(ގއ. ވިލިނގިލި) ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން ރަނގަޅު ބޭފުޅަކު ނުނިކުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު މި ރަށުގައި ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން، ރަށުގައި ތިބި ޖޭޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ކުށެއް ކުރައްވައިގެން ކަމަށެވެ. އަދި ފަނޑިޔާރުންގެ ބޮލުގައި އިލްޒާމް އަޅުވަމުންދާ އިރު، އެކައުންޓްގައި 400-500 މިލިއަން ރުފިޔާ ހުންނެވީ ކަމެއް ނުކޮށްތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

ގާސިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ވެސް ރައީސް ޔާމީނަށް އެނގިވަޑައިނުގެން ނުހުންނަވާނެ ކަމަށެވެ. އަދި ޔާމީން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޖަލުގައި ހުންނެވީ ކަމެއް ނުކުރައްވައިގެން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ގއ. ވިލިނގިއްޔަށް ވަޑައިގަތުން - ފޮޓޯ: ޖޭޕީ

"ގިނަ ކަންތައްތަކެއް ކުރައްވައި ޣައިރު ގާނޫނީ ގޮތުން ކުރައްވައި އެތައް ބައިވަރު ނާޖައިޒު ކަންތައްތަކެއް ކުރެއްވުމުގެ ސަބަބުން އެމަނިކުފާނު ޖަލުގައި ހުންނެވީ." ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޔާމީނަށް ތާއީދު ކުރެއްވި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕީޕީއެމުން ނުކުންނަވާ ކޮންމެ ބޭފުޅަކަށް ވޯޓު ދެއްވަން ނުޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމް ވެރިކަން ކުރައްވަން ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބޮޑު ތަނުން ފެއިލްވެއްޖެ. ކުޑަކޮށެއް ނޫން. އެހެންވީމަ އަލަގިރި ގަހަކުން ކެޔޮ ނިރެއް ނުފަޅާނެއޭ މުސްކުޅިން ބުނެ އުޅެނީ، އެ ޕާޓީތަކުގެ ތެރެއިން ނުނިކުންނާނެ ރަނގަޅު މީހަކު. ޖެހޭނީ އެކަކު ސަލާމަތްކޮށްދޭން އަނެކަކު،" ގާސިމް ވިދާޅުވިއެވެ.

ސަންގު ޓީވީން އިސް ނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ބަހުސްގައި ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ގާސިމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ޔާމީން ސަލާމަތް ކުރައްވަނީ "މަތިންތޯ" ސުވާލު ކުރެއްވިއެވެ.

"އެހެންވެ މި ދަންނަވަނީ އަވިހަކާ ޖެހި އަވިހަކެއް ފާ ވާނީ. ރަނގަޅު މީހުންނާ ޖެހިގެން ރަނގަޅު މީހުން އަންނާނީ. ވިޔާނުދާ ކަންތައްތައް ކުރި މީހުންނާ ޖެހުނު މީހުންގެ ފަރާތުން ވިޔާނުދާ ކަންތައްތައް އަންނާނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ގއ. ވިލިނގިއްޔަށް ވަޑައިގަތުން - ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުގައި އޭނާ އެއް ވަނަ އަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓަކީ ކުޑަ ޕާޓީ، ނުވަތަ ބޮޑު ޕާޓީ އަށް ބަލަން ޖެހޭ ކަމެއް ނޫން ކަމަށާއި ބަލަންވީ ރައްޔިތުންނަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކީގައި ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފާނަން ޔަގީންކަމާ އެކު، އެ ތަނުގެ ތެރޭގައި އޭގެ މީހެއް. އަޅުގަނޑު ދަންނަން އެ ބޭފުޅުންގެ ޑީއެންއޭ. މި ޕޮލިޓިކަލް ދާއިރާގައި މާ ފުންނާބު އުސްވެގެން އުޅޭނެ ކަމެއް ނެތް އެކަކު ވެސް. ގޮތް ނޭނގޭ އެކަކު ވެސް ނުހުންނާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ އަށް ވުރެ ބޮޑަށް ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ރިޔާސީ ރޭހަށް ނުނިކުންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. Anonymous

