އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް ގދ.ހޯނޑެއްދޫގެ އަޣުލަބިއްޔަތު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގެއްލިދާނެ ކަމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ހޯނޑެއްދޫ އާއި މަޑަވެލި ހިމެނޭ މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރަކަށް ހުސައިން ފިރުޝާން ހޮވުނީ އެމްޑީޕީ ޓިކެޓްގައެވެ. ނަމަވެސް އޭނާ މިހާރު ހުންނެވީ ޑިމޮކްރެޓްސް ގައެވެ.

ހިޔާލު ހޯދުމުގެ ވޯޓްގައި 244 މީހުން ބައިވެރިވިއެވެ. އެއީ ވޯޓްލާ މީހުންގެ އާބާދީގެ %27 މީހުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދޭނެ ކަމަށް %45.9 މީހުން ބުނެފައި ވެއެވެ. އެއީ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 112 މީހުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓްގައި ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބުނީ އެމީހުން ވޯޓް ދެނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށެވެ. 99 މީހުން ނުވަތަ %40 މީހުން ބުނެފައި ވަނީ އެމީހުން ރިޔާސީ އިންތިހާބުގައި ވޯޓް ދޭނީ މުއިއްޒު އަށެވެ.

ހޯނޑެއްދޫން ތިންވަނަ އަށް ދާނެ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް އެވެ. ގާސިމް އިބްރާހިމްއަށް ވޯޓް ދޭނެ ކަމަށް %6.5 މީހުން ބުނެފައި ވެއެވެ. އެއީ 16 މީހުންނެވެ.

ހަތަރު ވަނަ އިލްޔާސް ލަބީބަށް ލިބޭއިރު އޭނާ %4 ވޯޓް ހޯއްދަވަފައި ވެއެވެ. އެއީ 10 ވޯޓެވެ.

އިންތިހާބުގައި ވޯޓް ދޭނެ ކެންޑިޑޭޓަކު އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައި ވެއެވެ. އެއީ %0.8 މީހުންނެވެ. ފާރިސް މައުމޫނަށް ވޯޓް ދޭނެ ކަމަށް %0.4 މީހުން ނުވަތަ އެކަކު ބުނެފައި ވެއެވެ.

ވޯޓް ނުލާނެ ކަމަށް ވެސް އެކަކު %0.4 މީހުން ބުނެފައި ވެއެވެ.

އެރަށުން އިތުރު ކެންޑިޑޭޓަކަށް ވޯޓެއް ލިބިފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ގޮތް ބެލުމަށް ވަގުތު އިން ވަނީ މާލެ އާއި އަދި އެހެން ބައެއް ބޮޑެތި ރަށްރަށުގައި ވެސް ސާވޭ ކުރިއަށް ގެންގޮސްފައެވެ. ބައެއް ރަށްރަށުގެ ސާވޭގެ ނަތީޖާ މިހާރު އިއުލާން ކޮށްފައި ވާއިރު ބައެއް ރަށްރަށުގައި މިހާރު ވެސް ސާވޭ ކުރިއަށް އެބަދެއެވެ.

ވަގުތު އިން އަންނަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓް ނަގަމުންނެވެ. އޭގެތެރެއިން %90 ހިޔާލު ހޯދުމުގެ ވޯޓް ވަނީ އިންތިހާބުގެ އަސްލު ނަތީޖާ އާއި ދިމާވެފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގިތެޔޮ

    މުހިންމީ އެންމެ ގާބިލު މީހާއަށް ވޯޓު ދިނުން. ޕާޓީގެ ކުލައަށް ބަލައިގެން މިފަހަރު އިބޫއަށް ވޯޓުދޭވޭކަށްނެތް. މިއައްވުރެ ދައުލާތުގެ ދަރަނި ބޮޑުވެއްޖެނަމަ ވާނީ ބަނގުރޫޓު!!! ގައުމު މިވަގުތު ބޭނުންވާނީ މުއިއްޒު ކަހަލަ އިގްތިސާދު ކޮޅައް ނެގޭވަރު މީހެއް

    • ޢަހަރެން

      ރަނގަޅު ނިންމުމެއް. މަރުހަބާ

  2. އއ

    ހޯޑެއްދޫ މީހުން ޤަބޫލްކުރަނީތަ، ޢަބްދުﷲ ރަޝީދާއިމެދު ކަންތައް ހިނގައިދިޔައީ ރަނގަޅަށްކަމަށް؟

  3. ގގގފ

    ނުވާނެތިކަމެއް އެމްޑީޕީ ކުރީގައުޅެނީ