ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކަންކަމުގައި މަޝްވަރާކުރައްވާ ބޭފުޅެއް ކަމަށާއި، ޚާއްސަކޮށް ދީނާ ގުޅުންހުރި އެކި ކަންކަމުގައި ވަރަށް ބޮޑަށް މަޝްވަރާކުރައްވާ ބޭފުޅެއް ކަމަށް ޑރ.މުހައްމަދު އިޔާޒް އަހްމަދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.އިޔާޒް ވިދާޅުވީ، ރައީސް ސޯލިހަކީ ޚާއްސަކޮށް ދީނީ ކަންކަމާ ގުޅުންހުރި ކަންކަމުގައި މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ދީނީ ކަންކަމުގައި އެމަނިކުފާނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކަށީގެންވާ ހައްލެއް އެމަނިކުފާނު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

"އިލްމުވެރިން ކަންބޮޑުވުން ފާޅުކުރި ވަރަށް ގިނަ ކަންކަމުގައި އެމަނިކުފާނު ވަނީ ހައްލު ހޯއްދައިވައިދެއްވާފައި. އެގޮތުން މިފަހުން ޓީޗަރުންގެ މޫނު ބުރުގާގެ މައްސަލައިގައިވެސް ސީދާ އަކުރުން އަކުރަށް އަޅުގަނޑުމެން އެދުނު ހައްލު ގެނެސްދެއްވި. އަދި ނަފްރަތުގެ ބިލުގެ މައްސަލަިއގައްޔާއި، އެމްޑީއޭ ކިޔުން ޖަމްއިއްޔާ އުވާލުމުގެ ކަންކަމުގައިވެސް އެމަނިކުފާނު އަމަލު ކުރެއްވި ގޮތް އަޅުގަނޑު ހަމަ ފާހަގަކުރަން.

ޑރ. އިޔާޒް ވިދާޅުވީ، މީގެ ކުރިން މޫނު ބުރުގާ އެޅި ޓީޗަރުން ކަނޑާލާފައިވާ ކަމަށާއި، އެމްޑީއޭން ނެރުން ރިޕޯޓާއި ގުޅިގެންވެސް އެއްވެސް ފިޔަވަޅެއް ކުރީގެ ސަރުކާރުން އަޅާފައިނުވާކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ކިބައިން ފެނުނީ ގޮންޖެހުންތައް ހުރި ކަމުގައިވވީ ނަމަވެސް އިލްމުވެރިންގެ އަޑު އައްސަވަމުން ގެންދަވާކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ.

"ރައީސްގެ މި ދައުރުގަ މަޝްވަރާކުރެއްވުމުގައި ބައްދަލުކުރައްވާފައިވަނީ ހަމައެކަނި ސަރުކާރާ އެކުގައި ތިއްބެވި ލިޑަރުންނަކާއެއް ނޫން. އެހެން ނަމަވެސް ސަރުކާރާ ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ އިލްމުވެރިންނާވެސް ބައްދަލުކުރައްވާ އެބޭފުޅުންގެ އަޑު އައްސަވަމުން ގެންދަވާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން.

 

