ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން އެހެން ގޮތެއް ހޯދުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ ފަހަތަށް އެރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ މިފަހަރު އިންތިހާބުގައި ރައިސް ސޯލިހު ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެންމެން އާބަސް ކިޔައިގެން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މެންބަރުންނާއި ސަޕޯޓަރުން އިލްޔާސް ލަބީބުއަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިލައްވާފައެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށާއި އެމަނިކުފާނު އިންތިހާބުގައިވެސް ދެވަނަ ބުރަކަށް ދިޔަ ނުދޭން ރައީސް ނަޝިދު ވަނީ ގޮވާލައްވާފައެވެ.

އިދިކޮޅު ކެނޑިޑޭޓުން ބުނަމުންދަނީ ރައިސް ސޯލިހު ޤާނޫނު އަސާސީ އާއި ޚިލާފުވެފައިވާ ކަމަށާއި އެމަނިކުފާނަކީ ޤައުމުގެ ޣައްދާރެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ދެވަނަ ދައުރެއް ނުދިނުުމަށް އިދިކޮޅު ހުރިހާ ކެނޑިޑޭޓުން ދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އަނިޔާކޮށް ޤައުމަށް ޚިޔާނަތްވެފައިވާ ކަމަށާއި އެ އަނިޔާވެރިކަމަށް އަނބުރާ ދާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިހާބަކަށެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ އެމަނިކުފާނު ސަލާމަތްކުރުމަށް މޭ އައްޑަނައަކަށް ދިއްކޮށް ފިސާރި ކެރިގެން ނުުކުުމެއެވެ. ޤާސިމް ވިދާޅުވަނީ އޭނާއަކީ އަމިއްލަ ޖީބުން ޚަރަދުކޮށް ރައްޔިތުންނަށް ޚިދުމަތްކުރެއްވި ފުރަތަމަ ބޭފުޅާ ކަމަށެވެ. އެހެންކަމުން އޭނާ ޓެސްޓުކޮށްލުމަށް މިފަހަރު އިންތިހާބު އޭނައަށް ކާމިޔާބުކޮށްދިނުމަށް ޤާސިމް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރައީސް ނަޝީދުު އެމްޑީޕީ ދޫކޮޮށް މުޅިން އައު ސިޔާސީ ޕާޓީއެއް އުފައްދައިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ނެރުނު ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް ނަޝީދު ދަނީ ޖާނާއި މާލުން ޤުރުބާން ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޣގގ

    ކަލޭ ބުނާގޮތަކަާް ހަދަންނުޖެހޭނެ، ބޮޑުއޮޑި ކުޑަ އޮޑިއެއްގެ ފަހަތަކަށް ނައަރާނެ، ކުޑައޮޑި ބޮޑުއޮޑީގެ ފަތަށް އަރަންޖެހޭނީ،

    • ކޮއިކަމަނަ

      ޢެބުނާހެން އޮޑިކައިރިއަށް ބޮއްކުރާ ދާން ޖެހޭނީ ބޮއްކުރާ ކައިރިއަށް އޮޑިއެއް ނޫން ދާން ޖެހޭނީކީ ކޮޔާ ނަޝީދޫ. އިލްޔާސަށް މާގިނަ ވޯޓު ލިބޭނެހެނެއް ހިޔެއް ނުވޭ އެކަމަލު ނަޝީދު ކުރިމަތިލީނަމަ އިލްޔާސަށްވުރެ ރަގަޅުވީސް.

  2. ޣގގ

    ކަލޭ ބުނާގޮތަކަށް ހަދަންނުޖެހޭނެ، ބޮޑުއޮޑި ކުޑަ އޮޑިއެއްގެ ފަހަތަކަށް ނައަރާނެ، ކުޑައޮޑި ބޮޑުއޮޑީގެ ފަތަށް އަރަންޖެހޭނީ،

  3. ޙހ

    މިއަށް ރައްދުދިނުމަށް ގޮވާލަން ޕީޕީއެމް އަށް...ނަޝީދު އަކީ މަކަތުވެރި ހީލަތްތެރިއެއްކަން ދަންނަން ޖެހޭ...އޭނަ އެހާ އިހްލާސްތެރިއްޔާ ޕީޕީއެމް ފަހަތަށް އަރަން ކީއްތޯ އިތުރު ވާހަކަ އަކާއި ނުލާ...

  4. އަލިބެ

    މީނާ ހަމަބާ؟؟

  5. ގަބުޅިބާދަލާ

    ހިޔަޅު.މީނާހިކުރަނީ މީނާއަށްއެކަނި ކަމަށް ވިސްނެނީ.މެޑަމްފާތުންއަށް ރޭގަ ފެނިލާފަ މޮޅުއެޗެކޭ ބުނެލީ. ރައީސް ޔާމީންގެ ސަރުކާރުގައި އަދީބު ކިޔާ ވައިރަސްއެއް އެޅުވިކަމަށް އަމިއްލައަށް އެއްބަސްވެ ޕީޕީއެމް ނެތިކޮށްލަން އިންޑިޔާއަށް ގައުމުވިއްކާލުމުގައި ބައިވެރިވި މީހެއް ތިޔާ. ތިމާފޭހުން އިލޮށިތިމާގެ ލޮލަށް ހެރޭތަންފެންނަވަރުން ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ. ދިވެހިންނޭ ވިސްނާ.މިނުބައި ދަނޑިފައްތަރުލާން ހިތްވަރުދޭމީހާގެ ކިބައިން ސަލާމަތްވުމަށް ﷲއަށް ދުއާކޮށް ޑރ.މުއިއްޒަށް ވޯޓްދެއްވާ.މިގައުމު މީނާއާ އިންޑިޔާގެ ޕަޕެޓް ރައީސްގެ ކިބައިން ސަލާމަތްކުރައްވާނދޭވެ. އާމިން.

  6. އިންޑިާެ

    . ކަލޭ ތި ޖަހަން އުޅޭ މަޅި މާބޮޑަސްވެސް ސާފުވޭ، މަތިރިވެ ހުރޭ.

  7. Anonymous

    ބޮއެ ރީއްޗަށް މީނަ ހިތުން ފާތުން މެޑަމް ނިކުތުމުން އެރޭ އެތަނަށް ދިޔައިވެސް މި ތާއީދު ހޯދަންވެގެން ދޯ . މީނަ ނުދަންނަ އިންސާނެއް މި އުޑުހިޔާދަށުގަ ނުހުންނާނެ. ތިހެން މީނަޔަށް މީހުން ހެއްލުނީ މާކުރިން. ދެނެއް ޕީޕީއެމް މެބަރެއްވެސް މީނަ ބުނާ ބހަކަށް ނެހެއްލޭނެ. ތިއޮތީ ރޫޅިފަ.