ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އާއިއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔާމީން މިނިވަން ކުރުމަށް ގޮވާލައްވައިފިއެވެ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގެ މަސައްކަތަށް ޕީޕީއެމްގެ ޖަގަހައަށް ރޭ މެޑަމް ފާތުން ވަނީ ވަޑައިގެންފައެވެ. އެ ޖަގަހައަށް ވަޑައިގެން މެޑަމް ވަނީ އިދިކޮޅު ގިނަ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ސަލާމް ކުރައްވާ ފޮޓޯ ވެސް ނަންގަވާފައެވެ.

ޖަގަހައަށް ވަޑައިގަތުމަށްފަހު ފާތުން އެނބުރި ގެއަށް ވަޑައިގެންނެވީ ހިންގަވާފައެވެ. ދޮންމަނިކް ސްކައިވިއު ރެސްޓޯރެންޓުން ފެށިން ރައީސް ޔާމީންގެ ގެކޮޅާއި ހަމައަށް ޕީޕީއެމްގެ ސަޕޯޓަރުން ސަފު ހަދާފައި އޮތެވެ. ފާތުން ގެއަށް ވަޑައިގެންނެވީ ހުރިހާ ބޭފުޅުންނާއި ސަލާމް ކުރައްވަމުންނެވެ.

މެޑަމް ފާތުން ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

މެޑަމް ފާތުން މަގުމަތިން ވަޑައިގަންނަވަނިކޮށް ދަ ޑިމޮކްރެޓްސްގެ ޖަގަހައިގެ ކުރިމަތިން ނަޝީދު ވަނީ އެކަމަނާއާ ބައްދަލު ކުރައްވާފައެވެ. އަދި އެކަމަނާ ސަލާން ކުރައްވާ، ފޮޓޯއެއް ނަގާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.


ނަޝީދާއި މެޑަމް ފާތުން ބައްދަލުވި ގަޑީގައި ގިނަ ސަޕޯޓަރުންތަކެއް ވަނީ އެ ދެ ބޭފުޅުން ވަށާލާފައެވެ. އަދި ޔާމީން މިނިވަން ކުރުމަށް އަޑު އުފުލާފައިވެއެވެ. ނަޝީދު ވެސް ވަނީ ސަޕޯޓަރުންނާއި ބައިވެރިވެ ޔާމީން މިނިވަން ކުރުމަށް އަޑު އުފުއްލެވިއެވެ.

މެޑަމް ފާތުން ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ރޭ އިދިކޮޅު ކެމްޕެއިން ހަރަކާތުގެ ތެރެއިން ކުރީގެ ރައީސް ޔާމީންގެ ހަނދާންފުޅުވުމުން މެޑަށް އަށް ވަނީ ކީރިތިވެސް ކުރެއްވެވިފައެވެ. އިދިކޮޅު ސަޕޯޓަރުންގެ ތެރޭގައި ޔާމީނަށް އޮތް ލޯބި ފެނި އެކަމަނާއަށް ކީރިތިކުރެވުނީއެވެ. މެޑަމްއަށް އިދިކޮޅުގެ ގިނަ ފަރާތްތަކުން ވަނީ އެ ދަނޑިވަޅުގައި ހިތްވަރުދެއްވާފައެވެ.

އިދިކޮޅުން ބޭއްވި ކެމްޕެއިން ހަރަކާތުގައި މެޑަމް ފާތުންނާއިއެކު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުއިއްޒު 2023

    ނަޝީދު އެމްޑީޕީގެ ކޮންޓްރޯލް ނަގަން ބޭނުމިއްޔާ މުއިއްޒު މޮޅުވުން ލާޒިމް. ދަ ޑިމޮކްރެޓްސް އާއި ކޯލިޝަން ހަދާކަށް އެއްގޮތަކަށްވެސް ތާއީދެއް ނުކުރަން. ނަމަވެސް ނަޝީދު އަމިއްލައަށް މުއިއްޒު އެންޑޯރސް ކުރުން އެއީ އޭނަގެ އަމިއްލަކަމެއް

  2. ޙަހަހަ

    ކީވެބާ ފާތުމަ ފާޅުވެއްޖޭ ނުޖެހީ . . . ސެހު އިލްޔާސް ވީމަ ފާޅުވަނީ ދޯ ޕަކަޕަކަ

  3. Anonymous

    ހަސަދަ ލައިގެން އަބަދުއުޅުމަކީ އިސްލާމްދީންވެސް ހުއްދަކުރާކަމެއްނޫންކަން ނަޝީދުގެފަރާތުން އެފެއްނަނީ ކޮންމެހާލެއްގައިވެސް ވީކަމެއްނުވާކަމަކަށްނުވާނެ އެހެނަސް އެކަކުއެނެކަކަށް އަބަދު މައފްނުކޮށް ތިބެގެން ނުވާނެކަން އަހަރަމެންގަބޫލުކުރަންޖެހޭ އިބޫ ސޯލިހުފަޅީ މީހުންނަށް މި ރިވެތި އުޅުން ނުވިސްނޭތީ ހިތާމަކުރަން ( ކިހާރިވެތި މިސާލެއްމީ މީހުނަށް މާފުކުރުމަކީ އިސްލާމްދީނު ބާރުއަޅާ ރިވެތި ސިފަ ) ޝުކުރިއަޔާ ރ ނަޝީދު

    • Anonymous

      ވަރައް ރަނގަޅު ވާހަކައެއް.

    • ކޫބަ

      ވަރަށް ރަނގަޅުވާހަކައެއް %100 ތާއިދު

  4. މުހައްމދު

    މުސުންފާ ކަލޭގެ ގާތްވިތަނެއް ދުވަހަކުވެސް ނެތް ރަނގަޅުވެފައި

  5. Anonymous

    ނަޝީދޫ ދެން ތިޔަކަންކަން ދޫކޮއްފަ ގޭގަ މަޑުން އޮވެބަލަ.

  6. ދައްމާނު

    ފާތުމައަކީ ކޮންމެ ފަސް އަނހަރުން އެއްފަހަރު ފާޅުވާ އަންހެނެއްނޫން އެކަމަކު ތިޔަ އިލްޔާސްއަކީ ކޮނމެ ފަސްއަނހަރުން އެއްފަހަރު ފާޅުވާމީހެއް އެވެސް ސީދާރިޔާސީ އިންތިޚާބާ ދިމާކޮއް އިންތިޚާބުނިމޭއިރައް ގެއްލޭނެ.

  7. ނަން

    ލޮލް

  8. މުހައިމިނު

    ެ އަންނި އިބިލީސް ހުރިހާ ނުބައެއް ހަދާފަ މާ ހެޔޮއެދޭ މީހަކަށް ވެގެން ފޮޓޯ ނެގެން ދޭތެރެ ތަކައް ވަންނަނީ . މިޤައުމު ފަސާދަކުރި މީހާ