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ހުސައިން

    މުނާފިޤު އިލްމުވެރިން

    3
    1
  2. ހުސައިން

    އަމިއްލަ ޖީބަށް ބޮޑުކުރާ ޖާހިލު އިލްމުވެރިން

  3. މުފައްކިރު

    ލާދީނީ މީހުންނަށް ފިޔަވަޅު ނޭޅުއްވީ އިޔާޒާއި މަޝްވަރާ ކޮށްފަތޯ؟

  4. ެ ނ

    އެހެންވެގެންދޯމާލޭގައިމިހާރުމިސްތަކަށްވުރެނާސިގެތައްގިނައީ

  5. މުއިއްޒު އެއްބުރުން

    މިގައުމުގަ 363 ދީނީ އިލްމުވެރިން ރަޖިސްޓަރީ ކުރެވިފައިވާއިރު އިބޫއަށް ތާއީދު އޮތް ކުޑަ މިންވަރު މި ފޮޓޯއިން ތި ފެންނަނީ.
    އިބޫއަކީ ލާދީނީ ވެރިއެއް. އޭގަ ބައެއް މިސާލު:
    1. އެމްޑީއެން، އުތެމަ ޖަމިއްޔާ ކަހަލަ ލާދީނީ މީހުން ހިމާޔަތް ކުރުން
    2. މި ދެންނެވުނު ލާދީނީ ޖާމާއަތްތަކުގެ މީހުން ދައުލަތުގެ މަތީ މަގާމުތަކުގަ ބެހެއްޓުން. މިސާލު: ޅިޔަނު ސީޕީ ހަމީދު، ޕްރޮސެކިއުޓާ ޖެނެރަލް....
    3. ޔޯގާގެ ޝިރުކާ ދެކޮޅުވި މީހުންފަދަ ދީނީ މީހުނަށް އަނިޔާ ކުރުން
    4. މި ރާއްޖެ، އިސްލާމުންނާއި ދެކޮޅު އިންޑިޔާގެ ދަށުކޮއްލުން
    5. މިސްކިތަށް ބޮޑުކަމު އަދި ކުޑަކަމުދިޔަ މީހުން ދިފާއު ކުރުން
    6. ސިޔާސީ ޕޯޑިއަމްޔަކުގަ ދީނީ ވާހަކަ ދެއްކުން މަނާ ކުރުން
    7. ނާސިގެތަށް މާލޭގަ އާންމުވުން
    8. މާލޭގަ މީހުންގެ ބޯކަނޑާލާ ހިސާބައް ދާއިރުވެސް ގިސާސް ހިފުމާ ދެކޮޅުވުން
    9. ދީނީ އިލްމު އުނގެނުމާއި ދަރިވަރުން ދުރުކުރުން. ހާއްސަކޮށް އަރަބިއްޔާގެ ދަރިވަރުންނަށް ދިން އަނިޔާތަށް
    10. ދީނީ އިލްމުވެރިން މަނާ ކޮށްކޮށް ތިއްބާ އަލުން ޔޯގެ ހަރަކާތް ކަހަލަ ދީނާ ދުރު ކަންކަން ކުރުން

    މިކަހަލަ ކަންކަން ބައިވަރު. މިފަހަރު ބޭނުމީ ދީނީ، ގާބިލު މީހެއް. އެއީ މުއިއްޒު އިންޝާﷲ

  6. ދިވެހި ޒުވާނުން

    ރައީސް ސާލިހުއަކީ ނަމޫނާ ރައީސެއް

  7. އިޔާޒް

    މަޝްވަރާ ކުރާތީ ދޯ ފެނަޖަ ަަސްޓެލްކޯ އަދި ސަރުކާރު ކުންފުނިތަކުން ރިޝްވަތު ގޮތުގަ ވަޒީފާޔާ ލާރި ބަހަނީ އެއީ ވެސް މިހާރު ދީނުގަ ހުއްދަވީ ތޯ

  8. އެލެކްސް

    ދީނާ ގުޅުން ހުރިވާހަކަ ދައްކާނީދީނީ މީހުންނާ އިޔާޒާ ދައްކަން އޮންނާނީ ލާދީނީ ކަން ފެތުރުމުގެ ވާހަކަ ކަމަށް ބެލެވޭ

  9. ﷲ ތަޢާލާގެ ޙައްޤުތަކަށް ރައްކާތެރިވުން

    މާތް ﷲ ތިޔަ އެންމެ ބޭފުޅުން ޙައްޤުބަސް ބުނުންމަތީ ޘާބިތުކޮށްދެއްވާށި! އިސްލާމްދީނަކީ ހުސްއެކަނި ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ މީހުން ކަަމަށް ދެއްކުމަކީ މާތް ﷲގެ ތަނަވަސް ރަޙްމަތް ހަނިކުރަން، ޢިލްމީގޮތުން ފަޤީރު ބަަޔަކަށް އޮޅިގެން ކުރެވޭ ގޯސްކަމެއް! މާތް ﷲއަށް ޢިލްމު ދެއްވުންއެދި ދުޢާކުރަމުން އިޚްލާޞްތެރިކަން ދެއްވުމަށްވެސް ދުޢާކުރުމަށް އެދެން، އާމީން