    ޢާސިމް އަކީ މިޤައުމު ފަސާދަ ކުރުމުގައި ބައިވެރިވާ އެކަކު

    • ހައްގު

      ގާސިމަކީ ކިތަންމެ ރީތިކޮއް ވާހަކަ ދެއްކިޔަސް ކަންކުރަނީ މުޅިން އިދިކޮޅައް މިސާލަކައް އެންމެ ކުޑަ މުސާރަ ދެނީ ވެސް އަދި ރުޅި އައީމަ ހުތުރު ބަސް ބޭނުން ކުރުން ކަލަ ގޮވުން އަދި ކޮވިޑްގަ އެންމެ ކުޑަ އުޖޫރަ ދިނުން މަހަކަށް 1500 ރުފިޔާ

      • ކަދުރޭ

        ގާސިމު ކަލޭކާރީ އަހަރެން ކިތައްމެ ދުވަހު ބުނެފިން އަގަނުތަޅާ މަޑުން ހުންނާށޭ. ކަލޭ އަގަ ތަޅާވަރަކައް ކަލޭ ވަނީ ފަޡީހަތް. ކަލޭ މީހަކައް އެހީތެރި ވެދިނަސް އެހަރަދެއް ކުރަނީ ކަލޭގެ އަމިއްލަ ޖީބަކުން ނޫނން. ކަލޭގެ ރިސޯޓތް ތަކުން ކަޅާކޮއްފައި ހޫންނަ ފައިސާއިން ކުޑަ މިންވަރެއް

    • ޭއެތެރެވަރި

      ޖުމްހޫރީ ޕާޓީއާއި ގާސިމްގެ ޑީއެން އޭވެސް ރައްޔަތުންނަށް މިހާރު އެނގޭ. މިގައުމަށް މިވަގުތު ބޭނުންވަނީ އިލްމާއި ތަޖުރިބާ ހުރި ރައީސެއް އަމިއްލަ ވިޔަފާރި ފުޅާކުރާނެ ރައީސެއްނޫން

    • Anonymous

      ކަމަކުނު ވެރިކަމަކަށ އެހެންކަމަކާ އުޅުއްވުނ ވަރަށްބޮ އެދެން

  2. މުއިއްޒު އެއްބުރުން

    ގާސިމަކީ އެމްޑީޕީގެ ފައުންޑާ މެމްބަރެއް. 2013 ގަ ޕީޕީއެމްގެ ޔާމީނަށް ތާއީދުކުރި މީހެއް. 2018 ގަ އެމްޑީޕީގެ އިބޫއަށް ތާއީދުކުރި މީހެއް. މިހާރު ކީކޭ ތި ކިޔަނީ؟ މުސްކުޅިކަމުން ހަނދާން ނެތޭގޮތްވަނީތަ؟
    މިފަހަރު ހުރި އެންމެ ހެޔޮލަފާ، ގާބިލު މީހަކީ މުއިއްޒު. ޝައްކެއްވެސް ނެތް

    • ގަދަކުޑޭ

      ޔަގީން

  3. Anonymous

    މަނިކުފާނު ކޮންއިރަކުތޯ ރަގަޅީ؟؟ މުއައްޒަފުންނަށް ހަމަޔަށް މުސާރަ ނުދޭ ސާވިސްޗާޖަށްވެސް ހަދަނީ މަކަރު .. އަޅުގަނޑު މިއުޅެނީ މަނިކުފާނުންގެ ރިސޯޓްގަ...

  4. ލާމު

    މަނިކުފާނަކީ ވެސް ހޭބުއްދި ފިލާފައިހުރި މީހަކަށް ވެއްޖެ. އިބޫއާއެކު މަނިކުފާނު މިހުރިހާދުވަހު ތިޔަ އުޅުނީ. އަނބިކަނބަލުން އަދިވެސް ހުރީ އިބޫގެ ވަޒީރަކަށް. ތިވަރުމީހަކަށް ވޯޓުދެވޭކަށް ނެތް.

