. Anonymous

    ހާއްސަ ބޭންކެއް ހެދީމަ، ސިޔާސީ ބަޔަކަށް ދޭނެ ވަޒީފާ ތަކެއް އުފެދޭނެ. އިތުރު ކަމެއް ވާނެ ކަމަކަށް ނުބެލެވޭ. އެހެން ވީމަ އަމުރުވެސް ދެން މާގިނައިން ކޮސްނުގޮވާ ގޮސް ގެއަށްވަދެ އަރާމުކޮށްލާ. ބާކީ މިއޮތީ 4 ދުވަސް ވޯޓާ ދޭތެރޭ.

  3. އއ

    އިންނަން ތިޔައުޅެނީ އަލަކަށް ނޫން. މިހާރު ތިޔައުޅެނީ ދެވަނަފަހަރަށް އިނދެގެން. މިފަހަރު އިންފަހުން ހިތްހަމަނުޖެހޭ ގޮތްތަކެއް ދިމާވެގެން ޒުވާބުކޮށްފައި ގެއިންނުކުމެގެން އުޅުނަކަސް ދިވެހިންނަށް މިދަނީ ތިޔަ ޚިޔާލީފޮލާގެ ރަހަ ( ދެފަހަރެއްގެމަތީން ) މިހާރުވެސް ރަނގަޅަށް ލިބެމުން. ދެފަހަރަށް ބާލައިދިން ތަރީގެ ޢަދަދު މިހާރުވެސް މިއުޅެނީ ގުނައި ނުނިމިގެން. ލަވައިގެ ރާގު ބަދަލުވިފަހުން އަދި މިއުޅެނީ ހައެއްކަމަސްދުވަސް ނުވެގެން.

  4. އއ

    އިންނަން ތިޔައުޅެނީ އަލަކަށް ނޫން. މިހާރު ތިޔައުޅެނީ ދެވަނަފަހަރަށް އިނދެގެން. މިފަހަރު އިންފަހުން ހިތްހަމަނުޖެހޭ ގޮތްތަކެއް ދިމާވެގެން ޒުވާބުކޮށްފައި ގެއިންނުކުމެގެން އުޅުނަކަސް ދިވެހިންނަށް މިދަނީ ތިޔަ ޚިޔާލީފޮލާގެ ރަހަ ( ދެފަހަރެއްގެމަތީން ) މިހާރުވެސް ރަނގަޅަށް ލިބެމުން. ދެފަހަރަށް ބާލައިދިން ތަރީގެ ޢަދަދު މިހާރުވެސް މިއުޅެނީ ގުނައި ނުނިމިގެން. ލަވައިގެ ރާގު ބަދަލުވިފަހުން އަދި ހައެއްކަމަސް.