ރ. އަލިފުށީގެ އެއާޕޯޓް ތަރައްގީކޮށް ނިންމާ މި އަހަރުގެ ނިމުމުގެ ކުރިން ވައިގެ މަގުން ދަތުރުތައް ފެއްޓުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަލިފުށީ އެއާޕޯޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ފަޅުން ބިން ހިއްކައިގެންނެވެ.

މި އެއާޕޯޓުން ފުރައިގެން 20 މިނެޓު ތެރޭގައި ރ. ވާދޫ, ރ. ރަސްގެތީމު, ރ.އަނގޮޅިޓީމު އަދި ށ. ކޮމަންޑޫއަށް ދެވޭނެއެވެ.

މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް ފެށުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރު ނިމެން ވާ އިރަށް އަލިފުށީގެ އެއާޕޯޓަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ގޮތް ހެދިގެން ދިއުން ކަމަށެވެ.

ރައީސް ސޯލިހް އަލިފުއްޓަށް ވަޑައިގަތުން - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން ވައުދުތައް ވަނީ އެކަންތައް ފުއްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ހޯދައިގެން، މިހާތަނައް އަޅުގަނޑުމެން ވީ ވައުދުތަކުގެ ތެރެއިން 90% ވަނީ ފުދި ނިމުމާ ހިސާބައް އާދެވިފައި". ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ވާހަކަތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ 2013 އިން 2018 އާ ހިސާބަށް ރާއްޖޭގެ ރައްޔިތުން އިހުސާސްކުރަން ޖެހުނީ ބިރުވެރިކަމާ ނާމާން ކަމަށެވެ. ހާއްސަކޮށް ވަކިވަކިން ހުންނަ ކުޑަ ރައްތަކައް އަޅާ ނުލާ އެކަހެރި ކޮށް ދޫކޮށްލާފައި އޮތް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު އައިސް އެއްވެސް މީހަކު، އެއްވެސް ރަށެއް ތަފާތު ނުކޮށް ގާނޫން އަސާސީގައި ސަރުކާރަށް މަތި ކޮށްފައިވާ އަސާސީ ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ރަށަކުންވެސް ފެންނަނީ ހަގީގަތުގައި ހެޔޮ ބަދަލުތަކެއް. ތަރައްގީގެ ބައިވަރު މަޝްރުއޫތަކެއް ކުރިޔަށްދާ އިރު ރައްޔިތުން އެކަމާއި ހިތްހަމަ ޖެހިފަވާތަން.". ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް އަލިފުއްޓަށް ވީ ބައެއް ވައުދުތައް:

  • އަލިފުށީގެ ބިން ހިއްކުން.
  • ރަށުގެ ރައްޔިތުން މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ތަރައްގީ ކުރުން.
  • އަލިފުށީގެ އެއާޕޯޓް ބިން ހިއްކާއިރު އެތަނުގައި ކުނި މެނޭޖް ކުރުމަށްޓަކައި އެއް ހެކްޓަރުގެ ބިން އިތުރު ކުރުން.
  • ފްލެޓް އަދި ރޯ ހައުސް އެޅުން.
  • އަލިފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން.
  • އަލިފުށިީގައި މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުން.
  • ޒުވާނުންގެ ފުޓްސެލް ދަނޑު އެޅުން،
  • ސްކޫލްގެ މަލްޓި ޕާޕަސް ހޯލާއި އަލިފުށީގެ ހުކުރު މިސްކިތް އެއާ ކޮންޑިޝަން ކުރުން.
  • ސްކޫލްގެ ސައިންސް ލެބް މިހާރަށް ވުރެއް ތަރައްގީކޮއް ވަސީލަތްތައް އިތުރު ކުރުން.
  • ޒަމާނީ ލައިސެންސް ޓްރެކެއް އެޅުން.

ރައީސް ވަނީ، ސިޔާސީ ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ތަރައްގީއަށްޓަކައި މި ކުރާ މަސައްކަތްތަކުގައި ހުރިހާ އެންމެން އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

 

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭލި

    އިބޫ ތިޔަހުރީ ފޭލި މައްޗަށް ފޭލިވެފަ. ދައުލަތަށް ލިބުނުހައި ފައިސާ ހުސްކޮށް އޭގެ އިތުރުން 68ބިލިއަން ދަރުވައިގެން ކުރި ޢުމްރާނީ މަސައްކަތެއް އަޅުގަނޑުމެންނަށް ފެންނަން ނެތް. ވާނީވެސް އެހެންތާ. އެއްވެސް ތައުލީމެއް ނެތް ތަނަކުހުރި ކޮހަކާއި ވެރިކަން ހަވާލުކުރީމާ ވާނީ މިހެންނެވެ.

  2. ތަކުރު

    ދޮގެއްނޫން