ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރު ރާއްޖޭގެ ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެކަމަށް އެމަނިކފުާނު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހު އެހެން ވިދާޅުވީ 2012 ވަނަ އަހަރު އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާން އާކުރައްވަމުންނެވެ.

"ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ ފުރުސަތު ލިބިގެން ދިޔަ، ބަސް ބުނުމުގެ. ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެ. ސިޔާސި ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތު އެ އޮތީ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި ތަފާތެއް ނެތް، އެންމެނަށް އެ ފުރުސަތު ލިބިފައި އެ އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު، އެމްޑީޕީ އަލުން ވެރިކަމަށް އަންނަން ހޭދަވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ނޫސްވެރިންނާއި ސިޔާސީ ލީޑަރުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދީނީ އިލްމުވެރިއެއް ވިޔަސް، ސިޔާސީ ބޭފުޅަކަށް ވިޔަސް، ނޫސްވެރިއެއް ވިޔަސް، އެ ދުވަހު ކުރިމަތިލާން ޖެހިފައި ވަނީ ބިރުވެރިކަމާއި ނާމާންކަމާ. ހަމަ އެ ދުވަސްވަރު ރާއްޖެ ޓީވީގައި ހުޅު ރޯކޮށްލި، ސިޔާސީ ބޭފުޅުން ހިފާ ހައްޔަރުކުރި. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެނެސްގެން ދޫނިދުއަށް ލީ،" ރައީސް ޞާލިހް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ބިރުވެރިކަމަށް ނިމުމެއް އައީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުންކަމަށް ވެސް އެމަނިކުފާނމު ފާހަގަ ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލެކްސް

    އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަން 10 ދަރަޖަ ފަހަތައް ވެއްޓުނީ

  2. ހަރުގެ

    ލޮބުވެތި މުސްލިމު އަޚުނާއުޚުތުން 9ސެޕްޓެމްބަރުގަ ނަގާ ވޯޓަކީ މިިގައުމުގާ އޮންނަން ފެންނަނީ ސައްތައިން ސައްތަ މުސްލިމު މުސްތަގިއްލު މިނިވަން ގައުމެއްގެ ގޮތުގަތޯ ނޫނީ އިންޑިޔާގެ އަޅުވެތިކަމުގަ އޮތުމަށް އަދި އިޚްތިޔާރީ މުސްލިމު އެމީހަކު އުޅެން ބޭނުންވާ ދީނަކަށް އުމަށް ޖާގަދޭ ދީނީމިނިވަންކަން އެއްޖިންސުން ކައިވެނި ކުރެވޭ މޑޕ ލާދީނީ ފިކުރުގެ ވެރިކަމެއް ގެނައުމަށް ދެވޭ ވޯޓެއް އަދި މީ ހަގީގަތް އޑޕ އަށްދެވޭ ވޯޓަކީ މިފެންނެވި ކަންތަކާށް އެބަސްވާ ނަރަކާގެ އަލިފާނަށް ދެވޭވޯޓެއް އިދިކޮޅަށް ދޭވޯޓަކީ މިގައު ހިމާޔަތް ކޮށް މިނިވަންކަމާ 100% މުސްލިމު ގައުމެއްގެ ގޮތުގާ ބޭވުމަށް ދެވޭ ވޯޓެއް

  3. Anonymous

    މިއެމްޑީޕީ މީހުން ވެރިކަމުގައި ތިބިއްޔާ ޤައުމުގެ އިޤުތިސޯދު އިންޑިޔާއަށް ވިއްކާލާ ޤައުމު ދަރަނިވެރި ކުރުވާނެ،
    މިމީހުން ވެރިކަމުގައި ނެތިއްޔާ މަގުތިގާއި މުޒާހަރާކޮށް ޤައުމު ހަލަބޮލިކޮށް ބިރުވެރިތަނަކަށް ޤައުމު ހަދާނެ ، ހުޅުޖަހާނެ މީހުނަށް އަނިޔާދީ ގެއްލުން ކުރާނެ މިދެކަންތަށް މިއެމްޑީޕީ ފެންނަނީ !