  10. ޜައްޔިތުމީހާ

    ތިޔަ ބައްދަލުވުމުގަ ތިއްބެވިބޭފުޅުންގެ މޫނުމަރިންވެސް ފެންނަނީ މަޖުބޫރުހާލަތެއް މެދުވެރިވެ ތިޔަބައްދަލުވުނުގަތިބި މަންޒަރު

  11. ދަވާލާ

    އިޔާޒު އާ މަސްވަރާކުރުމަށްވުރެ ރަނގަޅުވާނެ އިސްފާދިރީ ޕޯޕު އާ ވަސްވަރާކުރިޔަސް ، މިގައުގައި އިސްލާމްދީނަށް އިހާނެތިކޮށްހިތާ ފުރައްސާރަކޮށް މިސްކިތްތަކުގެ ހުރުމަތްކަނޑާ މިފަދަ ކަންކަމުގެ ރިކޯޑެއްހެދީ އަދާލަތު ޕާޓީގެ ރުހުމާއެކު އިބޫ ސޯލިހު ، އިޔާޒުމެން ތި ތިބީ އާހިރަތް ވިއްކާ ދުނިޔެ ގަނެގެން ކަލޭމެނަން ހަލާކު ހުރި

  12. ހަސްމާ

    ހޭބަލިވެފަހުރި ވަރުން އެމްޑީއޭން ނެރުން ރިޕޯޓު ނެރުނީ މިސަރުކާރު ގެ ދައުރުގަ ކަންވެސް ނޭގުނު.

  13. އަލީ

    ތިތާ ތިތިބީ ހިހޫތަނުން ކާން އެނގޭ މީހުން އެއްވެސް ދިރުމެއްނެއް

  14. މުހައްމަދު ސަލީމް

    ވީމާ އެއްކަމެއް ޔަޤީންވެއްޖެ
    އެމް ޑީއެން މައްސަލައިގަ ފިޔަވަލު ނޭޅީ ތިޔަ ގްުޜޫޕް ބުނެގެން
    ލިވާތު ކުޅުނު މީހުންނަށް، ފިޔަވަޅު ނާޅާ ދޫކޮށްލީ ވެސް ތިޔަ ގްރޫޕްގެ ތާއީދުގަ
    ރަސޫލާއަށް ފުރައްސާރަ ކުރި މީހުން ބޭރަށް ފުރުވާލީވެސް ތިޔަ ގްރޫޕްގެ މަޝްވަރާ މަތިން ތޯއްޗެއް
    މިރާއްޖޭގަ ތިބި 400 އެއްހާ އިލްމުވެރިންގެ ތެރެއިން 22 މީހުން ތިތަނުން ފެނުމުން ހައިރާނެއް ނުވޭ
    ހުޅުމާލެ ހިއްކާފައޮތްތަނުން އިޔާޒަށް ގޯތި ލިބުނުގޮތްވެސް މިހާވަރުވީމަ ސާފުވާނެ، އެވެސް އާއިލާ އެއްމެނަށް
    މިކޮމެންޓް ޖަހާދީބަލަ