  5. އައުޓް

    ގާސިމް ޒިންދާބާދު ކަނޑުވިއްކާ އިބޫ ބަރުބާދު މުއިއްޒު އިންޑިއާ އާއި އެކު ޑީލް ހަދައިގެން އިންޑިއާ ސިފައިން ނުބާލާނެ ކަމަށް ވައުދުވެ ވަނީ ޕީޕީއެމް އަށް ގައްދާރުވެފައޭ ގާސިމް ޒިންދާބާދު އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު އިބޫ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް އިބޫ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް އިބޫ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް...

    • Anonymous

      ބޯ ހަލާކު ވެފަ

  6. ކިއެއްވެތޭ

    ކިއެއްވެތޭ މުއިއްޒު އަށް ނުކެރިގެން އުޅެނީ ފާޅުކަން ބޮޑު ގޮތެއްގައި ބުނަން ރައީސް ޔާމީން ބުނާ ގޮތަށް އިންޑިއާ ސިފައިން ބާލާނަމޭ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ ކިއެއްވެތޭ ނުކެރިގެން އުޅެނީ

  7. ވެއްޓެނީ

    ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ މިވެރިކަން ވެއްޓެނީ

  8. ޝަފޏް

    އެމްޑީޕީ އަދި ޕީޕީއެމް ސަރުކާރުތަކުގެ އަޖުމަ ރައްޔިތުންވަނީ ބަލާފައެވެ. މި ދެޕާޓީއަކީ ވެރިކަން ދިނީމަ ޖަރީމާގެ މައްޗަށް ޖަރީމާ ހިންގާ ކޮންމެވެސް ގޮތަކުން ގައުމު ހަލަބޮލިކޮއް ނުވަތަ ގައުމުގެ ރައްޔިތުން ބިކަކޮއްލާ ބަޔެކެވެ. ވައްކަން ކުރާނެ ނޫނީ ކޮންމެވެސް ތަނެއް ބޭރު ބަޔަކަށް ވިއްކާލާނެ ނުވަތަ މިނިސްޓަރުންނޭ ކިޔާފަ ކަރަޕްޓުބަޔަކު ގެނެސްފާނެ ނުވަތަ ތާކުންތާކު ނުޖެހޭ ގާނޫނުތަކެއް ހަދާފާނެއެވެ. ވީމާ އެމްޑީޕީއަށް ނުވަތަ ޕީޕީއެމްއަށް ދެން އެއްވެސް ފުރުސަތެއް ރައްޔިތުން ދޭންޖެހޭ ސަބަބެއް ނެތެވެ. ގެއްލުންލިބެން ބޭނުންނޫނިއްޔާ މި ދެ ޖަރީމާ ޕާޓީގެ ނުރައްކަލުން ކުރިޔަށް އޮތް ފަސް އަހަރު ސަލާމަތްކޮއް އާ ފުށުމަކުން ދިވެހި ރިޔާސީ ހަޔާތަ އާރާސްތު ކުރަންޖެހޭ.

    • ގަދަކުޑޭ

      ޕީޕީއެމް އިން މިފަހަރު ކުރިމަތި ލިތަ ތަންކޮޅެއްވިސްނާފަ ކޮމެންޓް ކޮށްބަލަ

  9. Anonymous

    އުތުރު ތިލަފަޅު އިންޑިޔާ އަށް ދިނީ އެމްޑިޕީ އާއި ޖޭޕީ ބައިވެރިވާސަރުކާރުގެ ޑީލްއަކުން .ޑީއޯ ގާސިޔާ ނުވަތަ ފޯޅަވެހި ނުވަތަ ޗާގޯސް ވިއްކާލި ޑީލްއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައދުންބައެއް ވިއްކާލި ޑީލްއަކީ އެމްޑީޕީ އާއި ޖޭޕީ ބައިވެރިވާ ސަރުކާރުގެ ޑީލްއެއް ވީމާ މިކަނަކަމުން ޖޭޕީ އަކަށް ސަލާމަތެއްނުވެވޭނެ.

    • Anonymous

      ޔަގީންކަމެއް.

