އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ މި ގައުމުގެ ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ކަަމަށެވެ. މި ފަސް އަހަރު ވޭދުވެގެން ދިޔައީ އެ ފްލޭން އޮވެގެން ދަރަނި ނުދެއްކި ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުން މަތިވެރީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ކުރީގެ ރައީސް ޔާމީން މި ގައުމުގެ ވެރިކަމުން ވަޑައިގެންނެވިއިރު ގާތްގަނޑަކަށް 44 މިލިއަން ދަރަނީގެ ގޮތުގައި އޮތް ކަމަށާއި އޭގެ ތެރެއިން 22 މިލިއަންއަކީ ވާރުތަކުރި ދަރަނި ކަމަށް ވިދާޅުވިއެވެ. އަދި ޔާމީން ޖީއެމްއާރްއަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ހުރިހާ ކަމެއް ކޮށްފައި ހަގީގަތުގައި އެމަނިކުފާނުގެ ދަރަންޏަކީ 12 މިލިއަން ކަމަށް ވިދާޅުވިއެވެ. އެކަމަކު މި ވޭދުވެގެން ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 115 މިލިއަނަށް ރައީސް ސޯލިހް އަރުވާފާއިވާ ކަމަށް ވިދާޅުވިއެވެ. އެ ދަރަނި ދެއްކުމަށް ރައީސް ސޯލިހްގެ އޮތް ޕްލޭން ޖެހޭނީ އެމަނިކުފާނާ ވަކިން ބައްދަލުކުރައްވައި އޮތްތާކުން ހޯދަން ކަމަށް ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެކަހަލަ މޮޔަ ވާހަކަދެއްކުމުން ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށެވެ.

"ދެން މި އޮތީ ހުށަހަޅާފައި ދެވަނަ ދައުރެއް ލިބިއްޖިއްޔާ އިންޑިއާ ރުޕީސް މިތާގައި ހިނގާގޮތަށް. ބަލަ މި ރާއްޖޭގެ ރައްޔިތުން ނޫޅޭ މޮޔަވެގެންނެއް. ރައްޔިތުން މި ތިބީ އެކީ އެކައްޗަކަށް ނިކުމެ މުއިއްޒު ހޮވަން. ކެނޑިޑޭޓް ނަންބަރު 4 ހޮވުން ނޫން އެހެން އެއްވެސް ގޮތެއް އޮތްކަމަށް މިއަދު ރައްޔިތުން ގަބޫލެއްނުކުރޭ. ދެން ބޮޑު ތަކުން ބަލިވާކަން އެނގުނީމަ ފާޑުފާޑުގެ ދޮގު ވާހަކަ މި ދައްކަވަނީ ރައީސް ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށް ބުނެ. ރޭގެ މި ފެނުނީ ޔާމީންގެ އަނބިކަނބަލުން މުއިއްޒުގެ ކެމްޕެއިން ޖަގަހައަށް ވަޑައިގެން އެތާގައ މުއިއްޒަށް ްްކެމްޕެއިން ކުރެއްވިތަން. މާރިޔާ ފަހަކަށް ނުދާނެ އަރާ ބުނާކަށް މެޑަމް ފާތުން ވަޑައިގެންނެވީ އިބޫގެ ޖަގަހައަކަށޭ. މިހާރު މޮޔަގޮވަން އެ ފޭށީ. މާބޮޑަށް ބަލިވާތަން ފެނުނީމަ މޮޔަވެގެން އެ އުޅެނީ. ރައީސް ސޯލިހް މި ރާއްޖޭގައި ވޯޓު ލިބޭނެ އަދަދު ވޯޓުލާ މީހުންގެ އިންސައްތައިން ބަލަފިނަމަ 40 އަކަށް ނާރާނޭ." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުން މަތިވެރީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ކުރީ ރޭ ސަންގު ޓީވީއިން ބޭއްވި ރިޔާސީ ބަހުސްގައި އޭނާ އާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންނެވީ ޖެހިޖެހިން ކައިރީގައިކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އެ ރޭ ސިޔާސީ ހިސާބު ޖަހާނެ ގޮތް މާރިޔާއަށް ކިޔާދެއްވި ކަމަށެވެ. ކިޔާދިނީމަ މާރިޔާ އިންނެވީ ހައިރާންވެގެން އަންތަރީސްވެފައި ކަމަށެވެ. ހަނދާނެ ގޮތް ހުސްވެފައި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

" ލއަބްދުﷲ ޝާހިދު ބުނީ ރައީސް ސޯލިހް ވަކި ހިސާބަކަށް ބަހުސްގައި ސުވާލުތަކަށް ޖަވާބު ދިނީމަ ފައްޔާޒުއޭ މިކަމެއް ނެތޭ ވާކަން. އެ ދައްކާ ވާހަކަ ދެކޮޅެއް ދިމައެއް ނުވޭ. ޑރ މުއިއްޒަށް ތާއީދުނުކޮށް ކީއްހޭ ކުރާނީ. ފައްޔާޒު ވިދާޅުވީ ކަނޑުވީމަ ދެން އޮންނާނީ މަލާމަތްވޭތޯ މަސައްކަތް ކުރުމެއް ނޫންހޭ. މިއީކީ އެއްގޮތަކަށް ވެސް ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ މީހެއް ނޫނޭ. އޭނާ އަމިއްލައަށް ކޮށްފައި ހުރި ކަންތައް ނުކުރާ ކަމަށޭ އެ ބުނަނީ. އެންމެނަށް އިނގޭ ފާތުމަތު އަހުމަދު ސޯލިހަކީ ކޮއްކޮކަން. އެންމެނަށް އެނގޭ ސީޕީ ހަމީދަކީ ޅިޔަނުކަން. މިހެން ގޮސް ލިސްޓެއް ފައްޔާޒު ކީ އަދި ވިދާޅުވީ މި އެންމެނަށް ވަޒީފާ ދީފަ އެ ވިދާޅުވީ ތިމަންނަގެ ތިމާގެ މީހަކަށް ވަޒީފާއެއް ނުދެމޭ." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުން މަތިވެރީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަދުރޭ ވިދާޅުވީ ފައްޔާޒުއާއި އަބްދުﷲ ޝާހިދު އުޅުއްވަނީ އިސްތިއުފާ ދެއްވުމުގެ މަގުމަތީގައި ކަމަށެވެ. ކެބިނެޓުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވާނީ އެ ދެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށހހދހހސ

    ށހހސހސހހސބސބ

  2. ހަންޑިކުޑަ

    ސިޔާސީ މީހުން ދައްކާ ވާހަކަތަކެއް ރައްޔިތުން ޢަބޫލެއް މިހާރަކު ނުކުރޭ. ރައްޔިތުން ތިބީ މިފަހަރު ވޯޓު ލާކަށެއް ނޫން. ރައްޔިތު މީހާ އަށް އެނގޭ ކޮންމެ ވެރިޔަކު ހޮވުނަސް ރައްޔިތު މީހާއަށް ކުރާނެ ފައިދާއެއް ނެތްކަން. އެފައިދާ ކުރާނީ އަދުރޭ މެން ކަހަލަ ސިޔާސީ މީހުނަށްކަން.