  15. ސާސް

    މާލޭގައި އެއްޖިންސުން ގުޅުން ހިންގުމާއި، ނާސިގެތައް ޢާންމުވުމާއި، ފާޅުގައި ފާހިޝް އަމަލުތަށް ހިންގުމާއި، މިނޫންވެސް މިފަދަ ޙަރާމް ކަންކަން ދިވެހި މުޖުތަމަޢުގައި ޢާންމުވެފައި ވާއިރު ރައީސް އިބުރާހިމު ، އިސްލާމިކް މިނިސްޓަރު އަދި ހޯމް މިނިސްޓަރު އަދި ތިއަ އަދާލަތު ޕާޓީގެ ޢިލްމުވެރިން ޚާއްސަކޮށް އިލްޔާސް އާއި ޢިޔާޒު ގެ އެއްވެސް ކަންބޮޑުވުމެއް ނެތުމުން އޮޅުމެއްނެތި އެނގެނީ މިސަރުކާރު ބަދަލުކޮށް ޑރ މުއިއްޒަށް ވޯޓު ލުމަކީ މި އިންތިޚާބުގައި ދީނާ ގައުމަށްޓަކައި ކުރުން ވާޖިބުކަމެއްކަމެވެ. އަދި އަދާލަތުގެ ޝައިޚުންނަކީ މަގާމަށްޓަކައި ދީން ވިއްކައިގެން ދުނިޔެ އިސްކޮށްގެން އުޅޭ ބައެއްކަން ދިވެހިންނަށް މިއަދު ވަރަށް ސާފެވެ. ދެން އަންނަ ސަރުކާރެއްގައި ގައުމު ހަލާކުކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ އެއްވެސް ފުރުސަތެއް ޢަދާލަތަށް ދެވިގެން ނުވާނެއެވެ. މިހާރު ތި ޢަދާލަތަކީ ދީނާއި ގައުމުގެ ޢަދުއްވުންނެވެ.

  16. ށޖސޖދ

    އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ކިހިނެއް ހެދީ ؟

  17. އިސްޢާފް ސަލީމް

    އެހެންވީމާ ދީނާ ޚިލާފްކަންކަމަށް ސަރުކާރުން ހިތްވަރުދެނީ ތިޔަބައިމީހުންގެ ރަޢުޔު ހޯދައިގެންތާ ދޯ؟ މިސާލަކަށް މަސްތުވާތަކެތި ގެނައިމީހާ ދޫކޮށްލުން ، ޢަމަލުގެ ވިޔަފަރިކޮށް ޖަލަށްލީމީހުން މިނިވަންކުރުން ، ރޭޕްތައް އޮއްބައިލުން ، ދީނަށް ފުރައްސާރަކުރިމީހުން ހިމާޔަތްކުރުން ، ކިރުފިތިމީހުން ގާތްކުރުން ، ވައްކަންކޮށް ފޭރޭމީހުންނަށް މަޤާމުތައްދިނުން ، ޔޯގާއާ ދެކޮޅުމީހުން ޖަލަށްލުން ، މިސްކިތްތަކަށާ ޚަތިމަށް ކުޑަކަމުދިޔަމީހުން މޮޔައިންކަމުގައިބެލުން . މަވާ ސަލާމް

  18. ނަސޭހަތް

    تعس عبد الدينار تعس عبد الدرهم
    ދީނުގެ ނަމުގައި ޑްރާމާ .ނުކުޅޭ

  19. ސާރާ

    ތިތަނުން އިސްސަފުގައި އަދި ދެންވެސް ގިނައިން ތިޔަފެންނަނީ ހޮވައިކާންއުޅެފަ ތިމާއަށާ ތިމާގެ އަނބިދަރިންނަށް ނުއުފުލޭވަރުގެ މަޤާމްތައްދީ މުސާރަލިބޭތީ ސަރުކަރަށް ސަނާކިޔާމީހުން!

  20. އެތެރެވަރި

    ތިޔައީ މަގާމުގެ ދަހިވެތިކަމުގައި އިލްމުވެރިންގެ ތޮފި އަޅައިގެން އުޅޭގުރޫޕް. މަގާމު ލިބިފައި މުސާރަ ލިބެންޏާ ތިގްރޫޕަށް އޯކޭވާނެ. އަނިޔާވެރިކަން ހައްދު ފަނައަޅައިދާއިރުވެސް ތިބެނީ ހަނު. ލާދީނިއްޔަތުގެ އޮށް އިންދައި ގަސްފަޅައި ހެދި ބޮޑުވަމުންދާއިރުވެސް ތިބެނި ހަނު. ފާހިޝް އަމަލުތައް ގިނަވެގެންދާއުރުވެސް ތިބެނީ ހަނު. ގައުމު އަޅުވެތިކަމުގެ ކަޅު ވިލާގަނޑެއްގެ ދަށުވެ ދާއިރުވެސް ތިބެނީ ހަނު. ތިޔައީ ފަހުޒަމާނުގެ ސޯކޯލްޑް އިލްމުވެެިން.