  10. އަންނަނީ

    ތިޔާ އެއާރޕޯރޓަށް ވެސް ވާނީ ތިލަމާލެ ބްރިޖަށް ވީގޮތޭ ބްރިޖް ވެސް އަންނަނީ އަލިފުށި އެއާރޕޯރޓް ވެސް އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ

  11. އަހުމަފު

    ބަލަ ތި މޮޅު ކޮއްގެން އުޅޭ ވަހީދަކީ ޕީޕީއެމްއިން ނުކުންނަން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވީމަ ތި ޕާޓީއަށް އައިސް އުޅޭ މީހެށް.. ތި ހީދު ބޭރު ކޮށްލާ .. އެއިރުން ތިބުނި ގާހަކަ އަށް މީހުން އިތުބާރު ކުރާނީ..

  12. އއއއއ

    ކަލޭ އަމާނާތްތރިކަން މާބޮޑުވީމަ ވެލިނަގަން މާލެއައިސް އެންދެރިމާގެއަށް ވެރިކަން ލިބުނީމަ މިގައުމު ނާޖާއިޒު ގޮތުގަ ކައިގެން ތިހިރީ.!!!! ޣައްދާރުންނާ ވަގުންގެ ބަފާ!!!

  13. ބުނާނެއޭ

    ތިޔާއީ މުއިއްޒުގެ ސަބަބުން ފަހިވާ ކަންކަމޭ މިހާރުވެސް ގާސިމް ނުވަތަ މުއިއްޒު ބުނެބަލަ ކޮތަޅު ޓެކްސް އުވާލާނަމޭ ވަގުތުން ރައީސް އިބޫ ކޮތަޅު ޓެކްސް އުވާލާނެއޭ ގާސިމް އަދި މުއިއްޒު ރައްޔިތުން ދެކެ ލޯތްބެއް އަދި ކުލުނެއް ހުރެއްޖެނަމަ މިކަން އިއުލާން ކުރާނެއޭ ކޮތަޅަކީ އެއީ ކުރިން ވެސް 100 ގުނަ ކަސްޓަމްސް ޑިއުޓީ ނަގާ އެއްޗަކަށް ވާއިރު ރައްޔިތުން ދެކެ ކުޑަ ވެސް ލޯތްބެއް ހުންނަ ސިޔާސީ ލީޑަރަކު ހުރި ނަމަ އެމެން ބުނާނެއޭ ކޮތަޅު ޓެކްސް މާފުކޮށްދޭނަމޭ

  14. ް ރް

    ކުށެއ ކުރިޔަސ ހުކް ކުރަނ ވާނ އަދުލ އިންސާފުނ. އެކަކ ު ގަ ،އަނެކަކ ގޮޅީގައ ، މީހުންވެސ އެއްކުށެއްް ކުރ.

  15. ކޮވިޑް

    މަނިކުފާން ވަށާލާފައި އެ ސަނާ ކިޔަމުންދަނީ ކޮން ތަންތާކުން ނުކުތް ބައިގަނޑެއެއްތޯ؟

  16. ނިހާން އަޙްމަދު ހުސައިން މަނިކް

    ގާސިމްބެ ހިތުގައި ތިޔަ އޮންނަނީ ހަސަދަވެރިކަން ތިވަރަކުން ވެރިކަމެއް ނުކުރެވޭނެ ރަންކޮޅާ، ވެރިކަން ބޭނުންވެގެން ތިޔަހަރީ މާ ބޮޑުވަރުވެފަ ވާނީވެސް އެހެންތާއޭ މި ދެން ބައިވެރިވެސް ވެވޭނެ ފަހަުފަރެއެވެ، މާޒީއެއް ޒުވާނުން ބޭނުމެއް ނުވެއެވެ އަދި ކަލަ ގޮވުމެއްވެސް ނޫނެއެވެ، މި ފަހަރުވެސް ހަމަ ދުއްވާލާނީ ޗޮކުންނެއެވެ ކައިރި ތިބި ކުދިން ކޮލޫ ލާރި ކޮޅު ހިފައިގެން ބަޗާނެއެވެ ވ ވެދުމެއެވެ،

  17. އަހްމަދު

    ސޭޓާ ކިތަންމެރުޅިގަދަވިއަސް ސޭޓުއަތުގަ ބައިވަރު އަނބިންނާ ލާރިއާ ދަރިންތިބިނަމަވެސް ގައުމެއްގެ ވެރިކަންކުރެވޭފަދަ ގާބިލްކަމެއްނެތް ސޭޓައް ރައްޔިތުންގެސަޕޯ ނުލިބުންއެއީ ރައީސް ޔާމީންގެ މައްސަލައެއްނޫން ހަމައިގަ ހުންނަވައިގެން ރަނގަޅު ކެމްޕޭނެއް ކުރަށްވާ
    ތަޢުލީމު ނެތަމަ ތާކުޒަމާނާ އެކުވެގެން
    ކަންދާނެޔެ ބުއްދީގެމަގުން އެއްކިބާވެގެން

