ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

މައާފަށް އެދިވަޑައިގެން މިރޭ އޭނާ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސް ވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި، ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއްް ކަމަަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

"އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމި ތިބިކަމީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން".

އެކަމާއި މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އަދި އޭނާ ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެން ދިއުމަކީ ހަގީގަތެއް ކަމަށްވެސް ވިދާޅުވެ، ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ އަޒުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދާދިނުން. އަދި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް އެންމެ ކުޑަމިނަކަށްވެސް ނުހިނގާނެ ކަން ކަށަވަރު ކުރުމަކީ އަޅުގަނޑުގެ އަމިއްލަ ޒިންމާއެއް ކަަމަށްވެސް ހަދާނަން.". ފާރިސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    އަނިޔާތަކަށް މާފަށް އެދެން ޖެހޭނީ މައުމޫނު އަމިއްލަޔަށް މީޑިޔ/ާ ތަކަށް އަރާ . އެގޮތަށް މާފަށް އެދިއްޖެ ނަމަ އަހަރުމެން މިތިބީ ފާރިސް އަށް ވޯޓް އޮއްސާލަން ތައްޔާރަށް.

    • ދުންނިކަ

      ރައީސް މައުމޫނު ވެރިކަމުގައި ހުންނަވައިގެން ދެއްވި ވަދާޢީ ތަޤްރީރުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކަށްށ ނުޙައްޤުން އަނިޔާއެއް ދެވިފައިވާނަމަ މާފް ކޮށްދެއްވުމަށް އެދިވަޑައިގެންފަ. ދެން ދުވާލަކު އެއްފަހަރު އެމަނިކުފާނު އެވާހަކަ ދައްކަވާކަށް ނުޖެހޭނެ.

    • ވެރީ ސޮރީ

      ރައީސް މައުމޫނު ވަނީ ދައުރު ނިމިގެން ދެއްވި ސްޕީޗްގައި ރައްޔިތުންގެ ކިބައިން މާފަށް އެދިފައި، ކުރުމާއި ނުކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި ފާރިސް އަސްލު ނުޖެހޭނެ މަޢާފަށް އެދޭކަށް، އެމީހަކު ނުކުރާކަމަކަށް އެމީހަކު މާފަށް އެދެންޖެހޭ އުސޫލެއް ހަމަޖެހިފައެއް ނޯވޭ. (ރައީސް މައުމޫނުގެ ސަޕޯޓަރެއްވެސް ނޫން ފާރިސްގެ ސަޕޯޓަރެއްވެސް ނޫން)

  2. މުއިއްޒު އެއްބުރުން

    ފާރިޝްމެން ގެނައި އަދި ބައިވެރިވި ސާރުކާރެއް މިއީ. މިސަރުކާރުގަ ހިނގި ހުރިހާ ޖަރީމަތަށް ނަގަހައްޓަން ތިބެފަ މިހާރު ތިވާހަކަ ދައްކަން ލަދު ކޮބާ؟
    100 ބިލިއަންގެ ދަރަންޏާއި، އެކި ޓެކްސްތަކާ، އިންޑިޔާގެ ދަރަންޏާއި ސިފަިއންނާއި، ލާދީނީ މީހުން ހިމާޔަތް ކުރިމާއި، ގާތް މީހުނަށް ދިން ސިޔާސީ މަގާމުތަށް ދެވުނީ ފާރިޝްމެން މި ސަރުކާރަށް ހިއްވަރު ދޭން 5 އަހަރު ތިބުމުން.
    މިފަހަރު ހޮވާނީ ރައްޔިތުންގެ ހައްގުގަ ނިކުތް މުއިއްޒު

  3. ޢަބްދުﷲ

    ރަނގަޅު

  4. Anonymous

    ވެފައިވާ ކުށްތަކަށް މާފުއެދުމަކީ ވަރަށް ރަގަޅުކަމެއް.

  5. ބައްތި

    ސޮރީ ފާރިސް ބައްޕާފުޅު މުޅި މާޅޭގަ ގާ ޖަހާ މާލެ ތޮއްޖެއްސީ އުމުރު ދުވަހު ވެރިކަމުގަ ހުންނާނަމޭ ހިތާ....
    ދިވެހީން ދިގު ރަން 30 އަހަރަށް ނޫނެކޭ ބުނެފި... ދެން އައުލާދުން ނިކުމެ ކަން ކަން ރަނގަޅު ކުރަން އުޅުނަސް ނުވާނެ..

  6. ްއީމާންވަން

    ސެލިއުޓް ޓުޔޫ. ތިޔައީ ހިތްވަރު ގަދަ ދަރިއެއް! މާތް ﷲ ދަރިފުޅަށް ހެޔޮރަޙްމަތް ލައްވާށި.

  7. ނަހުލާ

    ޢެންމެ ބޮޑަށް އަނިޔާ ލިބުނު މީހުންގެ ތެރޭ ހިމެނޭ މާމިގިލީ ހުރިހާ ސުކޫލް ކުދިން. ގްރޭޑް 1 ކުން 10 ގެ. މައުމޫނު މާމިގިލިއަށް އަންނާތީ ހުރިހާ ސުކޫލު ކުދިން ރަތްދަކަ އަވީގަ އަމީނީ މަގު ބެއިތިއްބި ދިދަ ދީފަ. ޙެނދުނުން ފެށިގެން އިރުއޮއްސޭން ދެކަށް. ކާންވެސް ގެޔަށް ނުފޮނުވާ.

