ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އަމީތު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންއަށް ރ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އަމީތު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ރައީސް ސޯލިހަށް ފޯމު ވަނީ އަރުވައިފައެވެ.

އަމީތުއަކީ މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ ވެސް މެއެވެ. އަދި ނިމިގެން ދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ.

ނަމަވެސް އަމީތު ބޮޑަށް ފާހަގަ ވެގެން ދިޔައީ ނިމިގެން ދިޔަ ސަރުކާރާ ދެކޮޅަށް ނުކުތް މަޝްހޫރު 12 މެމްބަރުންގެ ތެރޭގައި ހިމެނުމުންނެވެ. އެ މައްސަލައިގައި އޭނާ ގޮނޑި ގެއްލުނު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ ނިންމިއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުނުފަހުން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

އޭގެ ފަހުން މި ހިނގާ 19 މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް އަމީތު ކުރިމަތިލެއްވި ނަމަވެސް އިންތިހާބުން ވަނީ ބަލިވެވަޑައިގެންފައެެވެ.

އަމިތަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާ އިރު އޭނާއަކީ ރާއްޖެއިން ޖަޕާން ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ޑެޕިއުޓީ އެމްބަސަޑަރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދ

    މީނާ އެމްޑީޕީއަށް ތާއީދު ކުރަނީ، ހިހޫތަނުން ކާލަކާލަ ހުރެވޭނީ އޭރުން ކަމަށްވާތީއެވެ. ޖަޕާނަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރުކަމުގައި ހުރުމުން ކަމެއް ނުކޮށް ބޮޑު މުސާރައާއި އެހެނިހެން އެލަވަންސާއި ދަތުރުފަތު ލިބޭނީ މިވެރިކަން ދެމި އޮވެގެންނެވެ. އެކަމަކު ރައްޔިތުން ތިބީކީ މިފަހަރު މިސަރުކާރު ހަމަމަގަށް އެޅުމަށްޓަކައި ރައްޔިތުންގެ ބާރު އޭގެ ޖާއިޒްގޮތުގައި ބޭނުން ކުރުމަށެވެ. ﷲ އިރާދަ ފުޅުން ސެޕްޓެމްބަރު މަހު ނުވަވަނަ ދުވަހު ނަގާ ވޯޓުން މިސަރުކާރު ކަރުތާފެނަށް ވެއްޓޭތަން ދިރިތިބީންނަށް ދެއްކެވުމަކީ މިގައުމާއި މިވަތަނާއި ﷲ މަތިވެރި ދީން އިސްލާމް ދީނަށް ލޯބިކުރާ އެންމެންގެ ދުޢާއެވެ. ﷲ އަޅަމެނަށް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.

  2. Anonymous

    ކަރަޕުޓް މީހުން ތިޔައީ އެމްއެމްޕީއާރްސީ ފައިސާ ކާލި މީހިން އެމްޑީޕީގައި ގިނައީ !