  18. ޮުއެއްލާލާ

    އެމްޑީޕީ ޕީޕީއެމް ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އެމްޑީޕީން ރާއްޖޭގެ މިނިވަން ކަން ވިއްކާލީ އިންޑިއާ އަށް ވެރިކަމުގެ ދަހިވެތި ކަމުގައި ޕީޕީއެމް ވެރިކަމަށް އައުމުން ބޮޑު ވަގަކު ބްރޯ އަކަށް ހަދައިގެން ދައުލަތުގެ ޚަޒާނާ އޭނާ އާއި 40000 ވަގުން ގުޅިގެން ނޮޅާލަމުން ދިޔައިރުވެސް ހާކިމާ އެއަށް ދިނީ ބީރު ކަންފަތެކޭ ގާނޫނު އަސާސީ ބަދަލު ކޮށްގެން އެވަގަށް ނައިބް ރައީސް ކަން ދިނުން ވެރިކަން ހަރާމްކޯރު ވެރިކަމަކަށް ބަދަލުވީއޭ ހަނދާން ނައްތާލާ

  19. އއ

    މިފަހަރު ޗޮކުން ގޮސްފިނަމަ، ވަރަށްގިނަ ކަންތައްތައް ބެލިގެންދާނެކަމުގެ ބިރު އެބައޮތްހެން ހީވަނީ. ފަނޑިޔާރުންނާއި، އެކިއެކި ޤަވްމުތަކުގައިހުރި އެޕާރޓްމަންޓް ތަކާއި، މިހެންގޮސް ބައިވަރު. ކުށްވެރިވަނީ ހަމައެކަނި ވައްކަންކުރީމައެއްނޫން. ރިޝްވަތުދީފައިއޮތަސް ކުށްވެރިވާނެ. 2008، 2013، 2018 އާއި ޚިލާފަށް ކޯލިޝަނަކާއިނުލައި މިފަހަރު ނިމިއްޖެނަމަ ވަރަށް ސަކަރާތްވާނެ.

  20. މޮހޮރު

    ކުރުކޮށް ފޮނިކޮށް މިބުނަނީ ގާސިމަކީ މިޤައުމަށް ގައްދާރުވެފަވާ ބޮޑުގައްދާރެއް،

  21. ނަމޭ

    ޤައުމުގެ ހާލަތު މިހައި ނާޒުކުކޮށް އޮއްވައި ޑީއެންއޭ ނޭނގޭ ގޮތް ނޭނގޭ މީހަކާ ގައުމު ޙަވާލުކުރެވޭކަށް ނެތް. ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެ...

  22. Anonymous

    މިދެންކާކުތަ މިހެންބުނަން މިވަކިރަގަޅުމީހެއްތަ ހުރިހާހަމަނުޖެހުމެއްގެ އަޑީގަހުނަނަމީހާ އަދި އެކަމަށް ޙަރަދުވެސްކުރާމީހާ

