ބައިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ސެންޓަރެއް ގާއިމުކުރުމާ އެކު ގިނަ ވައުދުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވެވަޑައިގެންފިއެވެ.

ރައީސް އެ ވައުދުތައް ވެވަޑައިގެންނެވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންއަށް ކުޅުދުއްފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ކުޅުދުއްފުއްޓަކީ އުތުރުގައި އޮތް އެންމެ މުހިންމު އެއް ސިޓީކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދެން އެމްޑީޕީގެ ކޯލިޝަން ސަރުކާރެއްގައި ކުޅުދުއްފުށީ ސިޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

ހަމަ އެހެންމެ ކުޅުދުއްފުށީގެ ތަރައްގީއަށް ދެން އަންނަ ދައުރެއްގައި ކުރަން ނިންމާފައިވާ ކަންކަން ވެސް ރައީސް ސޯލިހު ހިއްސާ ކުރެއްވިއެވެ.

އެގޮޮތުން ކުޅުދުއްފުށި ސިޓީ އަދިވެސް ހިއްކެން އޮތް ވަރެއް ބަލައި ހިއްކައި ނިމިމުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އޭގެ އިތުރުން ހަމަ އެ ސިޓީގައި ލޯކަލް ކޮމާޝަލް ހާބަރެެއް ތަރައްގީކުރައްވާނެ ކަމަށް ވެސް ރައީސް ވައުދުވެއްލެއްވިއެވެ.

ކުޅުދުއްފުށި ސިޓީގެ ބަައެއް މަގުތަކުގައި ތާރު އަޅާފައިވާ އިރު ދެން އަންނަ ވެރިކަމެއްގައި ހުރިހާ މަގެއްގައި ތާރު އަޅަން ވެސް ރައީސް ވައުދުވެލެއްވިއެވެ.

ރައީސް ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި އިތުރު ވައުދަކީ އެ ރަށަކާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ ކުނބުރުދޫ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމެެވެ. ރައީސްގެ ތަރައްގީގެ ޕްލޭންގައި އޮތީ އެ ރަށުގައި ސްޓޯރޭޖާއި ބޯޓް ބިލްޑިންގ އަދި ޕެކޭޖިންގ ފެސިލިޓީ ފެށުމެވެ.

ރައީސް ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ރެކްރިއޭޝަނަލް ސެންޓަރެއް ގާއިމު ކުރެއްވި އެވެ.

އޭގެ އިތުރުން ޔޮޓް މެރީނާއެއް ކްރޫޒް ލައިނާއަށް ހިދުމަތް ކުޅުދުއްފުށީގައި ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    ބައިނަލްއަގުވާމީ ފެންވަރުގެ ފެއިލިއަރއެއް އިބޫ ސޯލިހަކީ. އިބޫ އިތުރު ދައުރަކަށް ހޮވިއްޖެނަމަ ދަރަނި 10 ގުނަ ވެ، ޖީ އެސް ޓީ 20 ޕަސެންޓަށް އަރުވާލާ މާމަގެ ފައްޓަރުބަޔައް ދާންދެން ވިއްކާލާނެ. މިފަހަރު ހަމަ މުއިއްޒު އެއްބުރުން

  2. ހަލީމާއްތަ

    ބައިނަލް އަގުވާމީ އިންޑިއާ ބީޖޭޕީ ގޮޑިކޮއްކޮ. ކޮބާ ނުއަގުގައި ނެގިހައި ލާރި . ކޮބާ ކަނޑު ވިއްކާގެން ހޯދިހެއި ލާރި . ކޯޗެއް ކެމްޕެއިނަށް ތިބަހަނީ

  3. އައްނި

    ކުރިންވީ ވައުދުތައް ފުއްދަން އަނެއްކާ އިތުރު ދައުރެއް ސުލޯލިހުއަށް ދެވޭކަށްނެތް.

  4. ތަހުމީނާ

    ފުރަތަމަ 2018 ގައި ވެފަހުރި ވަޢުދު ކުޅުދުއްފުއްޓަން ފުއްދާ ދީބަލަ ކޮންކަމެއް މި ސަރުކާރުން ކުޅުދުއްފުއްޓަށް ކޮންދިނީ އިރާދަކުރެއްވިއްޔާ ކުޅުދުއްފުށިން ބޮޑުތަނުން ބަލިކުރާން އެ އަޒުމުގާ މިހުރީ

  5. Anonymous

    ބޮޑިބަތް ކަަަަަަަައްކަންވީ