  21. އަބުދުﷲ ހަސަން

    އެހެންވީމާ އުތެމަ ޖަމުއިއްޔާ ކަލޭ ބުނެގެންތާއެހިންގަނީ!!

  22. ވަޙީދުބެ

    އެހެންވެ ރައީސް ޞޯލިހަށް މަޝްވަރާއެރުވިގޮތަށް ލިވާޠުކުރިމީހުންނަށް މާަފުދިނީ އެތޯ ތިވިދާޅުވަނީ.

  23. އަބުދުﷲ ހަސަން

    އުތެމަ ހިންގަނީ ކަލޭ ބުނެގެންތާ؟

  24. Anonymous

    ތިތާގަ ތިބީ ހުސް އަގުވެއްޓި ލާރި ފަހަތުން ދުވާ ޝޭހުން ކަމަށް ބުނާ މީހުން. ދެނެއް ގުބޯނ ނެހެއްދޭނެ. ތީ ފެއިލްވެފަ ތިބި މީހުން ހުސް.

  25. ދިވެހި ޒުވާނުން

    މިއީ އްެންމެ ބޮޑަށް ދީނީ ޢިލްމުވެރިންގެ ބަސް ގަބޫޅުކުރި ސަރުކާރު - މައުމޫނުގެ ސަރުކާރުގައި ދީނީ އިލްވެރިންނަށް އަނިޔާކުރި އަދި ޔާމީނުވެސް ކުރީ އަނިޔާ އަދި ރައީސް ނަޝީދުވެސް ކުރި އަނިޔާ މީހަމަ ދީނީ އިލްމު ވެރިން ބަލައިގަތް ސަރުކާރެއް ދީނީ އިލްމު ވެރިން އެމީހުންގެ ދައުރު ދީނީ ހަމަތަކުން ބޭނުންކުރާހާ ހިދަކު މި ސަރުކާރުން އެމީހުންނަށް މަރުހަބާ ކިޔުން ނޫން ކަމެއް ނުކުރާނެ

    1
    1
  26. Anonymous

    ފަސްޓް ލޭޑީ ނަސްރީނާ ބުރުގާ ނާޅައިގެން ވައްވައް ޖެހި ބައިގަޑު މިއަދު ފަސްޓް ލޭޑީ ފަޒުނާ ބުރުގާ ނޭޅިޔަސް ހަމަ ތާޢިދު ކުރެވޭ، ތިޔައީ އިލްމުވެރި ބަޔެއްނޫން، ދުނިޔެ ހޯދަން އުޅޭ ބައިގަޑެއް !

    • ނަން

      ބުރުގާ ނާޅައިގެން އުޅުނު މީހުންނަށް މިހާރު ކަމުދަނީ ކައިޒީން ކަހަލަ ދީނާ ސީދާ ޚިލާފު ގޮތްގޮތަށް ހެދުން އަޅާ މީހުން. އެހެންވެއެއްނު ކައިޒީން ބޭނުންކޮށްގެން ވޯޓް ހޯދޭތޯ އެބަލަނީ.

  27. ކަޅު ހުރާ

    ހިންދޫ ކުރިސްޓިޔަން ފާދިރީ ދީނަށް ނަސްރު ދިނުމަށް ނިކުމެ ތިބި ޖައްބާރުން ތިތިބީ

  28. Anonymous

    މަސާޖް ޕާލާތަށް ހިންގާ އެތަންތަން އިތުރު ކުރުމަށްތޯ މަޝްވަރާ ކުރަނީ. ދިވެހި ރާއްޖޭގެ ވެރިކން ކުރާ ރަށުގައި ނުކުރާ ނިުބައި ކަމެއް ނެތް. އެކަމް ކަލޭމެން ހަމަ ތިތިބީ އަތް ޖަހަ ޖަހާ . ތީިވެރިން ތިތިބޭ ރުފިޔާއަށް ހެއްލިހުސްވެފަ.