  23. އަލިބެ

    ބޮޑުސޭޓާ،ޗޯރޭއާ،ހޮޅި މުއިއްޒުއާ،ދަނޑިޕާޓީއާ،ހުދުވަލުގެ ވެރިޔާއާއި އަދި މިނޫންވެސް ކެންޑިޑޭޓުން މި ދުވަސްވަރު ދަނީ ހައްދެއްނެތް މިންވަރަށް ވައުދުނާމާތައް ވަމުންނެވެ. އަދި މާޒީގައި އެބައިމީހުން ކޮށްދީފައިވާ ކަންތައްތައް ހަނދާންކޮށްދީ ކަލަ ގޮވަމުންނެވެ. ދިވެހި ރައްޔަތުން މިއަދު މިސްނަންވީ މިބައިމީހުން ކަނޑުފަޅުންނާއި ގިރިގިރިން ވަކިވަކި ފަރުދުންނަށް ދެމުން ގެންދާ ގޯއްޗާއި ފުލެޓްތަކާއި،ވަޒީފާތަކާއި ހަދިޔާ ބަދިޔާ ތަކާއި ވޯޓު ގަތުމަށްޓަކައި ބަހާ ފައިސާއާއި ފޮނި ހުވަފެންތަކެއް ނޫނެވެ. މިއަދު ދިވެހިން ވިސްނަންވީ މިގައު އޮތް ހާލާމެދުގައެވެ. އާދެ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިލޮބުވެތި ވަތަންގެ ނައު މިހާރު ދަތުރު ކުރަމުންދަނީ ވަރަށްވެސް ގަދަ ކަނޑެއްގަ ނައުގެ މިސްރާބު އޮޅި ދެވޭ ނުދެވޭ ދިމާލެއް ނޭންގިއެވެ. އާދޭހެވެ. މިގައުމު މިހާރުވަނީ ހަތަރު އަނގޮޅި ކަންމަތީގަ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބުގައެވެ. އެހެންކަމުން ދިވެހި ލޮބުވެތި ރައްޔަތުން ވިސްނަންވީ މިލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓޭނެ ގޮތަކަށް ދިވެހިންގެ ވިސްނުން ބައްޓަން ކުރުމަށެވެ. މިބައި މީހުންގެ ފަރާތުން ލިބިފައިވާ ނުވަތަ ލިބިމުންދާ ފައިސާތަކާއި މުދާތަކާއި މެދު ވިސްނަންވާނީ އޭގެ ފަހުންނެވެ. ފުރަތަމަ ވިސްނުމަކަށްވާންވާނީ މިގައުމު ސަލާމަތް ކުރުމަށެވެ. މިއީ ދިވެހިންނަށް ދިވެހި ގައުމު ސަލާމަތްކުރުމަށް ލިބޭނެ ފަހު ފުރުސަތެވެ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ދިވެހިން ނުހިފައިފިނަމަ ފަހުން މިކަމާ ހިތާމަ ކޮށް ކަރުނަ އަޅާ ރޯނެއެވެ. ނަމަވެސް، އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އަލިބެގެ ދުޢާ އަކީ މިބައި މީހުންގެ ތެރެއިން މާޒީގައި ހިތްހަމަ ނުޖެހޭކަމެއް ދިމާވެފައި އޮތް އެމީހަކާމެދު އޮތް ޒާތީ ހަސަދަ ވެރިކަން އެއްކިބާކޮށް އެމީހަކީ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އަދި މާތްވެގެންވާ އިސްލާމްދީން ނެގެހައްޓަދޭނެ މީހެއްކަމުގައި ޤަބޫލު ކުރެވޭނަމަ އެމީހަކާގެން ކުރިއަށް ދިއުމަށެވެ. އަދި ދިވެހިން ބުއްދީގެ ނަޒަރަކުން ވިސްނާ ފިކުރުކޮށް ގޮތް ނިންމުމެވެ. މާތް ﷲ ދިވެހިންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށިއެވެ!

  24. Anonymous

    ހުރިހާ މީހުންގެވެސް އަޒުމަކަށް ވާނީ ގާސިމުއަށް ދޯކާ ދިނުމެވެ. ވަށއިގެންވާ މީހުންނަކީ އެ ނިޔަތުގަ ނިކުންނަ މީހުންނެވެ.

    • ނާޒީ

      ބަލަގަ ކީކޭތަ ކިޔަން ތިޔައުޅެނީ..؟ އިބޫ ސޯލިހުއާއި ދެން ހުރިމީހާގެ ވަށައިގެން ތިބީ މައުސޫމު ބަޔެއްތޯ. ހުސް ސާރިދޯޅު.

  25. ޢިޔާބު

    މިވެސް މީހުންގެ މުޅަމަސް ކައިއުޅޭ މުސްކުޅިއެއް

  26. ހަމަހަމަ

    މިސަރުކާރުގެ މީހުންތީ. އެއްވިސްނުމެއް ހުންނާނީ. ކަނޑު ވިއްކާލި ވާހަކަވެސް ދައްކަންފެށީ އިހައްދުވަހު. ހުރިހާދުވަހު ސިފައިން ތިބި ކަމެއް ވެސް ، ކަނޑު ވިއްކަލި ކަމެއްވެސް ނޭގިފަ ހުރީ.