  8. ހޫރުވޭ

    މައުމޫނު ވަރަށްގިނަ ބަގާވާތް ކުރެއްވި. ނާސިރު އިރުގަވެސް ބަގާވާތް ކުއެއްވި. ނަސީދު އިރުގަވެސްބަގާވާތް ކުރެއްވި. ޔާމީނު އިރުގަ ފާރިސާ ގާސިމާ މައުމޫނާ އާއިލާގެ ބޭފުޅުންނާއެކު 1 ފެބުއަރީގަވެސް ބަގާވާތް ކުރެއްވި. . ގާސިމު ވިދާޅުވި ވަރަށް އަޑަށް ބާރު ލާފަ " 1 ފެބުއަރީގަ އަހަރުމެން ސުޕުރީމު ކޯޓުން ހުކުމެއް ނެރުނީމާވެސް ކަމަކުނުދިޔަ".އޭ. ބަގާވާތްކޮށްގެން ޖަލަށްލީމާ އޭގެ ބަދަލުގަ ޔާމީނަށް ސޯލިލްއްވަ ތި އަނިޔާ ކުރައްވަނީ . ތިބޭފުޅުންނަށް މިސަރުކާރުގެ އެއްވެސްކުށެއް ނުފެނޭ. ހަމައެކަނި ރ ޔާމީނަށް އަނިޔާކުރުން ފުދޭ. 2018 ގެ އަނިޔާވެރި ސަރުކާރުގު މިއޮތީ ވައްޓާލަ ދެއްވާފަ. ސޯލިގެ ފަހަތުގަ ތިބޭފުޅޫން ތިއްބަވަން ވާނީ.

  9. މުޙައްމަދު

    ބައްޕާފުޅު އެއްބަސް ވެއްޖެތޯ އަނިޔާވެރިވިކަމަށް. އެހެން ކަމަށް ވަންޏާ ބައްޕާފުޅު ކައިރީ ނަންގަނެދީފާނަންތޯ ބައްޕާފުޅު ކުރެއްވި އަދި ދެއްވި އަނިޔާތައް މީޑިއާ ކުރިމަތީ ފާޅުކުރުމަށާއި އެކަމާއި ގުޅުންހުރި މީހުންގެ ނަންތައް އިއްވުމަށް. މަޙްޝަރު ދުވަހުން ބައްޕާފުޅަށް އަޅުގަނޑު މާފުދޭނީ މިކަންކޮށް ދިނިއްޔާ.

  10. އަކްމެޑް

    މައުމޫނުގެ ވަދާޢީ ސްޕީޗުގައި ވަނީ މަޢާފަށް އެދިފައި. އޭރުގެ ކަންކަމަށް ނަޒަރު ހިންގާލާއިރު ބުރަވެވެނީ އެކަންކަމަކީ ސީދާ ރައީސް އަންގައިގެން ނުވަތަ ރައީސަށް އެނގިގެން ހިނގި ކަންކަން ނޫންކަން. ޖަލުތަކުގަ އަނިޔާކުރީ ޖަލު ބަލަހައްޓާމީހުން. ކޮންމެހެން މައުމޫނު ބުނެގެނެއް ނޫން. ކަތީބުނާ އަތޮޅުވެރިންވެސް ހަމަ އެހެން އުޅުނީ. އެންމެން މައުމޫނު ބޮލަށް ކަނޑަނީ

  11. މަގޭޚިޔާލު

    ރައީސް މައުމޫނު މިގައުމުގައި ކުރެއްވީ އަނިޔާވެރި ވެރިކަމެކޭ ނުބުނެވޭނެ. އެހެނެއްނޫން 30 އަހަރު ވެރިކަން ކުރައްވާއިރު މީހަކަށް އަނިޔާއެއް ލިބިފަ އޮތުމަކީ އެކަށީގެންވާ ކަމެއް. އެއީ ގަސްތުގަ މީހަކަށް ދިން އަނިޔާއެކޭ ނުބުނެވޭނެ. ހަގީގަތުގައި އަނިޔާވެރި ވެރިކަން ވަރަށް އަވަހަށް ނިމޭނެ. މިސާލަކަށް ނަޝީދުގެ ވެރިކަމުގައި 3 އަހަރުވީތަނާ ގާޒީއަކު ވަގަށް ނަގައިގެން އެމައްސަލަ ހޫނުވެގެން ވެރިކަން ވެއްޓުނީ. ޔާމީންގެ ވެރިކަމުގައި ވަރަށްގިނަ ބަޔަކަށް އަނިޔާތައް ވަނީ ދީފަ. ނަތީޖާއަކަށްވީ ބުރިޖާއި 25 ބުރީގެ ހޮސްޕިޓަލްފަދަ އެތައް ތަރައްޤީއެއްގެ ކުރިމަތީގައި ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުން. އެއީ އަނިޔާއަށް ބުނި ނޫނެކޭ. މައުމޫނު 30 އަހަރު ވެރިކަން ކުރެވުނީ އަނިޔާވެރިޔަކަށް ނުވާތީ. މީ ޙަޤީޤަތަކީ.

  12. އަހަންމަދު

    ޓޫ ލޭޓު. ޓޫ ލިޓްލް!
    ނޯ! ނޯ! ނޯ!
    ފޮގެޓް އިޓް!
    ނޯ ވޯޓު!