  29. ސާމް

    ރާޖޭގަ އުފެދުނު ޕޮލިޓިކަލް ސޭކުން މިހެން މިމީހުން ނައް ކިޔާނި

  30. Anonymous

    ތިޔަ ބައިގަޑު ސަރުކާރުގައި އޮވެގެން ދިވެހިރާއްޖެއަށް ލިބުނު ދީނީ އެއްވެސް ކުރިއެރުމެއް ދައްކާބަލަ ޤައުމުގެ މުޅި އިސްލާމީ ނިޒާމް ހަރާބްވެ ފަސާދަވުން ފިޔަވާ !

  31. ޞަކުރު

    ދިވެހިން ދެކެނީ މިހާރު އަދާލަތަކީ ކުޑަ އަގަކަށް ދީން ވިއްކައިގެން ކައިބޮއި އުޅޭ ރައްޔިތުން ގެ ތާއީދު އެއްވެސް ވަރަކަށް ނެއް ޖަމާޢަތެއްގެ ގޮތުގަ

    • އެއިރޯޑޯމް

      ތީރަނގަޅު ވާހަކައެއް. އަދާލަތުޕާޓީގަތިބީ ގައުމާ އިސްލާމްދީނުގެ އަދުއްވުންތަކެއް.

  32. އ މ ރ ބ

    މީދެ ރީލޯޑް އިޔާޒު، އަނގަ ޔެ ކިޔަންވީނު

  33. Anonymous

    ތިޔަތަނަށް ނުދާ މީހުން އަދި މާގިނަ ކަލޭމެން ތިޔަ އިބޫ އާއި ފަޒުނާޔަށް ތާޢީދު ކުރަނީ ކޮންކަމަކާއިތޯ ލިބޭ ވަރު ގިނަވެގެންތޯ ؟ ކޮބައިތޯ ޤައުމަށް ލިބުނު ކުރިއެރުމާކި ؟ އިންޑިޔާގެ ކުންފުނިތަކުން މިތަން އަޅުވެތި ކުރަން ދީގެން އައްޖަހާ ބަޔެއްތީ !

  34. ސުން

    ކައިރީގައި ތިތިބީ ޝޭޚުންބާ؟ދަންނަ ބަޔަކު ނެތް ތިތާ.އިލްޔާސް އެކަނި އިނގެނީ.އެއީވެސް މިހާރު ސިޔާސީ ޝޭޚެކޭ ކިޔުން ރަނގަޅީ..އަނެއްކާ އިޔާޒް ނަހަދާނެ ކަމަކަށް ތެދެއް.އަމިއްލަ އެދުމާއިގެން އުޅޭނީ.ހުޅުމާލެއިން ގޯތި ހޯދަން ސޯލިހު އަށް ސަނާ އެކިޔަނީ.ކަނޑައެޅިގެން އެނގިހުރެ.ދީނަށް ފުރައްސާރަކޮށް ހަށި ވިއްކުމުގެ ވިޔަފާރި މަސާޖު ކުރުމުގަ ނަމުގަ ހިންގާ އިރުވެސް އޯކޭވެފަ އެހުންނަނީ.އެކަމާވެސް މަޝްވަރާކުރިދޯ...

  35. މާމީ

    ެއެވަރައް މަސްވަރާ ކުރާތީ ދޯ ކަލޭ ބަފާ ބުނީ މުއިއްޒައް ވޯޓުދޭން

  36. ސސ

    ހިންދޫދީނުގެ އަޅުކަމާ ދެކޮޅުހެދި ޝެއިޚުން ޖަލަށް ނުލާތަ؟

  37. 27

    ޢަދާލަތު ޕާޓީ ސިޔާސީ މައިދާނުގައި ހެދި ގޯސްތަށް ގިނަކަމުން ރައްޔިތުން އަދާލަތް ޕާޓީއަކަށް މޮހާރު ތާޢީދެއް ނުކުރޭ، ވަކިބަޔަކު ގޯސް ކަންތަށް ކުރީމާ އެކަން ފެނިފައި އަނެއްބަޔަކު ގޯސްކަން ކުރީމާ ނުފެންނަ ބަޔެއް ޢަދާލަތަކީ ، މެޑަމް ނަސްރީނާ ބުރުގާ ނާޅާތީ ވައްވައްޖަހާފަ ، މެޑަން ފަޒުނާ ބުރުގާ ނޭޅިޔަސް ހަރަ ރަގަޅު ތާޢީދުވެސް ކުރެވޭ ، ތިޔައީ އަދުލުވެރި ބަޔެއްވެސް ނޫން މިހާރު !

  38. Anonymous

    މުޅި ޤައުމުގެ އިޤުތިސޯދު އިންޑިޔާއަށް ވިއްކާލައިގެން ދައުލަތް އެތެެއް ބިލިޔަން ރުފިޔާއިން ދަރަނިވެރި ކޮށްގެން ރައްޔިތުން އެކަމުގެ ބުރަ މިއަދު އުފުލާއިރުވެސް މިބައިގަޑު މިއުޅެނީ ކޯޗެއް ކިޔާންތޯ ؟

  39. Anonymous

    މިއެމްޑީޕީ މީހުން ވެރިކަމުގައި ތިބިއްޔާ ޤައުމުގެ އިޤުތިސޯދު އިންޑިޔާއަށް ވިއްކާލާ ޤައުމު ދަރަނިވެރި ކުރުވާނެ،
    މިމީހުން ވެރިކަމުގައި ނެތިއްޔާ މަގުތިގާއި މުޒާހަރާކޮށް ޤައުމު ހަލަބޮލިކޮށް ބިރުވެރިތަނަކަށް ޤައުމު ހަދާނެ ، ހުޅުޖަހާނެ މީހުނަށް އަނިޔާދީ ގެއްލުން ކުރާނެ މިދެކަންތަށް މިއެމްޑީޕީ ފެންނަނީ !

  40. އެއިރޯޑޯމް

    ފަހުޒަމާނުގެ މިނުރައްކާތެރި ފިތުނަކަކުން އަޅަމެން ސަލާމަތްކުރައްވާށި. އިލްމުވެރިންނޭކިޔަައިގެން ބޮޑެތި މުނާފިގު ކައްޒާބުން، ސޯލިހޭ ކިޔަަައި އޮޅުވާލަަަައިގެން ދައްޖާލު.

  41. ސިޔާސީސޭކުން

    އެއްޖިންސުން ގުޅުންހިންގިމީހުންނައް އަދަބު ދިނުމާބެހޭގޮތުންވެސް މަޝްވަރާކުރީންތޯ މިހެންމިއަނހާލީ ކޯޓައްގެންދިޔަ އެޢަމަލުގަ ބައިވެރިވި ތިންމީހުންނައް އަދަބުދީފަވަނީ އެކިމީހުންނައް އެކިވަރައްކަމައްވާތީ

  42. ބައިޒީން

    އެއްވެސް ވަރެއްގެ އިސްލާމީވަންތަކަމެއް ނެތް ހެދުން އަޅާ ކައިޒީން ފަދަ އަންހެނުންގެ ބޭނުންކޮށްގެން ވޯޓް އިތުރުކުރެވޭތޯ ބެލުމަކީ ކިހާ ވަރެއްގެ ދީނީކަމެއްބާ؟

  43. Anonymous

    އެތަކެއް ޤާނޫނު ތަސްދީޤު ކުރީ ޢިލްމު ވެރިން އިސްލާހު ކުރަން ގޮވަގޮވާ ތިއްބާ އެޔަށް ބީރު ކަންފަތެއް ދީފާ، ކިހާވަރަކަށް ތޯ އިލްމު ވެރިންގެ ބަސް އަޑުއެހީ !