  27. އިބުރާހިމްބެ

    ބޮޑުސޭޓާ،ޗޯރޭއާ،ހޮޅި މުއިއްޒުއާ،ދަނޑިޕާޓީއާ،ހުދުވަލުގެ ވެރިޔާއާއި އަދި މިނޫންވެސް ކެންޑިޑޭޓުން މި ދުވަސްވަރު ދަނީ ހައްދެއްނެތް މިންވަރަށް ވައުދުނާމާތައް ވަމުންނެވެ. އަދި މާޒީގައި އެބައިމީހުން ކޮށްދީފައިވާ ކަންތައްތައް ހަނދާންކޮށްދީ ކަލަ ގޮވަމުންނެވެ. ދިވެހި ރައްޔަތުން މިއަދު މިސްނަންވީ މިބައިމީހުން ކަނޑުފަޅުންނާއި ގިރިގިރިން ވަކިވަކި ފަރުދުންނަށް ދެމުން ގެންދާ ގޯއްޗާއި ފުލެޓްތަކާއި،ވަޒީފާތަކާއި ހަދިޔާ ބަދިޔާ ތަކާއި ވޯޓު ގަތުމަށްޓަކައި ބަހާ ފައިސާއާއި ފޮނި ހުވަފެންތަކެއް ނޫނެވެ. މިއަދު ދިވެހިން ވިސްނަންވީ މިގައު އޮތް ހާލާމެދުގައެވެ. އާދެ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިލޮބުވެތި ވަތަންގެ ނައު މިހާރު ދަތުރު ކުރަމުންދަނީ ވަރަށްވެސް ގަދަ ކަނޑެއްގަ ނައުގެ މިސްރާބު އޮޅި ދެވޭ ނުދެވޭ ދިމާލެއް ނޭންގިއެވެ. އާދޭހެވެ. މިގައުމު މިހާރުވަނީ ހަތަރު އަނގޮޅި ކަންމަތީގަ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބުގައެވެ. އެހެންކަމުން ދިވެހި ލޮބުވެތި ރައްޔަތުން ވިސްނަންވީ މިލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓޭނެ ގޮތަކަށް ދިވެހިންގެ ވިސްނުން ބައްޓަން ކުރުމަށެވެ. މިބައި މީހުންގެ ފަރާތުން ލިބިފައިވާ ނުވަތަ ލިބިމުންދާ ފައިސާތަކާއި މުދާތަކާއި މެދު ވިސްނަންވާނީ އޭގެ ފަހުންނެވެ. ފުރަތަމަ ވިސްނުމަކަށްވާންވާނީ މިގައުމު ސަލާމަތް ކުރުމަށެވެ. މިއީ ދިވެހިންނަށް ދިވެހި ގައުމު ސަލާމަތްކުރުމަށް ލިބޭނެ ފަހު ފުރުސަތެވެ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ދިވެހިން ނުހިފައިފިނަމަ ފަހުން މިކަމާ ހިތާމަ ކޮށް ކަރުނަ އަޅާ ރޯނެއެވެ. ނަމަވެސް، އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އަލިބެގެ ދުޢާ އަކީ މިބައި މީހުންގެ ތެރެއިން މާޒީގައި ހިތްހަމަ ނުޖެހޭކަމެއް ދިމާވެފައި އޮތް އެމީހަކާމެދު އޮތް ޒާތީ ހަސަދަ ވެރިކަން އެއްކިބާކޮށް އެމީހަކީ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އަދި މާތްވެގެންވާ އިސްލާމްދީން ނެގެހައްޓަދޭނެ މީހެއްކަމުގައި ޤަބޫލު ކުރެވޭނަމަ އެމީހަކާގެން ކުރިއަށް ދިއުމަށެވެ. އަދި ދިވެހިން ބުއްދީގެ ނަޒަރަކުން ވިސްނާ ފިކުރުކޮށް ގޮތް ނިންމުމެވެ. މާތް ﷲ ދިވެހިންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށިއެވެ!